ޑރ. ޑީޑީ ވާހަކަ ދައްކަވަން ފެށްޓެވުމުން އިސްތިއުފާއަށް ގޮވައިފި

26 އޭޕްރިލް، 2012

އަބްދުއްލަތީފް

އެމްޑީޕީ އިން ރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރައީސް ޑރ. އިބްރާހީމް ދީދީ ވާހަކަ ދައްކަވަން ފެށްޓެވުމުން ބައަކު އަޑު ގަދަކޮށް އިސްތިއުފާއަށް ގޮވައި ވާހަކަ ދެއްކެވުމަށް ހުރަސް އަޅައިފިއެވެ.

އެމްޑީޕީގެ އިސްމެންބަރަކު މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރޭ ހާމަވެގެން ދިއައީ އެމްޑީޕީގެ ބައެއް ބޭފުޅުންގެ އަމަލުތަކާމެދު ކުރިން ކުރެވެމުން ތުހުމަތުތައް ޔަޤީންކަމަށް ބަދަލުވެގެންދިއަ މަންޒަރު ކަމަށެވެ.

“ވާހަކަ ދެއްކުމާ ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަން ގެނެސްދިނީ އެމްޑީޕީ. ނަމަވެސް. ރޭ ފެނިގެން އެދިއައީ އެމްޑީޕީގެ ރައީސް ވާހަކަ ދެއްކެވުމަށް ހުރަސް އެޅިތަން، ހަމައެކަނި ހުރަސްއެޅީއެއް ނޫން. ކަރަންޓްވެސް ކަނޑާލި. ގައިކޮޅަށް އަރައިގަންނަން ވެސް އުޅުނު. ނަމަވެސް ޑރ. ޑީޑީގެ ވެސް ސަޕޯޓަރުން ތިބުމާއެކު އެމީހުން ބޭނުންވި ގޮތަށް އެކަން ނުކުރެވުނީ.”

އޭނާ ވިދާޅުވީ ޑިމޮކްރަސީގެ ހަމަތައް ޤަބޫލުކުރަނީ އެމްޑީޕީން ކަމަށް ބުނަމުން އެމްޑީޕީގެ ކަންތައްތައް މިހިސާބުން ފެންނަން ފެށީމާ ރައްޔިތުންގެ އިތުބާރު ގެއްލޭނެކަމާމެދު ހިތާމަކުރައްވާ ކަމަށެވެ. “ކުރިން ވެސް އަލްހާން ވިދާޅުވި. ސަރުކާރު ވެށްޓުނީ ހުރިހައި ކަންކަން ހަރުގެ ތެރެއިން ނިންމަން ފެށީމައިކަމަށް. މިހާރުވެސް މިފެންނަނީ ހަމަ އެފަދަ މަންޒަރު. ދެވަނަ ފުރުޞަތާއި އެހެން ވެސް ފުރުޞަތު ލިބިފައި ތިބޭ ބައަކު ބޭނުންކޮށްގެން ކަންކަން ކުރުވަން އުޅޭ މަންޒަރު. މިއީ އެމްޑީޕީއަށް ލިބޭ ވަރަށް ބޮޑު ދެރައެއް.” ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިފޯމް ކުރުމަށް ބާރުއަޅާ އެމްޑީޕީ، ރިފޯމްކުރަންޖެހުމުން އެކަމަށް ކުރިމަތިލާ ބައަކަށް ފައުޅުގައި ހުރަސްއަޅައި އެބައެއްގެ އަޑު ނުއެހުން އެއީ ވިސްނަންޖެހޭ ކަމެއް ކަމަށެވެ. “އަޑުއެހުމުގެ ޤާބިލުކަން ހުންނަންޖެހޭނެ. އެވަރުވެސް ނުވާތަން މިފެންނަނީ. ބަކި މީހަކު، ނޫނީ ވަކި މީހަކު ބުނާ ބަސް ނޫން އެހެން އަޑެއް އަހަން ބޭނުންނުވާނަމަ ޕާޓީއޭ ކިޔުމުގެ ބޭނުމެއް ނެތް. އެމިހެއްގެ ނަމުން ކިޔައި އަޑުއުފުލިމާ ރަނގަޅުވާނެ.”
މިކަންކަން ހިންގީ ޕާޓީގެ އިސްލީޑަރު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ހާޒިރުގައި ނަމަވެސް އެކަން ހުއްޓުވަން އެމަނިކުފާނު ނޫޅުއްވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެމްޑީޕީގެ ނައިބް ރައިސް އަލްހާން ފަހުމީ، ކުރީ ރޭ ދިޓީވީގައި ވާހަކަ ދެއްކެވުމަށްފަހު ސްޓޫޑިއޯއިން ނުކުމެވަޑައިގަތުމުން ވެސް ބައަކު ކުރިމަތިލައި އިސްތިއުފާއަށް ގޮވައި ހެދިކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ކިޔުން ތެރިންގެ ހިޔާލު

  1. އެމް ޑީ ޕީ ރިފޯމްކޮށް ޑިމޮކްރެޓިކް ކުރަންޖެހޭ……………..

    ރިވާ | އޭޕްރިލް 26، 2012
  2. ދަރިންނޭ ދަރިންނޭ ތިޔައުޅެނީ ކިހިނެތް ތިޔަ ހަޑިގޮތް ދޫކޮށްލާށެވެ ރަގަޅަށް އުޅެވޭތޯބަލާށެވެ ޑީޑީއަށް ތިޔަގޮތަށް ދިމާކުރަންޏާ ނުބައި ނަތީޖާއެއް ނިކުމެދާނެއެވެ މިހާރުވެސް ޑީޑީކޮޅު މާގަދަވާނެއެވެ މިއީ ހަމައެކަނި ނަސޭޙަތުގެ ބަސްކޮޅެކެވެ =ކުޑަބެ=

    މުހައްމަދުމަނިކު | އޭޕްރިލް 26، 2012
  3. ރޫޅެނީ ރޫޅެނީ ރޫޅެނީ ! ތިމާމެނަށް ކުރެވޭ ނާތަހުޒީބު ޢަމަލުތަކެއްގެ ސަބަބުން ވެރިކަން ވެއްޓި މުޅި ޕާޓީ ރޫޅި ފުނޑުފުނޑުވާއިރުވެސް ބަޔަކު ފެންނަނީ ޕާޓީގެ އިސް އެއްވެސް ޙައިޘިއްޔަތެއް ނެތް އަންނިގެ ވަށައިގެން އެނބުރޭ ތަނެވެ. ދެން އަލްޙާނު ، ޝިފާޤު ޑީޑީ ވަކިކުރަންވީ. ކާނަލްވެސް ވަކިކުރަންވީ ކާނަލްގެ ދާއިރާގެ ކައުންސިލަރުން ރައީސާ ބައްދަލުކުރެއްވީތީ. ކާކަށް ދެރަވާނީ؟

    ޙަފްޞާ/ މާލެ | އޭޕްރިލް 26، 2012
  4. އެމްޑިޕީ މީހުންގެ ތެރެއިން ވަކިބަޔަކު އިސްވެތިބެ އެމީހުންގެ އަމިއްލައެދުން އިސްކޮށް ކުރަމުންގެންދާ ހަޑި މުޑުދާރު ޢަމަލުތަކުގެ ބޭނުމަކީ ތަނުގަައި ތިބިހަރުދަނާ މީހުންބޭރުކޮށްގެން ނަމަވެސް ވެރިކަމަށްއާދެވޭތޯ ބެލުން ސަބަބަކީ 2013 ގަ ނުހޮވޭނެކަން ޔަޤީންވުން ވީމާ ޕާޓީގެ މީހުންނަށް ހަމަމަގު ވިސްނާދޭން މަސައްކަތްކުރާ ޕާޓީއަށްހެޔޮއެދޭ އެންމެންނަށްވެސް ދިމާވާނީ ހަމަތިގޮތް

    ރީތި މޫސަ | އޭޕްރިލް 27، 2012

 އަކުރު އެބައިން