މައްކާގައި އޮތް ރާބިތާގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު މައުމޫން އެނބުރި މެލޭޝިޔާއަށް

24 ޖޫން، 2012

ޝަހީދާ ސައީދު

މިމަހު 16 އިން 18 އަށް  މައްކާގައި ބޭއްވި ރާބިތަތުލް އާލަމިލް އިސްލާމީގެ ތައުސީސީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެނބުރި މެލޭޝިއާއަށް ވަޑައިގެންފިއެވެ.

ފޯމާ ޕްރެޒިޑެންޓް އޮފީހުން  ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަހު 16 އިން 18 އަށް މައްކާގައި ބޭއްވި ރާބިޔަތުލް އާލަމިލް އިސްލާމީގެ ބައްދަލުވުމުގައި ކުރީގެ ރައީސް މައުމޫން ބައިވެރިވެ ވަޑައިގަތުމަށްފަހު، އެމަނިކުފާނު މިދިޔަ ހުކުރު ދުވަހު އެނބުރި މެލޭޝިޔާއަށް ވަޑައިގެންފި ކަމަށެވެ.

މައުމޫން އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާބިތާގެ  ޖަލްސާގައި އެ ޖަމާއަތުގެ އެންމެ މަތީ މަޖިލީހުގައި މިހާރު ތިއްބެވި 60 ބޭފުޅުންގެ ތެރެއިން 21 ބޭފުޅެއްގެ މެމްބަރު ކަމުގެ މުއްދަތު އިތުރުކުރުމަށް ޖަލްސާގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށާއި،  އެ 21 ބޭފުޅުންގެ ތެރޭގައި މައުމޫން ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ދެން ތިއްބެވި 39 ބޭފުޅުންގެ ބަދަލުގައި އެހެން ބޭފުޅުންތަކެއް ރާބިތާގެ އެންމެ މަތީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ހަމަޖެއްސި ކަމަށް ވެސް މައުމޫންގެ އޮފީހުން ބުނެފައި ވެއެވެ.

ރާބިތާގެ ޖަލްސާއަށް މައްކާއަށް ވަޑައިގެން އުޅުއްވަމުން މައުމޫން ވަނީ، ސައޫދީއަރަބިއްޔާގެ ވަލީ އަހުދު ނާއިފް ބިން އަބްދުލްއަޒީޒްގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ވަހީދު ހަސަން މަނިކުގެ މަންދޫބެއްގެ ގޮތުން ވެސް ބައިވެރިވެ ވަޑައިގެންފަ އެވެ.

ރާބިތާގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވަނީ ރާއްޖެއަށް އަރަބި އިސްލާމީ ގައުމުތަކުގެ އެހީ ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި މައުމޫންގެ އެދިވަޑައިގަތުމަށް އަރަބި އިސްލާމީ ގައުމުތަކުގެ އެހީ ރާއްޖެއަށް ދިނުމަށް އިސްލާމީ ގައުމުތަކަށް ރާބިތާއިން ވަނީ ގޮވާލާ ބަޔާނެއް ނެރެފައެވެ.

ކިޔުން ތެރިންގެ ހިޔާލު

  1. މައުމޫންގެ އަމިއްލަ ގައުމަކީ މެލޭޝިޔާއަށް ވަޑައިގަތީއެވެ. މިއަދު ގައުމުގައި ފައިސާ ނެތުމުން ވެސް މެލޭޝިޔާގައި ދިރިއުޅުން ބައްޓަށްކޮށްފައިވަނީ އެވެ.

    ސާމިރު | ޖޫން 24، 2012

 އަކުރު އެބައިން