އޭސް ހާޑްވެއަރ އާއި ކަލަރބޭންކް ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

25 ޖޫން، 2012

ހާރޑްވެއަރ ސާމާނު ފުޅާދާއިރާއެއްގައި ވިއްކާ ފިހާރައެއްކަމަށްވާ އޭސް ހާޑްވެއަރއާއި ފުޅާ ދާއިރާއެއްގައި ކުލަޔާއި ދަވާދު ރާއްޖެ އެތެރެކޮށް ވިޔަފާރިކުރާ ކަލަރބޭންކާއި ގުޅިގެން “ރަމަޟާން ޕްރޮމޯޝަން 2012″ ގެ ނަމުގައި ރޯދަމަހަށް ޙާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އޭސް ހާޑްވެއަރއިން ބުނެފައިވަނީ މިދިއަ ހުކުރު ދުވަހުން ފެށިގެން އޯގަސްޓްމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިޕްރޮމޯޝަންގައި އޭސް ހާޑްވެއަރއިން ވިޔަފާރިކުރާ ބައެއް ތަކެތިން 50 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

އޭސް ހާރޑްވެއަރގެ ޖެނެރަލް މެނޭޖަރ- ޓްރޭޑް، މުޙައްމަދު ހާނީ ވިދާޅުވެފައިވަނީ މިޕްރޮމޯޝަންގެ ދަށުން އޭސް ހާޑްވެއަރއާއި ކަލަރބޭންކުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި އެކޫޕަން ބޭނުންކޮށްގެން ބައިވެރިވެވޭ ލަކީ ޑްރޯއިން 1 ވަނައަށް ހޮވޭ ފަރާތަކަށް ދެމީހެއްގެ އުމްރާ ދަތުރެއް ލިބޭނެކަމަށެވެ.  ދެވަނައަށް ހޮވޭފަރާތަކަށް ސައިކަލެއް އަދި ތިން ވަނައަށް ހޮވޭފަރާތަކަށް 1000 ރުފިޔާގެ ގިފްޓް ވައުޗާއެއް ލިބޭނެކަމަށެެވެ.

ރޯދަމަހަށް ޚާއްސަކޮށްގެން ކުރިޔަށްދާ ޕްރޮމޯޝަންގެ ދަށުން އޭސް ހާޑްވެއަރއާއި ކަލަރބޭންކުން ވިޔަފާރިކުރާ ފުރަތަމަ 1000 ކަސްޓަމަރުންނަށް ދިހަ ޕަސެންޓް ޑިސްކައުންޓް ލިބޭނެއެެވެ. އަދި ޕްރޮމޯޝަންގައި ކަލަރބޭންކްގެ ފަރާތުން ދުނިޔޭގައި މަޤްބޫލު “ކްލާކް އެންޑް ކިންގްސްޓަން” ބްރޭންޑްގެ ކުލަ ހިލޭ ލިބުމުގެ ފުރުސަތު އޮންނާނެއެވެ.

ކިޔުން ތެރިންގެ ހިޔާލު

 އަކުރު އެބައިން