- އަޅުގަނޑުމެން ބޭނުންވަނީ ގާސިމް- ކުޅުދުށްފުށީ ރައްޔިތުން
- ނަޝީދު ވެރިކަމަށް ހޮވައިފި ނަމަ ދީނާއި އިސްތިގުލާލަށް ގެއްލުންވާނެ-ގާސިމް
- ބައިނަލްއަގުވާމީ މެރިޓައިމްސް ސެންޓަރެއް ކުޅުދުއްފުށީގައި ގާއިމް ކޮށްދޭނަން-ގާސިމް
- މަކުނުދޫގައި ކުޑަކުއްޖަކު ދަންޖެހިފައި ހުއްޓާ ސަލާމަތްކޮށްފި
- މައުމޫން ވަރުގެ ދެވަނަ މުފައްކިރަކު ނެތްކަމަށް ގަބޫލު ކުރެއްވީތީ ނަޝީދަށް ޝުކުރުވެރިވަން- ޕީޕީއެމް
- އަރުތޫރު ބްރަދާސްގެ ދެމީހުން އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ
- ހުމާމާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް ޕީޖީން އެދިގެން ކެންސަލްކޮށްފި
- ޖުމްހޫރީ ޕާޓީއަށް 3 ކައުންސިލަރަކު ސޮއިކޮށްފި
- އަބްދުﷲ ރިޔާޒު ބަޣާވާތްކުރިކަން ސާބިތު ކުރުމަށް ފޮޓޯއާއި ވީޑިއޯ ޝަރީއަތަށް ހުށަހަޅައިފި
- އީޔޫގެ ވަފްދު ޕީޕީއެމްގެ އިސްވެރިންނާއި ބައްދަލުކޮށްފި
- މިމަހުގެ ނަވާނަވަނަދުވަހު “މީރާ ކަނެކްޓް” ގެ ޚިދުމަތް ފަށަނީ
- ސައިޓީސް” މުޢާޙަދާއަށް އަހުލުވެރިކުރުވުމުގެ ސެމިނަރއެއް ކަސްޓަމްސްގައި ބާއްވައިފި!
- ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި
ކޯޓުގެ ހުރުމަތް ކަނޑައިގެން ކޮނޑޭ ކައުންސިލްގެ ކުރީގެ ރައީސް ހަތަރު މަހަށް ޖަލަށް ހުކުމްކޮށްފި
ޝަހީދާ ސައީދު
ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ކުށުގައި ކޮނޑޭ ކައުންސިލްގެ ކުރީގެ ރައީސް އަހުމަދު އައްބާސް ހަތަރު މަހަށް ޖަލަށްލުމަށް ކޮނޑޭ ކޯޓުން ހުކުމްކޮށްފި އެވެ.
ކޮނޑޭ މެޖިސްޓްރޭޓް ކޯޓުން މިދިޔަ ހޯމަދުވަހު ކުރި ހުކުމްގައި ބުނެފައިވަނީ ދައުލަތުން އަހުމަދު އައްބާސްގެ މައްޗަށް ކޮށްފައިވާ ޚިޔާނާތުގެ މައްސަލައަކާ ގުޅިގެން ކޮނޑޭ ކޯޓަށް ހާޒިރުވާން އަހުމަދު އައްބާސަށް ފޮނުވި ތިން އަމުރަށް ވެސް ތަބާވެފައި ނުވާކަން ހެކީންގެ ހެކިބަހުން އެނގޭ ކަމަށެވެ.
ހުކުމުގައި ބުނެފައިވަނީ ކޯޓް އަމުރާ އެއްގޮތަށް އައްބާސް ކޯޓަށް ހާޒިރުވެފައި ނުވަނީ ކޯޓްގެ ހުރުމަތް ކަނޑާލުމުގެ ގޮތުން ގަސްތުގައި ކަމަށް ކަނޑައަޅައި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާއި ބެހޭ ގަވާއިދުގެ ތިން ވަނަ މާއްދާއަށް ރިއާޔަތްކޮށް ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ހ.ގެ ދަށުން އައްބާސް ހަތަރު މަހަށް ޖަލަށްލާން ހުކުމް ކުރީ ކަމަށެވެ.
އަދި ކައުންސިލް އިދާރާގެ އިސް މަގާމެއްގައި ހުރެ ކޯޓުގެ ހުރުމަތް ކަނޑާލުމަކީ ޝަރުއީ ދާއިރާއާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފައްދަން އައްބާސް ކުރެއްވި ގާނޫނާއި ގަވާއިދާއި ޚިލާފު ކަމެއް ކަމަށް ވެސް ހުކުމުގައި ވެއެވެ.
ކޮނޑޭ ކައުންސިލުން ބުނީ އަހުމަދު އައްބާސްގެ މައްޗަށް މިއަހަރުގެ މާޗް މަހު 27 ގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ ރަޢީސް ކަމުގެ މަގާމުން ދުރުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އަހުމަދު އައްބާސް ހުރީ ގޭބަންދުގައި ކަމަށް ކައުންސިލުން ބުންޏެވެ.
އަހުމަދު އައްބާސް އަކީ އަމިއްލަ ގޮތުން ކައުންސިލަށް އިންތިޚާބު ވުމަށްފަހު، އެމްޑީޕީއާއި ގުޅި، އަދި އޭގެ ފަހުން މިހާރު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައިވާ މީހެކެވެ.
އެންމެ ފަހުގެ ހިޔާލުތައް
- މީ އީމި އީމޭލުގެ ވެރިފަރާތް ފަހްމީ - އަފްރާޝީމްގެ މަރުގެ މައްސަލަ ތަހުގީގުކޮށްފައިވަނީ ދިވެހި ތާރީޚް ނުދެކޭފަދަ ފެންވަރުގައި- ޑރ. ޖަމީލު
- މީ އީމި އީމޭލުގެ ވެރިފަރާތް ފަހްމީ - ރައްޔިތުންގެ ޝުއޫރު: ބޭނުންވަނީ ޑރ. އަފްރާޝީމްގެ ހަޤީޤީ ޤާތިލުން
- ގގ - ކޯލިޝަންގައި ގައުމީ ފެންވަރުގެ އިންތިޚާބެއް ކާމިޔާބު ކުރެވޭވަރުގެ ލީޑަރަކު ނެތް- ޑރ. ޖަމީލު
- ގގ - “މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް”ގެ ނަމުގައި ކުންފުންޏެއް އުފެއްދެވުމަށް ރައީސް ނިންމަވައިފި
- ސާލިމު - އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު އުސްފަސްގަނޑުގެ މައްސަލަ ހައްލު ނުކުރެވުނު މީހަކަށް ޤައުމެއް ނުހިންގޭނެ: މާޒް ސަލީމް
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
ކިޔުން ތެރިންގެ ހިޔާލު