- ޝަރުއީ ދާއިރާގެ މަންޒަރު ފުރިހަމަވާނީ ބިލުފާސްވެ ގާނޫނަކަށް ވުމުން- ނަޝީދު
- މިސަރުކާރަކީ ރައްޔިތުންނަށް އަނިޔާވެރި ޚުދުމުޚުތާރުކަން ބޮޑު ސަރުކާރެއް- ރިޔާޒް
- ގއ ވިލިގިލީ ހޮރައިޒަން އަލީ މުސްތަފާ އެމްޑީޕީއާއި ގުޅިއްޖެ.
- އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާ އައު ސަފީރަކަށް މރ. ޖޯން ރެންކިން ކަނޑައަޅުއްވަން ނިންމަވައިފި.
- ދެއަތޮޅެއްގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 2 މީހަކު އަތުލައިގެންފި
- ޝައިޚް ޝަހީމް އަށް ލިބިވަޑައިގެންނެވި ޝަރަފަކީ ރައްޔިތުންނަށް ލިބުނު ޝަރަފެއް: އަދާލަތު
- ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވި ޤުރުޢާން ކިޔެވުމުގެ މުބާރާތަކުން ސްޓާފް ސާޖަންޓް އަސްލަމް ތިންވަނަ ހޯދައިފި
- މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑު، ރައީސް އެކުލަވާލައްވައިފި
- ކޮރަލްވިލް ހައުސިންގ މަޝްރޫޢުގެ މެއިން ކޮންޓްރެކްޓަރާއި، ސަބު ކޮންސްޓްރަކްޝަނާއި އެފަރާތުގެ ބައެއް ސަޕްލަޔަރުންނާ ހަމަނުޖެހުން ހިންގައިފި
- ކުޅުދުއްފުށީގައި ފުލުހުން ހިންގާ ޓްރެފިކް އޮޕްރޭޝަނުގައި ބާރަށް ދުއްވާފަރާތްތަކުގެ އުޅަނދުތައް ޓޯރކޮށް ޖޫރިމަނާކުރަން ފަށައިފި
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އައު ބޯރޑްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
- ރާއްޖޭގެ މީޑީއާ އިސްނަގައިގެން، ޕާކިސްތާނު ރައްޔިތުންނަށް އެހީވުމަށް ހާއްސަ ކެޕްމޭނެއް ލޯންޗުކޮށްފި
- ކޯޕްރަލް އަޙުމަދު ނަސީރުގެ އިސްނެގުމާއި ހިތްވަރު ގަދަކަމަށްޓަކައި މަރުޙަބާ ދަންނަވައިފި
ހޯރަފުށިން ރައީސަށް ދިން އުދުވާނީ ހަމަލާ: ހަމާލާއާ އިއްތިހާދާ ގުޅުމެއްވާކަމަށް ރިޔާސީ ތަރުޖަމާން ތުހުމަތުކޮށްފި
- އަޅުގަނޑުމެންގެ ސިޔާސީ ޕާޓީތައްވެސް Mިއަށްވުރެ ބޮޑަށް ތަސައްރަފު ފުދެންވާނެ – ރައީސް
މުޙައްމަދު ޝިފާޒު
ހއ. ހޯރަފުއްޓަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު އަބުދުލް ގައްޔޫމު އިއްޔެ ހެނދުނު ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ސަލާމް ކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނަށް އަމާޒުކޮށް އެރަށުގެ 20 އަހަރުގެ ޒުވާނަކު ވަޅިން ދިން ހަމަލާއަކީ، ގައުމީ އިއްތިހާދުގެ އަތެއްވާ ހަމަލާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު )މުންދު( ވިދާޅުވެއްޖެއެވެ.
މިހަމަލާއާއި ގުޅިގެން “މިއަދު” ނޫހަށް ދެއްވި ބަސްދީގަތުމެއްގައި މުންދު ވިދާޅުވީ ރައީސް މައުމޫނަށް ދިން ހަމަލާގެ ފަހަތުގައި އުތުރުގެ އަތޮޅުތަކަށް ވަޑައިގެންނެވި އިއްތިހާދުގެ ލީޑަރުންގެ އަތެއްވާ ކަމަށެވެ.
“މިއީތޯ މިރަށުން މީގެދުވަސްކޮޅެއް ކުރިން ފުރައިގެން ދިޔަ މީހުން ގައުމީ އެއްބައިވަންތަކަމޭ ކިޔައިގެން ރައީސް ވެރިކަމުން ދުރުކުރަން އުޅޭ ގޮތަކީ؟ އެމަނިކުފާނަށް ހަމަލާދީގެންތޯ؟” ހޯރަފުށީގައި ހުންނަވައިގެން ހަމަލާ ސިފަ ކުރައްވަމުން މުންދު ވިދާޅުވިއެވެ.
ރިޔާސީ ތަރުޖަމާން އިތުރަށް ވިދާޅުވީ މިހަމަލާއިން ރައީސް ސަލާމަތް ކޮށްދިން ސްކައުޓަށް ޝުކުރު ހައްގުވެގެންވާ ކަމަށެވެ. އެކުއްޖާ ވަޅީގައި ނުހިފެހެއްޓިނަމަ އެވަޅި އެއްވެސް ހުރަހެއްނެތި ރައީސްގެ ބަނޑުފުޅަށް ހެރޭނެކަމަށް މުންދު ވިދާޅުވިއެވެ.
ރިޔާސީ ތަރުޖަމާން މިގޮތަށް ވިދާޅުވި ނަމަވެސް ގުޅިފައިވާ އިއްތިހާދުގެ އިސްތަރުޖަމާނު އަދި ކުރީގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދުވަނީ މިކަން ދޮގު ކުރައްވާފައެވެ. މިނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޑރ.ޝަހީދު ވިދާޅުވީ ރައީސް މައުމޫނަށް އަމާޒުކޮށް ދިން ހަމަލާގެ ޚަބަރު ލިބުމުން އިއްތިހާދުން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވިކަމަށެވެ. އަދި އިއްތިހާދުގެ ނަމުގައާއި، އޭނާގެ އަމިއްލަ ނަމުގައިވެސް މިހަމަލާ އިންތިހާ ދަރަޖައަށް ކުށްވެރިކުރައްވާ ކަމަށް ޝަހީދު ވިދާޅުވިއެވެ.
“މިހާދިސާ ހިނގީ އިއްތިހާދުގެ ސަބަބުންކަމަށް މުންދު ވިދާޅުވާ ކަމަށްވާނަމަ، މިމައްސަލަ އަޅުގަނޑުމެން ކޯޓަށްވެސް ހުށަހަޅާނަން.” ޑރ.ޝަހީދު ވިދާޅުވިއެވެ.
އިއްޔެ ހެނދުނު 10:30 ހާއިރު ރައީސް މައުމޫނު ހޯރަފުއްޓަށް ވަޑައިގެން ރައްޔިތުންނާ ސަލާމްކުރައްވަނިކޮށް އެމަނިކުފާނަށް ވަޅިން ހަމަލާދީފައިވަނީ އެރަށު ކިނާރާ މުހައްމަދު މުރުޝިދު 20އ އެވެ.
މަންޒަރު ދުށް ހޯރަފުށީ ރައްޔިތަކު ބުނީ ރައީސަށް ހަމާލާދޭން އުޅުނު ވަގުތު ކައިރީގައި ހުރި 15 އަހަރުގެ ސްކައުޓު ކުއްޖެއް ކަމަށްވާ، އެރަށު ދިވެލި ޖައިޝަމް އިބްރާހީމް ވަޅީގައި ހިފެހެއްޓުމުން މިހަމާލާއިން ރައީސް ސަލާމަތް ވެވަޑައިގެންފައިވާ ކަމަށެވެ. އޭނާ އިތުރަށް ކިޔައިދިން ގޮތުގައި ވަޅީގައި ހިފެހެއްޓި ޖައިޝަމްގެ އަތް ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށެވެ.
“އެންމެ ފުރަތަމަ އޭނާ ބުނީ ތަންކޮޅެއް ދީބަލާށޭ. އޭނާ ހުރީ އަހަރެންގެ ފަހަތުގައި. އޭރު އަހަރެންނަކަށް ނޭނގެ އޭނާ އަތުގައި ވަޅިއެއް އޮތްކަމެއް. ރައީސް އަހަރެންނާ ސަލާމް ކުރައްވަނިކޮށް އަހަރެންގެ ގައިގައި ޖެހިގެން ހުރެ އޭނާ ﷲ އަކްބަރު ކިޔާ، ވަޅި ހަރަން އުޅުނީ. އެވަޅި ހެރުނީ އަހަރެންގެ އަތަށް. އަހަރެންނަށް ބުނެވުނީ ވަޅި ނުނައްޓާށޭ. އެހެން ބުނުމުން އަހަރެން އަނެއް ފަރާތަށް އަނބުރާލާ އޭނާ ވަޅިނައްޓާލި. އަނެއްކާވެސް އޭނާއުޅުނީ ވަޅިން ހަމަލާދޭން. އޭރު އަހަރެން އަނބުރައިގަނެގެން ވެއްޓެނީ. އެވަގުތު ފުލުހުން އޭނާ ދުރުކުރަން އުޅެނިކޮށް ފެނުނު.” ގައުމީ ޓީވީއަށް ދިން ބަސްދީގަތުމެއްގައި ޖައިޝަމް ބުންޏެވެ.
އިތުރު ފަރުވާ ދިނުމަށްޓަކައި އިއްޔެ ޖައިޝަމް މާލެ ގެނެސްފައިވާއިރު، ހަމަލާ ދިން މުރުޝިދުވެސް މާލެގެނެސް ދޫނިދޫގައި އޭނާގެ ތަހުގީގު ވަނީ ފަށާފައެވެ. ފުލުހުން ބުނީ މިތަހުގީގު ކުރިއަށްގެންދަނީ ޕޮލިސް ސަރވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާމަންޓްގެ ސީރިއަސް އެންޑް އޯގަނައިޒް ކުރައިމް ޔުނިޓުން ކަމަށެވެ.
އިއްޔެ ހެނދުނު 10:45 ހާއިރު ގައުމީ ޓީވީއާއި ރޭޑިޔޯއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް މައުމޫނު ވިދާޅުވީ “އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލު ތަފާތުވިޔަސް އެކަކު އަނެކަކަށް ހަމަލަދީ މަރާލަން އުޅޭކަށް ނުޖެހޭ” ކަމަށެވެ.
” އަޅުގަނޑުމެންގެ ސިޔާސީ ޕާޓީތައްވެސް އެއަށްވުރެ ބޮޑަށް ތަސައްރަފު ފުދެންވާނެ. ހުރިހާ އެންމެންވެސް ވާހަކަ ދައްކައިގެން ކަންތައްތައް ހައްލު ކުރެވޭތޯ ބަލަންވާނީ. މިއީކީ އަޅުގަނޑުވެސް އަދި ދިވެހިރާއްޖޭގެ ރައްޔިތުންވެސް ދެކެން ބޭނުންވާނޭ ކަމެއް ނޫން.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހަމަލާ ކުރިމަތިވި ކަމުގައި ވިޔަސް މިދަތުރުފުޅުގައި ކުރިއަށް ހުރި ޕްރޮގްރާމްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެ ކަމަށެވެ. ހަމަމިއާއެކު މިހަމަލާގެ ސަބަބުން އެމަނިކުފާނުގެ އަޒުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
“އަޅުގަނޑަށް އެނގޭ ދިވެހިރާއްޖޭގެ ވަރަށް ގިނަ ބަޔަކު އަޅުގަނޑަށް ތާއީދު ކުރާކަން. އަދި ތިބީ އަޅުގަނޑުގެ ފަހަތުގައިކަން. ކިތަންމެ ގޯސްކޮށް ބަޔަކު ވާހަކަ ދެއްކިޔަސް އެވާހަކަތަކެއް ދިވެހިރާއްޖޭގެ ރައްޔިތުންގެ 90 އިންސައްތަ ގަބޫލެއް ނުކުރޭ. އެމީހުން އެތިބީ އަޅުގަނޑުގެ ފަހަތުގައި. މިހެންވެ، ރާއްޖޭގެ ރައްޔިތުން މިހާ އިޚްލާސްތެރިކޮށް އަޅުގަނޑަށް ތާއީދު ކުރާއިރު އަޅުގަނޑުގެ އަޒުމުގައި ސާބިތުކަމާއެކު ހުންނަން ޖެހޭނެ.” ރައީސް ވިދާޅުވިއެވެ.
ރައީސް މައުމޫނު އިތުރަށް ވިދާޅުވީ މިދަތުރުފުޅު ކުރިއަށް ގެންގޮސް ކުރިއަށް އޮތް ތާގައިވެސް ވަރަށް ބޮޑު އަޒުމަކާއި ސާބިތުކަމާއެކު ރައީސްކަމުގެ މަގާމުގައި، މާތްﷲ ލެހެއްޓެވިހާ ދުވަހު ހުންނަވާނެކަމަށެވެ.
“އަޅުގަނޑު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދަންނަވަން ބޭނުންވާ ވާހަކައަކީ އަޅުގަނޑުމެންގެ ގައުމަކީ އެކުވެރިކަމާއި އެއްބައިވަންތަ ކަމުގައި ޒަމާނުއްސުރެ ދެމި އޮންނަ ގައުމެކޭ. އެގޮތުގައި ދަމަހައްޓަވައި ދެއްވާށޭ. އެއްވެސް ސަބަބަކާ ހުރެ މިކަހަލަ ނުރަނގަޅު ހާދިސާތައް ރާއްޖޭގައި ހިނގިޔަ ނުދެއްވާށޭ. އެއީ ރައްޔިތުން އެންމެންގެ މަސްއޫލިއްޔަތެކޭ. ސަރުކާރު އެކަންޏެއް ނޫނޭ.” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ހޯރަފުށީގެ ރައްޔިތުންގެ ކިބައިން އެމަނިކުފާނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިވަޑައިގަންނަވަމުންދާ ކަމަށެވެ. މިގޮތުން އެރަށަށް ވަޑައިގެންނެވިއިރު ވަރަށް ގިނަ ބަޔަކު މަރުޙަބާ ކިޔުމުގެ ގޮތުން ފާލަން ދޮށަށް އެއްވެ ތިބިކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑަށް މަރުހަބާ ކިޔުމުގެ ގޮތުން ލިޔެފައި ހުރި ލިޔުންތަކުގެ ތެރޭގައި “އަދިވެސް ހޮވާނީ މައުމޫނު”، “ތިއީ ހަރުދަނާ ލީޑަރެއް.” މިފަދަ ލިޔުންތައްވެސް ހުރި. ވަރަށް އިޚްލާސްތެރިކަމާއެކު އެއްމެން މަރުހަބާކި.” ރައީސް މައުމޫނު ވިދާޅުވިއެވެ.
މިހާދިސާ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ )އައިޑީޕީ( އާއި މޯލްޑިވްސް ހިއުމަން ރައިޓްސް ކޮމިޝަނާއި ނިއުމޯލްޑިވްސް މޫވްމަންޓުންވަނީ ކުށްވެރިކޮށްފައެވެ. އެފަރާތްތަކުން ބުނެފައިވަނީ މިޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ. އަދި މިމައްސަލަ ތަހުގީގުކޮށް މިކަން ކުރުމުގައި ބައިވެރިވި ފަރާތްތަކަށް ގާނޫނީ ގޮތުން ކަނޑައެޅިފައިވާ އަދަބު ދިނުމަށް އެފަރާތްތަކުން ގޮވާލާފައިވެއެވެ.
އެންމެ ފަހުގެ ހިޔާލުތައް
- ދަސްތޫރު - ކެމެރާ ޖަހައިގަތް މައްސަލާގައި މުނިސިޕަލްޓީގެ ރައީސް އާދަމް މަނިކުގެ މައްޗަށް ދިޓީވީން ދައުވާކުރަން ނިންމައިފި
- ދަސްތޫރު - ޖޭއެސްސީގެ ރައީސްކަމަށް އާދަމް މުޙައްމަދު، ނައިބު ރައީސްކަމަށް އަފްރާޝީމް އައްޔަންކޮށްފި
- ދަސްތޫރު - މިސަރުކާރަކީ ރައްޔިތުންނަށް އަނިޔާވެރި ޚުދުމުޚުތާރުކަން ބޮޑު ސަރުކާރެއް- ރިޔާޒް
- ޒެޑޯ - ދައުލަތް ހިންގުމަކަށް އެއްވެސް ހުރަހެއް ނެތް: ރައީސް
- ސީދާ - ސިޔާސީ އެއްވެސް ނުފޫޒަކަށް ޖުޑީޝަރީގެ ދޮރު ހުޅުވައި ނުދެއްވާނެކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެ.
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
ކިޔުން ތެރިންގެ ހިޔާލު