2013 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުން އެންމެ ގާތީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް

06 މޭ، 2012

ޢަލީ ސާލިމް

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު  ކާމިޔާބުކުރެއްވުން އެންމަ ގާތީ ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި އަދުގެ ސަރުކާރާއި އެކު އިއްތިހާދުވެފައިވާ މައި ޕާޓީއެއް ކަމުގައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ލީޑަރ މައުމޫން ޢަބްދުލްޤައްޔޫމެވެ.

ބައެއް ސިޔާސީ މުޙައްލިލުން ވިދާޅުވާގޮތުގައި، ރައީސް މައުމޫން ވަނީ ރާއްޖޭގެ އާބާދީގެ ތަނަވަސް އަޣްލަބިއްޔަތެއްގެ ރުހުމާއި ތާޢީދު އެމަނިކުފާނަށް އަދިވެސް އޮތް ކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދެއްވާފައެވެ. 2008 ގައި ނާކާމިޔާބުވެވަޑައިގަތުމާއި އެކުވެސް 74 އަހަރުގެ މައުމޫން މިފަދަ މަޝްހޫރުކަމެއް ހޯއްދަވަމުން ގެންދެވުމަކީީ، އެއީ ވަރަށް ބޮޑު އަޖާއިބެކެވެ.

އޭރު އެންމެން ވަނީ އެއްފިކުރެއްގައެވެ. އެންމެންވެސް ބޭނުންވީ އާ ބަދަލެކެވެ. އެއީ ކޮންމެ ބޭފުޅެއްކަމުގައި ވިނަމަވެސް، އެންމެންވެސް ދެކެން ބޭނުންވީ އާ މޫނެކެވެ. 2008 ވަނަ އަހަރުގެ ތާރިޚީ އިންތީޚާބުގެ ދެވަނަ ބުރުގައި، ވިޔަފާރިވެރިޔާ ޤަސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާއި ހަސަން ސަޢީދާއި ޢަދާލާތު ޕާޓީއާއި އަދި އެހެނިހެން ބައެއް ޕާޓީތަކުގެ ސަބަބުން އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ކާމިޔާބު ހޯއްދެވިއެވެ.

ފުރަތަމަ ބުރުގައި ހަސަން ސަޢީދާއި ޤަސިމް ވާދަކުރައްވައި ތިން ވަނައަށް އަދި ހަތަރުވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވިއެވެ. ދެވަނަ ބުރުގައި ނަޝީދަށް ކާމިޔާބު ހޯއްދަވައި ދެއްވުމަށް އެދެބޭފުޅުންގެ ދައުރު ވަރަށް ބޮޑެވެ. މިހާ ވަރުގަދަ އަދި ބައިބޮޑު އިއްތިހާދާއި އެކުވެސް މައުމޫނަށް އެމަނިކުފާނުގެ ހަތްވަނަ 5 އަހަރުގެ ދައުރު ބީވެގެން ދިއައީ އެންމެ 15000 ވޯޓުގެ ތަފާތަކުންނެވެ.

2008 ވަނަ އަހަރުގެ އޯގަސްޓް މަހުގައި އައު ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށުމުގެ ފަހުން ގިނަ ޕާޓީތަކެއް ބައިވެރިވެގެން ބޭއްވުނު ތާރީޚީ އިންތިޚާބުގެ ނަތީޖާ މިތަނުގައި ޒިކުރު ކޮށްލުން އެއީ މުހިއްމުކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. ފުރަތަމަ ބުރުގައި އެއްވެސް ފަރާތަކަށް ސާފު އަޣްލަބިއްޔަތެއް ލިބިފައެއް ނުވެއެވެ. ރިޔާސީ ރޭހުގެ ފުރަތަމަ ބުރުގައި އެންމެ ކުރި ހޯއްދެވި 4 ކެންޑިޑޭޓުން ކަމުގައިވާ: ޑރޕީގެ ފަރާތުން ކުރިމަތި ލެއްވި ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމަށް ލިބިވަޑައިގަތީ 71،779 ވޯޓު  (40.61%)، އެމްޑީޕީގެ މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 443،15 ވޯޓު (25.8%)، މިނިވަން ކެންޑިޑޭޓް ޑރ. ޙަސަން ސަޢީދަށް ލިބިވަޑައިގަތީ 296،56 ވޯޓް 16.78) އަދި ޖުމްހޫރީ ޕާޓީގެ ޤާސިމް އިބްރާހީމަށް ލިބިވަޑައިގަތީ 271،28 ވޯޓް 15.35%)  އެވެ.

ދެވަނަ ބުރުގައި، ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާއި، ޑރ. ހަސަން ސަޢީދާއި، ޢަދާލާތު ޕާޓީއާއި އަދި އެހެނިހެން ބައެއް ކުދި ޕާޓީތައް ގުޅިގެން ރައީސް ނަޝީދަށް ،97222 ވޯޓު (53.65%) ލިބިވަޑައިގެންފައިވާއިރު މައުމޫނަށް ލިބިވަޑައިގަތީ ،،821،21 ވޯޓު (45.32%) އެވެެ.

އެއަށް ފަހު ރާއްޖޭގެ އިންތިޚާބީ އައު ރައީސްއަކީ ނަޝީދުކަމަށް އިއުލާންކުރެވި، 11 ނޮވެމްބަރު 2008 ވަނަ ދުވަހު އެމަނިކުފާނުގެ ރާއްޖޭގެ ރިޔާސަތާއި ޙަވާލުވެވަޑައިގަތެވެ. 5 އަހަރުގެ ދައުރުގެ މެދުތެރެއިން މީގެ ތިން މަސް ކުރިން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން، އެމަނިކުފާނުގެ ނައިބު ޑރ. މުޙައްމަދު ވަޙީދު ރައީސް ކަމާއި ހަވާލުވެވަޑައިގަތެވެ.
އެހެން ގޮތަކަށް ދަންނަވާނަމަ، ނަޝީދުގެ ދައުރުގެ ބާކީ އޮތް އެއްއަހަރާއި 9 މަސް ދުވަސްވަން ރާއްޖޭގެ ވެރިކަން ކުރެއްވުމަށް ޑރ. ވަޙީދަށް އެމަނިކުފާނު ދޫކުރެއްވިއެވެ. ވަޙީދަށް ވެރިކަން ލިބިވަޑައިގަންނަވަން ޖެހިވަޑައިގަތީ ރައީސް ނަޝީދުގެ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިއްތިހާދުވެ މުޒާހަރާކުރަމުން ގެންދިއަތާ 3 ވަނަ އަށް ވީ ހަފްތާގައި ކުއްލިއަކަށެވެ. އަދި ނަޝީދު އިސްތިއުފާ ދެއްވުމާއި ވިދިގެން ރައީސްކަމާއި ޑރ. ވަޙީދު ހަވާލުވވަޑައިގަތުމާއި އެކު އޭރުގެ އިދިކޮޅު އިއްތިހާދާއުން ރައީސް ޑރ. ވަޙީދުގެ އައު ސަރުކާރާއި އެކު ޤައުމީ އިއްތިޙާދުގެ ނަމުގައި އިއްތިޙާދުވިއެވެ.

މިޙާދިޘާތަކުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެއީ މިހުރިހާ މުޒާހަރާތައް ރޭވުމުގެ އެންމެ ކުރީގައި އޮތީ މައުމޫނުގެ ޕީޕީއެމް ކަމެެވެ. ފެންނަފެނުމުގައި ވަރަށް އޮމާންކޮށް 7 ފެބްރުއަރީ ގައި ވެރިކަން ބަދަލުވެގެންދިއަ ނަމަވެސް، ވެރިކަމުން އިސްތިއުފާދެއްވީ ސިފައިން ބިރުދައްކައިގެން މަޖްބޫރުން ކަމަށާއި އަދި ވެރިކަން ބަދަލުވެފައިވަނީ ބަޣާވާތަކުންކަމަށް ކުރީގެ ރައީސް ނަޝީދު އޭގެ އަނެއްދުވަހު ތުހުމަތު ކުރައްވަން ފެއްޓެވުމުން ބޮޑު ސިޔާސީ ހަމަ ނުޖެހުންތައް އުފެދިގެންދިއައެވެ.

ރައީސް ޑރ. ވަޙީދަކީ ބާޣީ އެއްކަމަށާއި އަދި އެމަނިކުފާނުގެ ސަރުކާރަކީ ބާޣީ، ޣައިރު ޤާނޫނީ ސަރުކާރެއްކަމަށް ނަޝީދު ތުހުމަތުކުރައްވައި އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލެއްވިއެވެ. މި ހައިރާންކުރަނިވި ކުއްލި ތުހުމަތުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ބައެއް ފަރާތްތަކުން ރާއްޖޭގެ ޙާލާތާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި އެކަންތައްތައް ވަރަށް ސީރިއަސް ނަޒަރަކުން ބައްލަވަންފެއްޓެވިއެވެ.

މިގޮތުން އަވަސް އިންތިޚާބަކަށް ބައިނަލްއަޤްވާމީ މުޖްތަމައުގެ އެކިފަރާތްތަކުން ތަރްހީބުދެއްވައި ގޯވާލެއްވިއެވެ. އޭގެ ޖަވާބެއްގެ ގޮތުން، ވެރިކަން ބަދަލުވެގެން ދިއަ ގޮތް ތަޙްޤީޤް ކުރެއްވުމަށް ރައީސް ޑރ. ވަޙީދު މިނިވަން ކޮމިޓީއެއް އެކުލަވާލެއްވިއެވެ. އަދި ޞުލްޙަވެރިކޮށް މަޝްވަރާގެ މޭޒުގެ ދޮށުން ސިޔާސީ މިހަލަބޮލިކަން ނައްތާލުމަށް ހުރިހާ ޕާޓީތަކަށް މަގުޗާޓެއް އެމަނިކުފާނު ހުށަހެޅުއްވިއެވެ.

ނަޝީދުގެ މުޒާހަރާތަކާއި ބައިންނަލްއަޤްވާމީ ޕްރެޝަރތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވިނަމަވެސް ރައީސް ޑރ. ވަޙީދުގެ ސަރުކާރަށް ދުވަހަކަށް ފަހު ދުވަހެއް ތަރްހީބާއި ތާޢީދު އިތުރުވަމުންދިއައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ޙާލަތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައިވާ ބައެއް ޤައުމުތަކުން އައުސަރުކާރަށް އެއްބާރުލުން ދެއްވަން ފެއްޓެވިއެވެ. އައު ސަރުކާރުގެ ޤާނޫނީ ހައިސިއްޔަތާއި މެދު ނަޝީދާއި އެމަނިކުފާނަށް ތާޢީދުކުރައްވާ ފަރާތްތަކުން ސުވާލުކުރައްވަމުން ގެންދެވި ނަމަވެސް، ރައީސް ވަޙީދުގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރާއި ތާޢީދު ދަނީ އިތުރުވަމުންނެވެ.

މިގޮތުން އެމްޑީޕީއިން ރައްޔިތުންގެ މަޖިލީސް ފެއްޓެވުމަށް ރައީސް ވަޙީދަށް ހުރަސްތަކެއް ކުރިމަތި ކުރެއްވިނަމަވެސް ރައީސް ވަޙީދުވަނީ ވަރަށް ކެރިވަޑައިގެން އެމަނުފާނުގެ ބަޔާން އިއްވަވާފައެވެ. އަދި މިއާއި އެކު އެމްޑީޕީއަށް ނިސްބަތްވެފައިވާ ރައްޔިތުންގެ މަޖިލިސް ގެ ދެގޮނޑި ސަރުކާރުގެ އިއްތިހާދުގެ ޕާޓީތަކުން ވަނީ ކާމިޔާބުކުރައްވާފައެވެ. އަދި ހަމައެއާއި އެކު ނައިބު ރައީސް ވަޙީދުއްދީންއާއި ކެބިނެޓްގެ ހުރިހާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ އިއްތިފާޤުން ވަނީ ރުހުން ލިބިވަޑައިގެންފައެވެ.

ސަރުކާރުން މިފަދަ ކާމިޔާބީތައް ހޯއްދަވަމުން ދާއިރު ނަޝީދުގެ އެމްޑީޕީއަށް ދަނީ އެތަކެއް ނާކާމިޔާބީ ތަކަށް ކުރިމަތިވަމުންނެވެ. މިގޮތުން ޕާޓީގެ ތެރޭގައި ޚިޔާލުތަފާތުވުން ހަމަނުޖެހުންތަކަށް ބަދަލުވެ އެމްޑީޕީގެ ރައީސް ޑރ. ޑީޑީއާއި ނައިބުރައީސް އަލްހާން ފަހްމީ މަޤާމުން ވަކިކުރިއެވެ. މިއީ ސަރުކާރަށާއި އަދި އެމްޑީޕީއާއި އިދި ކޮޅުފަރާތްތަކަށް ލިބުނު ހެޔޮ ޚަބަރަކަށް ނޫނީ ނުވާނެ ޚަބަރެކެވެ. މިދެބޭފުޅުންނަކީ އެމްޑީޕީގެ ގިނަބައެއްގެ ތާޢީދު ލިބިވަޑައިގެންފައިވާ ދެބޭފުޅުންކަމަށް ވާއިރު އެބޭފުޅުންނަށް ތާޢީދުކުރައްވާ ފަރާތްތަކުން އެމްޑީޕީއާއި ވަކިވެގެން ދިއުމީ އެއީ އެމްޑީޕީ ބަލިކަށިވެގެންދާނޭކަމެއްކަން ކަށަވަރެވެ.

މިހުރިހާ ކަމެއް ހިނގަމުން ދާއިރުވެސް ސަރުކާރުގެ އިއްތިޙާދުގައި ކޮންމެވެސް ވަރެއްގެ ޚިޔާލު ތަފާތުވުންތަކެއް އޮތްނަމަވެސް އިއްތިހާދު އަދިވެސް އޮތީ ވަރަށް އެކުވެރިކޮށް ވަރުގަދަކޮށެވެ. އިއްތިހާދު ބައިބައިނުވެ އޮތުމަށް ރައީސް ވަޙީދު ގެންދަވަނީ އެމަނިކުފާނުގެ ބާރުތައް ޤުރުބާން ކުރައްވަމުންނެވެ. ރައީސް ވަޙީދުގެ މަޑުމައިތިރިކަމާއި އަދި ހިކުމަތްތެރިކަމުގެ ސަބަބުން ކުރީގެ ރައީސް މައުމޫނު ވަނީ އެމަނިކުފާނަށް ވަރަށް ތައުރީފް ކުރައްވާފައެވެ.

ބައެއް ފަރާތްތަކުން ވިދާޅުވާގޮތުގައި 2013 ގައި އެންމެ ފަހުން ރައީސް ވަޙީދު ޕީޕީއެމްއާއި ގުޅިވަޑައިގެންނަވާނެއެވެ. ރައީސް ވަޙީދުގެ ސަރުކާރުގެ އިއްތިހާދު ޕާޓީތަކުގެ މެދުގައި ޚިޔާލު ތަފާތުވުން އަދި އުފެދޭނެ ކަމަށް ގިނަ ބައަކު ބުނަމުން ދާއިރު، ހަމަ އެފަރާތްތަކުން ހާމަކުރާގޮތުގައި އިއްތިޙާދު އަލުން ގުޅި އިއްތިޙާދުގެ ކެންޑިޑޭޓަކަށް 2013 ގެ އިންތިޚާބުގައި ކުރިމަތިލައްވާނީ ރައީސް ވަޙީދެވެ. ނަމަވެސް މިއާ ޚިލާފަށް ބައެއް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވާގޮތުގައި އިއްތިޙާދުގައި ރައީސް ކަމަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ލީޑަރުން ވަރަށް ގިނައެވެ. ރައީސް މައުމޫނު 2013 ގައި ކުރިމަތި ލެއްވުމާ މެދު އަދި ސީދާ ވަކި އެއްޗެއް ވިދާޅުނުވިނަމަވެސް ގިނަ ފަރާތްތަކުން ހާމަކުރާގޮތުގައި ޕީޕީއެމް އިން ރިޔާސީ ކެންޑިޑޭޓަކު ނެރޭނީ ޕްރައިމަރީއަކަށް ފަހުއެވެ. އަދި މި ޕްރައިމަރީގައި ޔާމިން، އިލްޔާސް އަދި އުމަރު ކުރިމަތިލައްވާނެއެވެ. ޕީޕީއެމް ގެ ޕްރައިމަރީ ކާމިޔާބުކުރައްވާނެކަމަށް ބެލެވެނީ ޔާމިންއެވެ.

ޔާމިންއަށް ރައީސް މައުމޫނުގެ ތާޢީދު ލިބިވަޑައިގެންފިނަމަ 2013 ގައި ކުރިމަތިލައްވާ އެންމެ ވަރުގަދަ އެއް ފަރާތަކަށް ޔާމިން ވެގެންދާނެއެވެ. ޔާމިންއަކީގެ އޭނާގެ ޢަދާވާތްތެރިންވެސް ޔާމިންގެ ޤާބިލިއްޔަތުކަމާއި މެދު ސުވާލެއް ނުކުރައްވާފަދަ ބޭފުޅެކެވެ. މިހެން ބައަކު ދެކެމުންދިޔަ ނަމަވެސް އަނެއްބައި ފަރާތްތަކުން ވިދާޅުވާގޮތުގައި ޕީޕީއެމް އިން 2013 ގެ އިންތިޚާބުގައި ކުރިމަތިލައްވާނީ ކުރީގެ ރައީސް މައުމޫނެވެ. އެކަމާ މެދު މައުމޫނުގެ ޚިޔާލުފުޅު އެމަނިކުފާނުގެ އެންމެ ގާތް ބޭފުޅުންނަށްވެސް ހާމަކުރައްވާފައެއް ނުވެއެވެ.

ބައެއް ސިޔާސީ މުޙައްލިލުން ވިދާޅުވާގޮތުގައި މިއީ މައުމޫނުގެ ތޫނުފިލިކެމެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި 2013 ގައި ކުރިމަތިލައްވާނީ މައުމޫނެވެ. ޤާނޫނުއަސާސީގައި ވާގޮތުން އަދި ދެ ދައުރަށް އެމަނިކުފާނަށް ކުރިމަތިލެއްވޭނެއެވެ. އެމަނިކުފާނު ފިޔަވައި އެހެން ބޭފުޅަކަށް ޕީޕީއެމްގައި އެހާބޮޑު ތާޢީދެއް ނުހޯއްދެވޭނެއެވެ. ސިޔާސީ މުޙައްލިލުން ވިދާޅުވާގޮތުގައި ޕީޕީއެމްއަށް ލިބެމުން އަންނަ ތަރުހީބުގެ އަސްލަކީ މައުމޫނެވެ. އެމަނިކުފާނު ރާއްޖެއަށް ގެނެސްދެއްވާފައިވާ ތަރައްޤީގެ ސަބަބުންނާއި އަދި އެމަނިކުފާނުގެ ސަޚްސިއްޔަތުގެ ސަބަބުން އެމަނިކުފާނަށްވަނީ ރާއްޖޭގެ ގިނަބައެއްގެ ލޯތްބާއި ތާޢީދު ލިބިވަޑައިގެންފައެވެ.

ބައިއިލެކްޝަންގައި ތިމަރަފުށީގެ ގޮނޑި ޕީޕީއެމްއިން ކާމިޔާބުކުރުމާއި ގުޅިގެން މަޖިލީހުގައި އެޕާޓީ ރަސްމީކޮށް ތަމްސީލްކުރެވުނެވެ. އަދި އެމްޑީޕީއަށް ފަހު އެންމެ މެމްބަރުން ގިނަ ޕާޓީއަށް ވުމުގެ ސަބަބުން ކުރީގައި ޑީއާރްޕީއިން ތަމްސީލްކުރަމުންދިއަ މައިނޯރިޓީ ލީޑަރުކަން ޕީޕއެމްއަށް ލިބުނެވެ. ހުކުރު ދުވަހުގެ ރޭ ބޭއްވުނު ޕާޓީގެ ބޮޑު އެއްވުމުން ޕީޕީއެމްއަށް އޮތް ރައްޔިތުންގެ ތާޢީދު ހާމަވެގެން ދިއައެވެ. އަދި ރޭ އެމްޑީޕީގެ މަޖްލިސް މެމްބަރު ޝިފާޤް މުފީދް ޕީޕީއެމް އަށް ސޮއިކުރެއްވުމަކީ އެއީ ޕީޕީއެމްއަށް ލިބުނު އަނެއް ބޮޑު ކާމިޔާބީއެވެ.

މިހުރިހާ ފެހި ސިގްނަލްތަކާއި އެކު، ރައީސް ނަޝީދު ފެއިލްވުމަށް ފަހު މައުމޫނަށް ލިބިވަޑައިގަންނަމުން އަންނަ ތަރުހީބު ދަނީ އެތައް ގުނައަކަށް އިތުރުވަމުންނެވެ. ރައީސް މައުމޫނުގެ ތަރި ދަނީ ފިޔަޖަހަމުންނެވެ. 2013 ގައި އަލުން ރައީސް ކަމަށް ހޮވޮވަޑައިގަންނަވާނޭކަމުގެ ޔަޤީންކަން ވަރަށް ބޮޑެވެ. އަދި އެމަނިކުފާނު ވެރިކަމަށް އެނބުރި ވަޑައިގެންފި ނަމަ ވަރަށް ވަރުގަދަ އިދިކޮޅު ފަރާތްތަކަކާ ކުރިމަތި ވަޑައިގަންނަވާނޭ ކަމަށް މުޙައްލިލުން ވިދާޅުވައެވެ. ޖުލައި 2013 ދާދި އަވަހަށް ޖެހިދާނެއެވެ. އިންތިޚާބުގައި ކުރިމަތި ލައްވާނެ ފަރާތްތަކާއި އިންތިޚާބުން ރައީސްކަމަށް ހޮވިވަޑަގަންނަވާނީ ކޮންފަރާތަކުންކަން ވަރަށް އަވަހަށް އެނގިގެންދާނެއެވެ.

ކިޔުން ތެރިންގެ ހިޔާލު

  1. ހަމައިގަ ހުރެ ލިޔެބަ. ގޮޅާބޯ އެއް މިގައުމުގެ ރައިސް އަކަށް ކުޅަދާނައެއް ނުން އަރާކަށް

    އަހުމަދު | މޭ 6، 2012
  2. މައުމޫނަކީ ، 30 އަހަރުގެ އަނިޔާވެރި ވެރިކަމެއް ، ވަރަށް ޚުދުމުޚުތާރު ގޮތަކަށްކޮށް ، 2008 ގެ ރިޔާސީ އިންތިޚާބުގައި ވެރިކަމުން ބޭލުވިފައިވާ މީހެއް. މިކަމުގެ ބަދަލު ރައްޔިތުންގެ ކިބައިންހިފަންވެސް މައުމޫނު 2013 ގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން ކަށަވަރު. ނޫނީ ޔާމީނަށް ވެރިކަން ހޯދައިދޭން މަސައްކަތް ކުރާނެކަންކަށަވަރު. އެހެންނަމަވެސް ، ފުރަތަމަ ބުރުން ، މައުމޫނު ކިތަންމެ މަސައްކަތެއް ކުރިޔަސް ، ޔާމީނަކަށް އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެކަންކަށަވަރު. އެއީ ރިޔާސީ ކެންޑިޑޭޓުން ގިނަވީމަ. ރައީސް ނަޝީދު ،ޑރ. ވަހީދު ، ޙަސަން ސައީދު ، ތަސްމީނު ، ބުރުމާ ޤާސިމު އަދި މިނިވަން ކެންޑިޑޭޓެއްވެސް މި އިންތިޚާބަށް ކުރިމަތިލާނެތީ. ފުރަތަމަ ބުރުން ރައީސް ނަޝީދު ނުހޮވި ، ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ، ރައީސް ނަޝީދަށް އިންތިޚާބު ކާމިޔާބުވުން ވަރަށްދުރު. ދެވަނަ ބުރަކަށް ހިނގައްޖެނަމަ ، 2008 ގައިހެން ރައީސް ނަޝީދާ ދެކޮޅަށް ، އެހެން ހުރިހާކެންޑިޑޭޓުން ނުކުންނާނެކަމާމެދު ދެބަހެއްނެތް. އެހެނަސް ބާޣީކަމަށް ބުނާ ސަރުކާރު ގޮޅިއަށްފެތި ބައިބައި ވެއްޖެނަމަ އެ އިންތިޚާބު ކާމިޔާބު ކުރާނީ ރައީސް ނަޝީދު.

    ބޮންތި | މޭ 6، 2012
  3. ތިއިން އެއްވެސް މީހަކު އިޚުލާސްތެރިކަމާއެކު ރާއްޖެތެރޭގެ ރައްޔަތުންނަށް ލުއިފަސޭހަވާނެގޮތަކަށް ވެރިކަމެއް ނުކުރާނެ! ވީމާ ރާއްޖެތެރޭގެ ދަރިއަކަށް ވެރިކަން ދިނުމަށް އެންމެން މަސައްކަތް ކުރަމާބަހީ.

    އަލިފުބާގަ | މޭ 6، 2012
  4. ކަލެއަށް ދެން ވަރަށް ބޮޑަށް އެނގޭހެން ހީވަނީ ރިޕޯޓް ލިޔަން

    އަނަސް | މޭ 7، 2012
  5. މިއީ ޕީޕީއެމް މީހަކު ލިޔެފަ އޮތް ލިޔުމެއް. ހަގީގަތާ ވަރަށް ދުރު ލިޔުމެއް. މައުމޫން ކުރިމަތި ލައިފިނަމަ އިންތިހާބު އެމްޑީޕީ ކާމިޔާބު ކުރާނެކަމާމެދު ޝައްކެއްވެސް ނުކުރާ މުހައްލިލުން މަދެއް ނޫން.

    ޖިނާ | މޭ 7، 2012
  6. ކޮންމެމީހަކު ހޮވުނަސް ދެން ނަސީދު ނުހޮވިއްޖިއްޔާ ވަރަށްރަގަޅު ހޮވޭނީ ކާކުކަން ކަށަވަރުކުރުމަކީ އެއީ ބުއްދިވެރި ބަހެއްނޫން އެއްޗެއް ލިޔެފަ ނުވަތަ ބުނެފަ ދޫކޮށްލާއިރު މިބުނެވުނީ ކިހާވަރެއްގެ ބަހެއްކަން ނުވިސްނޭމީހުން އަދިވެސްބައިވަރު. ކޮންމއމީހަކު ލިޔުނަސް ލިޔުމުގައި “ޒިކުރު” ކޮށްލާނަމޭ ބުނެ ލިޔެފައި އޮތުމުން އަޅުގަޑަށް ހީވަނީ އެބޭފުޅާ އަށް ޒިކުރުކުރުމަކީ ކޮބައިކަން ނެގެނީބާވައޭ ހިތައްއެރި. ޒިކުރު މިއީއަރަބި ބަހެއް އެގިފައިވާގޮތުން މާނައަކީ ހެއޮބަސް ބުނުން ނުވަތަ ރަގަޅު ބަސްބުނުން ނުވަތަ ހެޔޮކަންތައް ކުރުން އަދި ޒިކުރުކުރެވޭނީ ހަމައެކަނި ﷲ އަށް. zikuru.blogspot.com

    މޫސާ އަބުދުﷲ | މޭ 7، 2012
  7. ރައީސް މައުމޫން ކުރިމަތި ލައިފިނަމަ ދެންވެސް ޖެހޭނީ 2008 އަހަރު ޖެހުނުތާގައެވެ. އަދި ޔާމީން އަކީ ކިތައްމެ ކުޅަދާނަ މާފިޔާ ލީޑަރެއް ކަމަކު ރައްޔިތުމީހާގެ ތާއީދު ނެތެވެ.

    ޖީމު | މޭ 7، 2012
  8. ތިޔަ މައުމޫނު ނުކުމެގެން 2009ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ވޯޓެއް ދައްކަ ބަލާށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އެކަނިކޮށް ހަސަން ސައީދާއި ޤާސިމް އަދި ޑީއާރުޕީ ، އަދާލަތު ގެ ވޯޓް އެއްކޮށްލިޔަސް އެމްޑީޕީއަށް ލިބުނު ވޯޓް ގިނަވާނެ. ކަލޭމެންގެ މެންބަރުންގެ ބޯގިނަވިޔަސް ހޮވުނީ ވަރަށް މަދު ވޯޓަކުން. މިސާލަކަށް އަބްދުﷲ ޝާހިދަށް ލިބިފަ އިންނަނީ 150ކަށް ވޯޓް.

    ޒްލެކްސް | މޭ 7، 2012
  9. 3 ފޮޓޯއިން އެންމ ޒުވާނީ ރައީސް ނަޝީދު. ރައީސްއަކާ އެންމެ ވައްތަރީވެސް ރައީސް ނަޝީދު. މައުމޫނު ވައްތަރީ ބޯދާ މުސްކުޅި ކަޓުންގެ ތެރެއިން ޒިމްބާބުވޭގައި ގަދަކަމުން ، ޚުދުމުޚުތާރު ވެރިކަމެއް ކުރަމުން އަންނަ މުގާބޭ ކަހަލަ ބިރުވެރި މީހަކާ. ވަހީދު ވައްތަރުވާން އުޅެނީ ދޭވް އާނަންދު ކަހަލަ ބޮލީވުޑްގެ ފިލްމު ކުޅޭ މީހަކާ. މި 3 މީހުންކުރެ އެކަކީވެސް ދިވެހި ރައްޔިތުންނަށް ހެޔޮއެދިގެން ހެޔޮވެރިކަމެއް ކުރާނެ މީހެއްނޫން. އެކަކަށްވުރެ އަނެކެއްގެ އަމިއްލަ އެދުންބޮޑު. އެންމެ ދުވަސްވީ މުސްކުޅިޔާގެހާލު ވަކިން ބޮޑު. ވެރިކަމުގެ އެދުމުގެ ނާރު ބޮލަށް އަރައިގެން ލޮލުފިޔަނުޖެހިގެން އެހެރަގެން ތެޅިބާލަނީ. ތިމާމީހާއަށް ވެރިކަން ލިބޭނެގޮތެއް ނެތިއްޔާ ، ތިމާގެ ފުރިހަމަ ބާރު ފޯރުވޭނެ ފަދަ މީހަކަށް ވެރިކަން ހޯދައިދޭން ޖާނާމާލުން އެހެރަގެން ޤުރުބާންވަނީ. ބާރުގައި ހުރިއިރު ގޭގަ ގެންގުޅުނު ސޮރަށް ފައިސާ އެއްކުރެވޭނެ މަގު ހަދައިދީ މިހާރު އެސޮރު އަތުން ލާރި ނަގައިގެން ބަހައިގެން ނަމަވެސް ވެރިކަމަށް އަތްގަދަ ކުރަން އެ މަސައްކަތް ކުރަނީ. ﷲ ، މި ނުބައި ނުލަފާ މީސްމީހުންގެ ކިބައިން ، މިލޮބުވެތި ޤައުމު ސަލާމަތްކޮށް ދެއްވާށި !

    ބޮންތި | މޭ 7، 2012
  10. މައުމޫން ވެރިކަމުން ދުރުކުރީ އޭނާއަށް ހެޔޮއެދޭ މީހުން އަޑީގައި ތިބެގެން އޭގެން ވެސް އެތެރޭގައި މައުމޫނާއި ދޭތެރޭ ނުރުހުން ވާވަރު އެގޭ

    އިބުރޭ | މޭ 8، 2012
  11. ރައީސް ނަސީދު އެއީ މިގައުމުގައި ހުރި ހަމަ އެކަނި ރައްޔިތުން ގެ ވެރިކަން ކުރަން ވައުދުވި ފަރާތެއް ދެން ތިބީ އެބަޔެއްގެ ފަރާތުން ރައްޔިތުން ނަށް ދަތި އުދަގޫކޮށް ގަޢުމުގައި އަމާންމަން ނަގާލެވި މީހުން … ދެން ވިސްނާ މި3 މީހުންގެ ތެރެއިން ހޮވާނެ މީހެއް

    ްޭމުހައްމަދު | މޭ 8، 2012
  12. އަންނިއަށް ދެންޖާގައޮތީ ޖަލުގެ ކުޑަގޮޅީގައި ، މުޅި ޤައުމުގެ ދުވަސް ދުވާލާއި ، މިގައުމުން އިސްލާމީވަހުދަތުނައްތާލާ ، ޤައުމުގެ އަމަންއަމާންކަމާއި ސުލުހަ މަސަލަސްކަންނަގާލި މީހެއްގެ ހައްޤު ސަޒާއަކީ ޖަލުގެ ކުޑަގޮޅީގެ ތޭރިތަކުގައި ދުނިޔޭގައި ބާކީ އޮތްދުވަސްތައް ދެންވެސް ހޭދަކުރުން

    އަސްވަރު | މޭ 9، 2012
  13. މިނޫހަކީ ބުރުމާއަށް ވިކި ހުސްވެފައިވާ ނޫހެކެވެ.
    ދެންބުނެލަންބޭނުމީ ވެރިކަމަށް ކިތަންމެވަރަކަށް ފެންބޮވައިގަނެފައިވިޔަސް ވެރިކަމުގެ އަލާނުކެނޑުނަސް މައުމޫނަކަށް ދުވަހަކުވެސް މިގައުމުގެ ވެރިކަންކުރުމުގެ ތަނެއްނެތޭ ނެތޭ އެންމެ ތަންކޮޅެއްވެސް މިހެންމިބުނަން ޖެހުނީ މައުމޫނުގެ އާރާއި ބާރު އޮވެމެ ވީ ބައްޔޭ ދެންވެސް ވާނީ ހަމަ ބަލި މިގައުމުގެ ވެރިކަމަށް ބޭނުމީ ރައްޔިތުންގެ ވެރިކަމެއްކޮށްދެއްވި ހަމައެކަނި ބޭފުޅާ ރައިސް ނަސީދު އެވެ.

    drp | މޭ 10، 2012
  14. އަންނި ޖަލައް ލާފަ އަޅެ ވެރިކަން ކޮށްބަލަ، ރާއްޖެ އެކަހެރިކޮށް ދަތިކޮށް ފިއްތާލަނާން ، ބަރުމާ އައް އަންސަންޗުކީ ހައްޔަރުކުރީމާ ޖެހުނު ހާލު ރާއްޖެއައް ޖެހޭނެ، އިރެއްގައި ހެދުނަސް މިހާރަކު ނުހެދޭނެ. ޕީޕީއެމްގަ ހުސްވެރިން، ދެން މިއަދު ނޫހުގައި ތިހެން މައުމޫނު ޕުރޮމޯޓުކުރަން މީ ބާގީވެރިކަމެއް ނޫންކަމަށް ދައްކަން ކިތޭ މަސައްކަތެއްކުރިޔަސް ޒިންމާދާރުކަމެއްނެތް ދޮގު ފެތުރިޔަސް ކުރާނެކަމެއް ނެތް،ހަމަ އަތައް ގޮވާނީ، ތިހެން ގައްޒާފީ، ހުސްނީ މުބަރަކު، މިލޮސޮވިޗް ވެސް ހަޅޭލެވި، އައްބާސް އާދިލް ކަހަލަ ސްޕޮކްސް މަން ގެންގުޅުން( ދޮގުހަދާ ބޯއި) އަދި ސާލިމް ކަހަލަ މީހުން ލިޔަން ގެންގުޅުނު، މިއަދު، ސަން ފަދަ އެއްފަޅިއަށް ބަރު ނޫސް ގެންގުޅުނު، ދިޓީވީފަދަ ޓީވީތައް ގެންގުޅުނު، ސަރުއީ ނިޒާމް އައްދަށުލި، ސިފައިންނާއި ޕޮލިހާއި މިނިވަން މިުއައްސަސާތައް އައް ދަށުލި، އެކަމް ވަގުތު ޖެހުނީމަ އެކަން ނިމި އެމީހުންގެ ބާރު ދިޔައިި އަދި އެހާވަރަކަށް ސިހުރު ހަދަހަދާ ހުރި، އަދުލް އިންސާފައް ހުކުމް ކުރެވޭ ދުވަހެއް އަދި މިގައުމަށް އަންނާނެ، މިއަދު ތިޔަގޮިތްގޮތަށް އުޅެވިދާނެ

    ހުސައިން | މޭ 11، 2012
  15. އަސްލުވެސް މައުމޫންއަކީ ޚުދުމުހުތާރު މީހެއްދޯ! އެކަމަކު ނަސީދަށް ލިބިފައިވަނީ އެއަށްވުރެ މާ ނުބައި ލައްގަޑެއް! އާދެ އެއީ ކަޅު މުހުތާރު ވެރިއެއް. މިނަމުން މީހުނަށް މުހާތަބުކުރާނީ މީހަކު ހައްދުފަހަނަ އަޅައިގެން ދިއުމުން.

    ސަލީމް | މޭ 13، 2012
  16. އެމްޑީޕީ މީހުން އަބަދުވެސް އުޅޭނީ ތިހެން. ތިއީ ތިއެއްޗެހިންގެ ގޮތް. ރިޕޯޓެއް ތައްޔާރުކުރާއިރު ކަލޭމެންގެ ވިސްނުމަށް ފިކުރަށް ކަލޭމެން ރުހޭގޮތަށް ބަލާކަށް ނުޖެހޭ. ކަލޭމެން ރުއްސާކަށް ވެސް ނުޖެހޭ. ގަންޖާމަތިން ހަނދާން ނައްތާލާފަ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާ ކިޔާލަ ބަލަ.

    މުޙައްމަދު މޫސާ | މޭ 15، 2012
  17. މިތިން ބޭފުޅުންނަކީވެސް ވަރަށް ހަރުދަނާ ބޭފުޅުންނެވެ. ނަޝީދުގެ ތަޖުރިބާ އަހެއް ދެބޭފުޅުންނަށްވުރެ މަދުވިޔަސް ބޭރު ދުނިޔޭގައި ޚާއްސަކޮށް ހުޅަނގުގައި ނަޝީދުގެ ނުފޫޒު މާވަރުގަދައެވެ. ބައިނަލް އަޤްވާމީ ޖަމްއިއްޔާތަކުގެ މެދުގައި ވަހީދުގެ މަގުބޫލުކަން އިތުރުވާނެ. އަރަބި ދުނިޔޭގައި މައުމޫނުގެ ބާރު ގަދަވާނެ. މިތިން ބޭފުޅުންނަށްވުރެ ގައުމު ރަނގަޅު މަގަކަށް އެޅުވުމަށްޓަކައި ޔާމީނަކީ ރައީސްކަމށް ވަރަށް އެކަށޭނެ ބޭފުޅެއް. އެކަމަކު އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ ވޯޓުގެ ނަތީޖާ އެމްޑީޕީއަށް ކާމިޔާބަކަށް ހެދުމަށް ވަރަށްބޮޑަށް އެހީތެރިވެދޭނެ އަދަދެކެވެ.

    ކިނިކްސް | މޭ 18، 2012
  18. މިއީތަ ތިބުނާ މިނިވަން މީޑިއާ…މިހީވަނީ ލޮލަށް މިރުސްދުން އެޅިފަހުރިމީހަކު ލިޔެފަ އޮތް އެއްޗެއްހެން.

    ޢަބްދުﷲ | މޭ 19، 2012
  19. މީ ދެން ކޮންކަމެއް، ކިތަންމެ ވަރެއް ވިޔަސް މައުމޫނަކަށް ޔާމިނަކަށް އިލްޔާސްއަކަށް ވޯޓެއް ނުލާނަށް،އެހެން ކޮންމެ މީހަކުވެސް ރަގަޅު

    މީނަ | މޭ 28، 2012
  20. މިއާޓިކަލް ލިޔުނު ކުއްޖާގާތު ބުނަންޖެހެނީ ކައިބޮއެހަދަން ބޭނުންވާ ފައިސާހޯދަން ތިކުރާ މަސައްކަތަކީ ނޫހުގަލިޔުން ކަމައްވިއްޔާ ސިޔާސީ ދަސްވަންދެން ސިޔާސީވާހަކަ ނުލިޔެ ކޮންމެވެސް އެހެންކަމެއްގެ ވާހަކަ ލިޔާށެވެ.. މިލިޔުން ކިޔާލުމުން ކުޑައިރުގަ ކުދިންކުޅޭ ކުޅެމާ ކުޅެމާގެ ވާހަކަ ލިޔުން ރަނގަޅުވާނެކަމައް ފެނެއެވެ.. މިއީކެމްޕޭނެއްކަމުގަ ވަންޏާވެސް މީހުންގެ ހަމަބުއްދި ގަބޫލުކުރާފަދަގޮތަކަށް ލިޔެގެންނޫނީ ކެމްޕޭން ކާމިޔާބެއް ނުވާނެއެވެ. 

    އަތޮޅުވެށި | ޖޫން 2، 2012
  21. މި ރިޕޯޓަށް 100 އަކުން 0، އެއްވެސް ފެއްކްޓެއް ނުހިމަނަ،،،،،

    ނޫމްސް | ޖޫން 5، 2012
  22. 74 އަހަރު ފުޅޭ…އެމަނިކުފާނަށް އަދި 50 އަހަރު ފުޅުވެސް ނުވާނެ!! މިކަހަލަ ވައި އާޓިކަލްތަކަކީ ދުވަހު ނޫހުގައި ޖަހާވަރަށްވުރެ ފެންވަރުދަށް އެއްޗެހި!

    ކަމަނަ | ޖޫން 12، 2012
  23. 2013 ގައި ފުރަތަމަ ބުރުން އެމް.ޑީ.ޕީ އަށް ލިބޭނެކަމަށް ލަފާކުރެވެނީ 65000 ވޯޓެވެ. ޕީ.ޕީ އެމްއަށް 38000 ވަރުވެދާނެ. ގާސިމް 27000 ، ތަސްމީން 25000 ، ހަސަން ސަޢީދު 15000 ، ޑޮކްޓަރ ވަޙީދު 10000 ކަމަށް ލަފާކުރެވެނީ . އެހެންކަމުން ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބެއް ނުވާނެކަމަށް ބެލެވެނީ. ދެން އޮތީ ދެވަނަބުރުން ނަޝީދު އާ ވާދަކުރާނެ މީހަކު ހޯދުން ، ދެވަނަ ބުރުގައި ވާދަކުރާނީ ޕީ.ޕީ.އެމް ގެ ކެންޑިޑޭޓް އިއްތިހާދު އެހިސާބުން ރޫޅުން އެކަށީގެންވޭ!

    ޔޫސޭ | ޖޫން 12، 2012
  24. ޤަބޫލް ކުރެވުނަސް ނުކުރެވުނަސް ރައީސް މައުމޫން އަކީ ޤައުމީ ރައީސެއް މި ޤައުމަށް ޚިދުމަތް ކުރެއްވި ޚިދުމަތް ތެރި ޤައުމީ ދަރިއެއް ޤައުމު އެމަނިކްފާނައް ޘަނާ ކިޔުއްވާނެ ޒިކުރާ އާކުރާނެ

    Nashidh | ޖޫން 12، 2012
  25. މައުމޫނަކީ ތަރައްޤީކުރުމަށް މަސައްކަތްތަކެއް ކޮށްދެއްވި ލީޑަރެއް! ނަޝީދުވެސް ތަރައްޤީއަށް މަސައްކުރެއްވި! ވަޙީދުވެސް ކުރެވޭތޯ އެބަބަލާ މިއިން އެކަކަށްވެސް ދެނެއް ވޯޓެއްނުލާނަން!

    މޮހޮނު / ހުވަދޫ | ޖޫން 13، 2012
  26. ތަންކޮޅެއް ބޮޑު ވަރުތީ. އަޅެ ތިޔައީ މުސްލިމުންތަ؟ ސަނާ ދެންެވޭނީ ހަމައެކަނި ﷲ ގެ ހަޟްރަތައް، ޒިކުރާ އާކުރުން ހައްގި އަޅަމެންގެ ނަބިއްޔާ މުހައްމަދު ސައްލަލްﷲ އަލެއިވަސައްލަމް އަށް. ޔާ ﷲ މިޤައުމުގެ ހަތުރު ކަމަށްވާ، ޔާމީނާއި،މައުމޫނާއި،ތަސްމީނާއި،ގާސިމާއި،ހަސަން ސަޢީދާއި،ޑރ.ވަހީދާއި،ވަހިއްދީނާއި، ނަށީދާއި ހަމައެކަނި ވެރިކަން ބޭނުންވެގެން އުޅޭ މީހުން ރައްޔިތުންގެ ބޮލައްފައިން އަރާނެ މީހުންގެ ކިބައިން ސަލާމަތް ކުރައްވާންދޭވެ….. ރުގޫބިއްޔާ އާއި ޢުޟޫހިއްޔަތު ރަނގަޅަށް ދަސްކޮށްބަލަ އަޙުންނޭވެ……!!!

    އަބްދުﷲ | ޖޫން 16، 2012

 އަކުރު އެބައިން