- ރައީސް، ޖަޕާނުގެ ޘަޤާފީ ހޮޓާތައް ހިންގާ ފަރާތްތަކުގެ ވަފްދަކާ ބައްދަލުކުރައްވައިފި
- ކޯޓަށް އެއްބާރުލުން ދިނުމުގައި ފުލުހުންގެ ހިދުމަތް ޖިނާޢީ ކޯޓުން ފާހަގަކުރައްވައިފި.
- ނައިފަރު މާރުކޭޓް ހޮޓާ އަލުން ބީލަމަށް ލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގައިފި
- ކުއްޖާ ވިހެއުމަށްފަހު މަރާލާފައިވާކަމަށް ބުނެ ކުއްޖާގެ މަންމަގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތު ނުވާކަމަށް ކޯޓުން ނިންމައިފި
- މަސްވެރިކަން ދަށްވަނީ ދާއަޅާތީ: ޑރ. ހުސައިން ރަޝީދު
- ގެސްޓް ހައުސްއެއްގެ ތެރޭގައި އުމުރުން 25 އަހަރުގެ ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ
- “ބައެއް ޤާނޫނުތަކާއި ޤާނޫނުތަކުގެ ބައެއް މާއްދާތައް އުވާލުމުގެ ބިލު” ތަޞްދީޤު ނުކުރައްވައި މަޖިލީހަށް އަނބުރާ ފޮނުއްވައިފި
- ރައީސް، އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެ
- “ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު”، ރައީސް ތަޞްދީޤު ކުރައްވައިފި
- “ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލް” ރައީސް، ތަޞްދީޤު ކުރައްވައިފި
- ސްކައުޓް އެސޯސިއޭޝަން އާއި ގުޅޭ ގޮތުން ދެކެވޭ ގިނަވާހަކަ ތަކަކީ ޒާތީ ވާހަކަތަކެއް: ސުކައުޓް އެސޯސިއޭސަން
- ރައީސް ނަޝީދާ ދެކޮޅަށް ދައުވާ ނުކުރެއްވުމަކީ، ޕީޖީ އަހުމަދު މުއިއްޒު ކުރައްވާފައިވާ ހިޔާނާތުގެ އަމަލެއް ނޫން : އޭސީސީ
- މަޑުއްވަރީގެ ބިން ދިހައަހަރަށް ޕްލޭންކުރުމަށް މަޝްވަރާކޮށްފި
ރާބިޠާގެ 50 ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް މައުމޫން މައްކާއަށް ފުރާވަޑައިގެންފި
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ރާބިޠަތުލް ޢާލަމުލް އިސްލާމިއްޔާގެ ފަންސާސް ވަނަ އަހަރީ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް އިއްޔެ ހެނދުނު މައްކާއަށް ފުރާވަޑައިގެންފިއެވެ.
ރާބިޠާގެ 50 ވަނައަހަރީ ޖަލްސާ އޮންނާނީ މިމަހު 31 އިން، އަންނަމަހު 2 އަށެވެ.
ރައީސް މައުމޫން އިއްޔެ މައްޔާއަށް ފުރާވަޑައިގަންނަވަމުން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ އެމަނިކުފާނުގެ މިދަތުރުފުޅުގައި މައުމޫން ފައުންޑޭޝަނަށް ބޭރުގެ ފަރާތްތަކުގެ އެހީ ހޯދުމަށް މަސައްކަތްކުރައްވާނެކަމަށެވެ.
މައުމޫން ފައުންޑޭޝަން އިފްފިތާހްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މައުމޫން ފައުންޑޭޝަނުން އެންމެ ބޮޑަށް އިސްކަންދޭނެ ކަންތައްތަކަކީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ލޯބިއިތުރުކުރުމާއި، ތައުލީމް ހާސިލްކޮށްދިނުމުގެ މަގުތައް ތަނަވަސްކޮށްދިނުމާއި، ސިއްހީފަރުވާ ލިބިގަތުމުގެ ފުރުސަތުތައް އިތުރުކުރުމާއި، އިޖްތިމާއީ ދުޅަހެޔޮކަމަށް މަސައްކަތްކުރުންކަމަށެވެ. އަދި ދެޖިންސްގެ ހަމަހަމަކަމަށް މަސައްކަތްކުރުމާއި، ކުދި ގައުމުތަކުގެ ރައްކާތެރިކަން ކުރިއެރުވުމާއި، ތިމާވެށި ރައްކާތެރިކުރުވުން ކަމަށެވެ.
ކިޔުން ތެރިންގެ ހިޔާލު
އެންމެ ފަހުގެ ހިޔާލުތައް
- ކޮރުއިބިލީސް - ރެކޯރޑް އަދަދަކަށް ފިޠުރު ޒަކާތް ދައްކައިފި
- ޅިޔަންބެ - ހަށިވިއްކާ އަންހެން ކުއްޖަކާ ގުޅުން ހިންގިކަން ފަޅާއެރުމުން ރޫނީ ގެ ކައިވެނި ރޫޅުމަކަށް
- ސުތުލި - މާލޭގެ 21 މިސްކިތެއްގައި ފިޠުރު ޢީދު ނަމާދު ކުރާނެ
- ައަލީ ސައީދު - ރަށްތައް ކަނޑައެޅުމަށް ސަރުކާރާއި ޑީއާރުޕީން ބޭއްވި ބައްދަލުވުމުގަ ޑީއާރުޕީން ދެކަމެއް ޝަރުތުކޮށްފި
- ޅިޔަންބެ - ހ. ޕެންޓަންވިލާ 2 ވަނަ ފަންގިފިލާއިން 4 އަހަރުގެ ކުޑަކުއްޖަކު ވެއްޓި އަނިޔާވެއްޖެ
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
30 އަހަރު ދުވަހުން ނުކުރެވުނު ކަންތައްތަކެއް ކުރުމަށް އަނެއްކާވެސް އެހީ ހޯދައިގެން ކީއްކުރަންބާ މިއުޅެނީ. އެކަންކަމަށް 30 އަހަރު ދުވަހުގެ ތެރޭގައި އެކި ޤައުމުތަކުން ހިލޭ އެހީގެ ގޮތުގައި ދިން ފައިސާއަށް ވީ ކިހިނެއްބާ ؟ މާފަންނުގައި ހަދާފައިވާ އަޑުގެ ސްޓޫޑިއޯއަކީ ކިތައް ޤައުމުން ކިތައް ފަހަރު ފައިސާ ހޯދައިގެން ހަދާފައިވާ ތަނެއްބާ ؟ އެއްފަހަރު ލިބުނު ފައިސާއިން ފާރުބުރިއެއް ރާނާފަ ، އަނެއްފަހަރު ލިބުނު ފައިސާއިން އެފާރުގައި އުވަ ޖަހާފަ ، ކިތައް ފަހަރު ކިތައް ޤައުމުން އެއްކުރި ކިހާ ފައިސާއަކުން ، ކިތައް އަހަރުން ނިމިފަ ހުރި ތަނެއްބާ އެއީ ؟ އެ ސްޓޫޑިއޯއަކީ ، ރިކޯޑް ތަނެއް. ލިބުނު ފައިސާގެ ޢަދަދެއް ނޭނގޭ. ޚަރަދުވި ފައިސާގެ މިންވަރެއްވެސް ނޭނގޭ. ނިންމަން ނެގި މުއްދަތެއްވެސް ނޭނގޭ. މިއީ އެތައް ސަތޭކަ މިސާލުން ހަމަ އެންމެ މިސާލެއް. މިހުރިހާ ސުއާލެއްގެ ޖަވާބު އެނގޭނީ ހަމަ އެންމެ މީހަކަށް . އެއީ ސަމަރޭ.
30 އަހަރު ނުވި ކަމެއް ދެން ކީއްކުރަން ކުރަނީ! މީހުންގެ ކިބައިން އިސްލާމްދީނުގެ ވަހުދަތު ކަނޑުވާލި މީހަކީ ހަމަ މައުމޫނު! ދެން މިރާއްޖޭގަ އިސްލާމް ދީނޭ ކިޔާފަ ހުޅުވޭނީ ކޮން އަނގައެއް!