- 48 ގަޑި އިރުތެރޭގައި ފަސް މީހެއްގެ ގަޔަށް ވަޅި ހަރައިފި
- ރިޔާސީ ބަރުލަމާނީ ނިޒާމުގެ ވޯޓް އޮޅުވާލީމައި ގާނޫނު އަސާސީއާ ރައްޔިތުންގެ ވިސްނުން ދިމައެއް ނުވި- ނަޝީދު
- ރިޔާސީ ކެންޕޭނަކީ މާލޭމީހުނާއި ރާއްޖެތެރޭ މީހުންނާ ދެމެދުއޮތް ކެންޕޭނަކަށް ވެގެންނުވާނެ- އޭކޭ
- އިންތިޚާބުގެ ދުވަސްވަރު ކޮންމެ ރަށެއްގައި ވެސް ފުލުހުން ތިބުމަކީ މުހިންމު ކަމެއް- އިލެކްޝަންސް
- ޕީޕީއެމުން އެންމެ ބޮޑު އިސްކަމެއް ދޭނީ ގައުމިއްޔަތާއި އިސްލާމް ދީން ދިރުވަން- ޑރ. ޖަމީލު
- އައްޑޫން ހައްޔަރުކުރި ޒުވާނުންނަށް އަނިޔާކޮށް އޮރިޔާން ކުރި ކަމަށްވޭ- ގާނޫނީ ވަކީލު
- އެމްޑީޕީގެ ކައުންސިލަރަކާއި ގޮފީގެ ރައީސް ޖޭޕީއަށް ސޮއިކޮށްފި
- އިލެކްޝަންސް ކޮމިޝަންގައި ސިޔާސީ ޕާޓީތައް ހިންގުމުގެ ގާބިލުކަމެއް ނެތް- މަތީން
- އެމްޑީޕީގެ އެގްރި ވިޔަފާރީގެ ސިޔާސަތު އިފްތިތާހުކޮށްފި
- މާރާމާރީއެއްގައި ދެ މީހެއްގެ ގަޔަށް ވަޅިހަރާ ޒަޚަމްކޮށްލައިފި
- ގާސިމަކީ ޚާއްސަ ސިފަތަކެއް ލިބިގެންވާ ބޭފުޅެއް- އޭކޭ
- ރިޔާސީ ކެންޑިޑޭޓުންގެ ލިސްޓުގައި ނަޝީދުގެ ނަން އޮތަސް ގަބޫލެއް ނުކުރެވޭނެ- ގާސިމް
- އަޅުގަނޑުމެން ބޭނުންވަނީ ގާސިމް- ކުޅުދުށްފުށީ ރައްޔިތުން
އެމްޑީޕީން ނެރުނު ވެރިކަން ބަދަލުވި ގޮތުގެ ރިޕޯޓް ހިފައިގެން ކޯޓަށް ދާންވީ- ޔާމިން
- އެމްޑީޕީން ނެރުނު ރިޕޯޓަކީ އެކްޓިވިސްޓުންނަށް ވިއްކަން ނެރުނު އެއްޗެއް
ރަޢީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާއި ބެހޭ ގޮތުން ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލްއާއި، ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ތައްޔާރުކުރެއްވި ރިޕޯޓް ހިފައިގެން އެމްޑީޕީން ވެރިކަން ބަދަލުވިގޮތް ބަލަން ކޯޓަށް ދިއުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.
ރޭ ދިޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ، އަދި މުލަކު ދާއިރާގެ މެންބަރ އަބްދުﷲ ޔާމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ގޮތް ބެލުމަށް އެމަނިކުފާނުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ދެބޭފުޅުން ތައްޔާރުކުރެއްވި ރިޕޯޓް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ދާންވީ ކަމަށާއި، ވެރިކަން ބަދަލުވި ގޮތް ބަލަން ކޯޓަށް ހުށަހަޅާނެ ލިޔުމެއްވެސް މިހާރު އެބައޮތް ކަމަށެވެ.
ޔާމީން ވިދާޅުވީ ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް ބުނެ އެމްޑީޕީން ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަމުންދާ ކަމަށެވެ. ނަމަވެސް މިހާރު ވެރިކަން ބަދަލުވީ ބަޣާވާތަކުންތޯ ނުވަތަ ނޫންތޯ ބެލުމަށް އެޕާޓީން ކޯޓަށް ހުށަހަޅާނެ ލިޔުމެއް ލިބިފައިވާއިރު އެކަން ބެލުމަށް ކޯޓަށް ނުދާންވީ ސަބަބެއް ނެތް ކަމަށެވެ.
” ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން ބަޔަކު ބަޣާވާތެއް ކުރިކަމަށްވާނަމަ، އެކަން ވާނީ ވަރަށް ބޮޑު ޖިނާޢީ ކުށަކަށް. އެހެންކަމުން ނަޝީދު އަތްޕުޅުގައި މިހާރު އޮތް ރިޕޯޓް ހިއްޕަވައިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އަރިހަށް ވަޑައިގެން އެމައްސަލަ ކޯޓަށް ހުށަހަޅަންވީ. ކޯޓުން ހައްލެއް ލިބޭނީ. ނަޝީދު ބޭނުންފުޅުވާގޮތަށް މިހާރު އެއޮތީ އަމީން ފައިސަލްއާއި އަސްލަމާއި އެއޮތީ ރިޕޯޓެއް ނެރެދެއްވާފަ. ބަޣާވާތެއްތޯ ބަލަން ވަދައިގަންވަންވީ ނޫންތޯ ކޯޓަށް އެއީ ނޫންތޯ ފަހުގެ މަރުހަލާއަކީ.” ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން ޔާމީން ވިދާޅުވީ އެމްޑީޕީން ވެރިކަން ބަދަލުވިގޮތް ބެލުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓަކީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ވިއްކަން ނެރުނު އެއްޗެއް ކަމަށާއި، އެރިޕޯޓްގައި ހަގީގަތާއި އެއްގޮތް ކަމެއް ހިމަނާފައި ނުވާކަމަށެވެ. އިންކްއަރީ ކޮމިޝަނުން ނެރުނު ރިޕޯޓަކީ ކުރީގެ ރައީސް މައުމޫންގެ ގަލަންކޮޅުން، އިސްމާއީލް ޝަފީއު ލައްވާ ލިޔުއްވި ރިޕޯޓެއް ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ޔާމީން ވިދާޅުވީ، ނަޝީދުގެ އެވާހަކަފުޅަކީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ދެއްކެވި ވާހަކަ ފުޅެއް ކަމަށެވެ. ކޮމިޝަންގެ މަސައްކަތްތަކަކާއި، ރައީސް މައުމޫނާއި ގުޅުވަން ނުޖެހޭނެ ކަމަށާއި، މައުމޫންގެ ދައުރެއް ކޮމިޝަންގައި ނެތް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
”އިންކްއަރީ ކޮމިޝަންގައި ހިނގާކަންތައްތަކާއި މައުމުނާއި ގުޅުވާކަށް ނުވެސް ޖެހޭނެ. ސައްތައިން ސައްތަ ޔަގީންކަން އެބައޮތް މައުމޫނެއް އިސްމާއީލް ޝަފީގަށް އަންގައިގެން އެހެންހަދަން މިހެން ހަދަން ނާންގަވާނެކަން. އިސްމާއީލް ޝަފީއުއަކީ މައުމޫންގެ ސަރުކާރުގައި ގިނަ ދުވަހު މަތީ މަގާމެއްގައި ހުންނެވިޔަސް މައުމޫން އެބޭފުޅާއަކަށް އެއްވެސް ކަމެއް ކުރައްވާނެ ގޮތެއް ނާންގަވާނެ. މިއީ ގަބޫލުކުރާނެ ކަމެއް ނޫން.” ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުން ޔާމީން ވިދާލުވީ އިންކްއަރީ ކޮމިޝަންގައި މައުމޫންގެ ނުފުޒު އޮތްކަމަށް ވިދާޅުވެ ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަކީ، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ، އަދި ސިޔާސީ ލީޑަރެއްގެ ޒިންމާ އުފުއްލަވާ ބޭފުޅަކު ދައްކަވަން ކަމުދާ ވާހަކަތަކެއް ނޫންކަމަށެވެ. އަދި އެފަދަ ވާހަކަތައް ހަރުކަށި ވާހަކަދައްކަވާ އެޕާޓީގެ އެހެން މީހަކު ލައްވާ ދެއްކުން މާރަގަޅުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ނަޝީދަކީ އެމަނިކުފާނުގެ ވެރިކަމުގައި ރިޔާސީ ކޮމިޝަނެއްވެސް ހައްދަވާފައި ހުންނެވި ބޭފުޅެއް ކަމަށާއި، އެއީ އެފަދަ ކޮމިޝަނެއް ހައްދަވާފައި ހުންނަވާ ބޭފުޅަކު ދައްކަވަން އެކަށީގެންވާ ވާހަކަތަކެއް ނޫންކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށާއި، ނަޝީދުގެ ސަރުކާރުން އަބްދުﷲ ގާޒީ ހައްޔަރުކުރުމާއި ގުޅިގެން ހަމަ އެކަނި އިދިކޮޅު ފަރާތްތަކުން ގޮވާލީ އޭނާ މިނިވަން ކުރުމަށް ކަމަށެވެ. އެގޮތުން 21 ރޭ ވަންދެން އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއަކީ ގާނޫނު އަސާސީގެ ދަށުން އެބަޔަކަށް ލިބިފައިވާ މިނިވަންކަމާއި އެކު ކުރި މުޒާހަރާތަކެއް ކަމަށާއި، މުޒާހަރާގައި ގޮވާލާފައިވަނީ ހައްގު ބަސް ކަމަށް ޔާމީން ވިދާޅުވިއެވެ.
އަދި 21 ރޭ ވަންދެން ކުރި މުޒާހަރާގައި ފެންނަން ހުރި ކަންތައްތަކަށް ބަލާއިރު ބަޣާވާތެއް ކުރިކަމަށް ބުނެވޭނެ އެއްވެސް ކަމެއް ފެނިފައި ނުވާ ކަމަށާއި، އަދި ކޮމިޝަނުން ނެރުނު ޓައިމްލައިންގައި ހަގީގަތާއި ޚިލާފް އެއްވެސް ކަމެއް ހުރިކަން ފާހަގަ ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
ކިޔުން ތެރިންގެ ހިޔާލު
އެންމެ ފަހުގެ ހިޔާލުތައް
- ަެއަހުމަދު ވިލިމާލެ. - ތެލާއި ފެނާއި އެކުވާނެ ފޯމިއުލާއެއް ފެނިގެން ނޫނީ ނަޝީދާ ގުޅޭނެ ގޮތެއްނެތް- ނިހާން
- ަެއަހުމަދު ވިލިމާލެ. - އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު އުސްފަސްގަނޑުގެ މައްސަލަ ހައްލު ނުކުރެވުނު މީހަކަށް ޤައުމެއް ނުހިންގޭނެ: މާޒް ސަލީމް
- ަެއަހުމަދު ވިލިމާލެ. - އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު އުސްފަސްގަނޑުގެ މައްސަލަ ހައްލު ނުކުރެވުނު މީހަކަށް ޤައުމެއް ނުހިންގޭނެ: މާޒް ސަލީމް
- ahmed, vilimale - ދިވެހި ކުޅުންތެރިންގެ ތެރެއިން އަހަންނަށް އެނގެނީ ކުޑަމޫސަ އެކަނި – ސެލަންގޯ ކޯޗް
- މީ އީމި އީމޭލުގެ ވެރިފަރާތް ފަހްމީ - އަފްރާޝީމްގެ މަރުގެ މައްސަލަ ތަހުގީގުކޮށްފައިވަނީ ދިވެހި ތާރީޚް ނުދެކޭފަދަ ފެންވަރުގައި- ޑރ. ޖަމީލު
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
އިސްމާޢީލް ޝަފީޢެއް ނޫން ޚުދު ޔާމީނުވެސް މައުމޫނު އަންގާ ގޮތަކަށް މެނުވީ ފައިގެ އިނގިއްޔެއްވެސް ހިއްލާ ނުލާނެ. މައުމޫނު ސަރުކާރުގައި ވަޒީރުކަން ކުރި މީސްމީހުން އުޅުނު ހާލު އަހަރެމެން މިތިބީ ދެލޮލުން ދެކެ ދެއަތުން ހިފާފަ. އޮޅުވާލަން ނޫޅޭ.
ބާޤީން ހަތަރެސްކަން ހަމަވަނީ، ދޮންބެ ގޮވައިގެން ފިލޭތޯ ބަލާ!!!!ދެން ލަލަލާ
ފެބްރުއަރީ7ގައި އެއީ އިސްލާމްދީނަށް ލިބުނު ނަސްރެއް