ޕީޕީއެމްގެ ކުލައާއި ދިދައާއި މެންބަރުން ބޭނުންކޮށްގެން ބަޔަކު ދަނީ ފައިދާ ނަގަމުން- ޑރ. ސައުދު

23 މޭ، 2012

ޝަހީދާ ސައީދު

ޕީޕީއެމްގެ ކުލައާއި ދިދައާއި މެންބަރުން ބޭނުންކޮށްގެން ބަޔަކު މީހުން ނާޖާއިޒު ފައިދާ ތަކެއް ނަގަމުންދާ ކަމަށް އެޕާޓީން ދާދި ފަހުން ވަކިވެވަޑައިގެންނެވި ޑރ. މުހައްމަދު ސައުދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޚާއްސަ މެންބަރުކަމުގެ މަގާމުގައި ހުންނެވުމަށްފަހު ހުސްވި އޭޕްރީލް މަހުގެ ތެރޭގައި އަމިއްލައަށް ޕާޓީން ވަކިވެވަޑައިގެންނެވި ޑރ. މުހައްމަދު ސައުދު މިއަދު ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕީޕީއެމްގެ ކުލައާއި ދިދައާއި މެންބަރުން ބޭނުންކޮށްގެން ބަޔަކު މީހުން ނާޖާއިޒު ފައިދާ ތަކެއް ނަގަމުންދާ ކަމަށެވެ.

ޑރ. ސައުދު ވިދާޅުވީ ޕީޕީއެމްގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އާއިލާއަށް އެނގިވަޑައިގެން ނަމަވެސް، އަދި އެނގިވަޑައިނުގެން ނަމަވެސް އެމަނިކުފާނުގެ އާއިލާގެ ފަރާތުން ބަޔަކު ފައިދާ ނަގަމުންދާ ކަމަށެވެ. އަދި އެކަން މައުމޫންގެ އާއިލާގެ ބޭފުޅުންނަށް އެނގިވަޑައިނުގަންނަވަނީ ކަމަށް ވެސް ޑރ. ސައުދު ވިދާޅުވިއެވެ.

މީގެއިތުރުން ޑރ. ސައުދު ވިދާޅުވީ ކުރީގެ ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުން، ގާނޫނުގައިވާ ގޮތުގެ މަތީން ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުވެވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ކެބިނެޓް ބަދަލުކުރައްވާ، އަދި ސަރުކާރުގެ ތެރެއަށް އެހެން ބަޔަކު ވަދެގަތުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.

”ޑރ. ވަހީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމަކީ އަދި އެހެންކަމެއް. އެހެން ނަމަވެސް މުޅި ކެބިނެޓް ބަދަލުކޮށް، ސަރުކާރުގެ ތެރެއަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ބަޔަކު ވަދެގަތުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން. ބަޔަކު މީހުން ސަރުކާރު ތެރެއަށް ވަދެގަތަސް ޕީޕީއެމުން ވަންނާކަށް ވެސް ނުޖެހޭ. އޭގެ ބަދަލުގައި ސަރުކާރުން ޕީޕީއެމްގެ މެންބަރަކަށް މަގާމެއް ދިނުމާއި، ޕީޕީއެމް ރަސްމީކޮށް ސަރުކާރު ތެރެއަށް ވަނުން ވަރަށް ތަފާތު ދެކަމެއް.” ޑރ. ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ސަރުކާރު ބަދަލުވުމާއެކު ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ޕީޕީއެމް ހަރަކާތްތެރިވުމުން އެޕާޓީން ކުރިން ނިންމާފައިވާ ގައުމީ ޖަލްސާވެސް ބާއްވަން ކަނޑައެޅި މުއްދަތުގައި ބޭއްވި ފައި ނުވާކަމަށެވެ.

އަދި މެންބަރުން އިތުރުކުރުމަށް ބާރު ސްޕީޑްގައި ކުރަންފެށި މަސައްކަތް ވެސް ހުއްޓުމަކަށް އައިސްފައި އޮތްކަމަށް ޑރ. ސައުދު ވިދާޅުވިއެވެ.

ކިޔުން ތެރިންގެ ހިޔާލު

  1. ސައުދު ހީ ވަނީ މޮޔަވެގެން އުޅޭހެން ޕީ.ޕީ.އެމް އިން ބޯބުރާނތި ވެގެން ވަކިވެފަ އަދިވެސް ފަހަތުން އަޅައިގަނެގެން ނެއޓިގެން ނޭދގިގެން ތިއުޅެނީ؟މީނާ ދައްކާ ވާހަކައެއް ދެމީހާއަށކޮޅެއް ނުޖެހޭނެ.ވަރަށް ކިބުރުވެރި ސިފަތަކެއް އެކުލެވިގެން ވާ މީހެއް މީނައަކީ.މީހާއަށް މީހާ ފެނިފަ ދެން މީނަ ޕީ.ޕީ.އެމްގަ ނެތިއްޖެއްޔާ ޕާޓީވެސް ނުވެސް ހިގާނެ.އެހެން ޑީ.އާރު.ޕީ މީހުން ހީކުރި ޒަމާން ހިނގައްޖެ.މިހާރު މިއީ ޕީ.ޕީ.އެމް.

    ހުސައިން ރަސީދު | މޭ 23، 2012
  2. ކެބިނެޓަށް ބޭފުޅުން އައްޔަންކުރުމާއި ވަކިކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ ބޭނުންއިރަކު ކުރެވެން އޮންނަކަމެއްކަން ސައުދަށް ނޭންގުނީތީވެ ދެރަވަން. ރައީސް ނަޝީދު ދިޔާނާ އާއި ޖަމީލު ވަކިކުރީ ކިހިނެއްތޯ އަދި ޤާސިމް އިބުރާހިމަށް ވަޒީރުކަންދިނީ ކިހިނެއްކަން ނޭންގުނީމާ ސައުދު ސިޔާސީއެއް ނުވި. ކޮން ޤާނޫނެއްގެ ކިހާ ހިސާބެއްގަތޯ އޮންނަނީ ރައީސް ޖުމްހޫރިއްޔާ ބޭނުންނުވާ މީހަކު ވަޒީރުކަމުގައި ބަހައްޓަން އަދި ވަޒީރުކަމަށް ގެންނަން ބޭނުންނުވާ މީހަކަށް ވަޒީރުކަންދޭން. ރައީސް ނަޝީދު ބޭނުންވިނަމަ މުޅި ކެބިނެޓް އެކުގައި އެމްޑީޕީ ނޫން ޕާރޓިތަކުން ނުވަތަ އެއްވެސް ޕާރޓީއަކަށް ނިސްބަތްނުވާ ބަޔަކަށްވެސް އެމަޤާމުދެވުނީސް. މިކަންކަމަށްްްްްްްްްްްްްްްްްްްް މީޑިއާގައި ސައުދު ޖަވާބެއް ދީބަލަ. މިހާރު ތިއުޅެނީ މަޝްހޫރުވާންވެގެން އަދި ހޭވުނު ހަޑި އަތަށްގޮވައިގެން. ބަލަގަ އަހަރެމެން ޖާބިރުއަށް ގޮނޑިދިނީ ވައްޑެއްއަށް ނުވާނެވަރުގެ ކަމެއް ޖާބެ ލައްވާކުރުވަންވެގެނޭ. އެކަން ވައްޑޭއަށްވެސް އެނގޭނޭ.

    ބަންޑާރަ | މޭ 24، 2012
  3. ބައެއްމީހުން ކިޔެވި ހެން ގޯސްވާތީ މީހުންކިޔާ އަޑު މަވެސް އަހަމެވެ. މިފަހަރު ޑރ ސައުދު އަށް ވެގެން މިއުޅެނީ އެހެން ކަމަށް ވަރަށްބޮޑަށް ލަފާކުރެވޭ … ކާށިދޫ ދާއިރާގެ ގޮޑިއަށް ކުރިމަތިލި މީހަކަށް ޕީ ޕީ އެމުން ތާއީދު ކުރި ހިސާބުން މި ސައުދު ގޯސްވެއްޖެ ، ބަލަ މޮޔަޔާ ކާށިދޫ ދާއިރާގެ ގޮޑިި ލިބުނީ ޖާބިރަށް ޕީ ޕީ އެމުން ތާއީދު ކުރީމަ،، އެހެންނޫންނަމަ އެގޮނޑީ ލިބޭނީ ނުލަފާ އެމްޑީޕީއަށް …. ދެންވެސް ދުނިޔޭގެ ދެކޮޅަށް ވިސްނާށެވެ،، ފައިދާ ހުރީ އެގޮތުގައި.. އަވަހަށް ޕީ ޕީ އެމާ ގުޅިވަޑައި ގަންނަވާ… ޕްލީސް،،،،،

    ރާއިފު | މޭ 24، 2012
  4. ވައްޑެއަށް ނުވާނެ ވަރުގެ ކަމެއް ޖާބިރަށް އޮންނާނީ ހަމަ އެއްކަމެއް. އެއީ ޖާބިރު މުއްސަނދިވީގޮތް. އެކަން އޭރު އޮތް ޚުދުމުޚުތާރު އަނިޔާވެރި ސަރުކާރުން ޖާބިރަށް ތަނަވަސް ކޮށްދިން ގޮތަށް މިހާރަކު އެކަން ވައްޑެއަކަށް ތަނަވަހެއް ކޮށެއް ނުދެވޭނެ. ގާފަރުގެ ބޯޅަ ދަނޑެއްވެސް އަޅައެއް ނުދެވޭނެ. އިޓަލީ ކުއްޖަކާ އިންޑިއާ ކުއްޖަކާވެސް ވައްޑެއަކަށް ނުއިނދެވޭނެ. ދިޔާނާ އަކާވެސް ވައްޑެއެއް ނުއިންނާނެ. ބުރުމާ ޤާސިމާ ލޮލީ ޖާބިރުގެ އަތްމަތި ތަނަވަސްވި ގޮތް އަހަރެމެން ދިވެހިންނަށް ފިސާރި ރަނގަޅަށް އެނގޭ. އެއީ އެމީހުންގެ ޢިލްމު ވެރިކަމާ ކުޅަދާނަ ކަމުން ވީކަމެއް ނޫން. އެއީ އެކަން އެމީހުންނަށް ތަނަވަސްވި ގޮތަށް ވީނަމަ ، ފިރިހެން ފާތުމައަށްވެސް ނުކުރެވޭނެ ކަހަލަ ކަމެއްނޫން.

    ބޮންތި | މޭ 28، 2012
  5. ކީއްކުރާނީ މައުމޫނު ބުނާ ކަމެއް ވަހީދު ކުރަން އެބަޖެހޭ އެހެންނޫނީ ބަޤާވާތުގެ ޒިންމާ ވަހީދުގެ ބޮލަށް އަންނާނެކަމަށް ކުރިންވެސް ޕީޕީއެމް އިންވަނީ ބުނެފަ.

    ހަސަންބެ | ޖޫން 3، 2012

 އަކުރު އެބައިން