މިސަރުކާރު ހިންގަމުންދަނީ ސިޔާސީ ޕާޓީތައް ހިމެނޭ ކޯލިޝަނެއްގެ ތެރެއަކުން ނޫން- ރޮޒެއިނާ

13 މޭ، 2012

ޝަހީދާ ސައީދު

ރައީސް ޑރ. މުހައްމަދު ވަޙީދުގެ ސަރުކާރު ހިންގަމުންދަނީ ސިޔާސީ ޕާޓީތައް އެކުލެވޭ ކޯލިޝަނެއްގެ ތެރެއިން ނޫންކަމަށާއި، ވެރިކަން ކުރަމުން ދަނީ ސަރުކާރު ހިންގާ ކޯލިޝަނެއްގެ ތެރެއިން ކަމަށް ޑިއާރުޕީގެ އަންހެނުންގެ ގޮފީގެ ނައިބު ރައީސާ އަދި ތުލުސްދޫ ދާއިރާގެ މެންބަރ ރޮޒެއިނާ އާދަމް ިދާޅުވެއްޖެ އެވެ.

އައްޑު އަތޮޅު ހިތަދގައި އިއްޔެރޭ ޑީއާރުޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ތުލުސްދޫ ދާއިރާގެ މެންބަރ ރޮޒެއިނާ އާދަމް ވިދާޅުވީ  މިހާރުގެ ސަރުކާރު ހިނގަމުން އަންނަނީ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނެއްގެ ތެރެއިން ނޫން ކަމަށާއި، އެކަން ކުރަމުންދަނީ ސަރުކާރު ހިންގާ ކޯލިޝަނެއްގެ ތެރެއިން ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ ސިޔާސީ ޕާޓީތައް ގުޅިގެން  ކޯލިޝަނެއްގެ ދަށުން ސަރުކާރު ހިންގަމުންދާ ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮންނަ ކަމަށާއި، ނަމަވެސް އެއީ  ބައެއް ފަރާތްތަކަށް އޮޅިފައި އޮތް ކަމެއް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ އެކު، މިހާރުގެ ރައީސް ޑރ.  ވަހީދު ސަރުކާރާ ހަވާލުވެވަޑައިގަތުމުގެ މަރުހަލާ ކުރިއަށް ދިޔައިރު އެކަމުގެ އެންމެ ބުރަކޮށް އެންމެ ވިސްނުން ތޫނުކޮށް މަސައްކަތް ކުރެއްވީ ތަސްމީން ކަމަށެވެ. ނަމަވެސް އެއީ ފަރުދާގެ ފުރަގަހުގައި ހިނގާފައި އޮތްކަމަކަށް ވާތީ އެކަން ގިނަ ބަޔަކަށް ނޭނގިފައި އޮތީ ކަމަށެވެ.

” ހަގީގަތުގައި ޑރ. ވަހީދުގެ ސަރުކާރު ހިނގަމުން ދަނީ އެއްގޮތަކަށް ވެސް ސިޔާސީ ޕާޓީތަކެއްގެ ކޯލިޝަނެއްގެ ތެރެއަކުންނެއް ނޫން. އެކަން ކުރިއަށް ދަނީ ސަރުކާރު ހިންގާ ކޯލިޝަނަކުން.  އެއީ ބައެއް ފަރާތްތަކަށް އޮޅިފައި އޮތް ކަމެއް. އޭގެ މާނައަކީ 2013 ގައި  ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ނުކުންނާނީ ވަކިވަކިންނޭ.” ރޮޒެއިނާ ވިދާޅުވިއެވެ.

މީގެއިތުރުން ރޮޒެއިނާ ވިދާޅުވީ ޑީއާރުޕީއާއި ގައުމީ ޕާޓީ ކޯލިޝަން ނޫނީ ރާއްޖޭގައި ޑިމޮކްރަސީ ދަންނަ އެއްވެސް ސިޔާސީ ޕާޓީއެއް ނެތް ކަމަށާއި،  ރާއްޖޭގައި ހަގީގީ ޑިމޮކްރަސީ ދަންނަ ހަމައެކަނި ދެ ޕާޓީއަކީ ޑީއާރްޕީ އާއި ގައުމީ ޕާޓީ ކަމަށެވެ.

އަދި ގާބިލް ބޭފުޅުން އެންމެ ގިނައިން ތިބި ދެ ޕާޓީއަކީ ޑީއާރުޕީ ކަމަށާއި، އެހެންކަމުން މި ދެޕާޓީގެ ކޯލިޝަނާއި ދިމާކޮށް، ބަލިކޮށްލަން އެހެންފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ  އެޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީއަކީ ރާއްޖޭގައި މި ވަގުތު ހުންނެވި އެންމެ ދުރު ވިސްނޭ ގާބިލް ސިޔާސީ ލީޑަރު ކަމަށާއި، އެކަން ރައްޔިތުންނަށް މިހާރަށް ވުރެ ބޮޑަށް ހާމަކޮށްދޭން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.  ނަމަވެސް ސިޔާސީ ބައެއް ފަރާތްތަކުން ތަސްމީންގެ އަގުވައްޓާލައި، ބޭޒާރު ކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން   ކޮޕަރްޝަނުގެ ތުހުމަތުތަކެއް އެޅުވުމާއި ގުޅިގެން އެމައްސަލަ އޭސީސީން ބެލުމަށްފަހު، ތަސްމީންގެ ކޮރަޕްޝަންގެ މައްސަލައެއް ނެތްކަން ސާފުކޮށް އެނގެން އެބައޮތް ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

ހިތަދޫގައި ބޭއްވި މިޖަލްސާއަށް ދިޔައީ 40 ހަކަށް މީހުންނެވެ. އެޕާޓީން ބުނީ އެޖަލްސާ ނޯންނާނެ ކަމަށާއި ކެންސަލް ވެއްޖެ ކަމަށް ބުނެ ބައެއް ފަރާތްތަކުން އެސްއެމްއެސް ފޮނުވުމުން މީހުންނަށް އެކަން އޮޅިފައި އޮތް ކަމަށެވެ. މިޖަލްސާ ކުރިއަށް ގެންދިޔައީ ކުޑަ ބައްދަލުވުމެއްގެ ގޮތުގައެވެ.

ކިޔުން ތެރިންގެ ހިޔާލު

  1. ޑރ. ހަސަން ސަޢީދަކަށްވެސް ޑރ. ޖަމީލަކަށްވެސް އަދި ބރ.ތަސްމީނަކަސްވެސް (ބރ. މާނައީ ބްރަދަރ) ދެން މިޤައުމުގެ ވެރިކަމަކަށް ނާދެވޭނެ. 40 މީހުން އައުމުންވެސް އެއެއްޗެކޭ މިއެއްޗެކޭ ކިޔައިގެން ތެދު ޤަބޫލު ނުކުރެވިގެން ތިޔަ އުޅެނީ. ބަލަ ޑރ. ހަސަނަށް ޕާޓީ ނުހިންގޭ އިރު ޤައުމު ކިހިނެތްތަ ހިންގާނީ.

    ޢަބްދުﷲ | މޭ 13، 2012
  2. ފަރުދާގެ ފަހަތުގައި އަދި މިއަދުވެސް ހާމަ ނުކުރެވި ތިޔަ ކުރެވުނީ ކޮން މަސައްކަތެއްބާވައޭ އެބަ ހިތަށް އަރާ. ތަސްމީނު އަލީ އަކީ ކިޔަވައިގެން ހުންނެވި ރަގަޅު ބޭފުޅެއް ނަމަވެސް އެއްވެސް ކަހަލަ ލީޑާރޝިޕެއް ނެތް މިއަދާ ޖެހެންދެންވެސް ފެންނާކަށް. މިއަދާ ޖެހެންދެންވެސް އެންމެ ހުދުމުޚުތާރު ކޮށް ޕާޓީގެ ޕާލިމަންޓްރީ ގްރޫޕާއި އަދި ކައުންސިލުންވެސް ކަންކަން ނިންމާތަންވަނީ ފެނިފައި އަދި މާކުރިން ތަސްމީނު ބޭނުންވާ ގޮތަށް ކަންކަން ނިންމަން ބައެއް މެމްބަރުންނަށް އެސް.އެމް.އެސް ވެސް ފޮނުވާކަން އެނގޭ..ދެން ރޮޒެއިނާ އަކަށް މިކަންކަމަކީ ތެދެކޭ ނުބުނެވޭނެ ކަންވެސް އެނގޭ އެއީ ޅިޔަނު ކަމަށްވުމާ އަދި އޭނާގެ ރައްކާތެރިކަން ލިބިގެން ނޫނީ ސިޔާސީ ދާއިރާގައި ނޫޅެވޭނެތާ ދޯ

    ރޯޒް | މޭ 13، 2012
  3. ރޮޒޭނާ އައް މިހާރުތިވަނީ މޭބިސްކަދުރު ކާން އުޅުނު ހިޔަޅައް ވީގޮތް،،،،،،، ދެން ޖެހޭނީ ތިހެން އަނގަ ތަޅަ ތޅާ ހުއްނަން ދެން ލަލަލާ

    ނަސްރީނާ | މޭ 13، 2012
  4. ރޮޒެއިނާއަށް ކޮންކަމެއް ނުވެގެންތަ ތިއުޅެނީ ،،، ތީ ބޮޑުވަރެއްނު ދޯ

    ރާއިފު | މޭ 24، 2012

 އަކުރު އެބައިން