- ޖޭޕީގެ ލީޑަރު ގާސިމަށް ނޭކުރެންދޫއިން ރަތްދޫލައިގެ މަރުޙަބާއެއް
- ހަމަޖެހުމަށް ލޯބިނުކުރާ ކަމަށްބުނެ އެމްޑީޕީގެ ވައިކަރަދޫ ގޮފީގެ ރައީސް ޖޭޕީއަށް ސޮއިކޮށްފި
- އާދަމް މުހައްމަދު ބޭނުންގޮތަކަށް ޖޭއެސްސީ ހިންގުމަށް ފުރުސަތެއް ނުދޭނަން- އަލީ ވަހީދު
- ދެންނުވާނެ ކަމަށްބުނެ ވެރިކަމުން ފޭބި މީހަކު ގޮވައިގެން “މިކަމެއް” ނުވާނެ-އަޝްރަފް
- ސިޔާސީ ދަތުރުތައް ކުރަން އަރާނެ އެންމެ ރަގަޅު ސަވާރީއަކީ ޕީޕީއެމް- ޑރ. ޖަމީލު
- ގާސިމުގެ މަރުގެ މައްސަލައިގައި ހިމެނޭ ނާދީ ދެއަހަރާއި ހަމަސްދުވަހަށް ޖަލަށް
- ފިތުނަފަސާދަ އުފައްދާ ބަޔަކަށް އަޅުގަނޑުގެ ވެރިކަމެއްގައި ޖާގައެއްނެތް- ގާސިމް
- އެމްޑީޕީގެ ކޮންމެ ގޮތްޕަކަށް ދެގޮފި ހަދާނަން- ޝިފާން
- ރާއްޖެއަށް ޑިމޮކްރަސީ ގެންނެވި މޭސްތިރިއަކީ ގާސިމް އިބްރާހީމް- ޢަބްދުލް މުހައިމިން
- ކުޑަ ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެމީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި
- މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
- ފުޅި އަޅައިގެން ހުއިފިލަނޑާ ނެގި މީހަކު ދެމަސް ދުވަހަށް އަރުވާލަން ހުކުމްކޮށްފި
- މަސްތުވާތަކެތީގެ ވިޔަފާރި ކުރި މީހަކު އުމުރަށް ޖަލަށް ހުކުމް ކޮށްފި
ރައީސް ވަޑައިގަތުމުގެ ކުރިން ދިއްދޫގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ކައުންސިލް ތިން މެންބަރަކު ހައްޔަރުކޮށްފި
ޝަހީދާ ސައީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު، ތިލަދުންމަތީ އުތުރުބުރިއަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ އެއަތޮޅު ދިއްދޫއަށް ވަޑައިގަތުމުގެ ކުޑަވަގުތުކޮޅެއްގެ ކުރިން ހއ. ދިއްދޫ ގައި ހަމަނުޖެހުން އުފެއްދުމުގެ ތުހުމަތުގައި ދިއްދޫ ކައުންސިލްގެ ތިން މެންބަރަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަލަކު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. ވަހީދު ހއ. ދިއްދޫއަށް ވަޑައިގަތުމުގެ ކުރިން އެރަށުގައި ހަމަނުޖެހުން ހިންގި 7 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ރަށު ކައުންސިލް މެންބަރަކުވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ފުލުހުން ބުނީ ދިއްދޫން ހައްޔަރު ކުރި 7 މީހުންނަކީ އެރަށުގައި ހަމަނުޖެހުން ހިންގާ، ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅުމުގެ އިތުރުން އާންމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފް ވެގެން ހައްޔަރު ކުރި މީހުން ކަމަށެެވެ.
ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ނައީމް މިއަދު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދިއްދޫއަށް ރަޢީސް ޑރ. ވަހީދު ވަޑައިގަތުމުގެ ކުރިން، ގާނޫނު އަސާސީން ލިބިދޭ ޚިޔާލުފާލުކުރުމުގެ މިނިވަންކަމުގެ ދަށުން ރައްޔިތުންގެ ތެރެއިން ޝުއޫރު ފާޅުކުރަން ނުކުތް ބަޔަކު ފުލުހުން ހައްޔަރު ކުރި ކަމަށެވެ.
އޭގެ ތެރޭގައި ރަށު ކައުންސިލްގެ މެންބަރ އަހުމަދު ޖަމީލުއާއި، ކައުންސިލް މެންބަރ އަބްދުﷲ ވަހީދާއި، އަބްދުﷲ ސިރާޖުގެ އިތުރުން ރައްޔިތުންގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކުރި ކަމަށް ނައީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމީހުން ހައްޔަރުކުރީ އެއްވެސް ކަމެއް ނުކޮށް ތިއްބާ ކަމަށެވެ.
އެމްޑީޕީގެ ކައުންސިލަރު ނައީމް ވިދާޅުވީ ހައްޔަރު ކުރި މީހުން ހައްޔަރުކޮށްފައިވަނީ ރައީސަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް ވިޔަސް، އެފަދަ އެއްވެސް އަމަލެއް އެމީހުން ނުހިންގާ ކަމަށާއި، ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީއާއި ގަވާއިދުތަކާއި ވެސް ޚިލާފަށް ކަމަށެވެ.
މިސަރުކާރުގެ ވެރިން ރަށްރަށަށް އަރަމުންދަނީ އެރަށްރަށުން ޝުއޫރު ފާޅުކުރަމުންދާ ރައްޔިތުން ހައްޔަރުކޮށްގެން ކަމަށާއި، މިސަރުކާރުން ގާނޫނަކަށް ގަވާއިދަކަށް ނުބަލާ ކަމަށް ނައީމް ވިދާޅުވިއެވެ.
މީގެއިތުރުން މިސަރުކާރަށާއި، ރައީސް ޑރ. ވަހީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ނައީމް އިތުރަށް ވިދާޅުވީ މިސަރުކާރުން ގާނޫނު އަސާސީއާއި ޚިލާފްވެ، 1932 ވަނަ އަހަރު ރާއްޖޭގެ ގާނޫނު އަސާސީ ވިދާލި ހިސާބަށް ސަރުކާރު ގޮސްފައިވާ ކަމަށެވެެ. އަދި މިސަރުކާރަކީ ބާޣީ ސަރުކާރެއް ކަމަށާއި، ބާޣީންނަކަށް ގާނޫނާއި ގަވާއިދެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިއްދޫ ކައުންސިލުގެ ތިން މެންބަރަކާއި، އަދި ދިއްދޫގެ ރައްޔިތުންގެ ތެރެއިން 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަން ހއ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ސިރާޖުވެސް ވަނީ މިއަދު ނޫހަށް ކަށަވަރުކޮށްދީފައެވެ.
ކިޔުން ތެރިންގެ ހިޔާލު
އެންމެ ފަހުގެ ހިޔާލުތައް
- ލަޔާޤަތްތެރިޔާ - ވާދަވެރި ޕާޓީތަކުން އުޅެނީ މިލްކުވެރިކަން ހޯދައިގެން ކަންކަން ކުރަން- ނަޝީދު
- ލަޔާޤަތްތެރިޔާ - އިސްތިއުނާފް ކޮމެޓީއަށް ނުދިޔައީ ޔާމީންގެ ބާރުގެ ދަށުގައި ކޮމެޓީ އޮތީމަ އިންސާފު ނުލިބޭނެތީ- އުމަރު
- ލަޔާޤަތްތެރިޔާ - ރާއްޖޭގައި އޮތީ ރައީސް މައުމޫންގެ ފިކުރާއި ރައީސް ނަޝީދުގެ ފިކުރު- ޕީޕީއެމްް
- މުޖައްރިބު - ނަޝީދު ދެއްކެވި ވާހަކަފުޅުގެ ތަރުޖަމާއަކީ އަޅުގަނޑުވެސް ގަބޫލުކުރާ ތަރުޖަމާއެއް- ޔާމީން
- ލަޔާޤަތްތެރިޔާ - ހުޅުޖެހި މައްސަލައިގައި ހައްޔަރުކުރި މީހުން ހައްޔަރުކޮށްފައިތިބީ ކުއްތާ ގެންގުޅުނު ކޮށީގައި- އެމްޑީޕީ
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
ބާޣީ ވަހީދު ދިއްދުއަށް އެރީ މުޅި ރަށުގެ %50 ސަރަހައްދު ބަންދުކޮށް 400 ސިފައިންނާއި އެކު. އަދި ބާޣީ އެރުމުގެ ކުރީން އެމް.ޑީ.ޕީ. މެމްބަރުން ދަމާފައިވާ ހުރިހާ ފޮތިގަނޑުތަކެއް ވަނީ ފުލުހުންނާއި ސިފައިން ނިކުމެ ނަގައި އަންދާ އަޅިއަށް ހަދާފަ.
ބާޣީ ވަހީދު ހެވިފައި ދިއްދުއަށް އެރި އިރު ހުރީ އެންމެ ފޮތިގަނޑެއް. އޭގައި ވަނީ ދިއްދޫ ރައްޔިތުން ވަނީ ބާޣީ ވަހީދާ އެކުއޭ.