އިންޑިއާ އިން ފުލުހުންނަށް ފޯރުކޮށްދެވެންހުރި އެހީތަކާބެހޭގޮތުން މަޝްވަރާކޮށްފި

25 ޖޫން، 2012

ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟް ރާއްޖޭގައި ހުންނަވާ އިންޑިއަން ހައިކޮމިޝަނަރ މރ. ޑީ.އެމް. މުލޭއާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

އިއްޔެ މެންދުރު އިންޑިއަން ހައިކޮމިޝަނުގައި އޮތް މިބައްދަލުކޮށްލެއްވުމަކީ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ފުލުހުންގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި ދިވެހި ފުލުހުންގެ މުއައްސަސާ ކުރިއަރުވައި ހަރުދަނާކުރުމަށް އިންޑިޔާއިން ފޯރުކޮށްދެވެންހުރި އެހީތެރި ކަމާއިބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ދެއްކެވި ވާހަކަފުޅުގައި އިންޑިޔާ ސަރުކާރުން ދިވެހި ފުލުހުންނަށް ފޯރުކޮށްދީފައިވާ އަދި މިހާރުވެސް ފޯރުކޮށްދެމުން ގެންދާ ގިނަގުނަ އެހީތަކަށްޓަކައި އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުވުމުގައި ދިވެހި ފުލުހުންނަށް އިންޑިޔާއިން ފޯރުކޮށްދެވެން ހުރި ތަޢުލީމާއި  ތަމްރީނު ފުރުޞަތުތަކާއިބެހޭ ގޮތުންނާއި ފުލުހުންގެ އިންފްރާ ސްޓްރަކްޗަރ ހަރުދަނާކޮށް ތަރައްޤީ ކުރމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ކިޔުން ތެރިންގެ ހިޔާލު

 އަކުރު އެބައިން