ރާއްޖެއަށް އެހީވާން ރާބިތާއިން އަރަބި އިސްލާމީ ގައުމުތަކަށް ގޮވާލައިފި

19 ޖޫން، 2012

ޝަހީދާ ސައީދު

ރާއްޖެއަށް  އެހީތެރިވުމަށް ރާބިތަތުލް އާލަމިލް އިސްލާމީ އިން އަރަބި  އަދި އިސްލާމީ ގައުމުތަކަށް ގޮވާލައިފި އެވެ.

މައްކާގައި މިދިޔަ ހޮނިހިރު ދުވަހު އަރަބި، އިސްލާމީ ގައުމުތައް ބައިވެރިވާ ޖަމްއިއްޔާއެއް ކަމަށްވާ ރާބިތަތުލް އާލަމިލް އިސްލާމީން ބޭއްވި ތައުސީސީ ބައްދަލުވުމުގެ ނިމުން ފާހަގަކުރުމަށް މިދިޔަ އާދީއްތަ ދުވަހު ބޭއްވި ޖަލްސާގައި ރާއްޖެއަށް ފިކުރީ ގޮތުންނާއި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމަށް އިސްލާމީ ގައުމުތަކަށް ވަނީ އެޖަމްއިއްޔާއިން ގޮވާލާ ބަޔާނެއް  ނެރެފައެވެ.

މިބައްދަލު ވުމުގައި ބައިވެރިވެވަޑައިގަތުމަށް  ރާބިތާގެ 60 އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ މައްކާއަށް ވަޑައިގެންފައެވެ.  އެގޮތުން ފޯމާ ޕްރެޒިޑެންޓް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހިންނަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިރާކޮށް ދުޅަހެޔޮ ކަންމަތީ ކުރިއަށް ދިއުމުގެ މަގު ތަނަވަސް ކޮށްދޭން އެކި ރޮނގުރޮނގުން ރާއްޖެއަށް އެހީތެރިވެދިނުމަށް ރާބިތާގެ ހުރިހާ މުއައްސަސާ ތަކަށާއި ހުރިހާ އިސްލާމީ ގައުމުތަކަށް އެ ޖަމާއަތުން ގޮވާލާ ބަޔާނެއް ނެރެފައިވާ ކަމަށެވެ.

ވޭތުވެދިޔަ އަހަރު ރާއްޖޭގެ އިގުތިސާދީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި ދިވެހި ރައްޔިތުންގެ އިސްލާމީ އަގީދާ ބަލިކަށިކުރަން ބައެއް ފަރާތްތަކުން މަސައްކަތް ކޮށްފައިވާ ކަން ރާބިޠާގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އެކަންކަމުން ސަލާމަތްވާން ރާބިތާގެ މުއައްސަސާތަކާއި އިސްލާމީ ގައުމުތަކުގެ މާލީ އެހީ އާއި ފިކުރީ އެހީ ރާއްޖެއަށް ބޭނުންވެފައިވާ ކަމަށާއި، ރާއްޖޭގެ ކަންކަން ރާބިތާގެ އަމީންއާންމު ވަރަށް ކައިރިން ބައްލަވަމުން ގެންދަވާ ކަމަށްވެސް ރާބިޠާގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރާބިތަތުލް އާލަމިލް އިސްލާމިއްޔާގެ ތައުސީސީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާބިތާގެ މެންބަރ، އަދި ރައީސް މައުމޫނު ވަނީ ރާއްޖެއަށް އަރަބި އިސްލާމީ ގައުމުތަކުގެ ދީލަތި އެހީއަށް އެދިވަޑައިގެންފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ  ރާއްޖެއަށް މިވަގުތު ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، އެގޮތުން ދިވެހިންގެ  އިސްލާމީ އަގީދާ ބަލިކަށި ކުރަން ބަޔަކު މަސައްކަތް ކުރަމުންދާތީއާއި، އަދި ގައުމުގެ އަމަން އަމާންކަން ގެއްލިފައިވުމާއެކު، މިވަގުތަށް އަރަބި އިސްމާލީ ގައުމުތަކުގެ ދީލަތި އެހީ ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ކިޔުން ތެރިންގެ ހިޔާލު

  1. މަގޭވޯޓު މައުމޫނަށް! ތިޔަ ބޭފުޅުންނޯ؟

    ސިލްމާ ހާރޫނު | ޖޫން 19، 2012
  2. އެއްކަލަ މުސްކުޅިޔާއަށް ހަމަ ބާރެއް ލިބޭއިރަށް ޓޯކީ ސަރުދާރުމެންކަހަލަ މުސްކުޅިން ގޮވައިގެން ދަތުރު ކުރަން ފެށީ. މީދެން ކިހާ ބޮޑުކަމެއް. މުސްކުޅިވީދުވަހުވެސް ވެރިކަމާ ނުތޮޅެ ، ކުރިން ލިބުނު މޮޅައިގެން ގޭގަ ނޯވެވިގެން މިއުޅެނީ ކީއްވެތަ. އަޖައިބެއް ފަހެ ނުވާނެތަ. ނޫނެކޭ ބުނެ ވެރިކަމުން ބޭލީމަވެސް ގަމާރުކަމުން އެއްޗެއް ވިސްނުނު ކަމަކަށް ނުވި.

    ބޮންތި | ޖޫން 19، 2012

 އަކުރު އެބައިން