މެޖިސްޓްރޭޓް ކޯޓުތަކުގެ ލީގަލް އެސިސްޓެންޓްގެ ހައްގުތައް ނުދޭކަމަށް ބުނެ އިހުތިޖާޖު ކުރަން ނިންމައިފި

29 ޖޫން، 2012

ޝަހީދާ ސައީދު

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، މެޖިސްޓްރޭޓް ކޯޓުތަކުގެ 16 ލީގަލް އެސިސްޓެންޓެއްގެ ހައްގުތައް ހޯދައިނުދޭ ކަމަށްބުނެ، އެޑިޕާޓްމަންޓުން ޖަވާބެއް ލިބެންދެން އިހުތިޖާޖު ކުރާނެ ކަމަށް ބުނެފިއެވެ.

ރާއްޖޭގެ އެކި ރަށްރަށަށް ނިސްބަތްވާ، އަދި އެރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ލީގަލް އެސިސްޓެންޓުންގެ ގޮތުގައި ވަޒީފާ އަދާކުރާ 16 ލީގަލް އެސިސްޓެންޓެންޓަކު ހަޅުތާލު ކުރަން ބޭނުންވާ ސަބަބުތަކުގެ ތެރޭގައި ބުނެފައިވަނީ ފަނޑިޔާރުންނަށް ހިންގަން ހަމަޖެހިފައިވާ ޑިގްރި ކޯހުން ފުރުޞަތު ދެއްވާނޭކަމަށް ޗީފު ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އިބްރާހީމް އަޙްމަދު މަނިކު ސޮއިކުރައްވާ ދެއްވާފައިވާ ޖަވާބާއިއެއްގޮތަށް ޑިޕާޓްމަންޓުން އެފުރުސަތު ފަހިކޮށްދީފައި ނުވާކަމަށެވެ.

އަދި އެ ޑިޕާޓްމަންޓްގެ އިޙްމާލުން މިހާތަނަށްވެސް  ޤާޟީ ކަމުގެ ވަޒީފާ ހަމަޖައްސައި ދެވިފައި ނެތުމާއި،  ކުރީގެ ޖަސްޓިސް މިނިސްޓްރީއިން ވެފައިވާ އެއްބަސްވުމާއި ޚިލާފްވެފައިވާކަމަށް ބުނެފައި ވެއެވެ.

އަދި އުތިޖާޖު ކުރުމުގެ ގޮތުން ރައްޔިތުންނަށް ދޭންޖެހޭ މުހިންމު ޚިދުމަތްތައް ފިޔަވައި އެހެން ހުރިހާ މަސައްކަތެއް އެޑިޕާޓްމަންޓުން އިޖާބީ ޖަވާބެއް ދެއްވަންދެން އިއްޔެއިން ފެށިގެން ހުއްޓާލާފައިވާކަމަށްވެސް ބުނެއެވެ.

ފުޑްއެލަވަންސް ހަމަޖައްސަވައި ދެއްވާނޭކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނި ނަމަވެސް ވަޒިފާގައި ދޮޅު އަހަރު ހޭދަކުރި އިރުވެސް އެފައިސާ ނުދޭ ކަމަށް ބުނެފައި ވެއެވެ.

މީގެއިތުރުން ތަމްރީނުކޮށްފައިވާ ވަޒީފާ ކަމަށްވާ  ޤާޟީ ކަމުގެ މަޤާމު ހަމަޖައްސާދެވިފައި ނުވާތީ އެކަމާއި ގުޅިގެން ކަމާއި ގުޅުން ހުރިފަރާތްތަކާއި ބައްދަލުކުރުމަށް މާލެ ދެވޭނޭ އިންތިޒާމު އެ ޑިޕާޓްމަންޓުން ހަމަޖައްސަވާދެއްވާނޭ ކަމަށް ބުނެ، އަދިވެސް އެފުރުސަތު ދީފައި ނެތް ކަމަށް ލީގަލް އެސިސްޓެންޓުން ބުނެއެވެ.

އަދި އަތޮޅުތަކަށް ފޮނުވުމުގައި އެއްވެސް އިންސާފެއް ނެތި އަމަލުކޮށްފައިވާ ކަމަށާއި، ފަނޑިޔާރުންގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ރ.  އިސްލާޙްކުރުމަށް މާވަށު ދާއިރާގެ މެމްބަރު ޢަބުދުލް ޢަޒީޒު ޖަމާލް އަބޫބަކުރު ސޮއިކުރައްވާ ފޮނުއްވާފައިވާ އިސްލާޙް ފާސްކުރުމަށް އެ ޑިޕާޓްމަންޓުން މިހާތަނަށް ކަމާއި ގުޅޭފަރާތްތަކާއި މެދު އެއްވެސް މުޢާމަލާތްތަކެއް ކޮށްފައި ނުވާކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުން ތެރިންގެ ހިޔާލު

  1. މީ ހަމަ އަނެއް ބަޣާވާތްބާ! ލީގަލް އެސިސްޓެންޓުންގެ ބަޣާވާތްބާ؟!؟

    ސާމިހު މުހައްމަދު ބިން ޗަޓޭ އަލް މަރޮށި | ޖޫން 29، 2012

 އަކުރު އެބައިން