- ޖޭޕީގެ ލީޑަރު ގާސިމަށް ނޭކުރެންދޫއިން ރަތްދޫލައިގެ މަރުޙަބާއެއް
- ހަމަޖެހުމަށް ލޯބިނުކުރާ ކަމަށްބުނެ އެމްޑީޕީގެ ވައިކަރަދޫ ގޮފީގެ ރައީސް ޖޭޕީއަށް ސޮއިކޮށްފި
- އާދަމް މުހައްމަދު ބޭނުންގޮތަކަށް ޖޭއެސްސީ ހިންގުމަށް ފުރުސަތެއް ނުދޭނަން- އަލީ ވަހީދު
- ދެންނުވާނެ ކަމަށްބުނެ ވެރިކަމުން ފޭބި މީހަކު ގޮވައިގެން “މިކަމެއް” ނުވާނެ-އަޝްރަފް
- ސިޔާސީ ދަތުރުތައް ކުރަން އަރާނެ އެންމެ ރަގަޅު ސަވާރީއަކީ ޕީޕީއެމް- ޑރ. ޖަމީލު
- ގާސިމުގެ މަރުގެ މައްސަލައިގައި ހިމެނޭ ނާދީ ދެއަހަރާއި ހަމަސްދުވަހަށް ޖަލަށް
- ފިތުނަފަސާދަ އުފައްދާ ބަޔަކަށް އަޅުގަނޑުގެ ވެރިކަމެއްގައި ޖާގައެއްނެތް- ގާސިމް
- އެމްޑީޕީގެ ކޮންމެ ގޮތްޕަކަށް ދެގޮފި ހަދާނަން- ޝިފާން
- ރާއްޖެއަށް ޑިމޮކްރަސީ ގެންނެވި މޭސްތިރިއަކީ ގާސިމް އިބްރާހީމް- ޢަބްދުލް މުހައިމިން
- ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެމީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި
- މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
- ފުޅި އަޅައިގެން ހުއިފިލަނޑާ ނެގި މީހަކު ދެމަސް ދުވަހަށް އަރުވާލަން ހުކުމްކޮށްފި
- މަސްތުވާތަކެތީގެ ވިޔަފާރި ކުރި މީހަކު އުމުރަށް ޖަލަށް ހުކުމް ކޮށްފި
އެމްޑީޕީން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ޖެނީވާއަަށް ފޮޓޯ ފޮނުވުމުގެ ފުރްޞަތެއް ނުދޭނަން: ރައީސް
އެމްޑީޕީ އިން މަގުތަކަށް ނުކުމެ ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ޖެނީވާގައި މިހާރު ކުރިއަށްދާ އިންސާނީ ހައްޤުތަކާބެހޭ ޖަލްސާއަށް ފޮނުވަން ބޭނުންވެގެން އުޅޭ ފޮޓޯ ފޮނުވުމުގެ ފުރްޞަތު ނުދެއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ޙާމަކުރެއްވީ ބުދަ ދުވަހުގެ ރޭ ކ. ހުރާ އިޖްތިމާޢީ މަރުކަޒު ހުޅުއްވައިދެއްވުމަށްފަހު އެކަމަށްޓަކައި ހުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުން ވަޑައިގެން އުޅުއްވާ ޑިޕްލޮމެޓުންނަށް ދައްކަންޖެހޭ ވާހަކަތައް ސަރުކާރުން ދައްކަމުން ގެންދާނެ ކަމަށާއި އެކަމަށް ހުރަސް އެޅުމަކީވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ވެރިކަން ހިންގެވުމުގެ މަސްއޫލިއްޔަތު ހަވާލުވެވަޑައިގެން ހުންނެވީ ރައްޔިތުންނަށް ވެރިކަމުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ޟޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ކަމަށާއި އެކަންކަން ކުރެއްވެވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
“އަޅުގަނޑު ޔަޤީންކޮށް އަރުވަން. އަޅުގަނޑުމެން މިމަސައްކަތާ ޙަވާލުވެގެން މިއުޅެނީކީ، އެއްގޮތަކަށްވެސް މިކަމުގައި އަޅުގަނޑުމެންނަށް ފަހަތަށްޖެހުމުގެ އެއްވެސް ވިސްނުމެއް އޮވެގެނެއް ނޫން. އަޅުގަނޑުމެން މި ޤައުމުގެ ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކެރިތިބެގެން ކުރަމުން ގެންދާނަން. މާލޭގެ މަގުތަކަށް ވަގުތީގޮތުން ހުރަސްއަޅާ ބައަކު އުޅުނު ކަމުގައިވީނަމަވެސް، އަޅުގަނޑުމެން ހަމަ ކެތްތެރިކަމާއެކީގައި އެކަންވެސް ތަޙައްމަލް ކުރާނަން.”
ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ޤައުމުގެ ޙަޤީޤަތް އޮޅުވާލުމަށްޓަކައި ބައަކު ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، އެކަން ކާމިޔާބުނުވާނެ ކަމަށެވެ. އަދި އެފަދަ މަސައްކަތްތައް ކާމިޔާބު ނުކުރެވޭނެ ކަމުގެ ހެކި ދައްކަވަމުން ރައީސް ވިދާޅުވީ “އެކަމާ ދޭތެރޭގައި ޝައްކުކުރާ މީހަކު ހުރީވިއްޔާ، ހުރައަށްވެސް ޒިޔާރަތެއް ކޮށްލުން އަޅުގަނޑަށް ހީވަނީ ރަނގަޅުވާނެހެން.” ކަމަށެވެ.
ރައީސް ވިދާޅުވީ ބައަކު ކޮންމެ ގޮތަކަށް މަސައްކަތް ކުރިނަމަވެސް ﷲ އިރާދަފުޅާއިއެކު އެމަނިކުފާނު ހަވާލުވެވަޑައިގެން ހުންނެވި މަސްއޫލިއްޔަތު ބަރާބަރަށް އަދާކުރައްވަމުން ގެންދަވާނެ ކަމަށާއި ރައްޔިތުންނަށް ދައުލަތުގެ ފަރާތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމަކާއި ރައްކާތެރިކަމެއް ސަރުކާރުގ ފަރާތުން ދެމުން ގެންދާނެ ކަމަށެވެ.
“މިކަމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކުންވެސް ދަނީ މަސައްކަތް ކުރަމުން. އެކަމުގައި ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި، އަޅުގަނޑުމެންގެ ފުލުހުންނާއި ސިފައިން ފަހަތަކަށް ނުޖެހޭނެ. އެބޭފުޅުން ތިއްބެވީ ކެރިގެން، ޤައުމުގެ ސަލާމަތް ރައްކާތެރިކޮށްދެއްވުމަށްޓަކައި. އެހެންވީމާ، އަޅުގަނޑު އެކަމަށް ފުލުހުންނަށާއި ސިފައިންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން.”
ރައީސް ވިދާޅުވީ މިއަދުގެ ސަރުކާރުގެ ކެތްތެރިކަމަކީ، ސަރުކާރުގެެ ބަލިކަން ކަމުގައި އެއްވެސް ބައަކު ހީނުކުރުން އެދިވަޑައިގަންނަވާ ކަމަށާއި ހަރުކަށިވާންޖެހޭ ތަންތާނގައި ސަރުކާރުން ހަރުކަށިވެސްވނެ ކަމަށެވެ. “ފިޔަވަޅު އަޅަންޖެހޭ ތަންތާނގައި، ފިޔަވަޅުވެސް އަޅާނަން. އެހެން ނަމަވެސް، އަޅުގަނޑުމެންނަކީ ކެތްކުޑަވެގެން، ހަދާނެ ގޮތެއް ނޭނގިގެން އުޅޭ ބައެއް ނޫން. އަޅުގަނޑުމެން ޙިކްމަތްތެރިކަމާއެކީގައި ކުރަންޖެހޭ ކަންތައް ކުރަމުން ގެންދާނީ. އިރާދަކުރެއްވިއްޔާ، މިވޭތުވެދިޔަ 5 މަސް ދުވަސްވެސް ޞުލްޙަވެރިކަމާއެކުގައި އަޅުގަނޑުމެން މިހިސާބަށް އައީ. ﷲ އިރާދަކުރެއްވިއްޔާ، ދެން ކުރިއަށް އޮތް އެއް އަހަރުވެސް ހަމަ މިގޮތުގައި އަޅުގަނޑުމެން ހަމަ ރައްޔިތުންނާއެކީގައި މަސައްކަތް ކުރަމުން ގެންދާނަން.”
އެންމެ ފަހުގެ ހިޔާލުތައް
- މުޖައްރިބު - އާދަމް މުހައްމަދު ބޭނުންގޮތަކަށް ޖޭއެސްސީ ހިންގުމަށް ފުރުސަތެއް ނުދޭނަން- އަލީ ވަހީދު
- ލަޔާޤަތްތެރިޔާ - ވާދަވެރި ޕާޓީތަކުން އުޅެނީ މިލްކުވެރިކަން ހޯދައިގެން ކަންކަން ކުރަން- ނަޝީދު
- ލަޔާޤަތްތެރިޔާ - އިސްތިއުނާފް ކޮމެޓީއަށް ނުދިޔައީ ޔާމީންގެ ބާރުގެ ދަށުގައި ކޮމެޓީ އޮތީމަ އިންސާފު ނުލިބޭނެތީ- އުމަރު
- ލަޔާޤަތްތެރިޔާ - ރާއްޖޭގައި އޮތީ ރައީސް މައުމޫންގެ ފިކުރާއި ރައީސް ނަޝީދުގެ ފިކުރު- ޕީޕީއެމްް
- މުޖައްރިބު - ނަޝީދު ދެއްކެވި ވާހަކަފުޅުގެ ތަރުޖަމާއަކީ އަޅުގަނޑުވެސް ގަބޫލުކުރާ ތަރުޖަމާއެއް- ޔާމީން
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
ކިޔުން ތެރިންގެ ހިޔާލު