- ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
- އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށް ފައިސާ ޚަރަދު ކުރަމުންދޭ- ޑރ. ޙުސައިން
- ވޯޓުން ހޮވޭ ބޭފުޅަކީ ހަމައެކަނި ވޯޓުދިން މީހުންގެ ވެރިއެއްނޫން- ކަމާލުއްދީން
- ޖޭޕީގެ ވެރިކަމެއްގައި ކޮންމެ ރަށެއްގައި ދޮޅިދާން ގެޔެއް އަޅައިދޭނަން- ގާސިމް
- އިސްތިއުނާފް ކޮމެޓީއަށް ނުދިޔައީ ޔާމީންގެ ބާރުގެ ދަށުގައި ކޮމެޓީ އޮތީމަ އިންސާފު ނުލިބޭނެތީ- އުމަރު
- ރައްޔިތުން ބޭނުންވާ ހުރިހާ ސިފައެއް ހުރި ކެންޑިޑޭޓަކީ ގާސިމް- އިލްހާމް
- ރާއްޖޭގައި އޮތީ ރައީސް މައުމޫންގެ ފިކުރާއި ރައީސް ނަޝީދުގެ ފިކުރު- ޕީޕީއެމްް
- ގޮއިދޫ ކައުންސިލްގެ ނާއިބް ރައީސާއި، އިތުރު މެންބަރަކު ޖޭޕީއާ ގުޅިއްޖެ
- ރަމަޟާންމަހަށް ޚާއްސަކޮށްގެން ގައްދޫ ރައްޔިތުން ހެއްދި ދަނޑުތައް މުޅިން ހަލާކުވެއްޖެ
- އަލީ ވަހީދާއި ދެކޮޅަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
- އަރުތޫރު ބްރަދާސްގެ ދެމީހުންގެ ބަންދަށް ދިހަ ދުވަސް އިތުރުކޮށްފި
- ކުޑަކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި މީހަކު ހައްޔަރުކޮށްފި
- އިންތިގާލީ ސަރުކާރެއް ހެދުމުގެ ފުރުސަތު ނަޝީދަކަށް ނުދޭނަން- ޕީޕީއެމްް
ދަރަވަންދޫ އެއަރޕޯޓް ހިންގަން ހުއްދަ ދޭނީ އެއްބަސްވުމަށް ބަދަލުގެނައުމުން: ޑރ. ޝަމްހީދު
އަބްދުއްލަތީފް
ބ.އަތޮޅު ދަރަވަންދޫ އެއަރޕޯޓް ހިންގުމަށް އައިލެންޑް އޭވިއޭޝަނުން ހަދާފައިވާ މެނޭޖްމަންޓް އެއްބަސްވުމަށް ބަދަލު ގެނައުމުން ނޫނީ ދަރަވަންދޫ އެއަރޕޯޓް ހިންގުމުގެ ހުއްދަ ނުދެއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ޑރ.އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
މެލޭޝިޔާގައި ހުންނަވައިގެން ވީޓީވީއަށް މައުލުމާތުދެއްވަމުން ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވީ ދަރަވަންދޫ އެއަރޕޯޓް ހިންގުމާއި އައިލެންޑް އޭވިއޭޝަނުން ހަވާލުވުމަކީ މިނިސްޓްރީން ދެކޮޅު ހަދާ ކަމެއް ނޫން ކަމަށާއި އެހެންނަމަވެސް އެކުންފުނިން އެކަން ކުރަންޖެހޭނީ ސަރުކާރުގެ ސިޔާސަތު ތަކާއި އެއްގޮތަށް ކަމަށެވެ.
ޑރ. ޝަމްހީދު ވިދާޅުވީ ސަރުކާރުން ދަރަވަންދޫ އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް ހަވާލުކޮށްފަވަނީ ކޯސްޓްލައިން ކިޔާ ދިވެހި ކުންފުންޏަކަށް ކަމަށްވާއިރު، އެގޮތަށް ސަރުކާރުން އަމަލުކޮށްފަވަނީ އެތަން ހިންގުމުގެ ޚަރަދު ދައުލަތުގެ ބަޖެޓުން ކުރަން ބޭނުންނުވާތީ ކަމަށެވެ. އެހެންކަމަށްވާއިރު އައިލެންޑް އޭވިއޭޝަނުން ދަރަވަންދޫ އެއަރޕޯޓް ހިންގުމާއި ހަވާލުވާނަމަ އެކަން ކުރަންޖެހޭނީ އެއަރޕޯޓް ހިންގުމަށް ބޭނުންވާ ހުރިހާ ޚަރަދެއް ކޯސްޓްލައިނުން، އައިލެންޑް އޭވިއޭޝަނަށް ދައްކަންޖެހޭ ގޮތަށް އެއްބަސްވެގެން ކަމަށެވެ.
މިނިސްޓަރ ޑރ. ޝަމްހީދު ވިދާޅުވީ ދަވަރަވަންދޫ އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ކޯސްޓްލައިން ކުންފުންޏާއި، އައިލެންޑް އޭވިއޭޝަނާއި ދެމެދު ދަރަވަންދޫ އެއަރޕޯޓް ހިންގުމަށް ހަދާފައިވާ މެނޭޖްމަންޓް އެއްބަސްވުމަށް އައިލެންޑް އޭވިއޭޝަނުގެ ބޯޑުން ހުއްދަ ދެއްވި ނަމަވެސް އެއެއްބަސްވުމަކީ ސަރުކާރުން އަންގާފައިވާ ގޮތާއި ޚިލާފަށް ހަދާފަވާ އެއްބަސްވުމެއް ކަމަށެވެ.
ޑރ.ޝަމްހީދު ވިދާޅުވީ ކޯސްޓްލައިނާއި އައިލެންޑް އޭވިއޭޝަނާއި ދެމެދު ވެފައިވާ އެއްބަސްވުމަށް ބަދަލު ނުގެނެސް ކުރިއަށް ދިއުމަކީ ބޮޑެތި ޤާނޫނީ މައްސަލަތަކެއް ނިކުމެދާނެ ކަމެއްކަމަށެވެ. އަދި ސަރުކާރުން ދަރަވަންދޫ އެއަރޕޯޓަށް ދައުލަތުގެ ބަޖެޓުން ލޯލާރިއެއްވެސް ޚަރަދު ނުކުރަން ނިންމާފަވަނިކޮށް ކޯސްޓްލައިނާއި އައިލެންޑް އޭވިއޭޝަނާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ދިވެހި ދައުލަތުން ސަތޭކަ ޕަސަންޓް ހިއްސާވާ އައިލެންޑް އޭވިއޭޝަނުން ޚަރަދުތަކެއް ކުރަންޖެހޭ ގޮތަށް އެއްބަސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޑރ. ޝަމްހީދު ވިދާޅުވީ ދަރަވަންދޫ އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށްޓަކައި ދައިލަތުން ވަނީ ކޯސްޓްލައިން އަސް ރިޒޯރޓުގެ ގޮތުގައި ތަރައްޤީކުރަން ދެ ފަޅުރަށް ދީފައިކަމަށްވާއިރު އެއަރޕޯޓް ހިންގަން ދައުލަތުން އިތުރަށް އެއްވެސް ޚަރަދއް ކުރަންޖެހޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.
ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން އިއްޔެ އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލްހާރިސް ވިދާޅުވެފަވަނީ ކޯސްޓް ލައިން އިންވެސްޓްމަންޓުން ތަރައްގީކޮށް މި އަހަރުގެ ތެރޭގައި ހުޅުވާ ދަރަވަންދޫ އެއަރޕޯޓު ހިންގުމުގެ ހުރިހާ ކަމަކާ ހަވާލުވުމަށް އައިލެންޑް އޭވިއޭޝަނުގެ ބޯޑުން ނިންމާފައިވާ ކަމަސެވެ. އަދި އައިލެންޑް އޭވިއޭޝަނުން ފުރަތަމަ ފަހަރަށް ހިންގަން ފަށާ އެއަރޕޯޓްގެ ގޮތުގައި ދަރަވަންދޫ އެއަރޕޯޓް އަންނަ މަހު އޮޕަރޭޓް ކުރަން ފަށާނެ ކަމަށާއި ދަރަވަންދޫ އެއަރޕޯޓް ހިންގައިގެން އައިލެންޑް އޭވިއޭޝަނަށް ރަނގަޅު ފައިދާތަކެއް ލިބިގެންދާނެ ކަމަށް ދިރާސާތަކުން ދައްކާފަވާ ކަމަށްވެސް ހާރިސް ވަނީ ވިދާޅުވެފައެވެ.
ރިޒޯރޓު ތަރައްޤީކުރާނެ ފަޅުރަށަކާއިއެކު އެސްޓީއޯ އާއި ފުވައްމުލަކު އެއަރޕޯރޓްތަރައްޤީ ކުރަން ހަވާލުކުރުމުން، އެއަރޕޯޓް ތަރައްޤީކޮށް ހިންގަމުން ގެންދަނީ އެސްޓީއޯ އިންނެވެ. އަދި އެކަމަށް އެސްޓީއޯ އިން ގެންދަނީ ބޮޑު ހޭދައެއް ކުރަމުންކަމަށްވާއިރު އެއަރޕޯރޓް އިތުރަށް ތަރައްޤީކުރުމަށް މިހާރުވެސް އެސްޓީއޯ އިން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އެންމެ ފަހުގެ ހިޔާލުތައް
- ނޫސްކިޔާ - ރިޔާސީ ބަރުލަމާނީ ނިޒާމުގެ ވޯޓް އޮޅުވާލީމައި ގާނޫނު އަސާސީއާ ރައްޔިތުންގެ ވިސްނުން ދިމައެއް ނުވި- ނަޝީދު
- އާސަންދަ - އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު އުސްފަސްގަނޑުގެ މައްސަލަ ހައްލު ނުކުރެވުނު މީހަކަށް ޤައުމެއް ނުހިންގޭނެ: މާޒް ސަލީމް
- އާސަންދަ - ޕީޕީއެމުން އެންމެ ބޮޑު އިސްކަމެއް ދޭނީ ގައުމިއްޔަތާއި އިސްލާމް ދީން ދިރުވަން- ޑރ. ޖަމީލު
- މާހިރު - އެމްޑީޕީގެ ކައުންސިލަރަކާއި ގޮފީގެ ރައީސް ޖޭޕީއަށް ސޮއިކޮށްފި
- Ibrahim - ރިޔާސީ ކެންޑިޑޭޓުންގެ ލިސްޓުގައި ނަޝީދުގެ ނަން އޮތަސް ގަބޫލެއް ނުކުރެވޭނެ- ގާސިމް
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
ކިޔުން ތެރިންގެ ހިޔާލު