- ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
- އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށް ފައިސާ ޚަރަދު ކުރަމުންދޭ- ޑރ. ޙުސައިން
- ވޯޓުން ހޮވޭ ބޭފުޅަކީ ހަމައެކަނި ވޯޓުދިން މީހުންގެ ވެރިއެއްނޫން- ކަމާލުއްދީން
- ޖޭޕީގެ ވެރިކަމެއްގައި ކޮންމެ ރަށެއްގައި ދޮޅިދާން ގެޔެއް އަޅައިދޭނަން- ގާސިމް
- އިސްތިއުނާފް ކޮމެޓީއަށް ނުދިޔައީ ޔާމީންގެ ބާރުގެ ދަށުގައި ކޮމެޓީ އޮތީމަ އިންސާފު ނުލިބޭނެތީ- އުމަރު
- ރައްޔިތުން ބޭނުންވާ ހުރިހާ ސިފައެއް ހުރި ކެންޑިޑޭޓަކީ ގާސިމް- އިލްހާމް
- ރާއްޖޭގައި އޮތީ ރައީސް މައުމޫންގެ ފިކުރާއި ރައީސް ނަޝީދުގެ ފިކުރު- ޕީޕީއެމްް
- ގޮއިދޫ ކައުންސިލްގެ ނާއިބް ރައީސާއި، އިތުރު މެންބަރަކު ޖޭޕީއާ ގުޅިއްޖެ
- ރަމަޟާންމަހަށް ޚާއްސަކޮށްގެން ގައްދޫ ރައްޔިތުން ހެއްދި ދަނޑުތައް މުޅިން ހަލާކުވެއްޖެ
- އަލީ ވަހީދާއި ދެކޮޅަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
- އަރުތޫރު ބްރަދާސްގެ ދެމީހުންގެ ބަންދަށް ދިހަ ދުވަސް އިތުރުކޮށްފި
- ކުޑަކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި މީހަކު ހައްޔަރުކޮށްފި
- އިންތިގާލީ ސަރުކާރެއް ހެދުމުގެ ފުރުސަތު ނަޝީދަކަށް ނުދޭނަން- ޕީޕީއެމްް
ޝަރުއީ ދާއިރާގެ ބާރުކަޑުވާލުމަށް ނަޝީދު ކުރެއްވި މަސައްކަތް ބެލުމަށް ޤަރާރެއް ހުށަހަޅައިފި
ޝަރުއީ ދާއިރާގެ ބާރުކަޑުވާލުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި މަސައްކަތް ރައްޔިތުންގެ މަޖިލީހުން ބެލުމަށް ގޮވާލާ ޤަރާރެއް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ރިޔާޟް ރަޝީދު ހުށަހެޅުއްވި ޤަރާރަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ޝަރުއީ ހުރިހައި ކޯޓްތައް އުވާލައި ފަނޑިޔާރުން ރާއްޖޭގެ އެއްވެސް ކޯޓެއްގައި އެއްވެސް މައްސަލައެއް ނުބެއްލެވުމަށް އަންގައި ފަނޑިޔާރުންކުރާ ހުކުމްތައް ދައުލަތުގެ އެެއްވެސް މުވައްސަސާޔަކުން ތަންފީޒް ނުކޮށް އެފަރާތްތަކަށް ލިބިދޭ މުސާރައާއި އިނާޔަތްތައް ނުދިނުމަށް ނަޝީދު ކުރެއްވި މަސައްކަތްތައް ބަލައި ތަހްގީކޮށް ނަޝީދަށާއި، އަދި މިކަމުގައި ބައިވެރިވީ ފަރާތްތަކުގެ މައްޗަށް ހަރުކަށި ފިޔަވަޅުއެޅުމަށް ގޮވާލައްވައި ހުށަހަޅުއްވާފައިވާ ޤަރާރެކެވެ.
ރިޔާޒް ވިދާޅުވީ ޝަރުއީ ނިޒާމުގެ މައްޗަށް އެއްވެސް ފަރާތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ ކަމަށް ޤާނޫނު އަސާސީގައި ބަޔާންވެގެންވާއިރު ޖޫޑިޝަރީ އޮވާލައި 4 މެންބަރުންގެ މައްްޗަށް އެކުލެވޭ ޖޫޑިޝަރީ ރިފޯރމް ކޮމިޝަނެއް އުފަްއދަވަން ނަޝިދު ނިންމަވާފައިވުމީ ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް އެކަމާމެދު ބިރުގަންނަން ޖެހޭވަރުގެ ނުރައްކާތެރި މައްސަލައެއް ކަމަށެވެ. އަދި މިކަމަކީ އުއްތަމަ ފަނޑިޔާރު ނުވަތަ ސްޕްރީމް ކޯޓުން ވެސް އިސްނަގައިގެން ފިޔަވަޅު އަލަންޖެހޭނެ ކަމެއް ކަމަށެވެ.
ރިޔާޟް ހުށަހެޅުއްވި ޤަރާރުގައި ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ ބާރުކަޑުވާލުމަށް ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ހިންގަވާފައިވާ ތަފާތުގިނަ މައްސަލަތަކާއި، ކޮށްފައިވާ މަސައްކަތްތައް މަޖިލީހުން ބައްލަވައި ތަހްގީގުގެ އަލީގަައި ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.
މިޤަރާރުގައި ރޔާޟް ވަނީ ޝަރުއީ ދާއިރާގެ ބާރުކަޑުވާލުމަށް ކުރީގެ ރައީސް ނަޝީދު ހިންގަވާފައިވާ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. އެގޮތުން ޝަރުއީ ކޯޓްތައް އުވާލުމުގެ “ހީލަތްތެރި ނުބައި” ރޭވުންތެރި ކަމުގެ ދަށުން ޖުޑީޝަލް ރިފޯމް ކޮމިޝަނެއް އުފެއްދުވުމާއިބެހޭ ގަރާރެއް މިއަހަރުގެ ޖެނުއަރީމަހުގެ 24 ވަނަ ދުވަހު ހއ. އުތީމުގައި ހުންނަވައިގެން އެކުލަވާލައްވައި ތަންފީޒް ކުރެއްވުމަށް ރޭއްވެވި ކަމުގެ އިތުރުން ނަޝީދު އަމިއްލަފުޅަށް ޝަރުއީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން އުފެއްދެވި ޖުޑީޝަލް ރިފޯމް ކޮމިޝަން އުފައްދަވައި އެތަނަށް މެންބަރުން އައްޔަންކުރައްވައި ހިންގެވި އަމަލުތަކަކީ ރާއްޖޭގެ ޝަރުއީ ނިޒާމްގެ ބާރުކަނޑުވާލައި، އެ ނިޒާމް ފުނޑުފުނޑު ކޮށްލުމަށް ހިންގެވި އަމަލުތަކެއްކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
މިފަދަ ޤަރާރެއް ރިޔާޟް ރަޝީދު މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ކުރައްޥާފައިވާ އެންމެހައި ކަންކަން މަޖިލީހުން ބެލުމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ޤަރާރުގެ ބަހުސް މިހާރުވެސް ވަނީ ފެށިއެވެ.
މިއަދުނޫހަށް މައުލުމާތުލިބިފައިވާގޮތުގައި ރިޔާޟް ރަޝީދުގެ ޤަރާރުގައި، ޖަނަވަރީ މަހުގެ 30 ވަނަ ދުަވަހު ޖޫޑިޝަރީ އުވާލުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ޤަރާރެއް ހައްދަވައި އެ ޤަރަރުގައި ސޮއި ވެސް ކުރައްވާފައެވެ. އަދި ދަށު ކޯޓުތައް އުވާލައި ޖޫޑިޝަރީއަށް އިންޤިލާބެއް ގެނައުމަށް، އުތީމުގައި ބޭއްވެވި ޤައުމީ ދުވަހުގެ ޖަލްސާގައި އިއުލާނުކުރައްވަންވެސް ނިންމެވުންތަކެއް ވަނީ ނިންމަވާފައެވެ. މިކަންކަމާބެހޭ ޚަބަރުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޢާންމުކުރުމަށް ޚަބަރުތައްވެސް ވަނީ ޑްރާފްޓްކޮށްފައެވެ.
ަ
އެންމެ ފަހުގެ ހިޔާލުތައް
- ނޫސްކިޔާ - ރިޔާސީ ބަރުލަމާނީ ނިޒާމުގެ ވޯޓް އޮޅުވާލީމައި ގާނޫނު އަސާސީއާ ރައްޔިތުންގެ ވިސްނުން ދިމައެއް ނުވި- ނަޝީދު
- އާސަންދަ - އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު އުސްފަސްގަނޑުގެ މައްސަލަ ހައްލު ނުކުރެވުނު މީހަކަށް ޤައުމެއް ނުހިންގޭނެ: މާޒް ސަލީމް
- އާސަންދަ - ޕީޕީއެމުން އެންމެ ބޮޑު އިސްކަމެއް ދޭނީ ގައުމިއްޔަތާއި އިސްލާމް ދީން ދިރުވަން- ޑރ. ޖަމީލު
- މާހިރު - އެމްޑީޕީގެ ކައުންސިލަރަކާއި ގޮފީގެ ރައީސް ޖޭޕީއަށް ސޮއިކޮށްފި
- Ibrahim - ރިޔާސީ ކެންޑިޑޭޓުންގެ ލިސްޓުގައި ނަޝީދުގެ ނަން އޮތަސް ގަބޫލެއް ނުކުރެވޭނެ- ގާސިމް
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
ކިޔުން ތެރިންގެ ހިޔާލު