- އަޅުގަނޑު ބައިވެރިނުވާ ކަމެއްގައި ނަޝީދަށް ކާމިޔާބު ވެފައެއްނެތް- ގާސިމް
- ޔާމީނަކީ ނަޝީދުގެ ތަރުޖަމާނު- ތަސްމީން
- އަފްރާޝީމް މަރާލުމުގައި ބައިވެރިވި އެންމެން ވަގުތުން ހައްޔަރުކުރުމަށް އަދާލަތުން ގޮވާލައިފި
- މިގައުމު ރޯތަން ބަލަން ގާސިމް އިބްރާހީމް ބޭނުންފުޅެއް ނުވާނެ-–އޭކޭ
- މަލީޝާގެ ވެރިޔާ ދައުވާއަށް އިންކާރުކޮށްފި
- އަފްރާޝީމްގެ މަރުގެ މައްސަލައިގައި ނަޝީދު ހައްޔަރުކުރަން ޖެހޭ- ޕީޕީއެމް
- އަޅުގަނޑުގެ ވެރިކަމެއްގައި ދުނިޔޭގެ ފެންވަރުގެ ޕޮލިސް ޓްރެއިނިން ސެންޓަރެއް ގާއިމް ކުރާނަން- ގާސިމް
- ޕްރައިމަރީއާ ގުޅިގެން ހިންގާ ކަންކަން ހުއްޓުވަން އަމުރު ނެރެދެވޭކަށް ނެތް- ސިވިލް ކޯޓު
- އަސްވާޑަށް ހަމަލާދިންކަމުގެ ތުހުމަތުގައި ދެމީހެއްގެ މައްޗަށް ދައުވާކޮށްފި
- ދިޓީވީން ރައީސް ވަހީދު ޕްރޮމޯޓް ކުރިޔަސް ޕީޕީއެމް ފުނޑުފުނޑުކޮށްގެން ނުވާނެ- މަހުލޫފު
- މާރާމާރީއާ ބޮޑެތި ޖަރީމާތަކާ ދެކޮޅަށް ޕީޕީއެމުން ނުކުންނަނީ
- ރައީސްގެ އަރިހަށް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ދެކުނު އޭޝިޔާ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
- ޔޫ.އެން.އެފް.ޕީ.އޭ.ގެ ޑިރެކްޓަރ، ރައީސް އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި
ރިޔާސީ އިންތިޚާބު ފުރަތަމަ ބުރުން ކާމިޔާބު ކުރެވޭ ވަރުގެ ބޭފުޅަކު ނެތް- ތަސްމީން
2013 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ފުރަތަމަ ބުރުން ކާމިޔާބު ކުރެވޭ ވަރުގެ ސިޔާސީ ބޭފުޅަކު ނެތް ކަމަށާއި، އިންތިޚާބުގައި ދެވަނަ ބުރަކަށް ދާން ޖެހޭނެ ކަމަށް ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީގެ ލީޑަރ އަދި ކެންދޫ ދާއިރާގެ މެންބަރ އަހުމަދު ތަސްމީން އަލީ ދިޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ 2013 ގައި ބާއްވާ ރިޔާސީ އިންތިޚާބު ފުރަތަމަ ބުރުން ކާމިޔާބު ކުރެވޭ ވަރުގެ ސިޔާސީ ބޭފުޅަކު އަދި ނެތް ކަމަށާއި، އިންތިޚާބުގައި ދެވަނަ ބުރަކަށް ދާން ޖެހޭނެ ކަމަށެވެ.
ތަސްމީން ވިދާޅުވީ އިންތިޚާބުގައި ދެވަނަ ބުރަކަށް އެމްޑީޕީ ދިއުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ނަމަވެސް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އެގޮތުން އެމްޑީޕީގެ މެންބަރުން އިތުރު ކަމަށް ދެއްކި ނަމަވެސް އެއީ މުޅި އެމްޑީޕީގެ ހަގީގީ އަދަދު ނޫންކަމަށާއި، އިންތިޚާބުގައި އެމްޑީޕީގެ ދަފްތަރުގައި ތިބި ކަމަށް ބުނާ އަދަދަށް އެޕާޓީއަށް ވޯޓް ނުލިބޭނެ ކަމަށް ތަސްމީން ވިދާޅުވިއެވެ.
އަދި އިންތިޚާބުގައި ދެވަނަ ބުރަކަށް ދާންޖެހިއްޖެ ނަމަ އެމްޑީޕީއާއި އެޕާޓީން ކޯލިޝަން ނަހަދާނެ ކަމަށާއި، އެމްޑީޕީއާއި ކޯލިޝަން ހަދާ ދުވަހަކީ އޭނާ ޑީއާރުޕީގެ ލީޑަރުކަމުން ވަކިވެވަޑައިގަންނަވާ ދުވަސް ކަމަށްވެސް ތަސްމީން ވިދާޅުވިއެވެ.
މީގެއިތުރުން ތަސްމީން ވިދާޅުވީ މިހާތަނަށްވެސް އަދި އެއްވެސް ކަމެއްގައި އެމްޑީޕީއާއެކު އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށާއި، އެޕާޓީން މަސައްކަތް ކުރާނީ ގައުމުގެ މަސްލަހަތައްޓަކާ ކަމަށެވެ.
ތަސްމީން ވިދާޅުވީ އެމްޑީޕީއާއި ޕީޕީއެމްއަކީ ސިޔާސީ ގޮތުން އެޕާޓީ ބަލިކަށިކޮށްލަން މަސައްކަތް ކުރާ ދެޕާޓީ ކަމަށާއި، ނަމަވެސް ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، ޕީޕީއެމްއާއި ކޯލިޝަނެއް ހެދުމާއި މެދު ގޮތެއް ނިންމާނީ އެޕާޓީގެ ކައުންސިލުން ކަމަށެވެ.
މީގެއިތުރުން ތަސްމީން ވިދާޅުވީ ސިޔާސީ ޕާޓީއަކުން ސިޔާސީ ޕާޓީއެއް ހަރަކާތްތެރިވާން ޖެހޭނެ ހަމަތަކަކާއި އުސޫލުތަކެއް ހުންނަން ޖެހޭނެ ކަމަށާއި، ނަމަވެސް އެމްޑީޕީގެ ފަރާތުން ފެނުނީ ސިޔާސީ ހަރަކާތްތަކުގެ ނަމުގައި މުޅި ގައުމު ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން ސިޔާސީ ހަރަކާތްތައް ހިންގުމުގެ ނަމުގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް އެކި ކަހަލަ ކަންތައްތައްކޮށް، ފުލުހުންނަށް ގެއްލުންދީ މުޅި ނިޒާމު ގެއްލިގެން ދާފަދަ ކަންތައްތައް ކުރުމަކީ ޑިމޮކްރަސީގެ ދަށުން ކުރެވޭނެ ކަންތައްތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ތަސްމީން ވިދާޅުވިއެވެ.
އެންމެ ފަހުގެ ހިޔާލުތައް
- މުޖައްރިބު - އާދަމް މުހައްމަދު ބޭނުންގޮތަކަށް ޖޭއެސްސީ ހިންގުމަށް ފުރުސަތެއް ނުދޭނަން- އަލީ ވަހީދު
- ލަޔާޤަތްތެރިޔާ - ވާދަވެރި ޕާޓީތަކުން އުޅެނީ މިލްކުވެރިކަން ހޯދައިގެން ކަންކަން ކުރަން- ނަޝީދު
- ލަޔާޤަތްތެރިޔާ - އިސްތިއުނާފް ކޮމެޓީއަށް ނުދިޔައީ ޔާމީންގެ ބާރުގެ ދަށުގައި ކޮމެޓީ އޮތީމަ އިންސާފު ނުލިބޭނެތީ- އުމަރު
- ލަޔާޤަތްތެރިޔާ - ރާއްޖޭގައި އޮތީ ރައީސް މައުމޫންގެ ފިކުރާއި ރައީސް ނަޝީދުގެ ފިކުރު- ޕީޕީއެމްް
- މުޖައްރިބު - ނަޝީދު ދެއްކެވި ވާހަކަފުޅުގެ ތަރުޖަމާއަކީ އަޅުގަނޑުވެސް ގަބޫލުކުރާ ތަރުޖަމާއެއް- ޔާމީން
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
ކިޔުން ތެރިންގެ ހިޔާލު