ރަޢީސް ޑރ. ވަހީދާއި އިއްތިހާދުން މަޝްވަރާކުރީ އިންތިޚާބަކަށް ނުގޮސް އިއްތިހާދުގެ ސަރުކާރެއް ގެންނަން- އުމަރު

19 ޖޫން، 2012

ޝަހީދާ ސައީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާއި އިއްތިހާދުގެ ޕާޓީތަކުގެ އިސްވެރިން ބައްދަލުކުރީ، ގައުމުގެ ހާލަތު ނާޒުކު ފައްތަރެއްގައި އޮތުމުން، އިންތިޚާބަކަށް ނުގޮސް އިއްތިހާދުގެ ސަރުކާރެއް ގެންނަން ކަމަށް ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ރޭ ވީޓީވީގެ ފަސްމަންޒަރުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރައީސް ނަޝީދުގެ ސަރުކާރުން ގާނޫނާއި ޚިލާފަށް އެތައް ކަންތައްތަކެއް ކުރުމުން، އެމަނިކުފާނު ގާނޫނީ އިމުގެ ބޭރުން ކުރައްވަމުންދާ ކަންތައްތަކަށް ހައްލެއް ހޯދުމަށް އިދިކޮޅު ޕާޓީތަކުން ކުރަންފެށި ސިލްސިލާ މުޒާހަރާތަކާއި ގުޅިގެން ނަޝީދުގެ ސަރުކާރު ވެއްޓިދާނެ ކަމުގެ އަލާމާތްތައް ފެންނަން ފެށުމުން، އިއްތިހާދުގައި ހިމެނޭ ޕާޓީތަކުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދާއި ބައްދަލު ކުރެއްވި ކަމަށެވެ.

އަދި އެބައްދަލުވުމުގައި މިހާރުގެ ރައީސް ޑރ. ވަހީދުގެ އަރިހުން އެދިފައިވާނީ، ހަމަ އެންމެ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން ނަޝީދުގެ ސަރުކާރު ވެއްޓިދާނެ ކަމުގެ އަލާމަތްތައް ފެންނަމުންދާ ކަމަށާއި، އެކަން އެހެންވެއްޖެ ނަމަ، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންތިޚާބަކަށް ނުގޮސް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ތައްޔާރަށް ހުންނެވިތޯ ދެންނެވި ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެސުވާލު ކުރެއްވީ ޚުދު އޭނާ ކަމަށާއި، އެސުވާލު ކުރެއްވީ ގައުމުގެ ހާލަތު އެވަގުތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ވާތީ، ރައިސް ނަޝީދު އިސްތިއުފާ ދެއްވުމުން، ނައިބު ރައީސް މަގާމުން އިސްތިއުފާދެއްވައިފިނަމަ، އަލުން އިންތިޚާބަކަށް ދާންޖެހުމުން  ގައުމުގެ ހާލަތު އިހުނަށް ވުރެ ގޯސްވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.

އެގޮތުން ގާނޫނު އަސާސީން ނައިބު ރައީސްއަކަށް ހުންނަވާ ބޭފުޅަކަށް ކުރަން ލާޒިމު ކަމެއް ނަމަ، އެކަމެއްގެ ޒިންމާ އުފުއްލަވާނެ ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވި ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ނަޝީދު ވެރިކަމުން ބާލަން މަސްވަރާ ނުކުރާކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރައީސް ޑރ. ވަހީދާއި އިއްތިހާދުން ބައްދަލުކުރީ، ނަޝީދުގެ ވެރިކަން ނިމުމަކަށް އަތުވެދާނެ ކަމުގެ ހުރިހާ އަލާމާތްތަކެއް އޭރު ފެންނަން ފެށުމުން ކަމަށެވެ. އަދި ވެރިކަން ބަދަލުވެފައިވާ ބޭރުގެ އެހެން ގައުމުތަކުންވެސް ފެނިފައިވާ ކަންތައްތައް އޭރު ރާއްޖެއިންވެސް ފެންނަމުން ދިޔަ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭގެ ފަހުން އިއްތިހާދުން ރައީސް ވަހީދާއި ބައްދަލު ނުކުރާ ކަމަށާއި، އިއްތިހާދުން މަގުމައްޗަށް ނުކުތީ ނަޝީދު ވެރިކަމުން ބާލަން ނޫންކަމަށާއި، އިއްތިހާދުން ކުރި މުޒާހަރާ ތަކުގެ ސަބަބުން ނަޝީދަށް އެއްދުވަހުން އަނެއް ދުވަހަށް ގޯސް ހައްދަވަމުން، ގާނޫނާއި ޚިލާފަށް ބޮޑެތި ޖަރީމާތައް ހިންގަވަމުން ގޮސް އެންމެ ފަހުން އިސްތިއުފާ ވެސް ދެއްވީ އަމިއްލަފުޅަށް ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ފެބްރުއަރީ 7 ވަނަ ދުވަހަކީ ދިވެހިންގެ ގައުމިއްޔަތު ހޭލައިގެން ދުވަސް ކަމަށާއި، ދިވެހިންނަކީ ގައުމާއި އިސްލާމް ދީން ދެކެ އިންތިހާއަށް ލޯބިވާ ބަޔަކަށް ވުމުން، ނަޝީދުގެ ލާދީނީ ފިކުރާއި، ކުރައްވާ އަމަލުތަކަށް ނޫނެކޭ ބުނެ، ގައުމު ދެކެ ލޯބިވާ ހުރިހާ ދަރިން އަޑުއުފުލަން މަގުމައްޗަށް ނުކުތް ދުވަސް ކަމަށެވެ.

އެގޮތުން ސިފައިންނާއި ފުލުހުންނަކީ ވެސް އެމީހުންގެ ހަޔާތުގެ ތިން ބައިކުޅަ ދެބައި، ގައުމަށްޓަކާ ގުރުބާން ކުރަމުންދާ ބައެއް ކަމަށާއި، ބަޔަކު މީހުން ގައުމަށް ޣައްދާރު ވަމުންދާތީ، އެމީހުންގެ ހިތުގައި ގައުމަށް އޮތް ލޯބި އެދުވަހު ފެނިގެން ދިޔައީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ސިފައިންނާއި ފުލުހުންވެސް ބަޣާވާތް ކުރީ ކަމަށް ނުބެލެވޭނެ ކަމަށާއި، އެދުވަހު ފެނިގެން ދިޔައީ ބަޣާވާތެއް ނޫންކަމަށް އުމަރު ވިދާޅުވިއެވެ.

ކިޔުން ތެރިންގެ ހިޔާލު

  1. ބަލަ އުމަރާ ! ކަލޭ އެއްޗެކޭ ކިޔަސް ރައީސް ކަމަށް ހުންނަ މީހާ އަމިއްލަ އިހްތިޔާރުގައި އިސްތިއުފާ ދީފިޔާ ނައިބް ރައީސް އެމަގާމާ ހަވާލު ވާނެ.. ކަލޭ ނުޖޭހޭނެ ކޮންމެހެން ނައިބްރައީސް ތައްޔާރަށް ހުންނެވިތޯ ބަލާކަށް.. ބޯގޯސް އުމަރު އަނެއްކާވެސް ބައިކޮޅަށް ގޯލެއް ތިޖެހީ! ލޮލް

    ހަސަން | ޖޫން 19، 2012
  2. ބަޤާވާތްް ކުރުމަކީ އެއިރެއްގެ ހުންްނަަ ވެރިމީހާ އާަދެކޮޅަށް ނުކުތުން، ވެރިމީހާ އަމިއްލަ އަށްކުފުރުނުވާހިދު. އެދުވަހު ވީ މިހެނެއްނޫން ތަ. ދެންމިޔަށްކިޔާނީ އިތުރު ކޯޗެއް.

    ދޫނި | ޖޫން 19، 2012
  3. ކުރިން މިކަލޭގެ ބުނި އެއްޗަކާ މިނސްޓަރުކަން ލިބުނީމަ މިކިޔާ އެއްޗަކާ ދިމަލެއް ނުވޭ. މުނާފިގުންގެ އެންމެ ގަދަ ހުރިހާ ސިފައެއް މިކަލޭގެ ކިބައިގާ އެބަހުރި. މީނާ މިހުރީ މައުމޫނު ކައިރިން ހަމަ ރަނގަޅަށް އެދުރު ވެފަ.

    ބޮންތި | ޖޫން 19، 2012
  4. އުމަރު ހުންނަނީ ހަމައިގަތޯ މީމިހާރު ބަލަންޖެހިފައިވާކަމެން ކޮންމެރެޔަކު މުޖާހަރާ ކުރަމުންދިޔައިރު ގޮވަމުންދިޔަ އެއްޗެތި އހުރެމެންވެސްއެހީމުތާ މިކަހަލަ މީހުން ވަގުތީ ގޮތުންވެސް ސިޔާސީޕާޓީ އެށްގެ ހިންގުންހަވާލުކުރާނީވެސް ހަމަޔަށް ތިބޭބަޔެށްނޫން ލޮއު

    ހަޅަބެ | ޖޫން 20، 2012
  5. ސާބަސް ފުލުހުންނާއި ސިފައިންނަށް

    ތިމަރަ | ޖޫން 27، 2012
  6. ސާބަސް އިއްތިހަާދަށް
    އަންނި އަކީ ލާދީނީ މީހެއް
    އެމް.ޑީ.ޕީ. ޒިންމާދާރުވާންޖެހޭ

    ތިމަރަ | ޖޫން 27، 2012
  7. އުމަރު ބަރާބަރު ސާބަސް

    ޖޯރޭ | ޖޫން 27، 2012

 އަކުރު އެބައިން