- ޖޭޕީގެ ލީޑަރު ގާސިމަށް ނޭކުރެންދޫއިން ރަތްދޫލައިގެ މަރުޙަބާއެއް
- ހަމަޖެހުމަށް ލޯބިނުކުރާ ކަމަށްބުނެ އެމްޑީޕީގެ ވައިކަރަދޫ ގޮފީގެ ރައީސް ޖޭޕީއަށް ސޮއިކޮށްފި
- އާދަމް މުހައްމަދު ބޭނުންގޮތަކަށް ޖޭއެސްސީ ހިންގުމަށް ފުރުސަތެއް ނުދޭނަން- އަލީ ވަހީދު
- ދެންނުވާނެ ކަމަށްބުނެ ވެރިކަމުން ފޭބި މީހަކު ގޮވައިގެން “މިކަމެއް” ނުވާނެ-އަޝްރަފް
- ސިޔާސީ ދަތުރުތައް ކުރަން އަރާނެ އެންމެ ރަގަޅު ސަވާރީއަކީ ޕީޕީއެމް- ޑރ. ޖަމީލު
- ގާސިމުގެ މަރުގެ މައްސަލައިގައި ހިމެނޭ ނާދީ ދެއަހަރާއި ހަމަސްދުވަހަށް ޖަލަށް
- ފިތުނަފަސާދަ އުފައްދާ ބަޔަކަށް އަޅުގަނޑުގެ ވެރިކަމެއްގައި ޖާގައެއްނެތް- ގާސިމް
- އެމްޑީޕީގެ ކޮންމެ ގޮތްޕަކަށް ދެގޮފި ހަދާނަން- ޝިފާން
- ރާއްޖެއަށް ޑިމޮކްރަސީ ގެންނެވި މޭސްތިރިއަކީ ގާސިމް އިބްރާހީމް- ޢަބްދުލް މުހައިމިން
- ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެމީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި
- މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
- ފުޅި އަޅައިގެން ހުއިފިލަނޑާ ނެގި މީހަކު ދެމަސް ދުވަހަށް އަރުވާލަން ހުކުމްކޮށްފި
- މަސްތުވާތަކެތީގެ ވިޔަފާރި ކުރި މީހަކު އުމުރަށް ޖަލަށް ހުކުމް ކޮށްފި
ހުޅުމާލެއިން 50 ފްލެޓް ސިފައިންނަށް ދެނީ
އަބްދުއްލަތީފް
ސަރުކާރުން ވަނީ، ހުޅުމާލޭގައި މިހާރު އަޅަމުންދާ ފްލެޓްތަކުގެ ތެރެއިން 50 ފްލެޓް ދިވެހި ސިފައިންނަށް ދޭން ނިންމާފައިކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކަޅުތުއްކަލާ ކޮށީގައި ސިފައިންނައި މުޚާޠަބްކުރައްވައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ސިފައިންގެތެރޭގައި ވަރަށް ބޮޑަށް ބޯހިޔާވަހިކަމުގެ ވާހަކަ ދެކެވެމުންދާ ކަމަށާއި އެކަމާ ދޭތެރޭގައި މިހާރު ސަރުކާރުން ނިންމަވާފައިވާ ގޮތުގެ ޚަބަރަކީ އުފާވެރި ޚަބަރެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ މިކަމާއި ގުޅިގެން މިހާރު މިވަނީ މިކަމަށް ކޮމެޓީއެއް އެކުލަވާލާފައި ކަމަށައި އެކޮމެޓީގެ އިސް ބޭފުޅަކަށް ބްރިގޭޑިއާރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާ އެކުގައި ސީނިއަރ އޮފިސަރުންނާއި އެހެނިހެން މަޤާމުތަކުގެ ބޭފުޅުންކޮޅެއް މިހާރުވާނީ ހިމަނުއްވާފައި ކަމަސެވެ.
“މިކޮމެޓީން ކްރައިޓީރިއާއެއް ކަނޑައަޅާނީ. މި ކްރައިޓީރިއާގެ ތެރެއިން 50 ފުލެޓް ލިބޭނެ ފަރާތެއް ނިމިގެންދާނީ. އަޅުގަނޑު މިހާރު މިކޮމެޓީގެ އެންމެ އިސްފަރާތަށް ވާނީ ދަންނަވާފަ. ހުރިހާ މަޤާމްތަކަކަށްވެސް މީގެ ތެރެއިން ފްލެޓް ލިބޭނެކަހަލަ ގޮތަކަށް މި ކްރައިޓީރިއާތައް އެކުލަވާލައްވާށޭ. އެހެންވީމަ މި ކްރައިޓީރިއާތައް ވަރަށް އަވަހަށް އިޢުލާނުކުރެވޭނެ. އަދި މި ކްރައިޓީރިއާތަކަށް ފެތޭ ފަރާތްތަކަށް ކުރިއަށްއޮތް ދެތިން މަސްދުވަހުގެ ތެރޭގައި މިފުލެޓްތައް ލިބިގެންދާނެ.”
ނާޒިމް ވިދާޅުވީ މިފްލެޓްތަކަކީ އެމީހުންނަށް އަމިއްލަ ކުރެވޭ ފުލެޓްތަކަކަށް ހެދުމަށް މިހާރު ސަރުކާރުން ވަނީ ހަމަޖައްސަވާފައި ކަމަށެވެ. އެހެންކަމުން މިފުލެޓްތަކަށް އެމީހުން އަމިއްލައަށް ފައިސާ ދައްކައިގެން ފްލެޓްތައް އަމިއްލަ ކުރެވޭނެ ކަމަށެވެ.
“މިފްލެޓްތައް ލިބޭ ފަރާތްތަކަށް ފައިސާ ދެއްކުމަށް ދަތިކަމެއް އޮތްކަމުގައިވާނަމަ ސަރުކާރުން އެމީހަކަށް އެހީތެރިވެސް ވެދޭނަން. އަދި އެމީހަކަށް ދައްކަންޖެހޭ ޑައުންޕޭމަންޓާއި އެހެނިހެން ޕޭމަންޓްތަކުގައިވެސް ސަރުކާރުގެ ހުރިހާ ދާއިރާތަކެއްގެ ބޭނުންކޮށްގެން އެކަންކަންވެސް ކޮށްދޭގޮތަށް މިހާރު ސަރުކާރުން ހަމަޖައްސަވާފަ އޮތްވާހަކަ ތިހުރިހާ ފަރާތްތަކެއްގެ މަޢުލޫމާތަށްޓަކައި މިފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން.”
ނާޒިމް ވިދާޅުވީ މީގެއިތުރުން ސިފައިންގޭގައި ހުރި ހުސް ބިންތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެއިގެތެރެއިން ވިލިގިލީގައި އޮތް ހުސްބިން، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އަޅުގަނޑުމެން ބިންގާ އަޅައި، އެތަނުގައި ފްލެޓްގެ މަސައްކަތް ފެށޭނެ ކަމަށާއި އަދި އެއިގެ އިތުރުންވެސް ހުރި ބިންތައް ތަރައްޤީކުރުމަށްޓަކައި ތަފާތު އެކި ފަރާތްތަކާއެކީގައި ގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމަށެވެ.
“މީގެ އިތުރުން، ސިފައިންގެ މަރުކަޒުތަކުގަ އެކަމަޑޭޝަން ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ވާހަކަ އަޅުގަނޑުވާނީ ދަންނަވާފަ. މިގޮތުން ސިފައިންގޭގައި މިކަމަށްޓަކައި އިމާރާތްކުރެވުނު ނުވަބުރީގެ ބިލްޑިންގއެއް، މިބިލްޑިންގ ކުރިއަށްއޮތްތަނުގައި ސިފައިންގެ މީހުން ނިދާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމަށް އަޅުގަނޑު ގަސްތުކޮށްފައިވާ ވާހަކަ ދަންނަވާލަން. އަދި މިކަމުގައި މިހާރު އެއް ފްލޯއަށް ވާނީ މީހުން ބަދަލުކޮށްފަ. އެ ފްލޯއަށް 09 މީހުންގެ އެކަމަޑޭޝަން ހަމަޖެއްސިފަ ވާތީ އަޅުގަނޑު އެކަމާވެސް ވަރަށް އުފާކުރަން. މިކަމުގައި އަޅުގަނޑަށް އެހީތެރިކަން ވެދެއްވި ލީޑަރޝިޕްގެ ހުރިހާ ބޭފުޅުންނަށާއި، އަދި މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށްވެސް މިފުރުޞަތުގައި ޝުކުރު އަދާކުރަން.” ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.
ނާޒިމް ވިދާޅުވީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިފަދަ މަސައްކަތްތައް ކުރުމަށް ވަގުތުކޮޅެއް ނަގާނެކަން ކަމަށެވެ. އެތަނުގައި، ސިފައިންގޭގައިހުރި ބައެއް އިމާރާތްތަކަށް ބޮޑެތި ބަދަލުތަކެއް އެބަގެންނަންޖެހ ކަމަށާއި އެކަމަށްޓަކައި މިހާރު ސަރުކާރުންވަނީ ބަޖެޓެއް ހަމަޖައްސަވާދެއްވާފައި ކަމަށެވެ. “އެކަމާބެހޭ މަޢުލޫމާތު އަޅުގަނޑު މިއަދު ވާނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްއަށާއި، އަދި ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދީފަ. އެހެންކަމުން އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ސިފައިންގޭގެ އެލް ބިލްޑިންގ އިތުރަށް މަރާމާތުކޮށް، ޑިފެންސް މިނިސްޓްރީގެ ބިލްޑިންގ އިތުރަށް މަރާމާތުކޮށް އެތަންތަނުގައި މަސައްކަތްކުރަންތިބި މީހުން އެތަންތަނަށް ބަދަލުކޮށް މިނުވަބުރީގެ އިމާރާތަށް ގިނަ ބަޔަކު ބަދަލުވެގެންދާނެ.”
އެންމެ ފަހުގެ ހިޔާލުތައް
- މުޖައްރިބު - އާދަމް މުހައްމަދު ބޭނުންގޮތަކަށް ޖޭއެސްސީ ހިންގުމަށް ފުރުސަތެއް ނުދޭނަން- އަލީ ވަހީދު
- ލަޔާޤަތްތެރިޔާ - ވާދަވެރި ޕާޓީތަކުން އުޅެނީ މިލްކުވެރިކަން ހޯދައިގެން ކަންކަން ކުރަން- ނަޝީދު
- ލަޔާޤަތްތެރިޔާ - އިސްތިއުނާފް ކޮމެޓީއަށް ނުދިޔައީ ޔާމީންގެ ބާރުގެ ދަށުގައި ކޮމެޓީ އޮތީމަ އިންސާފު ނުލިބޭނެތީ- އުމަރު
- ލަޔާޤަތްތެރިޔާ - ރާއްޖޭގައި އޮތީ ރައީސް މައުމޫންގެ ފިކުރާއި ރައީސް ނަޝީދުގެ ފިކުރު- ޕީޕީއެމްް
- މުޖައްރިބު - ނަޝީދު ދެއްކެވި ވާހަކަފުޅުގެ ތަރުޖަމާއަކީ އަޅުގަނޑުވެސް ގަބޫލުކުރާ ތަރުޖަމާއެއް- ޔާމީން
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
ކިޔުން ތެރިންގެ ހިޔާލު