- އެމްޑީޕީން މިއުޅެނީ ހަމައެކަނި އިންތިޚާބު ކާމިޔާބު ކުރާކަށް ނޫން: ނަޝީދު
- ކާށިދޫ އާއި ގާފަރުން ޤާސިމަށް ހޫނު މަރުހަބާއެއް ދަންނަވައިފި
- ޕެންޝަން ފައިސާ ދައްކަމުންނުދާތީ ތިންކުންފުންޏަކާ ދެކޮޅަށް ޕެންޝަން އޮފީހުން ދައުވާކޮށްފި
- ޖުމްހޫރީޕާޓީގެ ކޮންގުރެސް އަންނަމަހު ދިހައެއްގައި ބާއްވަނީ
- މިއަހަރުގެ ދެވަނަ ނައިޓު މާރކެޓް އޮކްޓޯބަރމަހު ބާއްވަނީ
- އުސްފަސްގަނޑު ނަގަން އުޅެނީ މިނިސްޓްރީގެ ބޭފުޅަކު ބޭނުން ވެގެން: ސިޓީ ކައުންސިލް
- މަރުގެ ދެމައްސަލައެއްގެ ތަޙުގީގު ނިންމައި ދަޢުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފި
- އިޤްބާލް އާދަމް އެމްބީސީ ބޯޑް މެންބަރުކަމުން އިސްތިއުފާ ދެއްވައިފި
- ޕެންޝަން ފައިސާ ދައްކަމުންނުދާތީ ތިންކުންފުންޏަކާ ދެކޮޅަށް ޕެންޝަން އޮފީހުން ދައުވާކޮށްފި
- އީ.ޔޫ ގެ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި
- އެމްއެންޑީއެފް އިން ފެލިވަރުގައި އަލިފާނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި
- ބިދޭސީ އަންހެނަކާއެކު ގަދަކަމުން ބަދުއަޚްލާޤީ އަމަލު ހިންގި ދެބިދޭސީއެއްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި
- މުލިން ބިދޭސީއެއްގެ ގައިގާ ތަޅައިގަތް މައްސަލައާ ގުޅިގެން 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި
ރައީސް ޑރ. ވަހީދާއި ރިޔާޒުއާއި ދެކޮޅަށް ދައުވާ ކުރެވޭނެ ގޮތެއް ހޯދަން ބޮންޑޭ ޕީޖީއަށް
އެމްޑީޕީގެ ސީދާ ހަރަކާތުގެ ތެރެއިން މާފަންނު ދެކުނު ދާއިރާގެ މެންބަރ އިބްރާހީމް ރަޝީދު (ބޮންޑޭ) އަށް ފުލުހުން އަނިޔާކުރީ ރައީސް ޑރ. މުހައްމަދު ވަހީދުއާއި، ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ރާއްވަވައިގެން އޭނާ މަރާލަން ކަމަށް ވިދާޅުވެ، އެބޭފުޅުންނާއި ދެކޮޅަށް ދައުވާ ކުރެވޭނެ ގޮތެއް ހޯދުމަށް އެދި މާފަންނު ދެކުނު ދާއިރާގެ މެންބަރ އިބްރާހީމް ރަޝީދު (ބޮންޑޭ) ޕީޖީ އަށް އިއްޔެ މައްސަލަ ހުށަހަޅައިފިއެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރ އިބްރާހީމް ރަޝީދު (ބޮންޑޭ) ޕީޖީއަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ރާއްވަވައިގެން ފުލުހުން ލައްވާ އަނިޔާކޮށްގެން، އޭނާ މަރާލަން އުޅުނު ކަމަށާއި، ފުލުހުން ދިން އަނިޔާއަކީ ސީދާ އޭނާ ގަސްދުގައި މަރާލަން ދިން އަނިޔާއެއް ކަމަށެވެ.
އެހެންކަމުން އެމައްސަލަ ތަހްގީގު ކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް ބޮންޑޭ ވަނީ ޕީޖީ އަރިހު އެދިވަޑައިގެންފަ އެވެ.
އަދި ފުލުހުން އޭނާ މަރާލާނެ ކަމަށް ބުނެ، އެކި ފަހަރު މަތީން އަނިޔާދީފައިވާ ކަމަށާއި، މި އަނިޔާތަކަކީ ގަސްދުގައި އޭނާ މަރާލަން ދިން އަނިޔާތަކެއް ކަމަށް ބޮންޑޭ ސިޓީގައި ވިދާޅުވެފައި ވެއެވެ. އަދި ޖުލައި 30 ވަނަ ދުވަހު ފުލުހުންގެ ބޮޑު ޓީމަކުން އޭނާގެ މައި ބަދައަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށް ވެސް ބޮންޑޭ ވަނީ ސިޓީގައި ފާހަގަކޮށްފައެވެ.
ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހަކީވެސް ފުލުހުން އޭނާއަށް ބޮޑެތި އަނިޔާތަކެއްދީ އޭނާ ގަސްތުގައި މަރާލަން އުޅުނު ދުވަހެއް ކަމަށާއި، އެދުވަހު އޭނާ ފާމްދޭރިގޭގެ އިމުގެ ތެރޭގައި ހުއްޓާ ފުލުހުން އެތަނަށްގޮސް ކޯޓު އަމުރެއް ނެތި އޭނާ ދަމާނެރެ ފުލުހުންގެ އެންކަލް ބޫޓްތަކުންނާއި ދަގަނޑު މުގުރުތަކުން، އެއްވެސް ރަހުމެއް ނެތި ހޭނެތެންދެން އަނިޔާކޮށްފައިވާ ކަމަށް ބޮންޑޭގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
” ފުލުހުންގެ އަމަލުތައް ހުންނަ ގޮތުން އަޅުގަނޑަށް ބެލެވެނީ މިއީ ފުލުހުންގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ މުހައްމަދު ވަހީދު ހަސަން މަނިކާއި އަދި ކޮމިޝަނަރ އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ގަސްތުގައި މަގާމުގެ ނުފޫޒު ބޭނުންކޮށް، ރާވައިގެން އަޅުގަނޑު މަރާލުމަށް ދެމުންދާ ހަމަލާތަކެއް ކަމަށެވެ. އެހެން ދަންނަވަން ޖެހެނީ މިހާތަނަށް ހިންގި އެއްވެސް އަމަލެއް އެދެ ބޭފުޅުން ކުށްވެރި ކުރައްވާފައެއްނުވެއެވެ. އަދި ފުލުހުންނަށް އެފަދަ އަމަލެއް ނުހިންގުމަށް އިލްތިމާސްވެސް ކުރައްވާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފުލުހުންގެ އަމުލުތަކަށް ހިތްވަރުލިބޭގޮތަށް އެދެބޭފުޅުންވެސް ދަނީ ވާހަކަދައްކަވަމުންނެވެ.” ބޮންޑޭގެ ސިޓީގައި ވިދާޅޫވެފައި ވެއެވެ.
ބޮންޑޭ ވިދާޅުވެފައި ވަނީ ފުލުހުން އޭނާ ހިފައި ހައްޔަރު ކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދުގެ ތެރެއިން އޭނާ އަށް ލިބިދޭ އިމްތިޔާޒުތަކަށް ވެސް ބެލުމެއް ނެތި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެންގުމެއް ނެތި ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ހުރި ދުވަސްތަކުގައި ބޯފެންފޮދެއްވެސް ނުބޯ ކަމަށާއި، އެއީ ފުލުހުންނަށް އިތުބާރު ނުކުރާތީ ކަމަށް އޭނާ ރާއްޖެ ޓީވީގައި ވަނީ ވިދާޅުވެފައެވެ.
ފުލުހުން ބުނީ އެއްވެސް މީހަކު ހައްޔަރުކުރުމުގައި ފުލުހުން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި ބޮންޑޭގެ ގައިގައި ދަތް އެޅި ކަމަށް ދައްކަވާ ވާހަކައަކީ ވެސް އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެއްވެސް މީހަކު މަރާލަން ފުލުހުން މަސައްކަތް ނުކުރާނެ ކަމަށާއި، ފުލުހުންނަކީ ރައްޔިތުންގެ ހިމާޔަތުގައި ތިބޭ ބައެއް ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކާ، ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއަޅާ ފަރާތްތަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފުރުސަތު ނުދޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.
ބޮންޑާގެ މައްސަލަ އާއި ގުޅިގެން ސަރުކާރު ތަރުޖަމާނު އައްބާސް ޢާދިލްރިޟާ ވިދާޅުވެފައިވަނީ ބޮންޑާ އޭނާގެ ޝަކުވާތަކެއްގެ ގޮތުގައި ފާހަގަކުރާކަމަށް ބުނާ މައްސަލަތައް ޕީޖީއަށް ހުށަހެޅީ ފުލުހުންނަށް އަދި ސަރުކާރުގެ އިސްވެރިންނަށް ހމަލާދީ އަނިޔާކުރުމަށް ތަކުރާރުކޮށް އެތައް ފަހަރަކު އޭނާ ގޮވާލާފައިވާ މައްސަލަތަކާއި އަދި އެނޫންވެސް ޖިނާޢީ ކުށްތައް ކޮށްފައިވާތީ އޭނާގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ހުށަހަލާފައިވާތީ އެކަމަށް ހުރަސްއަޅައި ބަހަނާ ދައްކަންކަމަށް ސަރުކާރުން ޤަބޫލުކުރާ ކަމަށެވެ.
އެންމެ ފަހުގެ ހިޔާލުތައް
- ހަޞަން ނޫރައްދީން، ހުޅުދޫ - އޭސީސީގެ ވިސްނުން ބަދަލުވި ސަބަބު ސާފެއް ނޫން: އަބްދުﷲ މުޙައްމަދު
- ރޯށަން - އޭސީސީގެ ވިސްނުން ބަދަލުވި ސަބަބު ސާފެއް ނޫން: އަބްދުﷲ މުޙައްމަދު
- ހަޞަން ނޫރައްދީން، ހުޅުދޫ - މިއީ 24 ގަޑިއިރު ހަމައިގައި ތިބެން ބޭނުންނުވާ މީހުންނާއި ބޭނުންވާ މީހުންގެ މެދުގައި ބޭއްވޭ އިންތީޚާބެއް: ޑރ. މައުރޫފް
- އަލީ/ހދ.ކުޅުދުއްފުށި - ޤައުމުގެ ހާލަތު ބަދަލުކުރެވޭނެ، ކުރާނަން: ޤާސިމް
- ކަޒާ - ކައުންސިލުތަކުގެ ބާރުވެރިކަން ދަނީ ގެއްލެމުން- ރައީސް ނަޝީދު
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
ކިޔުން ތެރިންގެ ހިޔާލު