އިއްތިހާދުގެ އެންމެބޮޑު އަމާޒަކީ އެއް ކެންޑިޑޭޓަކު ނެރުން- އަންނި

17 ޑިސެމްބަރ، 2007

- ރައީސް މައުމޫން ވެރިކަމަށް ނުނެރޭނެ ކަމަށް ވިދާޅުވާނަމަ އިއްތިހާދު ރޫޅިދާނެ ކަމަށް އެމްޑީޕީން ބުނެފި

ފާތުމަތު ނާޒީން

ގުޅިފައިވާ އިއްތިހާދުގެ އެންމެބޮޑު އަމާޒަކީ ޑީއާރުޕީގެ ޒައީމް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ގައްޔޫމް އަންނަ އަހަރުގެ ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނަމަ އިއްތިހާދުގެ ފަރާތުން އެއްކެންޑިޑޭޓަކު ނެރުން ކަމަށް އެއްމެބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޗެއަރ ޕާސަން މުހައްމަދު ނަޝީދު )އަންނި( ވިދާޅުވެއްޖެއެވެ. އަންނި މިހެން ވިދާޅުވީ ”މިއަދު” ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އިދިކޮޅު ޕާޓީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު )އަންނި( ވިދާޅުވީ އިއްތިހާދުގެ ކަންތައް ކުރިއަށްގެންދަނީ އެމްޑީPީގެ ތެރެއިން ޕާޓީތަކުގެ ލަފަޔާއެކީގައި ކަމަށެވެ. އަންނި ވިދާޅުވީ އެލައިންސް ނުވަތަ އިއްތިހާދު ނެތިދާނެ ހަމައެކަނި ގޮތަކީ ނޫންނަމަ އިއްތިހާދު ރޫޅާލުމަށް ޑީއާރުޕީއަށް ކުރެވޭނެހާވެސް މަސައްކަތަކީ އެބޭފުޅުންގެ ކެންޑިޑޭޓަކީ ރައީސް މައުމޫންނޫން ކަމަށް އެބޭފުޅުން ވިދާޅުވުމެވެ.

“އެބޭފުޅުންގެ ކެންޑިޑޭޓަކީ ރައީސް މައުމޫނެއް ނޫނޭ، އެހެން އެބޭފުޅުން ވިދާޅުވާން ފަށައިފިނަމަ އެލައިންސްގެ ބޭނުންތެރިކަމާމެދު ޕާޓީތަކުން ވިސްނަފާނެ. އެހެން ނޫނީ އަޅުގަޑަކަށް ނުވިސްނޭ އެބޭފުޅުން އެވިދާޅުވާ އެއްޗެއް.” އަންނި ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ޑީއާރުޕީން ގުޅިގފަިއވާ އިއްތިހާދު ރޫޅާލުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާމެދު އަންނި ދެކިވަޑައިގަންނަވާގޮތް ހާމަކުރައްވަމުން ވިދާޅުވީ، ”މިކަން ރޫޅާލުމަށް ކުރެވެންހުރި އެއްވެސް މަސައްކަތެއް އަޅުގަނޑަކަށް ނުފެންނަ.” ކަމަށެވެ. އަދި ވަގުތީ ސަރުކާރު ރޫޅާލާނަމޭ އެބޭފުޅުންވިދާޅުވިޔަސް އެކަން އެގޮތަށް އެބޭފުޅުންނަށް ކުރެވިދާނެ ކަމަކަށް ގަބޫލް ނުކުރައްވާ ކަމުގައިވެސް އަންނި ވިދާޅުވިއެވެ.

ް”އެހެން ވިދާޅެއް ނުވެވޭނެ. ދެފަހަރު ދެގޮތަކަށް ވިދާޅުވަނީ. ނިޒާމީ ވޯޓުގައި އެބޭފުޅުން ވިދާޅުވަނީ އެބޭފުޅުންނަށް 90000 ވޯޓޭ ލިބުނ.ީ އަޅުގަނޑުމެންނަށް 60000 ވޯޓޭ.

އެކަމަކު އެކަން އަޅުގަނޑުމެންނެއް ގަބޫލެއް ނުކުރަން. އެބޭފުޅުން އަމިއްލަފުޅަށް އެކަން ބެއްލެވިއިރުގައި އެ ނުވަދިހަހާސް ވޯޓުހޯދުމަށް އެބޭފުޅުންނާއެކީ ތިބީ އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓިތަކެއް. އެހެންވީމާ ކޮބައިތޯ އޭގެ މާނައަކީ؟ އެލައިންސްގެ އަދަދު މާގިނަކަމަށް ނޫންތޯ. އެހެންވީމާ ރައްޔިތުން އެދޭގޮތަކީ މިއީ ނޫންކަން ދެއްކޭނެ އެއްގޮތެއްވެސް ނޯންނާނެ.” އިދިކޮޅު އެމްޑީޕީގެ ޗެއަރ ޕާސަން މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތިދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާރޓްސް އަލްއުސްތާޛް މުހަންމަދު ނަޝީދު، އިންތިގާލީ އިންތިޒާމުތައް ގާއިމު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީ ދައުރު ހުއްޓުވާލައި މިހާރު އޮތް ވަޒީރުންގެ މަޖިލިސް އުވާލުމަށް ސަރުކާރުން ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވުމާއި ގުޅިގެން އެބަހަށް ރައްދުދެއްވަމުން އެމްޑީޕީގެ ޗެއަރ ޕާސަން މުހައްމަދު ނަޝީދު ވިދާޅުވީ ”ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީ ބާރު ކަނޑުވާލާ ވާހަކައެއް އަޅުގަނޑުމެން ނުދައްކަން.”

އަންނިއިތުރަށް ވިދާޅުވީ އައުގާނޫން އަސާސީ ތައާރަފްކުރާއިރު މިހާރުގެ ގާނޫން އަސާސީ އުވާލަން ޖެހޭނެ ކަމަށެވެ. އަދި ކުރީގެ ގާނޫން އަސާސީގައިވާ ހުރިހާ އިޚްތިޔާރަކާއި ބާރެއް އެގާނޫނު އުވާލުމުން ކެނޑިގެންދާނެ ކަމަށެވެ.

” ރައީސުލްޖުމްހޫރިއްޔާގެ އާދައުރެއް އޮވެއްޖެއްޔާ އޮންނަންޖެހޭނީ އިންތިގާލީ ބާބެއްގައި އެލިޔެވިފައި. އެހެންނޫން ގޮތަކަށް އެކަމެއްނުވާނެ. އެއީ އިންތިގާލީ ދައުރެއް. ނަޝީދު އެދައްކަވާ ވާހަކަ ހިތުގެ އަޑިން އެބޭފުޅާ ގަބޫލްފުޅު ނުކުރައްވާނެކަން ޔަގީން. އަޅުގަނޑުމެން މިދައްކާ ވާހަކައަކީ ވަގުތީ ސަރުކާރެއް ގާއިމްކޮށް ގިނަ ޕާޓީތަކަކަށް ބައިވެރިވެވޭ ފުރަތަމަ އިންތިޚާބުގައި ބައިވެރިވާ އެއްވެސް ކެނޑިޑޭޓަކު ވަގުތީ ސަރުކާރުގެ ރިޔާސަތުގެ ވެރިކަން ބެލެހެއްޓުމަކީ ރަނގަޅުކަމެއް ނޫނޭ.” އެމްޑީޕީގެ ޗެއަރ ޕާސަން މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ކިޔުން ތެރިންގެ ހިޔާލު

 އަކުރު އެބައިން