- ސާދަ ދުވަހުގެ މުހުލަތެއް ނުދީ ކޮމެޓީއަށް ހާޒިރެއް ނުކުރެވޭނެ- ޖޭއެސްސީގެ ރައީސް
- މަޑުމޮޅި އަޑަކުން ދިވެހިގައުމު އެދިގޮވަނީ ގާސިމް އިބްރާހީމަށް- އޭކޭ
- ބޭރު މީހުންނާއި އަރާރުންވެ ކިބުރުވެރި ވެގެން އުޅެވޭކަށް ނެތް- ނަޝީދު
- ޖަރުމަނުގެ ބޯޓަކަށް ނެގި ދިވެހި މީހާ އާދީއްތަ ދުވަހު މާލެގެންނާނެ- ފޮރިންމިނިސްޓްރީ
- ދެފަރުދެއްގެ މެދުގައި އޮތް މައްސަލައެއްގައި އެމްޑީޕީއަށް ދައުވާކުރުމުގެ ހައްގެއް ނޯންނާނެ- ޑރ- ޖަމީލު
- ނޮޅިވަރަމް ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ ތިންކައުންސިލަރަކު ޖޭޕީއަށް ސޮއިކޮށްފި
- މައިދާނަށް އެއްވިދުވަހުވެސް ނަޝީދު ހުންނެވީ ރާއްޖެއިން ބޭރުގައި ފިއްލަވައިގެން- ޢަބްދުﷲ ޝަރީފް
- ވައިކަރަދޫ ކައުންސިލްގެ ރައީސާއި، އަންހެނުންގެ ކޮމިޓީގެ މެންބަރަކު ޖޭޕީއާ ގުޅިއްޖެ
- ޣައްސާން މައުމޫނަށް ދަރިކަލަކު ލިބިވަޑައިގެންފި
- މާރާމާރީއާއި ބޮޑެތި ޖަރީމާތަކާއި ދެކޮޅަށް ޕީޕީއެމުން ރޭ އަޑުއުފުލައިފި
- މުޙަންމަދު ފަލާޙު ފެނުމާ ގުޅިގެން އޭނާއާ ރައީސް ފޯނުން ގުޅުއްވައި،ޙާލު ބައްލަވައިލައްވައިފި
- އެމެރިކާގެ ރައީސަށް ރައީސް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި
- ދައުލަތުގެ ފައިސާގެ ޒައްރެއްގެ މިންވަރުވެސް އަޅުގަނޑު ނުޖެހޭނަން- ގާސިމް
އޭސީސީން މީޑިއާގައި ދޮގު މައުލޫމާތު ހާމަނުކުރުމަށް ހިންނަވަރު ކައުންސިލުން ގޮވާލައިފި
ޝަހީދާ ސައީދު
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މީޑިއާގައި ހަގީގަތާއި ޚިލާފް މައުލޫމާތު ހާމަ ނުކުރުމަށާއި، އަދި އޭސީސީން ޅ. ހިންނަވަރު ކައުންސިލް ބަދުނާމްވާ ގޮތަށް ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާއި ޚިލާފް ވާހަކަތަކެއް ކަމަށް ހިންނަވަރު ކައުންސިލުން ބުނެފިއެވެ.
ޅ. ހިންނަވަރު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ގާސިމް މިއަދު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭސީސީން ހިންނަވަރަށް ކުރި ދަތުރުގައި އޭސީސީގެ ޓީމަށް ކައުންސިލްގެ އެއްބާރުލުން ނުދިންކަމަށާއި، އޭސީސީން ބޭނުންވި މައުލޫމާތު ހޯދައި، ބަޔާންނެގުމަށް އިންކާރު ކުރިކަމަށް ބުނެ އޭސީސީން ހަގީގަތާއި ޚިލާފް މައުލޫމާތު މީޑިއާގައި ހާމަކޮށްފައިވާކަމަށެވެ.
އަދި އޭސީސީ ފަދަ ޒިންމާދާރު މުއައްސަސާއަކުން ކައުންސިލް ބަދުނާމްވާ ގޮތަށް ވާހަކަ ދެއްކުމުން ހިތާމަ ކުރައްވާ ކަމަށްވެސް އިބްރާހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އޭސީސީގެ ޓީމެއް ކައުންސިލަށް ޒިޔާރަތް ކުރި ކަމަށާއި، އޭސީސީގެ ޓީމުން ހޯދަން ބޭނުންވި މައުލޫމާތު ހޯދުމަށް އެދި ސިޓީއެއް ކައުންސިލަށް ދެއްވި ކަމަށެވެ. އެގޮތުން އޭސީސީން ހޯދަން ބޭނުންވީ ކައުންސިލްގެ ޔައުމިއްޔާގެ ކޮޕީއެއް ކަމަށާއި، ޔައުމިއްޔާގެ ކޮޕީއެއް އޭސީސީއަށް ދީފައިވާނެ ކަމަށް އިބްރާހީމް ވިދާޅުވިއެވެ.
މީގެއިތުރުން އެއަތޮޅުގައި އޮންނަ ދެ ފަޅުރަށް ކަމަށްވާ ކުޑަދޫއާއި ހުރުވަޅި ކުއްޔަށް ދީފައިވާތީ، މިދެރަށް ކުއްޔަށް ދިނުމާއި ބެހޭ ގޮތުން ކޮށްފައިވާ އިއުލާނާއި، އެކަމަށް އެދި ހުށަހެޅި މީހުންގެ މައުލޫމާތާއި، އަދި ރަށް ކުއްޔަށް ވަގުތީ ގޮތުން ހަވާލުކުރުމުގައި ކައުންސިލުން އަމަލުކުރި ގޮތް އަންގައިދޭ ހުރިހާ ލިޔުންތަކެއްގެ ކޮޕީވެސް އޭސީސީއަށް ދީފައިވާނެ ކަމަށް އިބްރާހީމް ވިދާޅުވިއެވެ.
އިބްރާހީމް ވިދާޅުވީ އޭސީސީއަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އެކޮމިޝަނުން ވާހަކަ ދެއްކެވިއިރު، ކައުންސިލްގެ މުވައްޒަފުންގެ ބަޔާން ނަގަން އޭސީސީން މަސައްކަތް ނުކުރާ ކަމަށާއި، އަދި ޗިޓެއްވެސް ހަވާލުނުކުރާ ކަމަށެވެ. ނަމަވެސް އޭސީސީން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެކޮމިޝަނަށް އެއްބާރުލުން ދޭނެ ކަމަށާއި، ނަމަވެސް ކޮމިޝަނުންވެސް މަސައްކަތް ކުރަންވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. އިބްރާހީމް ވިދާޅުވީ އޭސީސީގެ ޓީމު ރަށް ޒިޔާރަތް ކުރީ ބަންދު ރެއެއްގައި ކަމަށާއި، އަދި އެރޭ 8:30 ގައި އޮފީސް ހުޅުވައި ދިނުމަށް އެދުމުން އިދާރީ މުވައްޒަފުން ބޭނުންކޮށްގެން ކައުންސިލް ހުޅުވާފައިވާނެ ކަމަށެވެ. އޭސީސީން ކުރިން އެއްގަޑި އިރަށް އޮފީސް ހުޅުވަން ބޭނުންވާކަމަށް ބުނެފައި ވީނަމަވެސް، ކައުންސިލް އިދާރާ ބަންދުކުރީ އެރޭގެ 11:00 ޖެހިފަހުން ކަމަށް ވެސް އިބްރާހީމް ވިދާޅުވިއެވެ.
މިމައްސަލައާއި ގުޅިގެން ބަންދު ރެއެއްގައި އިދާރީ މުވައްޒަފުން ނެރޭ ނަމަ އިތުރު ގަޑީގެ ފައިސާ ދޭންވާނެ ކަމަށް އޭސީސީއަށް އެންގި ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭސީސީން ހޯދަން ބޭނުންވަނީ ކުޑަދޫއާއި ހުރުވަޅި ކުއްޔަށް ދިނުމާއި ބެހޭ ލިޔޔުންތައް ކަމަށެވެ. އަދި އެމައްސަލައަކީ ރަށުތެރޭގައި ތުންތުންމަތީން ދެކެވޭ ވާހަކަތަކަކަށް އޭސީސީން ބަލަން ބޭނުންވާ މައްސަލައެއް ކަމަށްވެސް އިބްރާހީމް ވިދާޅުވިއެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ހިންނަވަރު ކައުންސިލާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައިގެ ތަހުގީގަށް ކައުންސިލަރުންގެ ބަޔާންތައް ނަގަން އެދުމުން އެބޭފުޅުން އެކަމަށް އިންކާރުކޮށްފައިވާ ކަމަށާއި ޗިޓު ފޮނުވައިގެން ވެސް ކައުންސިލަރުން ތަހުގީގަށް ހާޒިރު ނުވެއްޖެ ނަމަ ފުލުހުން މެދުވެރިކޮށް އެބޭފުޅުން ތަހުގީގަށް ހާޒިރު ކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ރަށު ކައުންސިލް އިދާރާގައި އޭސީސީގެ ތަހުގީގު ޓީމުން ހަރަކާތްތެރިވަމުން ދަނިކޮށް އެތަން ހުޅުވާފައި ބެހެއްޓޭނީ އެއް ގަޑިއިރަށް ކަމަށް ވިދާޅުވެ، އިންވެސްޓިގޭޓަރުން އިދާރާ އިން ނެރެ އެތަން ބަންދުކުރި ކަމަށެވެ. އަދި ވިދާޅުވީ އެ އިދާރާގެ ބައެއް ލިޔެކިޔުންތަކުގެ ފޮޓޯ ކޮޕީ ނަގަން އެދުމުން އެކަން ވެސް ކުރެވޭނީ ފައިސާ ދިނުމުން ކަމަށް ވިދާޅުވެ ފޮޓޯ ކޮޕީ ވެސް ނަގާދީފައި ނުވާ ކަމަށެވެ.
ހިންނަވަރު ކައުންސިލަކީ އެމްޑީޕީގެ ފަސް މެންބަރުންނާއި ޑީއާރުޕީގެ ދެ މެންބަރުން ތިއްބަވާ ކައުންސިލެކެވެ.
އެންމެ ފަހުގެ ހިޔާލުތައް
- މުޖައްރިބު - މަލީޝާގެ ވެރިޔާ ދައުވާއަށް އިންކާރުކޮށްފި
- ޝައިޚް. - އަފްރާޝީމްގެ މަރުގެ މައްސަލައިގައި ނަޝީދު ހައްޔަރުކުރަން ޖެހޭ- ޕީޕީއެމް
- އާސަންދަ - އަފްރާޝީމްގެ މަރުގެ މައްސަލައިގައި ނަޝީދު ހައްޔަރުކުރަން ޖެހޭ- ޕީޕީއެމް
- އާސަންދަ - މަލީޝާގެ ވެރިޔާ ދައުވާއަށް އިންކާރުކޮށްފި
- އާސަންދަ - ޔާމީނަކީ ނަޝީދުގެ ތަރުޖަމާނު- ތަސްމީން
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
ކިޔުން ތެރިންގެ ހިޔާލު