އެއްވެސް މީޑިއާއަކަށް އެއްބާރުލުން ނުދިނުމަކީ ބޭނުންވާ ގޮތެއް ނޫން: ފުލުހުން

12 އޯގަސްޓް، 2012

އަބްދުއްލަތީފް

އަބްދުއްލަތީފްއެއްވެސް މީޑިއާއަކަށް އެއްބާރުލުންނުދިނުމަކީ ފުލުހުން އަމަލުކުރަން ބޭނުންވާ ގޮތް ނޫން ކަމަށާއި ރާއްޖެޓީވީއަށް އެއްބާރުލުން ދިނުން ފުލުހުން ހުއްޓައިލީ ރާއްޖެޓީީވީން ތަކުރާރުކޮށް ފުލުހުންނާއިމެދު ދޮގު މައުލޫމާތު ފަތުރައި ފުލުހުންނަށް އަނިޔާ ކުރުމަށް ހިތްވަރު ދިނުން ހުއްޓާނުލުމުން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރީ ރާއްޖެޓީވީއަކީވެސް ޢާންމުންގެ ބައަކު ބަލާޓީވީއަކަށްވާއިރު އެޓީވީއަށް ފުލުހުން އެއްބަރުލުންދިނުން ހުއްޓާލުމުން އެކަމާމެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފައުލުކުރާތީ އާއި ފުލުހުންގެ ނިންމުން އަނބުރާ ގެންދިއުމަށް ބައެއް ފަރާތްތަކުން ފުލުހުންނަށް ގޮވާލަމުން ގެންދާތީ މިއަދު ނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފުލުހުންގެމީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަކީވެސް ހަމަދިވެހި ރައްޔިތުން ކަމަށާއި އާންމުކޮށް އަނިޔާ ކުރުމަށައި ގެއްލުން ދިނުމަށް ގޮވާލުމުން ފުލުހުންގެ އެތައް ބައަކަށް އެކިވަރުގެ ޖިސްމާނީ އަނިޔާތައް ކުރުން އިތުރުވެފައިވާއިރު ފުލުހުންގެ މުދަލަށްވެސް ބޮޑެތި ގެއްލުންތައް ދެމުން އަންނަ ކަމަށެވެ. އަދި އެފަދަ ގޮވާލުންތަކުގެ ސަބަބުން ހިތްވަރު ލިބި ފުލުހުންމަރަމުން ގެންދާކަން ވެސް އެއީ އެންމެން ވެސް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލްވިދާޅުވީ ރާއްޖެ ޓީވީއަށް ފުލުހުން އެއްބާރުލުން ދިނުން ހުއްޓާލާފައި ވަނީ އެ ސްޓޭޝަނުން ފުލުހުންނާއި މެދު ފަތުރަމުން ގެންދާ ދޮގު ޚަބަރު ތަކާގުޅިގެން ފުލުހުންގެ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ. އަދި ރާއްޖެޓީވީއަށް އެއްބާރުލުން ދިނުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާ ގޮވާލުމާމެދު ވެސް ފުލުހުން ގެންދަނީ ވިސްނަމުން ކަމަށާއި ނަމަވެސް އެކަމުގައި އަމަލުކުރާނެ ވަކިގޮތެއް އަދި މިހައިތަނަށް ނިންމާފައިނުވާ ކަމަށެވެ.

މީޑިއާތަކަށް ގެއްލުން ދިނުން ޢާންމުކަމަކަށްވެފައިވާއިރު ވީޓީވީގައި ހުޅުޖެހުމަށް އެމްޑީގެ ބައްދަލުވުމެއްގައި ވަނީ ގޮވާލާފައެވެ. އަދި އެގޮތަށް ގޮވައިލިތާ ގަޑިއެއްހާއިރުވެސް ނުވަނިސް ވީޓީވީގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދިނުމުގެ އިތުރުން އެމްޑީޕީގެމުޒާހަރާގެ ބައިވެރިން ގަލާއި ދަގަނޑުގުރިފަދަ ތަކެތި ބޭނުންކޮށްގެން ވީޓީވީ ތަޅާލާފައިވާކަން ވެސް ގިނަ ބައަކު ފާހަގަކުރެއެވެ.

ކިޔުން ތެރިންގެ ހިޔާލު

  1. ފުލުހުންނަކީ ދިވެހިނ ރައްޔިތުންގެ ސާހިބުންނެއްނޫން. އެހެނެއްކަމަކު އެއީ ރައްޔިތުން މުސާރަދޭ ރައްޔިތުންގެ ނޯކަރުން. އެކަން ހަނދާންބެހެއްޓުމާއިއެކު އެއްވެސް ފުލުހަކަށްވެސް ޤާނޫނީއިމުންބޭރުން އެއްވެސް ކަމެއް ނުކުރެވޭނެ. ރައްޔިތުންގެ ތެރެއިން ވަކިބަޔަކަށް ފުލުހުން ހިމާޔަތްދީފަ އަނެއްބަޔަކަށް ނުދޭނަމޭބުނުމުގެ އިޚްތިޔާރެއް ކުޑަކޮށްވެސް ފުލުހުންނަކަށް ނޯންނާނެ. ރާއްޖެޓީވީއިން ފަތުރާ ޚަބަރަކާގުޅިގެން ފުލުހުން މަރަމުންދަނީއޭ ފުލުހުން ބުނާއިރު ސީދާ ފުލުހުންގެ އަނިޔާގައި މަރުވެފައިވަނީ ކިތައް ރައްޔިތުންތޯ ބަލާލުންވެސް ރަގަޅު. ފުލުހުންނާބެހޭގޮތުން ވިޔަސް އެހެންބަޔަކާ ބެހިގެންވެސް އެއްވެސް ކަހަލަ ޤާނޫނާޚިލާފު އަމަލެއް ބަޔަކު ހިންގާނަމަ އެކަމަށް ޝަރުޢީ މަރުހަލާ އޮންނާނެ. އެއްވެސް ދިވެހިރައްޔިތަކަށް މިހެން ހަދާނަމޭ ނުވަތަ މިވެނި އަނިޔާއެއް ދޭނަމޭބުނެ ރައްޔިތުންނަށް ޙުކުމްކުރުމުގެ ބާރެއް ފުލުހުންނަކަށްނޯންނާނެ.

    ސަލީމު | އޯގަސްޓް 12، 2012

 އަކުރު އެބައިން