- ގޭންގްތައް ހިންގާ މީހުންނަށް ދުލެއް ނުދޭނަން- ސީޕީ
- ނަޝީދު ދެއްކެވި ވާހަކަފުޅުގެ ތަރުޖަމާއަކީ އަޅުގަނޑުވެސް ގަބޫލުކުރާ ތަރުޖަމާއެއް- ޔާމީން
- ގާސިމަކީ ދުރުރާސްތާއަށް ވިސްނައިގެން ކަންކަން ކުރައްވާ ބޭފުޅެއް- އިލްހާމް
- ހުޅުޖެހި މައްސަލައިގައި ހައްޔަރުކުރި މީހުން ހައްޔަރުކޮށްފައިތިބީ ކުއްތާ ގެންގުޅުނު ކޮށީގައި- އެމްޑީޕީ
- ވެރިކަން ހިންގާ ފަރާތުން އެކިއެކި ހުށަހެޅުންތައް ހުށަހަޅަމުންދާކަމުގެ ޝަކުވާތައް ލިބޭ- ޑރ. ޖަމީލު
- މަޖިލީހުގެ ރައީސާ ދެކޮޅަށް ދިޔާނާ ހުށަހެޅި މައްސަލަ ހުއްޓުވަން ދައުލަތުން ސްޕްރީމް ކޯޓަށް ހުށަހަޅައިފި
- ބަނޑުތެރެއަށް ބްލެޓް ތަކެއް ފަޅައިގެން ދިޔަ މީހަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި
- ކުޅުދުއްފުށީ ތިން މީހެއްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވައިފި
- ގާސިމަކީ މަސްވެރިންނަށް ރަންޒަމާނެއް ގެނެސްދޭނެ ލީޑަރެއް- ޑރ. ޙުސައިން
- ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
- އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށް ފައިސާ ޚަރަދު ކުރަމުންދޭ- ޑރ. ޙުސައިން
- ވޯޓުން ހޮވޭ ބޭފުޅަކީ ހަމައެކަނި ވޯޓުދިން މީހުންގެ ވެރިއެއްނޫން- ކަމާލުއްދީން
- ޖޭޕީގެ ވެރިކަމެއްގައި ކޮންމެ ރަށެއްގައި ދޮޅިދާން ގެޔެއް އަޅައިދޭނަން- ގާސިމް
ބޯޓު އޮޕަރޭޓިންގ ޓްރެއިނިންގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި
ބޯޓު އޮޕަރޭޓިންގ ޓްރެއިނިންގް ގެ ނަމުގައި 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ނިމުން ފާހަގަ ކޮށް ބައިވެރިންނަށް ރޭ ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މި ޕްރޮގްރާމަކީ އެލިއާ އިންވެސްޓްމަންޓްސް އާއި ސެންޓަރ ފޯ ކެރިއަރ އެންޑް ޓެކްނިކަލް އެޑިއުކޭޝަނުން ލޯންޗް ތަކުގެ ކެޕްޓަނުންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދިޔަ ބޭސިކް ކޯހެކެވެ. މިރޭގެ ރަސްމިއްޔަތުގައި މި ކޯހުގައި ބައިވެރިވި 40 ބައިވެރިންވެސްވަނީ ސެޓްފިކެޓް ހާސިލް ކޮށްފައެވެ.
މި ކޯހުގައި މުހިންމު ކަމެއ ދީފައިވާނީ ކަނޑު މަތީގައި ދިމާވާ ނުރައްކާތެރި ހާލަތްތަށް މަދު ކުރުމަށް ކުރެވޭނެ ކަންކަން ދަސްކޮށްދިނުމަށް ކަމަށް ސީ.ސީ.ޓީ.އީ ގެ ޑިރެކްޓަރ އާދަމް ޙަލީމް ވިދާޅުވިއެވެ. މީގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީގެ ގަވާއިދު ތަކާއި ފަޔަރ ސޭފްޓީ ގެ ދާއިރާގެ އިތުރުން ފަސްޓެއިޑް އަދި އެންޖިން އޮޕަރޭޓްކޮށް ހިންގުމުގެ މުހިންމު މައުލޫމާތުތަކެށް ބައިވެރިންނަށް ލިބިފައިވާނެކަމަށް އާދަމް ޙަލީމް ވިދާޅުވީ މި ރަސްމިއްޔާތަށްފަހު މިއަދު ނޫހަށް ދެއްވި އިންޓަރވިއުއެއްގައެވެ. އަދި ސަން އެފް އެމް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޙަލީމް ވިދާޅުވީ މި ފަދަ އެހެން ކޯސްތަކެށް މާ ދުރުނޫން މުސްތަގްބަލެއްގައި ކުރިއަށް ގެންދަވާނެ ކަމަށެވެ. މި
ރަސްމިއްޔާތުގެ ޝަރަފްވެރި މެޙުމާނާ ކޮަލިފިކޭޝަން ގެ އެކްޒެކެޓިވް އަދި ޓިވެޓްގެވެސް އެކްޒެކެޓިވް މަރިޔަމް ނޫރައްދީން ވިދާޅުވީ 1 ބިދޭސީއަކު ފިޔަވައި ދެން ތިބި ހުރިހާ ބައިވެރިންނަކީ ދިވެހިންނަށް ވީތީ ވަރަށް އުފާފުޅު ކުރައްވާ ކަމުގައެވެ. އަދި މި ކޯހަށް ލިބުނު ކާމިޔާބީ ފާހަގަކުރަމުން މަރިޔަމް ނޫރައްދީން ވިދާޅުވީ މިއީ ފެށުމެށް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި މިކަން ކުރެވިދާނެކަމަށް ޔަގީން ކުރެއްވިއްޖެކަމަށެވެ. އެހެންކަމުން މި 3 ދުވަހުން ލިބިފައިވާ މުހިންމު މައުލޫމާތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ބައިވެރިންނަށް އިލްތިމާސް ކުރެއްވިއެވެ.
ރަސްމިއްޔާތުގައި ބައިވެރިއެއްގެ ޝުއޫރުވެސް ފާޅު ކުރަމުން ޖީ.އެމް.އާރްގެ ފަރާތުން މި ކޯހުގައި ބައިވެރިވި އިބްރާހިމް ސިރާޖް ވިދާޅުވީ ވަރަށްވެސް ބޭނުންތެރި މައުލޫމާތުތަކެށް ލިބިގެން ގޮސްފައިވާކަމަށާއި މި ލިބުނު މައުލޫމާތުތަކުގެ ބޭނުންކޮށްގެން ނުރައްކާތެރި ހާލަތްތަކުގައި ކަންކުރާނެ ރަނގަޅުގޮތް އެގިގެން ދާނެކަމަށެވެ.
ޝީ ބިލްޑިންގެ ސެމިނާރ ހޯލްގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ނިންމާލާފައިވަނީ ހުރިހާ ޙާޒިރީންނަށް ބޭއްވި ހާއްސަ ފަރިއްކޮޅަކުންނެވެ.
އެންމެ ފަހުގެ ހިޔާލުތައް
- ހުވަދޫ މޮހޮނު - ވާދަވެރި ޕާޓީތަކުން އުޅެނީ މިލްކުވެރިކަން ހޯދައިގެން ކަންކަން ކުރަން- ނަޝީދު
- ސުލައިމާން - މާރާމާރީ ތަކަކީ ގޭންގް ގްރޫޕުތަކެއްގެ މެދުގައި ހިނގާކަމެއް -ސީޕީ
- އަލީ/ހދ.ކުޅުދުއްފުށި - ވޯޓުން ހޮވޭ ބޭފުޅަކީ ހަމައެކަނި ވޯޓުދިން މީހުންގެ ވެރިއެއްނޫން- ކަމާލުއްދީން
- މުންނާބޭ - ވާދަވެރި ޕާޓީތަކުން އުޅެނީ މިލްކުވެރިކަން ހޯދައިގެން ކަންކަން ކުރަން- ނަޝީދު
- ސަލީމު އެމް - ވޯޓުން ހޮވޭ ބޭފުޅަކީ ހަމައެކަނި ވޯޓުދިން މީހުންގެ ވެރިއެއްނޫން- ކަމާލުއްދީން
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
ކިޔުން ތެރިންގެ ހިޔާލު