- ސާދަ ދުވަހުގެ މުހުލަތެއް ނުދީ ކޮމެޓީއަށް ހާޒިރެއް ނުކުރެވޭނެ- ޖޭއެސްސީގެ ރައީސް
- މަޑުމޮޅި އަޑަކުން ދިވެހިގައުމު އެދިގޮވަނީ ގާސިމް އިބްރާހީމަށް- އޭކޭ
- ބޭރު މީހުންނާއި އަރާރުންވެ ކިބުރުވެރި ވެގެން އުޅެވޭކަށް ނެތް- ނަޝީދު
- ޖަރުމަނުގެ ބޯޓަކަށް ނެގި ދިވެހި މީހާ އާދީއްތަ ދުވަހު މާލެގެންނާނެ- ފޮރިންމިނިސްޓްރީ
- ދެފަރުދެއްގެ މެދުގައި އޮތް މައްސަލައެއްގައި އެމްޑީޕީއަށް ދައުވާކުރުމުގެ ހައްގެއް ނޯންނާނެ- ޑރ- ޖަމީލު
- ނޮޅިވަރަމް ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ ތިންކައުންސިލަރަކު ޖޭޕީއަށް ސޮއިކޮށްފި
- މައިދާނަށް އެއްވިދުވަހުވެސް ނަޝީދު ހުންނެވީ ރާއްޖެއިން ބޭރުގައި ފިއްލަވައިގެން- ޢަބްދުﷲ ޝަރީފް
- ވައިކަރަދޫ ކައުންސިލްގެ ރައީސާއި، އަންހެނުންގެ ކޮމިޓީގެ މެންބަރަކު ޖޭޕީއާ ގުޅިއްޖެ
- ޣައްސާން މައުމޫނަށް ދަރިކަލަކު ލިބިވަޑައިގެންފި
- މާރާމާރީއާއި ބޮޑެތި ޖަރީމާތަކާއި ދެކޮޅަށް ޕީޕީއެމުން ރޭ އަޑުއުފުލައިފި
- މުޙަންމަދު ފަލާޙު ފެނުމާ ގުޅިގެން އޭނާއާ ރައީސް ފޯނުން ގުޅުއްވައި،ޙާލު ބައްލަވައިލައްވައިފި
- އެމެރިކާގެ ރައީސަށް ރައީސް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި
- ދައުލަތުގެ ފައިސާގެ ޒައްރެއްގެ މިންވަރުވެސް އަޅުގަނޑު ނުޖެހޭނަން- ގާސިމް
ރީހެބް ވަމުންދާއިރު، އެކުދިންނަކީ އުފެއްދުންތެރި ބައަކަށް ހަދަން އެބަޖެހޭ: ނައިބް ރައީސް
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ކުދިން، ރީހެބް ވަމުންދާއިރު، އެކުދިންނަކީ އުފެއްދުންތެރި ބަޔަކަށް ހަދަން އެބަޖެހޭ ކަމަށާއި، ޙަޤީޤީ ފައިދާ ނުކުންނާނީ އޭރުން ކަމުގައި ނައިބު ރައީސް މުޙައްމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ.
ނައިބް ރައީސް މިހެން ވިދާޅުވީ، ހިންމަފުށީގައި ހުންނަ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ހުކުރު ވިލޭރޭ އެ ސެންޓަރުގައި ބޭއްވެވި އަހަރީ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ، މިކަމަކީ ސަރުކާރުގެ އެޖެންޑާގެ ހަމަ އެންމެ މަތީ މަގާމެއްދީފައި އޮތް އެއްކަންތައް ކަމުގައެވެ.
މިރޮނގުން ނައިބު ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އަޅުގަނޑުމެންގެ މުޖްތަމަޢުގެ ޒުވާނުންގެ ވަރަށްބޮޑު ބައެއް، މަސްތުވާތަކެތީގެ ވަބާގައި އެބައުޅޭކަން އަޅުގަނޑުމެން މިއަދު ޤަބޫލުކުރަން އެބަޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މިކަމުން ސަރުކާރަށާއި ރައްޔިތުންނަށް ލިބޭ އިޤްތިޞާދީ ގެއްލުން އަޅުގަނޑުމެންނަށް އަދިވެސް ފުރިހަމައަށް ހިސާބުކުރެވިފައި ނެތް ކަމަށްވިޔަސް، މިފަދަ ކަންކަމަށް ރައްޔިތުންގެ ފައިސާއިން ޚަރަދުކުރަން ޖެހުމަކީ، ޙަޤީޤަތުގައި އިޤްތިޞާދީ ގޮތުން ޤައުމަށް ލިބޭ ވަރަށްބޮޑު ގެއްލުމެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރުމުގައި، މުޅި މުޖްތަމަޢުގެވެސް، ވިޔަފާރިވެރިންގެވެސް، އަދި ތަނަވަސްކަން ލިބިފައިވާ ފަރާތްތަކުގެ ޒިންމާއެއްވެސް އެބައޮތްކަން ނައިބު ރައީސް ހަނދާންކޮށްދެއްވިއެވެ. އެހެންކަމުން، ޤައުމަށް ބަދަލުތައް ގެނެވޭނީ، މިދެންނެވި ހުރިހާ ފަރާތްތައް ޙިއްޞާކޮށްގެން، މިހުރިހާ ފަރާތްތައް ގުޅިގެން، ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކޮށްގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ވަބާއިން ޤައުމު ސަލާމަތް ކުރުމަކީ، ވަކި ޕާޓީއެއްގެ މަސްއޫލިއްޔަތެއްވެސް ނޫން ކަމަށް ވިދާޅުވެ، ހުރިހާ ޕާޓީތައް ގުޅިގެން، ޤައުމުގެ މަޞްލަޙަތު ކުރިއަށް ނެރުމަށް ޕާޓީތަކަށް ނައިބު ރައީސް ގޮވާލެއްވިއެވެ.
އެންމެ ފަހުގެ ހިޔާލުތައް
- މުޖައްރިބު - މަލީޝާގެ ވެރިޔާ ދައުވާއަށް އިންކާރުކޮށްފި
- ޝައިޚް. - އަފްރާޝީމްގެ މަރުގެ މައްސަލައިގައި ނަޝީދު ހައްޔަރުކުރަން ޖެހޭ- ޕީޕީއެމް
- އާސަންދަ - އަފްރާޝީމްގެ މަރުގެ މައްސަލައިގައި ނަޝީދު ހައްޔަރުކުރަން ޖެހޭ- ޕީޕީއެމް
- އާސަންދަ - މަލީޝާގެ ވެރިޔާ ދައުވާއަށް އިންކާރުކޮށްފި
- އާސަންދަ - ޔާމީނަކީ ނަޝީދުގެ ތަރުޖަމާނު- ތަސްމީން
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
ކިޔުން ތެރިންގެ ހިޔާލު