- ސާދަ ދުވަހުގެ މުހުލަތެއް ނުދީ ކޮމެޓީއަށް ހާޒިރެއް ނުކުރެވޭނެ- ޖޭއެސްސީގެ ރައީސް
- މަޑުމޮޅި އަޑަކުން ދިވެހިގައުމު އެދިގޮވަނީ ގާސިމް އިބްރާހީމަށް- އޭކޭ
- ބޭރު މީހުންނާއި އަރާރުންވެ ކިބުރުވެރި ވެގެން އުޅެވޭކަށް ނެތް- ނަޝީދު
- ޖަރުމަނުގެ ބޯޓަކަށް ނެގި ދިވެހި މީހާ އާދީއްތަ ދުވަހު މާލެގެންނާނެ- ފޮރިންމިނިސްޓްރީ
- ދެފަރުދެއްގެ މެދުގައި އޮތް މައްސަލައެއްގައި އެމްޑީޕީއަށް ދައުވާކުރުމުގެ ހައްގެއް ނޯންނާނެ- ޑރ- ޖަމީލު
- ނޮޅިވަރަމް ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ ތިންކައުންސިލަރަކު ޖޭޕީއަށް ސޮއިކޮށްފި
- މައިދާނަށް އެއްވިދުވަހުވެސް ނަޝީދު ހުންނެވީ ރާއްޖެއިން ބޭރުގައި ފިއްލަވައިގެން- ޢަބްދުﷲ ޝަރީފް
- ވައިކަރަދޫ ކައުންސިލްގެ ރައީސާއި، އަންހެނުންގެ ކޮމިޓީގެ މެންބަރަކު ޖޭޕީއާ ގުޅިއްޖެ
- ޣައްސާން މައުމޫނަށް ދަރިކަލަކު ލިބިވަޑައިގެންފި
- މާރާމާރީއާއި ބޮޑެތި ޖަރީމާތަކާއި ދެކޮޅަށް ޕީޕީއެމުން ރޭ އަޑުއުފުލައިފި
- މުޙަންމަދު ފަލާޙު ފެނުމާ ގުޅިގެން އޭނާއާ ރައީސް ފޯނުން ގުޅުއްވައި،ޙާލު ބައްލަވައިލައްވައިފި
- އެމެރިކާގެ ރައީސަށް ރައީސް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި
- ދައުލަތުގެ ފައިސާގެ ޒައްރެއްގެ މިންވަރުވެސް އަޅުގަނޑު ނުޖެހޭނަން- ގާސިމް
މަޖިލިސް ފެށުމުން މުހިންމު ދެބިލަކަށް ސަރުކާރުން އިސްކަން ދޭނެ: އައްބާސް
އަބްދުއްލަތީފް
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތް ފެށުމުން މުހިންމު ދެބިލަކަށް ސަރުކާރުން އިސްކަން ދޭނެ ކަމަށް ޕްރެސް ސެކެޓްރީ އައްބާސް އާދިލް ރިޟާ ވިދާޅުވެއްޖެއެވެ.
ޢައްބާސް އިއްޔެ ވިދާޅުވީ، މަޖިލިސް އާދައުރަކަށް ފެށިގެންދާއިރު މައިގަނޑު ގޮތެއްގައި ސަރުކާރުން އިސްކަން ދޭނެ ދެބިލަކީ ދައުލަތުން އަލުން މުރާޖާ ކުރަމުން ގެންދާ އިންކަމް ޓެކްސް ގެ ބިލާއި މިހާރުވެސް މަޖިލީހުގައިވާ ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބިލް ކަމަށާއި މިދެ ބިލް ވީހައި އަވަހަކަށް މަޖިލީހުން ފާސްކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދޭނެކަމަށެވެ.
ޢައްބާސް ވިދާޅުވީ އެލްޖީއޭގެ ބިލަށް އެހައި ބޮޑު ސަމާލުކަމެއް ދޭން ސަރުކާރުން ނިންމާފައިވަނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ބައެއް ލޯކަލް ކައުންސިލުތަކުން ސަރުކާރަށް އެއްބާރުލުން ނުދިނުމުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ގިނަ ޚިދުމަތްތަކަކަށް ހުރަސް އެލެމުން އަންނާތީ ކަމަށެވެ.
“ހަމަ އެކަނި އެއް ބާރުލުން ނުދެނީއެއް ނޫން. ބައެއް ކައުންސިލުތަކުން ޤައުމުގެ ޤާނޫނު އަސާސީ ވެސް އޮޅުވާލައިފި. މިއީ ޔުނިޓަރީ ދައުލަތެއްކަމަކަށްވެސް ޤަބޫލެއް ނުކުރޭ. ލޯކަލް ކައުންސިލުތަކަކީ ސަރުކާރާއި މުޅިން ވަކި މިނިވަން ދައުލަތެއް ކަމަށްވެސް އެބަ ޤަބޫލުކުރޭ. މިދެންނެވި ފަދަ ބައެއް ކައުންސިލުތަކުގެ އަމަލުތަކުން ފެންނަމުން ދަނީ އެގޮތްގޮތް. ވީމާ މިހަރު މިވަނީ ޤައުމުގައި ވަރަށް ބޮޑެތި މައްސަލަތައް އުފެދިފައި.” ކަމަށްވެސް ޢައްބާސް ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ ޑރ. ޖަމީލް ވިދާޅުވެފައިވަނީ ސަރުކާރު ޤަބޫލުނުކުރާ ކައުންސިލްތަކަށް ތަކުރާރުކޮށް ނަޞޭޙަތް ދެވިފައިވާ ކަމަށާއި އެންމެ ފަހު މަރުހަލާކަމަށްްވާ ކޯޓަށް މައްސަލަ ހުށަހެޅުމުގެ މަރުހަލާއަށް ލަސްތަކެއް ނުވެ ގެންދަވައި އެ މަރުހަލާވެސް ފުރިހަމަ ކުރައްވާނެ ކަމަށެވެ.
ރާއްޖޭތެރޭގެ ބައެއް ރަށުގެ ގޭގެ ދޮރުމަތީގައި ނަން ބޯޑު އިންނަ ފަދައިން “ސަރުކާރު ގަބޫލުކުރާ ގެއެއް” ނުވަތަ “ސަރުކާރު ޤަބޫލުނުކުރާ ގެއެއް” މިހާރު ލިޔެ ބަހައްޓާފައި ހުރުމަކީ ގިނަ ބައަކު ކަންބޮޑުވާ ކަމެއްކަން ފާހަގަކުރެވެއެވެ.
އެންމެ ފަހުގެ ހިޔާލުތައް
- މުޖައްރިބު - މަލީޝާގެ ވެރިޔާ ދައުވާއަށް އިންކާރުކޮށްފި
- ޝައިޚް. - އަފްރާޝީމްގެ މަރުގެ މައްސަލައިގައި ނަޝީދު ހައްޔަރުކުރަން ޖެހޭ- ޕީޕީއެމް
- އާސަންދަ - އަފްރާޝީމްގެ މަރުގެ މައްސަލައިގައި ނަޝީދު ހައްޔަރުކުރަން ޖެހޭ- ޕީޕީއެމް
- އާސަންދަ - މަލީޝާގެ ވެރިޔާ ދައުވާއަށް އިންކާރުކޮށްފި
- އާސަންދަ - ޔާމީނަކީ ނަޝީދުގެ ތަރުޖަމާނު- ތަސްމީން
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
ކިޔުން ތެރިންގެ ހިޔާލު