- ގޭންގްތައް ހިންގާ މީހުންނަށް ދުލެއް ނުދޭނަން- ސީޕީ
- ނަޝީދު ދެއްކެވި ވާހަކަފުޅުގެ ތަރުޖަމާއަކީ އަޅުގަނޑުވެސް ގަބޫލުކުރާ ތަރުޖަމާއެއް- ޔާމީން
- ގާސިމަކީ ދުރުރާސްތާއަށް ވިސްނައިގެން ކަންކަން ކުރައްވާ ބޭފުޅެއް- އިލްހާމް
- ހުޅުޖެހި މައްސަލައިގައި ހައްޔަރުކުރި މީހުން ހައްޔަރުކޮށްފައިތިބީ ކުއްތާ ގެންގުޅުނު ކޮށީގައި- އެމްޑީޕީ
- ވެރިކަން ހިންގާ ފަރާތުން އެކިއެކި ހުށަހެޅުންތައް ހުށަހަޅަމުންދާކަމުގެ ޝަކުވާތައް ލިބޭ- ޑރ. ޖަމީލު
- މަޖިލީހުގެ ރައީސާ ދެކޮޅަށް ދިޔާނާ ހުށަހެޅި މައްސަލަ ހުއްޓުވަން ދައުލަތުން ސްޕްރީމް ކޯޓަށް ހުށަހަޅައިފި
- ބަނޑުތެރެއަށް ބްލެޓް ތަކެއް ފަޅައިގެން ދިޔަ މީހަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި
- ކުޅުދުއްފުށީ ތިން މީހެއްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވައިފި
- ގާސިމަކީ މަސްވެރިންނަށް ރަންޒަމާނެއް ގެނެސްދޭނެ ލީޑަރެއް- ޑރ. ޙުސައިން
- ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
- އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށް ފައިސާ ޚަރަދު ކުރަމުންދޭ- ޑރ. ޙުސައިން
- ވޯޓުން ހޮވޭ ބޭފުޅަކީ ހަމައެކަނި ވޯޓުދިން މީހުންގެ ވެރިއެއްނޫން- ކަމާލުއްދީން
- ޖޭޕީގެ ވެރިކަމެއްގައި ކޮންމެ ރަށެއްގައި ދޮޅިދާން ގެޔެއް އަޅައިދޭނަން- ގާސިމް
ފޮނަދޫ ދާއިރާގެ އެމްޑީޕީ މެންބަރުންނަށް ވަޒީފާ ނުލިބުމުގެ މައްސަލަ ވަރަށް ބޮޑު- އޯކޭ ޒާހިރު
ޝަހީދާ ސައީދު
ހައްދުންމަތީ ފޮނަދޫ ދާއިރާގައި ހިމެނޭ، ފޮނަދޫ، ގާދޫ، އަދި މާމެންދޫގައި ތިބި އެމްޑީޕީ މެންބަރުންނަށް ވަޒީފާ ނުލިބުމުގެ މައްސަލަ ވަރަށް ބޮޑު ވެއްޖެ ކަމަށާއި، އެކަން ހައްލުކުރަން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް އެމްޑީޕީ ފޮނަދޫ ދާއިރާގެ ރައީސް މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) ވިދާޅުވެއްޖެ އެވެ.
ފޮނަދޫ ދާއިރާގެ ރައީސް މުޙައްމަދު ޒާހިރު، އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފޮނަދޫ ދާއިރާގައި ތިބި އެމްޑީޕީ މެންބަރުންނަށް ވަޒީފާ ހޯދުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތި ވަމުންދާތީ އެމައްސަލަ ހައްލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިހާރު ކުރަމުންދާ ކަމަށެވެ.
އެމްޑީޕީ ފޮނަދޫ ދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވުމުގެ ކުރިން ވެސް އެ ސަރަހައްދުގައި އެމްޑީޕީ ޕްރޮމޯޓްކުރުމުގެ މަސައްކަތް އޭނާ ގެންދިޔައީ ކުރައްވަމުން ކަމަށެވެ. އަދި އެ ދާއިރާގެ އެމްޑީޕީ ރައީސް ކަމަށް އިންތިޚާބުވުމާ ގުޅިގެން އެ މަސައްކަތް އިތުރަށް ފުޅާކޮށް ކުރިޔަށް ގެންދިއުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން އެންމެ އިސްކަމެއްދެއްވައިގެން ކުރިޔަށް ގެންދަވަނީ އެމްޑީޕީ އަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކަމަށާއި، ދާއިރާގައި އެމްޑީޕީ ޕްރޮމޯޓްކުރުމަށް ފަށާފައި ހުރި މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން މި ދާއިރާގެ އެމްޑީޕީ މެންބަރުންގެ އަދަދު އިތުރުކުރުމާއި، ގޮފިތަކުގެ ހިންގުން ހަރުދަނާ ކުރުމާއި، މެންބަރުންނަށް ތަމްރީނު ދިނުމާއި ސިޔާސީ އަދި އިޖުތިމާއީ ގޮތުން އިތުރަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމު ހިންގުމަށް ގަސްދުކުރައްވާފައިވާ ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.
އެންމެ ފަހުގެ ހިޔާލުތައް
- ހުވަދޫ މޮހޮނު - ވާދަވެރި ޕާޓީތަކުން އުޅެނީ މިލްކުވެރިކަން ހޯދައިގެން ކަންކަން ކުރަން- ނަޝީދު
- ސުލައިމާން - މާރާމާރީ ތަކަކީ ގޭންގް ގްރޫޕުތަކެއްގެ މެދުގައި ހިނގާކަމެއް -ސީޕީ
- އަލީ/ހދ.ކުޅުދުއްފުށި - ވޯޓުން ހޮވޭ ބޭފުޅަކީ ހަމައެކަނި ވޯޓުދިން މީހުންގެ ވެރިއެއްނޫން- ކަމާލުއްދީން
- މުންނާބޭ - ވާދަވެރި ޕާޓީތަކުން އުޅެނީ މިލްކުވެރިކަން ހޯދައިގެން ކަންކަން ކުރަން- ނަޝީދު
- ސަލީމު އެމް - ވޯޓުން ހޮވޭ ބޭފުޅަކީ ހަމައެކަނި ވޯޓުދިން މީހުންގެ ވެރިއެއްނޫން- ކަމާލުއްދީން
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
ކިޔުން ތެރިންގެ ހިޔާލު