ރާއްޖޭގައި މިހިންގާ ލާދީނީ ކަންކަން ހިންގުވަނީ ރައްޔިތުންނަށް އޮޅުވާލުމެއްގެ ތެރެއިން: މުއްޠަލިބް

29 މޭ، 2012

އަބްދުއްލަތީފް

އިސްލާމް ދިޏާއި ދެކޮޅަށް ރާއްޖޭގައި މި ހިނގާ ލާދީނީ ކަންތައްތަކުގެ ޙަޤީޤަތަކީ،  ޔަހޫދީންނާ ނަޞާރާއިންނަށް މި ޤައުމުގަ ސެކިއުލަރިސްޓުން ތިބި ކަން ދެއްކުމަށްޓަކާ ނަޝީދު އިސްވެ ހުންނަވައިގެން ރާއްވަވާ ކަންތައްތަކެއް ކަމަށާއި ނަމަވެސް މި ކަންތައްތައްތަކުގެ ހަޤީޤަތް ރައްޔިތުންނަށްް ނުއެނގޭ ކަމަށް ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ މައި އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއްޠަލިބް ވިދާޅުވީ ކައުންސިލްތަކުގަ ތިބި މެމްބަރުންނަަށް ވެސް އެކަންކަމުގެ ހަޤީޤަތް ނުއެނގޭ ކަމަށެވެ. ނަމަވެސް މި ކަންތައްތަކުގެ ޚަބަރުތައް ބަރާބަރަށް ބައިނަލްއަޤުވާމީ ފަރާތްތަކާ އެމް.ޑީ.ޕީ. އިން ދާނީ ޙިއްޞާކުރަމުން ކަމަށްވެސް މުއްޔަލިބް ވިދާޅުވިއެވެ.

“ދީނީ ނަޞޭޙަތް ދިނުމަށް ހުރަސްއެޅުމާ މި ކަންތައްތައް އެއީ އެމީހުން ޤަބޫލުކުރާނެ އެ ކަންތައްތަކަކީ އެއީ ރާއްޖޭގެ އިސްލާމްދީނާ ދެކޮޅު، ނޫނީ އެހެން ދީންތަކަށް ލޯބިކުރާ ބައަކު ތިބީތީ ހިންގާ ކަންތައްތަކެއްކަން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގަ މިއީ އަސްލުގަ ރޭވިގެން ހިނގާ ކަންތައްތައް. މީ ހިތާމަކުރަންޖެހޭނެ ކަމެއް. އެއީ ކޮންމެ ގޮތެއްގަ ވިޔަސް އިސްލާމްދީނުގެ އަޑު ކަނޑުވާލުމަށްޓަކާ އެ ކުރެވޭ ކަންތައްތަކަކީ ޔަހޫދީންނާ ނަޞާރާއިން އެ ކަމަށް ހިތްވަރުދޭނެ ކަންތައްތަކެއް. އެހެންވީމަ އެ ކަންތައްތައް އެ ހިނގަމުންދަނީ.”

“ކައުންސިލްތަކުގެ ދަށުގަ ހުރި އިސްލާމިކް މިނިސްޓްރީގެ ދަށުގަ ހުންނަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ޤަބޫލުކުރާ މިސްކިތްތައް ކައުންސިލްތަކުން ވަކިކޮށް އިސްލާމިކް މިނިސްޓްރީގެ ދަށަށް ގެނައުމަށްޓަކާ އެ ޤާނޫނަށް އިޞްލާޙެއް އަޅުގަނޑުމެން ހުށަހެޅިން. އެހެން ނަމަވެސް ދައުރު ހިނގަމުން ދިއައީ ދާދި ކުޑަ ދުވަސްކޮޅަކަށް ކަމަށް ވެފާ، ހުށަހެޅުނު އިޞްލާހުގެ ތެރޭގަ އޮތް އެހެން މާއްދާއަކަށް ހުށަހެޅި އިޞްލާޙެއްގަ އޮތް ކުށެއްގެ ސަބަބުން އެ ބިލް އަނބުރާ މަޖިލީހުގެ އެންމެ ފަހު ދުވަހު އަޅުގަނޑުމެންނަށް އޮތީ ލިބިފަ. އެހެންވީމަ މި ދައުރު ފެށުމުގެ ކުރިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަނެއްކާ އިޞްލާޙު އަޅުގަނޑުމެން މަޖިލިސްއަށް އަނބުރާ އަލުން ލާނަން.”
މުއްޠަލިބް ވިދާޅުވީ އެއިގެެ ތެރޭގައި އިޞްލާޙު ހުށަހަޅާފަ އޮންނާނީ މިހާރު ކައުންސިލް އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުގަ ކައުންސިލްތަކުގެ ބެލުމުގެ ދަށުގަ ހުންނަން ޖެހޭ މިސްކިތްތަކާ ޤަބުރުސްތާނުތައް ފަދަ ތަންތަނުގެ މައްސަލަތައް ކަމަށެވެ.

“އަދި ވަރަށް ނުރައްކާ އެއް ކަމެއް އެބަ އޮތް، ޤައުމީ ދުވަސްތަކާ މުހިންމު ދުވަސްތައް ފާހަގަކުރުން ވެސް މި އޮތީ ކައުންސިލްތަކުގެ ބާރުގެ ދަށަށް ދާ ގޮތަށް. އެހެންވީމާ އެފަދަ ދުވަސްތައް ފާހަގަކުރުމަށް މި މީހުންނަށް، ކައުންސިލްތަކަށް ދީފިއްޔާ ދެން ވާނެ ގޮތެއް އެއީ ވަރަށް ނުރައްކާކޮށް ހިނގައިދާނެ ކަމަކަށް ވާތީ، އަޅުގަނޑުމެން އެ ތިން މާއްދާ، މިހާރު އޮތް ލޯކަލް ކައުންސިލް ގަވަރންމަންޓް އޮތޯރިޓީ ނުވަތަ ލާމަރުކަޒީ ޤާނޫނުން އުވާލުމަށް ހުށަހަޅާފަ ވާނީ. ދެން މި ދެންނެވި ހުށަހެޅުން އަނބުރާ އައިއްސަ އޮތުމާ އެކީގަ އިރާދަކުރެއްވިއްޔާ، މި ހަފްތާ ތެރޭގަ އެ ހުށަހެޅުން އަނބުރާ މަޖިލީހަށް ވަންނާނެ. ”

މުއްޠަލިބް ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ދެއްވާ ދަޢުވަތާ ޢަދާލަތު ޕާޓީން ކުރައްވާ މަސައްކަތްތަކާ ސަރުކާރުން ކުރައްވާ މަސައްކަތްތަކަކީ މިއަދު ދީނީ ކަންތައްތައް ކުރިއެރުވުމަށް ކުރާ ކަންތައްތައް ކަމަށެވެ.

“.ކޮންމެސް ވަރަކަށް އަޅުގަނޑުމެންނަށް މި ދޭތެރެއިން އަންނަ ކަންތައް. ލޯކަލް ގަވަރންމަންޓް އޮތޯރިޓީން އަސްލުގަ ރޭގަ ޑޮކްޓަރ ޖަމީލް ފުރަތަމަ ފަހަރަށް އެ ވާހަކަ ދެއްކެވީ އެ ކަންތަކާ ބެހޭ ގޮތުން. އަޅުގަނޑުމެން މީގެ ކުރިން އުންމީދު ކުރިން އެއަށް ވުރެ ކުރިން އެ ވާހަކަ ދައްކަން. އެހެންވީމަ މިހާރު އެ ލޯކަލް ގަވަރންމަންޓް އޮތޯރިޓީ ކަންތައް ވެސް އަޅުގަނޑުމެން ޤަބޫލުކުރަނީ އިރާދަކުރެއްވިއްޔާ އެ ހަމައަކަށް އެޅިގެންނޭ އެ ދަނީ. އެހެންވީމަ ކައުންސިލްތަކުން އެ ގޮތަކަށް މަސައްކަތް ކުރެވޭނެ ކަމަކަށެއް އަޅުގަނޑުމެން ޤަބޫލެއް ނުކުރަން މިހާރު އޮތް ޤާނޫނީ އިމުގެ ތެރެއިން ވެސް ކައުންސިލްތަކުންނެއް އެ ކަމެއް ނުކުރެވޭނެ.”

މުއްޠަލިބް ވިދާޅުވީ ޙަޤީޤަތުގަ އި ކަންކަން މިހެން މެދުވެރިވަމުން މިއަންނަނީ ސަރުކާރުން މާ ބޮޑަށް ދޫދީގެން ނުވަތަ ސަރުކާރުން ޞުލްޙަވެރިކަމާއެކު ކަންތައްތައް ކުރެއްވުމުގެ ވިސްނުމެއް ގެންގުޅުއްވާތީ އޭގެ ނާޖާއިޒު ފައިދާ ނަގައިގެން އެމް.ޑީ.ޕީ. ގެ އެކްޓިވިސްޓުން ކުރާ ކަންތައްތައް ކަމަށެވެ

“ރަށްރަށުގަ މި ނުކުންނަ މީހުންގެ ޢަދަދާ އެ ކަންތައްތަކަށް ބަލާލީމަ އެ ކަން ވަރަށް ރަނގަޅަށް އެނގޭނެ. އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބޭ ގޮތުގަ މިހާތަނަށް އައި އިރުގަވެސް އެންމެ މީހެއް ހުރީ. އެއީ މާލޭގެ މުޒާހިރާގަ ތިޔަބޭފުޅުންނަށް ފާހަގަކުރެވޭނެ ހައްޔަރުކުރި ދެމަފިރިންނާ އެ މީހުންގެ ދަރިއަކު ހައްޔަރުކުރި އެންމެ ޢާއިލާއެއް އުޅޭނެ. އެ އަންހެންމީހާ ނިސްބަތްވާނީ ނައިވާދޫއަށް. އޭނަ އުޅޭނީ ނައިވާދޫގަ. އެހެންވީމަ ކޮންމެހެން އެއީކީއެއް ރަށެއްގެ ރައްޔިތުން ކުރާ ކަންތައްތަކެއް ނޫން. އެހެން ނަމަވެސް މުޅި ރަށެއްގެ ރައްޔިތުން ބަދުނާމުވެގެން ދަނީ އެކަހަލަ ކަންތައްތަކާ ހުރެ.”

މުއްޠަލިބް ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓުން ލައްވައި މިކަންކަން ކުރުވަނީ ބޭރުގެ ސެކިއުލަރިސްޓުންނަށް މރައްޖޭގައި އެހެން ދީންތަކުގެ މީހުން ތިބިކަން ހާމަކޮށްދިނުމަށްޓަކައި ކަމަށެވެ. “މި ލޭބަލް ކުރުމަށްޓަކާ އެ މީހުން ލައްވާ ކުރުވާ ކަންތައްތަކެއް. އެ މީހުންނަށް ވެސް ނޭނގި. އެމް.ޑީ.ޕީ. އިން އެ ކަންތައްތައް ކުރާ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ.” މުއްޠަލިބް ވިދާޅުވިދާޅުވިއެވެ.

ކިޔުން ތެރިންގެ ހިޔާލު

  1. 10:18 ފުލުހުން އުސްފަސްގަނޑު ފާސްކުރަން ފެށުމުގެ ކުރިން، ހަތަރު މީހަކު ކޮންޓެއިނަރު މައްޗަށް އަރައިގެން އުޅުނު މަންޒަރު ނޫސްވެރިންނަށް ފެނުނު. އުސްފަސްގަނޑުގައި ތިބި ފުލުހުން ނޫސްވެރިން ގާތު ބުނެފައި ވަނީ އެއީ ސިފައިންގެ މީހުން ކަމަށް. އޭރު ވެސް ކޮންޓެއިނަރުގެ ދޮރު ހުރީ ހުޅުވާފައި.

    ކޮންމެ ފަހަރަކު ވެސް އަމިއްލައަށް ފުލުހުން މިކަހަލަ ޖިނާއީ ކުށްތައް ކުރާނެ.
    ތިޔަތަނުން ނުފެނޭތޯ ދިރޭ އޫރާއި، ބަނގުރާހަދާ މެޝިނާއި، ވަހީދު ގެނައި މަހާތަނމާ ގާނދީގެ ބޮޑު ބުދާއި، މައުމޫނު ގެނައި ބޮޑު ޞަލީބު ކަމުގައިވާ ގްރޭނޑް ކުރޮސް އޮފް ސެއިންޓް މައިކަލް އެނޑް ސެއިންޓް ޖޯޖް؟

    ކަޅިހި | މޭ 29، 2012
  2. ސެކިއުލަރިސްޓުން ގެ މާނަޔާއި ، ސެކިއުލަރިސްޓް އަދި ސެކިއުލަރިޒަމް ގެ މާނަ މި ސޮރަށް އެނގޭބާ ؟ އެހެން މީހުން ބޭނުންކުރާތީ އަޑުއަހައިގެން ރޯނު އެދުރުވެގެން ، އަދާލަތު ޕާޓީ އަށް ވަދެ ، ދީނަށް ނިސްބަތްކޮށް ، މި މުއްތަލަބެ ގެ ކަށިނެތްދުލުން މިގޮވާ މާނަޔެއްނެތް ހާސަރުތައް އަދާލަތުން ހުއްޓުވާކަށް ނުވޭބާ ؟ ދީނުގެ ނަމުގައި ބޮޑު ތުނބުޅި ބަހައްޓައިގެން ދީނާޚިލާފު އެތައް ކަމަކަށް އަރައިގަނެ ، މި ބިން ފަސާދަ ކުރަމުން ގެންދާ ، ސަރުކާރުގައިތިބި އަދާލަތުޕާޓީގެ ވެރިން ، ރައްޔިތުންގެ ބޯކާން ރަށްރަށަށް ގޮސް އެ ހިންގަނީކީ ދީނީ ހަރަކާތެއްނޫން. އެއީ ތިމާމެންނަށް ވެރިކަމުގެ ބާރާއި ޖާހު ހޯދަން ކުރާ ދީނާޚިލާފު ކެމްޕޭންތަކެއް. ރައްޔިތުން މިކަމަށް ފިސާރި ސަމާލުވެ ނުތިބިއްޔާ ، މިބައިމީހުން މި ޤައުމުގެ ދުވަސް ދުއްވާލާނެ. ޢަދާލަތު ޕާޓީއަކީ މިހާރު ދީނީ ޕާޓީއެއްނޫންކަން މިއޮތީ އެނގި ކަށަވަރު ވެފަ. އެއީ ބުރުމާ ޤާސިމުގެ ހިޔަނީގެ ފަހަތުން އެނބުރޭ ، އަދާލަތުޕާޓީގެ އިސް ސަފުގައިތިބި ދެތިން މީހުން އަމިއްލަ އެދުން އިސްކޮށްގެން ރައްޔިތުން މަގުފުރައްދާ އެބައިމީހުންގެ އަމިއްލަ މަސްލަހަތަށް މަސައްކަތްކުރާ ސިޔާސީ ޕާޓީއެއް.

    ބޮންތި | މޭ 30، 2012

 އަކުރު އެބައިން