ވިލާ ކޮލެޖުން 37 ކޯހަށް ފުރުޞަތު ހުޅުވާލައިފި.

30 ޖުލައި، 2010

އަބްދުއްލަތީފް

ވިލާ ކޮލެޖުން އަންނަ ސެޕްތެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ 37 ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ކޯސްތަކުގެ ތެރޭގައި މުޅިން އަލަށް ފަށާ ބައެއް ކޮސްތަކާއި މިހާރުވެސް ހިންގަމުންދާ ކޯސްތައް ހިމެނެއެވެ.

މުޅިން އަލަށް ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެތެރޭގައި ވިޔަފާރީގެ ދާއިރާއިން މަތީ ތައުލީމު ހާޞިލުކުރަން ބޭނުންފަރާތްތަކަށް ހުޅުވައިލާ މާސްތަރ އޮފް ބިޒްނަސް މެނޭޖްމަންޓް ކޯހާއި ބެޗްލަރ އޮފް ހިޔުމަން ރިސޯރސަސް މެނޭޖްމަންޓް ވިތް ހޮނަރސް ކޯހާއި ބެޗްލަރ އޮފް މަލްޓިމީޑިއާ ޓެކްނޮލޮޖީވިތް ހޮނަރސް ކޯހާއި ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް ( އިސްލާމިކް މެނޭޖްމަންޓް) ވިތް ހޮނަރސް ކޯހާއި، ޑިޕޮލޮމާ އިން ހިޔުމަން ރިސޯރސަސް މެނޭޖްމަންޓް، ޑިޕޮލޮމާއިން މަލްޓިމީޑިއާ ޓެކްނޮލޮޖީ، އެޑްވާންސް ސަރޓިފިކެޓް އިން މަލްޓިމީޑިއާ ޓެކްނޮލޮޖީ، އެދްވާންސް ސެޓްފިކެޓް އިން ހިޔުމަން ރިސޯރސަސް މެނޭޖްމަންޓް، ކޯސް ފަދަ ތަފާތު ތަފާތު ކޯސްތައް ހިމެނެއެވެ.

މި ކޯސްތަކާއިބެހޭގޮތުން މައުލޫމާތު ދެއްވަމުން ނުހާ ވިދާޅުވީ ރާއްޖޭގައި ތިބެގެން މާސްޓަރސް އިން ބިޒްނަސް މެނޭޖްމަންޓް ކޯސް ފަދަ ކޯސްތަކުގައި ކިޔެވުމުގެ ފުރުޞަތު ލިބުމަކީ ވިޔަފާރީގެ ދާއިރާއިން މަތީ ތައުލިމު ޙާޞިލުކުރަން ބޭނބުން ފަރާތްތަކަށް ވަރަށް އުފާވެރި ޚަބަރަކަށް ވާނެ ކަމަށެވެ. ވިލާ ކޮލެޖުން ހިންގާ މިކޯސްތައް ހިންގަނީ މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީ އައި ގުޅިގެން އެފެންވަރަށްކަމަށާއި ކޯހުގައި ކިޔަވައިދެއްވުމަށް ބޭރުގެ ތަޖުރިބާކާރު ލެކްޗަރަރ ވަޑައިގަންނަވާނެކަމަށްވެސް ނުހާ ވިދާޅުވިއެވެ.

ވިލާ ކޮލެޖުން ސެޕްޓެމްބަރު މަހު ފެށުމަސް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އޮގަސްޓް މަހުގެ 15 ވަނަ ދުވަހާއި 22 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

ނުހާ ވިދާޅުވީ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންގެ ނިޞްބަތުން ޖާގަ ހަމަޖައްސަވާނެ ކަމަށާއި އެއްވެސް ކުއްޖަކަށް ބައިވެރިނުވެވިގެން މާޔޫސްވާން ނުޖެހޭނެ ކަމަށެވެ. ވިލާ ކޮލެޖުގައި މިހާރުވެސް 800 އަށްވުރެ ގިނަ ދަރިވަރުން ގެންދަނީ ތައުލިމު ހާޞިލުކުރަމުންނެވެ.

ކިޔުން ތެރިންގެ ހިޔާލު

 އަކުރު އެބައިން