އިމާރާތެއްގެ ހަ ވަނަ ބުރިން ވެއްޓި ބިދޭސީއަކު މަރުވެއްޖެ

20 ޖޫން، 2012

ޝަހީދާ ސައީދު

މ. މުއްދޫ ގޭގެ ހަވަނަ ބުރިން ވެއްޓި ބިދޭސީއަކު އިއްޔެ މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މ. މުއްދޫގެ އިމާރާތް ކުރުމުގެ  މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ މީހަކު މަރުވެފައިވަނީ އިމާރާތުގެ ހަވަނަ ބުރިން ވެއްޓި ކަމަށެވެ.

އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހާލު ވަރަށް ސީރިއަސް ކަމަށާއި، އޭނާ މަރުވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނެފައިވަނީ އިމާރާތަކުން ވެއްޓިގެން ގެނައި ބިދޭސީ މީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް ވަރަށް ސީރިއަސް ކަމަށެވެ. އަދި އޭނާ މަރުވީ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ފުލުސް އޮފީހުން ބުނީ އިމާރާތުން އޭނާ ވެއްޓެން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށެވެ. އިމާރާތުގައި ބިދޭސީން މަސައްކަތް ކުރަމުން ދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ސާފު ނުވާކަމަށާއި، ނަމަވެސް އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުން ތެރިންގެ ހިޔާލު

 އަކުރު އެބައިން