- އަޅުގަނޑުމެން ބޭނުންވަނީ ގާސިމް- ކުޅުދުށްފުށީ ރައްޔިތުން
- ނަޝީދު ވެރިކަމަށް ހޮވައިފި ނަމަ ދީނާއި އިސްތިގުލާލަށް ގެއްލުންވާނެ-ގާސިމް
- ބައިނަލްއަގުވާމީ މެރިޓައިމްސް ސެންޓަރެއް ކުޅުދުއްފުށީގައި ގާއިމް ކޮށްދޭނަން-ގާސިމް
- މަކުނުދޫގައި ކުޑަކުއްޖަކު ދަންޖެހިފައި ހުއްޓާ ސަލާމަތްކޮށްފި
- މައުމޫން ވަރުގެ ދެވަނަ މުފައްކިރަކު ނެތްކަމަށް ގަބޫލު ކުރެއްވީތީ ނަޝީދަށް ޝުކުރުވެރިވަން- ޕީޕީއެމް
- އަރުތޫރު ބްރަދާސްގެ ދެމީހުން އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ
- ހުމާމާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް ޕީޖީން އެދިގެން ކެންސަލްކޮށްފި
- ޖުމްހޫރީ ޕާޓީއަށް 3 ކައުންސިލަރަކު ސޮއިކޮށްފި
- އަބްދުﷲ ރިޔާޒު ބަޣާވާތްކުރިކަން ސާބިތު ކުރުމަށް ފޮޓޯއާއި ވީޑިއޯ ޝަރީއަތަށް ހުށަހަޅައިފި
- އީޔޫގެ ވަފްދު ޕީޕީއެމްގެ އިސްވެރިންނާއި ބައްދަލުކޮށްފި
- މިމަހުގެ ނަވާނަވަނަދުވަހު “މީރާ ކަނެކްޓް” ގެ ޚިދުމަތް ފަށަނީ
- ސައިޓީސް” މުޢާޙަދާއަށް އަހުލުވެރިކުރުވުމުގެ ސެމިނަރއެއް ކަސްޓަމްސްގައި ބާއްވައިފި!
- ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި
ދީނީ އިލްމުވެރިންނަށް ފުރައްސާރަކުރަނީ ދީން ނައްތާލަން: ޝައިޚް މުޙައްމަދު ދީދީ
އިސްލާމް ދީން އުގަންނައިދީ ދީނުގެ ކަންކަން މީސްތަކުންނަށް އޮޅުންފިލުވައިދެއްވަން މަސައްކަތްކުރައްވާ ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް އެބޭފުޅުން ކުރައްވާ މަސައްކަތްތަކަށް ހުރަސް އަޅަނީ ރާއްޖެއިން އިސްލާމް ދީން ނައްތާލުމުގެ ބޭނުމުގައި ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޝައިޚް މުޙައްމަދު ދީދީ ވިދާޅުވީ ދީނީ އިލްމުވެރިންނަށް ފުރައްސާރަކުރުމަކީ އިސްލާމް ދީނަށް ފުރައްސާރަކުރުން ކަމަށާއި ﷲ އަށް ބިރުވެތިވާ އެއްވެސް މީހަކު އެފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
“ދަންނަވަންތޯ އިސްލާމް ދީނާ ދެކޮޅަށް އެންމެ ފައުޅުގައި މަސައްކަތްކުރާ މީހުންވެސް އިސްލާމް ދީނުގެ ގޯސްވާހަކައެއް ނުދައްކާނެ. އެމީހުން ކުރާކަމަކީ ކައުއިތުރު ރަސޫލާގެ ޝަޚްޞިއްޔަތު ކަތިލުން. ރަސޫލާ އާއިމެދު ތަފާތު ދޮގުވާހަކަތައް ފަތުރަނީ. ނަތީޖާއަކަށްވަނީ ކޮންމެވެސް ބައެއްގެ ހިތުގައި ކައުއިތުރު ރަސޫލާ އާއިމެދު ޝައްކުތައް އުފެދެނީ. އެގޮތަށް ޝައްކުތައް އުފެއްދުވީމައި ދީން އާއިމެދު ޝައްކުތައް އުފެދޭނެ. އެއީ އިސްލާމް ދީނުގެ އަދާވާތްތެރިން އެކަން ކުރާ ބޭނުމަކީ.”
ޝައިޚް މުޙައްމަދު ދީދީ ވިދާޅުވީ މިފަދަ ކަންކަން ކުރާމީހުން އެ ހަލާ ދެނީ އިސްލާމް ދީނަށް ކަމަށާއި އެކަމަށް އަޅުގަނޑުމެން އެންމެން ވަަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަަމަށެވެ.
ޝައިޚް މުޙައްމަދު ދީދީ ވިދާޅުވީ ރާއްޖޭގައި ދީނީ އިލްމުވެރިންނާއި ދިމާކޮށް ތަފާތު ގޯނާތައް ކޮށް ދީނީ އިލްމުވެރިންގެ ޝަޚްޞިއްޔަތު ކަތިލަން މަސައްކަތްކުރާ މީހުންނަކީ ރާއްޖޭގައި އިސްލާމް ދީން ފެތުރިދާނެތީ، އިސްލާމް ދީނާއިމެދު ރައްޔިތުން ހޭލުންތެރިވެދާނެތީ، އަދި އިސްލާމް ދީނުގެ ހަޤީޤަތް ރައްޔިތުންނަށް އެނގިދާނެތީ ކަންބޮޑުވާ މީހުން ކަމަށެވެ.
“ރައްޔިތުންނަށް އިސްލާމް ދީނުގެ ކަންކަން އެނގި ހޭލުންތެރިވީމާ އެމީހުންނަށް ވެރިކަމަކަށް ނާދެވޭނެ. މަޝްރޫއުތައް ދޭއިރު ހިންގާ ކޮރަޕްޝަންގެ އަލަުތަކެއް ނުހިންގޭނެ. ރައްޔިތުން އެކަންކަމާ ދެކޮޅަށް ތެދުވާނެ. ވޯޓެއް ނުދޭނެ. އެެހންވީމާ އެމިހުން ދުރާލައި މަސައްކަތްކުރަމުން އެގެންދަނީ ރައްޔިތުން އިސްލާމް ދީނާ ދުރަށް ޖައްސުވަން.”
ޝައިޚް މުޙައްމަދު ދީދީ ވިދާޅުވީ އިސްލާމް ދީނަސް މީސްތަކުން ލޯބިޖެހުނީމާ ސިޔަސީ ގޮތުން ނަގަން ބޭނުންވާ ފައިދާ ނުނެގޭނެ ކަމަށެވެ. މީސްތަކުން އެންމެ އިސްކަން ދޭނީ އިސްލާމް ދީނުގެ ކަންކަން ކުރިއަރުވަން ކަމަށެވެ.
ޝައިޚް މުޙައްމަދު ދީދީ ވިދާޅުވީ ދީނީ އިލްމުވެރިންނާއިމެދު ތަފާތު ދޮގު ވާހަކަތައް ފެތރުން އިތުރުކުރަމުން ގެންދަނީ ޢިލްމުވެރިންނާއިމެދު ރައްޔިތުންގެ ހިތުގައި ޝައްކުތައް އުފައްދުވަން ކަމަށާއި އެކަމަކީ ކައުއިތުރު ރަސުލާ މައްކާގައި ދީނަށް ގޮވައިލެއްވެވި ދުވަސް މައްކާގެ މުޝްރިކުން ކުރަމުން ކަންކަން ކަމަށެވެ. ކައުއިތުރު ރަސުލާއަސް ނިޞްބަތްކޮށް ދޮގު ވާހަކަތައް ދައްކައި ފިތުނަ އުފައްދަން އެދުވަހު ވެސް މައްކާގެ މުޝްރިކުން މަސައްކަތް ކުރި ކަމަށެވެ.
“އަޅުގަނޑު އެއްވެސް ހާލެއްގައި ކައު އިތުރު ރަސޫލާ އާއި ދީނީ އިލްމުވެރިން އަޅުވައި ކިރަނީއެއް ނޫން. އެއީ އެއްވެސް ހާލެއްގައި ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑު މިދަންނަވާ ބަހަކީ އެކަންކަމަކީ އިސްލާމް ދީން ފެށިގެން އައި ދުވަސްވަރުވެސް އިސްލާމް ދީން ބަލިކަށިކުރަން މުޝްރިކުން ކުރި ކަންކަމޭ.”
ޝައިޚް މުޙައްމަދު ދީދީ ވިދާޅުވީ ކުރިމަތިވެފައިވާ ބަޖެޓުގެ ތާށިކަމާއެކުވެސް މާލެއާއި ރާއްޖެ ތެރޭގައި ދީނީ ދަރުސްތައް ދިނުމާއި ތަފަތު ވަރކްޝޮޕްތައް ބާއްވައިގެން ދީނީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި އަދިވެސް އިތުރަށް އެ މަސައްކަތް ފުޅާ ކުރަން އިސްލާމިކް މިނިސްޓްރީން ގެންދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އިސްލާމް ދީނުގެ ހަޤީޤަތް ރައްޔިތުންނަށް އޮޅުން ފިލުވައިދެއްވައިގެން އިސްލާމް ދީނަށް ރައްޔިތުންގެ ހިތްތަކުގައި ލޯބި ޖެއްސުވުމަށް ކުރެއްވެންހުރި ހުރިހައި ކަންކަން ކުރައްވާނެ ކަމަށްވެސް ޝައިޚް މުޙައްމަދު ވަނީ ވިދާޅުވެފައެވެ.
ކިޔުން ތެރިންގެ ހިޔާލު
އެންމެ ފަހުގެ ހިޔާލުތައް
- މީ އީމި އީމޭލުގެ ވެރިފަރާތް ފަހްމީ - އަފްރާޝީމްގެ މަރުގެ މައްސަލަ ތަހުގީގުކޮށްފައިވަނީ ދިވެހި ތާރީޚް ނުދެކޭފަދަ ފެންވަރުގައި- ޑރ. ޖަމީލު
- މީ އީމި އީމޭލުގެ ވެރިފަރާތް ފަހްމީ - ރައްޔިތުންގެ ޝުއޫރު: ބޭނުންވަނީ ޑރ. އަފްރާޝީމްގެ ހަޤީޤީ ޤާތިލުން
- ގގ - ކޯލިޝަންގައި ގައުމީ ފެންވަރުގެ އިންތިޚާބެއް ކާމިޔާބު ކުރެވޭވަރުގެ ލީޑަރަކު ނެތް- ޑރ. ޖަމީލު
- ގގ - “މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް”ގެ ނަމުގައި ކުންފުންޏެއް އުފެއްދެވުމަށް ރައީސް ނިންމަވައިފި
- ސާލިމު - އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު އުސްފަސްގަނޑުގެ މައްސަލަ ހައްލު ނުކުރެވުނު މީހަކަށް ޤައުމެއް ނުހިންގޭނެ: މާޒް ސަލީމް
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
ދީނީ އިލްމުވެރިންނަކަށް ނޫން ފުރައްސާރަ ކުރަނީ. ސިޔާސީ ގޮތުން ހައްދުފަހަނައަޅާފައިވާ ބާޣީންނަށް ހުރަސް އަޅަމުން ދަނީ. ދީން ދަންނަ ކިތައްމެ ބަޔަކު މި ޤައުމުގައި އުފާވެރިކަމާއެކު އެބައުޅޭ. އަކަމަކު ނޭޅެވިގެން އުޅެނީ އިލްޔާސް އާއި މުހައްމަދު ދީދީ ފަދަ ބާޣީންނަށް. ބާޣީންނަށް އުޅެވިގެންވެސް ނުވާނެ، ސަބަބަކީ ކިތައް ރައްޔިތުންގެ ހައްޤަކަށް އަރާ ތިތިބީ. އަހަރެމެން ލީ ވޯޓު ކޮބާ؟
ބާޣީން ކުރާ ދީނީ ހޭލުންތެރި ކުރުވުމުގެ މަސައްކަތަށް ސަލާން. އިސްލާމްދީނަށް އުޅޭ ، ދީން ކިޔަވައިގެން ތިބި އެތައް ބަޔަކު ޤަދަރުވެރިކަމާއެކު މި ޤައުމުގައި އެތިބަ އުޅެނީ. ހުރަސް އަޅާ ، ރަށަށް ނާރުވާ ، ދައްކާ ވާހަކަ ޤަބޫލު ނުކުރާނީ ތިކަހަލަ ބާޣީން ، މީސްތަކުންގެ ބޯކާން މަސައްކަތް ކުރާތީ. ދީނުގެ ނަމުގައި މިބިން ފަސާދަކުރަން މަސައްކަތް ކުރާތީ. ތިޔަ ބުނާ އިލްޔާހަކު ކުރިންވެސް ދީނީ ވާހަކަ ދައްކާ ރަށް ރަށަށް ގޮސް އުޅުނު. މީހަކު އެއްޗެކޭ ނުބުނޭ. ކަމެއް ވެގެންތާ މިހާރު މީހުންގެ ވިސްނުން ބަދަލު ވެގެން އެއުޅެނީ. އިލްޔާސްމެންގެ އަގުވެސް ވައްޓާލީ އަމިއްލަޔަށް. ދީނޭ ކިޔައިގެން ނުކުމެ ، ވެރިކަމުގެ ދަހިވެތިކަމުގައި ، ރައްޔިތުން މަގު ފުރައްދާ ، ޤުރުއާނާއި ރަސޫލާގެ ސުންނަތް ނުބައިކޮށް މާނަކޮށް މީސްތަކުން ހައްލަން އުޅޭ ބަޔަކަށް ފުރައްސާރަ ކޮށްގެން ލިބޭނެ ގެއްލުމެއް ނޯންނާނެ.
ހުރަސްއެޅީމާ ހުރަސްއަޅާވާހަކަ ތިޔަ ވިދާޅުވެވެނީ! އިސްލާމްދީނުގައި ޙާރާމް ޙަލާލު ވާޖިބު ސުންނަތް އޮޅިއްޖެއެވެ. އެހެންވީމަ ހަމަ ރަގަޅުވާނީ ރައްޔިތުން އިތުރަށް ވަލުނުވައްދާ ބޭތިއްބުމެވެ. ދިވެހިންނަކީ ރާއްޖޭ އިސްލާމްވީއްސުރެ އިސްލަމްދީނަށް އުޅެމުންއައި އަދި ދީނުގެ އާދަކާދަތައް ދަމަހައްޓަމުން މިހާތަނަށްވެސް އައި ބަޔެކެވެ. އޭރުވެސް ރާއްޖޭގައި ޢިލްމުވެރިން އުޅުއްވިއެވެ. މިހާރަށްވުރެ މާމޮޅަށް ދީން ދަސްކޮށް ރޯފިލާފައި ތިއްބެވި ޢިލްމުވެރިންނެވެ. އެބޭފުޅުން ރާއްޖޭގައި ދީނީ ބައިބައިވުންތައް އުފެއްދުމަށް މަސައްކަތެއް ނުކުރައްވަތެވެ. އާ ޙަދީޘްތަކާ އާ ރާވީންގެ ނަންތަކެއް ނުކިޔުއްވަތެވެ. ޙަރާމްކުރީ ހަމަ ޤަޠުޢަށް ޙަރާމް ކަންތަކެވެ. ވާޖިބުކުރީ ހަމަ ޤަޠުޢަށް ވާޖިބު ކަންތަކެވެ. އިޚްތިލާފީ ކަންތައްތަކަށް ވާހަކައެއް ނުދައްކަވަތެވެ. މިހާރު މިއުޅެނީ ވަކިން މޮޅުބަޔަކަށް ވާނޭގޮތެއް ހަމަ ނޭގެއެވެ.
ހުރަސްއެޅީމާ ހުރަސްއަޅާވާހަކަ ތިޔަ ވިދާޅުވެވެނީ! އިސްލާމްދީނުގައި ޙާރާމް ޙަލާލު ވާޖިބު ސުންނަތް އޮޅިއްޖެއެވެ. އެހެންވީމަ ހަމަ ރަގަޅުވާނީ ރައްޔިތުން އިތުރަށް ވަލުނުވައްދާ ބޭތިއްބުމެވެ. ދިވެހިންނަކީ ރާއްޖޭ އިސްލާމްވީއްސުރެ އިސްލަމްދީނަށް އުޅެމުންއައި އަދި ދީނުގެ އާދަކާދަތައް ދަމަހައްޓަމުން މިހާތަނަށްވެސް އައި ބަޔެކެވެ. އޭރުވެސް ރާއްޖޭގައި ޢިލްމުވެރިން އުޅުއްވިއެވެ. މިހާރަށްވުރެ މާމޮޅަށް ދީން ދަސްކޮށް ރޯފިލާފައި ތިއްބެވި ޢިލްމުވެރިންނެވެ. އެބޭފުޅުން ރާއްޖޭގައި ދީނީ ބައިބައިވުންތައް އުފެއްދުމަށް މަސައްކަތެއް ނުކުރައްވަތެވެ. އާ ޙަދީޘްތަކާ އާ ރާވީންގެ ނަންތަކެއް ނުކިޔުއްވަތެވެ. ޙަރާމްކުރީ ހަމަ ޤަޠުޢަށް ޙަރާމް ކަންތަކެވެ. ވާޖިބުކުރީ ހަމަ ޤަޠުޢަށް ވާޖިބު ކަންތަކެވެ. އިޚްތިލާފީ ކަންތައްތަކަށް ވާހަކައެއް ނުދައްކަވަތެވެ. މިހާރު މިއުޅެނީ ވަކިން މޮޅުބަޔަކަށް ވާނޭގޮތެއް ހަމަ ނޭގެއެވެ. އަޞްލުގައި ރާއްޖޭގައި މިހާރުތިބި ދީނީ ޢިލްމުވެރިންނޭ ކިޔާ ފަރާތްތަކުގެ ޤަދަރު ރައްޔިތުންގެ ކުރިމަތީގައި ނެތިގެންދަނީ މިހެންވެއެވެ. އިތުރަށް ވަލަށް ވަންނަން ބޭނުން ނުވަނީއެވެ.