އަބްދުﷲ ޢަބްދުއްރަޙީމް އާއި އާދިލް ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފި

28 ޖޫން، 2012

އަބްދުއްލަތީފް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކަމަށްވާ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަހީމް އާއި އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީއަށް މި ދެ މެންބަރުން ސޮއިކުރައްވާފައިވާކަން އެޕާޓީން ކަށަވަރުކޮށްދީފައިވާއިރު އެ ދެ މެންބަރުންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

މިދެ މެންބަރުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވެވުމުން މަޖިލީހުގައި މިހާރު ތިއްބެވި ޖުމްހޫރީ ޕާޓީގެ މެންބަރުންގެ އަދަދަކީ 6 އެެވެ.

ޖުމްހޫރީ ޕާޓީން ބުނެފައިވަނީ އަދިވެސް އިތުރު މެންބަރުން އެޕާޓީއަށް ސޮއިކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށާއި ނަމަވެސް އެކަންކަން ކުރިއަށް ގެންދާނީ ތަފާތު މަރުހަލާތަކުގައި ކަމަށެވެ.

ޖުމްހޫރީ ޕާޓީން އެޕާޓީގެ އާންމު މެންބަރުން އިތުރުކުރުމަށާއި ޕާޓީ އިތުރަށް ކުރިއެރުވުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރެވެއެވެ.

އެގޮތުން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބައަކު އެޕާޓީއަށް ސޮއިކުރަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ.

ކިޔުން ތެރިންގެ ހިޔާލު

  1. ޕާޓީއަށްގެންދެވޭމީހުންނަކީ ކޮންކަހަލަ އިޙުލާސްތެރިންނެއްތޯބަލަންޖެހޭ އެހެންނޫނީ ފަހުން ދެރައެއްލިބިދާނެ! ރާޖޭގެ ބާޒާރުގައި ހިއްސާއަށްވުރެން ކުރިހޯދާފައިވާނީ މަލީސްމެންބަރުން ! ރާއްޖޭގެ ބާޒާރުގައި އެންމެ އަގުބުޑުކޮންވިކޭބާވަތަކީވެސް އެއީކަމުގައިވަނީ މިހާރުވެފަ !

    ވަހީދު | ޖޫން 28، 2012
  2. މުޅިންވެސް ހަމޫނު ލީ މީހުން. ރީތި އެއްޗެއް އަދި ވާނެ. މިއޮތީވާ މަޖާކަމެއް. ޖުމްހޫރީ ޕާޓީން ވިސްނައި އޮތުމަށް ގޮވާލަން.

    ސަލީމު ހާރޫނު | ޖޫން 28، 2012
  3. އެމްޑީޕީއަށް ދެފަހަރު ޑީއާރުޕީއަށް ތިންފަހަރު ، ޖުމްހޫރިޕާޓީއަށް އަދި އެއްފަހަރު. ދެންވެސް ގޮތްތަކެއްވާނޭކަން ކަށަވަރު. ބަލަން ތިބެމާ!!!

    ސަލީމު ހާރޫނު | ޖޫން 28، 2012
  4. ފައިސާ ހުރީމާ ވިއްކާ ވިޔަފާރިކުރާ މުދާގަނެވޭނެ! އެފަދަ ގޮތަކަށް ގަންނަ މަޢުނަވީ އެއްޗެތީގެ އަގުވަރަށް ދައްވާނެ.

    އަލިފުބާގަ އދ | ޖޫން 28، 2012

 އަކުރު އެބައިން