ސީއެސްސީގެ ރައީސް އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަންފަށައިފި

29 ޖޫން، 2012

ޝަހީދާ ސައީދު

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ފަހުމީ ހަސަން، ސިވިލްސާވިސް ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް ފުލުސް އޮފީހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ކޮމިޝަންގެ ރައީސް ޖިންސީ ގޯނާ ކުރިކަމަށް ބުނެ އޭނާއާއި ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ އެކޮމިޝަންގެ ސީނިއާ ރިސާޗް އޮފިސަރެއްގެ މަގާމުގައި ހުރި އަންހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސީއެސްސީގެ ރައީސް އެކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރެއްވި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ސީއެސްސީގެ ސީނިއާ ރިސާޗް އޮފިސަރެއްގެ މަގާމުގައި އުޅޭ އަންހެން މުވައްޒަފަކަށް އެ ކޮމިޝަންގެ މެމްބަރަކު ޖިންސީ ގޯނާކުރެއްވިކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ވެސް ވަނީ ހުށަހަޅާފައެވެ.  އަދި އެ އެކޮމެޓީއަށް ފަހުމީއާއި، މި އަންހެން ކުއްޖާ ހާޒިރުކުރައްވާ ސުވާލުކުރި ކަމަށް މައުލޫމާތު ލިބިފައި ވެއެެވެ. ނަމަވެސް ކޮމެޓީގެ ބައްދަލުވުންތައް ބާއްވަނީ ސިއްރުން ކަމަށްވާތީ އެކަމާއިބެހޭ އިތުރު މައުލޫމާތު ވަނީ ލިބޭގޮތް ނުވެފައެވެ.

ނަމަވެސް ފަހުމީ ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލައަކީ، ހަގީގަތެއް ނޫންކަމަށާއި، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ކިޔުން ތެރިންގެ ހިޔާލު

  1. ދިވެހިންގެ ގިނަ އަން ހެނުންނަކީ މީހަކުގަދަކަމުން ބޭނުން ކުރަން ޖެހޭވަރަށްވުރެށް މާ އަގު ދަށް ބައެއް ވީމަ ތީކީ ގަބޫލު ކުރެވޭނެ ކަމެއްނޫން ، ވިޔަފާރިވެރިންނާއި އޮފީސްތަކުގެ އިސްމަގާމުތަކުގައި ތިބޭމީހުން ފަރާތުން ފައިދާ ހޯދަން އެމީސްމީހުންގެ ތުންފުއްސަކށްވެގެން އުޅޭ އަންހެން ކުދިން މިހާރު ވވވ ގިނަ

    ރަސީދު | ޖޫން 30، 2012
  2. ެަައެއަންހެންކުަައްޖާ އަކީ ތިމާ މީހާގެ ދަރިނަމަ ވެސް ކޮމެންޓު ކުރާނީ ތިޔަ ގޮތަައްތޯ؟

    ސަރާ | ޖުލައި 2، 2012
  3. މިއީ ސީދާ ފަހުމީގެ އަގުވައްޓާލުމަށް އުޅޭ އަންހެނެއްހެން ވަރަށް ހީވެއެވެ. ތިޔަ އަންހެނައަކީ ކާކުކަމާ ފަތުފުށުގެ ބޮޑުބަޔެއް އަހުރތެން ދެނަހުރީމެވެ. ކޮންމެހެން ތުންފުހިހެދިގެން އުޅެފަ އެކަން ފަހުމީގެ އިސްތަށިފުޅުގައި އަޅުވާފަ ތިމާއަކީ ކުކުންފެނުން ދޮވެފައިހުރި ޠާހިރު އެއްޗަކަށް ވުމަށް މަސައްކަތްކުރާނޭ ކަމެއް ނެތެވެ. މި އަންހެނާ ގޮވައިގެން ކޯޓަށް ވަޑައިގަތުމަށް ފަހުމިއަށް ދަންނަވަމެވެ. އޭރުން އޮންނާނީ ސަޅިވެވިފައެވެ.

    ސަލީމު ހާރޫނު | ޖުލައި 2، 2012

 އަކުރު އެބައިން