- އިސްލާމީ މަރުކަޒު ވަށައިގެން އޮންނަ ސަރަހައްދުގައި ޢީދު ނަމާދު ކުރާނެ
- ދި.އެފް.އެމްގެ ޕޮއިންޓް ރުޖޫއަކުރުމަށް އެމްޖޭއޭ އިން ގޮވާލައިފި
- ޕާކިސްތާނަށް އެހީވުމަށް މަނަދޫ މިސްކިތުގަބަހައްޓާފަހުރި ފަންޑުފޮށި ފަޅާލައިފި
- ވިޔަފާރި ތަރައްޤީ ކުރެވޭނީ ހުރިހާ ބައިވެރިންގެ މެދުގައި ގުޅުންބަދަހިކުރެވިގެން: މރ. އުޕުލް ޕީރިސް
- ރާއްޖޭގެ މީޑިއާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އައިއެފްޖޭން ގޮވާލައިފި
- ހެލްޕް ޕާކިސްތާން ކެމްޕޭންގައި ޕާކިސްތާންގެ ސަފީރު ބައިވެރިވެވަޑައިގަންނަވާނެ
- ބިޔުޓީ ޕާރލަރގައި ހަށިވިއްކި ތިން އަންހެނަކު ހައްޔަރުކޮށްފި.
- ކުންފުނިތަކާއި އަމިއްލަ ޖަމްޢިއްޔާތަކާއެކު ސްކޫލްތަކުން ގާތް ގުޅުމެއް އުފެއްދެވުމަށް ނައިބު ރައީސް އެދިވަޑައިގެންފި
- ސީނުކަރައިގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް އަޙްމަދު ލަޠީފް ޢައްޔަން ކުރައްވައިފި.
- “ގޭންގް ކުށްތައް މަނާކުރުމުގެ ބިލް” ރައީސް، ތަޞްދީޤު ކުރައްވައިފި
- ސްޓޭޓް މިނިސްޓަރު ކަމަށް ދެ ބޭފުޅަކު ރައީސް، ޢައްޔަން ކުރައްވައިފި
- “ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް”، ރައިސް، ތަޞްދީޤު ކުރައްވައިފި
- ކޫއްޑޫ އިން ބާއްވާ ނީލަންތަކުގައި ޢާއްމުންނަށް ބައިވެރިވެވޭގޮތަށް ހަމަޖައްސައިފި.
ވޭލާނާގޭ އޮފީސް އިމާރާތަށް މައުމޫން ގަސްދުކުރައްވާފައިވާ ނަމަކީ ނާސިރު ބިލްޑިންގ
ސަރުކާރުން އިމާރާތްކުރެއްވި ވެލާނާގޭ 14 ބުރީގެ މިޒަމާނުގެ އޮފީސް އިމާރާތަށް ވިދާޅުވާން ގަސްދުކުރައްވާފައިވާ ނަމަކީ ” ނާސިރު ބިލްޑިންގ” ކަމަށާއި، އެގޮތަށް ގަސްދުކުރެއްވީ ކުރީގެ ރައީސް އިބްރާހިމް ނާސިރަކީ ރާއްޖޭގެއަށް ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވީ ގައުމީ ބަތަލަކަށް ވާތީކަމުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހު ސަންއެފްއެމްގައި އޮތް ޕްރޮގްރާމެއްގައި ވާހަކަފުޅުދެއްކެވިއިރު ވެލާނާގޭއިމާރާތަށް، ދެއްވަން ރައީސް މައުމޫން ގަސްދުކުރައްވާފައިވަނީ ކޮންނަމެއްތޯ ދެންނެވުމުން މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން އޮފީސް ތައް ހިންގާނޭ އިމާރާތްތައް ހެއްދެވިއިރު، އައްސުލްތާން މުޙައްމަދު ތަކުރުފާނުގެ ނަންފުޅަށް ޣާޒީބިލްޑިންގ ހައްދަވައި އައްސުލްތާނު ހަސަން އިއްޒުއްދީނުގެ ނަންފުޅު ހުރަވީ ބިލްޑިންގ ހެއްދެވި ފަދައިން ވެލާނާގޭ ސަރުކާރަށް ބައްލަވައިގަތުމަށްފަހު، އެތަނުގައި އޮފީސްއިމާރާތެއް ހައްދަވަން ނިންމަވައި، ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ނަންފުޅަށް ނިސްބަތްކުރައްވައި ނާސިރު ބިލްޑިންގް ވިދާޅުވާ ގަސްދުކުރެއްވީކަމުގައެވެ.
ވޭލާނާގޭ ސަރުކާރު ބައްލަވައިގަތް ގޮތުގެ މައްޗަށް ވާހަކަފުޅުދައްކަވަމުން މައުމޫންވިދާޅުވީ، އިބްރާހިމް ނާސިރު ވެލާނާގެ އެމަނިކުފާނުގެ ދެބޭފުޅުންނަން ހިބައިން ދެއްވުމުން، އެދެބޭފުޅުން ވެލާނާގޭ ވިއްކާލަން ނިންމެވުމުން ސަރުކާރުގެ ވަރަށް މުހިންމު އޮފީސްތަކެއް އެތާކައިރީގައި ހުރުމާއެކ،ު އަދި ވެލާނާގޭހުރި ސަރަހައްދުގެ ގޮތުން ބޭރު ފަރާތްތަކަށް ނުވަތަ އެނޫން ފަރާތްތަކަށް އެތަން ދިނުމަށްވުރެ ސަރުކާރުން ވެލާނާގޭ ބައްލަވައިގަތުން ރަގަޅުވާނެކަމަށް ކެބިނެޓުން ނިންމެވައިގެން ނިންމެވިކަމެއް ކަމުގައި ވެސް މައުމޫން ވިދާޅުވިއެވެ.
އޭރު ތިއްބެވި ބޭފުޅުން ވަރަށް ރީތިކޮށް ކުރައްސަވައިދެއްވައިގެން ވެލާނާގޭ އޮފީސް އިމާރާތް ހައްދަވަން ފެއްޓެވީ 2006 ވަނައަހަރު ކަމަށްވެސް މައުމޫންވިދާޅުވިއެވެ.
ވޭލާނާގޭ އިމާރާތް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މުޅިން ނިމުމުން މިއަހަރުގެ މިނިވަން ދުވަހު އެއިމާރާތް ހުޅުވުނީ ވެލާނާގޭ ޢާއިލާގެ މުހިންމުކަމާއި ޚިދުމަތްތަކަށް ބައްލަވައި ވެލާނާގޭ ނަމުގައެވެ.
ކިޔުން ތެރިންގެ ހިޔާލު
އެންމެ ފަހުގެ ހިޔާލުތައް
- ކޮރުއިބިލީސް - ޑރ. އަލީ ބަކްރަން އަވަހާރަވުން އިނގިރޭސި ވިލާތާއި ޔޫރަޕް ސިއްސުވާލައިފި.
- ކޮރުއިބިލީސް - ޒަކާތް ދިނުމަކީ ފެނުން އަލިފާން ނިވޭފަދައިން ފާފަ ފޮހެވޭކަމެއް: ޝައިޚް ޝަހީމް
- ދެލޯދުރުމި - އަރަބިއްޔާއަށް އެންމެ 30 ޖާގަ ދިނުމަކީ ޤަބޫލުކުރެވޭނެކަމެއް ނޫން: މަދަނީ އިއްތިހާދު
- ނޫރު - އަރަބިއްޔާއަށް އެންމެ 30 ޖާގަ ދިނުމަކީ ޤަބޫލުކުރެވޭނެކަމެއް ނޫން: މަދަނީ އިއްތިހާދު
- ޢަބުދުލްކަރީމް - ޑީއާރުޕީ ތުޅާދޫ ރައީސް އެމްޑީޕީއަށް ބަދަލުކުރަން ފޯމުފުރުމުގައި އިލެކްޝަންސްގެ އިހްމާލު އޮތްކަމަށް ވިދާޅުވާތީ ހިތާމަކުރަން: އިލެކްޝަންސް
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
މައުމޫނު ވަނީ މަރުޙޫމް ނާސިރުގެ މުޅި މިދާ މައުމޫނުގެ ސަރުކާރަށް ނަގާފައި. ނުވިތާކަށް ސުކޫލު ކުދިން ބޭނުންކޮށްގެން މުޒާހަރާކޮށް ނާޞިރުއަށް ގޮވިހައި އެއްޗެހި އެއީ މުސްލިމަކު އަނެއް މުސްލިމަކާއި ދިމާއަށް، ކީއްކުރަންތޯ ކާފަރަކާއި ދިމާލަށްވެސް ނުގޮވާނެ ހަޑިހުތުރު އަވަގުރާނަ. ނުވިތާކަށް ޓީޝާޓް ތަކުގައި ކުރަހައިގެން ނާސިރު ޑޮލަރުތައް ކާލީޔޭ
ލިޔެ، އޭނާއަށް ޝަރީޢަތްހިންގައި، މެރުމަށް ހުކުމްކޮށްފައި، ރާއްޖެނުގެނެވުމުން، މުޅި ޢާއިލާއާއި ދިމާކޮށްފައި، މިއަދު ކީކޭތޯ ކިޔަން ތިއުޅެނީ؟ ތިޔައީ އިންސާނެއްގެ ސިފައިގައި ހުރި “***”. ތިފަދަ މީހުންގެ ކިބައިން އަޅުގަނޑުމެންގެ ދިވެހި ޤަޥްމު ސަލާމަތް ކުރެއްވުން އެދި ކީރިތި ﷲ އަށް ދުޢާކުރަމުން ނިންމާލަން. ޝުކުރިއްޔާ.
ލެއްގި ބަބުރުގެ ދޮންސީދީގެ މައުމޫނު ވަރުގެ ދޮގުހަދާ މީހަކު މިއުޑުދަށުގައި މަދުވާނެ. މައުމޫނު، ނާސިރާއި މެދު ކަންތައްކުރިގޮތް އެނގޭ ހުރިހާ ދިވެހިން އަދި މަރުވެގެންނެއް ނުދޭ. ނާސިރަށް މަލާމާތުގެ ލަވަ ހަދައި، މުޅި ޢާއިލާ ނިކަމެތިކޮށް މުދާ ސަރުކާރަށް ނެގުމަށް ފަހު، އެތައް ފަހަރެއްގެ މަތީން ނާސިރު މެރުމަށް ރާއްޖެގެނައުމަށް އުޅެފައި، އެކަން ނާކާމިޔާބު ވީމާ، މިހާރު ނިކުމެ “ހުދުފޮތިގަނޑަކަށް” ހެދެން އުޅުނަސް އެކަމެއް ނުވާނެ. މުޅި ޤަޥްމުގެ ޚަޒާނާ ޢާއިލާ އަށާއި ރައްޓެހިންނަށް ބަހައި ހުސްކޮށް ކޮރަޕްޝަނުން ފެންވަރައިގެން މުސްކުޅިވީމާ ވެސް ޒުވާނެއްކަމަށް ހެދިގެން އުޅުނަކަސް މިއަދުތީ ބޭކާރު މީހެއް.
މައުމޫނު ތިޔަ ވިދާޅުވީ ވަރަށްބޮޑު ޖޯކެއް މައުމޫނުގެ 30 އަހަރުގެ ވެރިކަން ނިމިގެން ދިޔައިރު 30 މިނިވަންދުވަސް ފާހަގަ ކުރި އިރު ދުވަހެއްގަވެސް އިބުރާހިމް ނާސިރު މިގައުމަށް ކޮށްދިން ކަމެއްގެ ވާހަކަ މައުމޫނުގެ ދުލުން ބުނި އަޑެއް އަޅުގަނޑު ނައަހަން އެކަމަކު ވެރިކަމާ ދުރުވެ ހުންނަވައިގެން މިހާރު އެވިދާޅުވަނީ ތިމަން ގަސްތުކޮށްފަ ހުރީ ވެލާނާގެ ބިލްޑިންގަށް އިބުރާހިމް ނާސިރުގެ ބިލްޑިން ނަމުން ނަންދޭށޭ.މައުމޫނަށް އަޅުގަނޑު ދަންނަވާނީ އިންސާނަކު ދިރިދުނިޔޭގެ ހުއްޓާ އެމީހަކު ކުރި ޚިދުމަތްތަކުގެ އަގުވަޒަން ނުކޮށް ދެމިއޮޔުމުގެ އާލަމަށް ދަތުރުކުރީމަ ކޮންބަތަލެއްގެ ނަމުންތޯ ނަންތިދެއްވަނީ.
ނާސިރާ މެދު މައުމޫނުކަންތައް ކުރެއްވި ގޮތް ހަނދާން ނެއް ނުތޭ… މައުމޫނުގެ ވެރިކަމުގައި ނާސިރާމެދު އިހާނެތިކޮށް ކަންތައް ކުރެއްވުމަށް ފަހު ވެރިކަމުން ދުރުވެ ތިޔަ ދައްކަވާ ވާހަކަ ޤަބޫލުކުރާނީ ކާކު؟
ނާސިރު ބިލްޑިންގް އެތަނަށް ނުކިޔާނެކަން ޔަގީން، އެހެނެއްނޫން . ނަޝްރީނާ ބިލްޑިންގް ފަހަރެއްގަ ކިޔުން އެކަށީގެންވޭ. ނާސިރުގެ ނަން ދަމަހައްޓަން ބޭނުންނަމަ އޭނަ ކުރިކަމެއް ނެގުނު ސަރުކާރުގައި ފާހަގަކުރީސް، އެންމެ ކުޑަމިނުން 30 މިނިވަންދުވަސް ގައުމުގައި ފާހަގަކުރިއިރު މައުމޫނުގެ އަނގައިން ނާސިރުގެ ނަމެއް ނުކިޔާކަން މުޅި ރާއްޖޭގެ ރައްޔިތުން ދަންނާނެ ، މިހާރު ދެން ނާސިރުގެ ވާހަކަ ދައްކާނެކަމެއް ނެތް
ސުބްޙާނަﷲ . މައުމޫނަށް ވެގެން ވިއްޔާ އެނަމެއް ނުކިޔާނެކަން ކަށަވަރު. އެނަމެއް އޮންނާނީ މައުމޫނަށް ނުވަތަ މައުމޫނުގެ ޢާއިލާއަށް ނިސްބަތްވާގޮތަށް ކިޔަން ނިންމާފަ ކަން ކަށަވަރު. . ހަރުފަޔާ ދެއޯގެ މިސާލުގަ ، ބޮލުން ދެދަތް ފަޅުވާ ، މީހުން ބިރުގަންނަ ނުބައިހެން ހީވާ ސިފަ ސިފައަށް ޗިޅިޔާމެން ލައްވާ ، ނާޞިރުގެ ބުދު ކުރަހާ ، ބުދު ކައިރިޔަށް ރައްޔިތުން އެއްކޮށް ، އިބިލީހަށް ނުގޮވާ ވަރަށް އެއްޗެތި ގޮވާ އެބުދަށް އަނިޔާކޮށް އަންދާ ނުކުރާކަ އަނިޔާވެރި ކަމެއްނެތް މަންޒަރުތަކެއްގެ އެޕިސޯޑު ތަކެއް ފުރަތަމަ ދައުރުގަ ކުޅެފަ ، ވެލާނާގެ ސަރުކާރަށް ނަގާފަ ، ނާޞިރުގެ އޮތިއްޔާ އޮތް ބިމެއްވެސް އަތުލާފަ ، ދެން ތި ގޮވާ މޮޔަ މި އުޑުދޮށުގަ ހަމަ ހޭ ހުރި އިންސާނަކަށް ޤަބޫލު ކުރެވޭނީ ކިހިނެއް. ވެރިކަމުން ބޭލީމަވެސް މިކަލޭގެ ކިބަޔަކުން ސަލާމަތެއް ނެތް. ހުސް ދޮގު. އަދިވެސް މަކަރާ ހީލަތް.
މިހާރު ކިޔާފައި އިންނަން އެ ޢާއިލާއާ ވަރަށްގުޅޭ. ނާސިރު ބިލްޑިންގ ކިޔަކަސް އެއްވެސް ހައިބަތެއްނެތް. ރާއްޖޭގައި ބައިވަރު ނާސިރު އުޅޭ. މިހާރުދެން ވަރަށް ވާހަކަރީރިވާނެ.ކޮބާ ކުރެހި ކާޓޫނުތަށް،ހެދި ލަވަތަށް، އަބުރުނަގާލަން ބޭއްވި ހިނގާލުންތަށް.
އަހަރެމެންގެ ޖީލަށް އަތޮޅުތަކުގެ ރައްޔިތުންނަށް ނާޞިރު ޖެއްސި ޙާލު ޢަބްދުއްރައްޒާޤަށް އެނގޭނަމަކާ ތިޔަ ޚިޔާލު ތިޔަގޮތަކަށް ނުލިޔާނެ! ހިތާމަހުރި! ފޮޓޯ ނުކުރަހަން ހުއްްޓަސް އޭރު ކުރެހޭނެ! ލަވަ ނުކިޔަން ހުއްޓަސް ކިޔޭނެ! ނާޞިރުގެ ަެހާގިނަ ފިހާރަތަކެއް ހިންގާ ރައްޔިތުން ހާލުގަ ޖައްސާކަށް ނޫނޭ ވެރިކަމުގަ ހުންނަންޖެހޭނީ! މިހާރު ކީނަންވެސް ގޯސް! މައުމޫނު ކިޔަން ނިންމާފަ އޮތް ނަންވެސް ގޯސް! ނާޞިރުގެ ވެރިކަން ބަދަލުވުމުން ހީވީ އެހެން ދުނިޔެއަކަށް ދެވުނީހެން! ޢަބުދުއްރައްޒާޤު ތިޔައީ އޭރު ދުނިޔޭގަ ހުރި މީހެއްތޯ އަހާލަންޖެހޭ! ނޫނީ ނާޞިރުގެ ވެރިކަމުގެ ނުޙައްޤު ފައިދާގަނޑެއް ލިބިފަހުރީހެންވެސް ހީވޭ!
ނާސިރު ބިލްޑިންގ ކިޔަން ބުނިނަމަވެސް އެއީދޮގު ބަހަނާއެއް
ސްނެއިލް ބިލްޑިންގ ކިޔާގޮތަށް ހަމަޖެހިފަ އޮތީ.
އަޅުގަނޑުގެ ބައްޕަ ދިހަމަސްދުވަހު ޖަލުގައި ބާއްވައި ނުކުޅެދުން ތެރިޔަކަށް ހަދާފައިވަނީ އަހަރެމެން ރައްފޫށު މީހުން ޒުވާރީގެ ތޮށި ކެޔަސް މާލޭގެ ބޭފުޅުން ފަރިއްކުޅުއްވަވާނީ ކޯރާ ހަނޑޫ ކަމަށް ބުނެގެންނެވެ.
ވަރަށް ވާހަކަ ރީތިވާނެ ބަލާބަލަ ކުރިކަންތައް ރާއްޖޭގެ ޤަދީމީ އާއިލާއެއް މައުމޫނު އެހެރީ ފަނާކޮށްލާފަ ދެންކޮންވާހަކަ އެއްދައްކާކަށް!
ރާއްޖޭގެ ވެރިކަމަކަށް މިފަހަކުން އަދި ނާދޭ އެމީސްމީހުންގެ ނަން ތަންތަނަށް ނިސްބަތްކޮށް ކިޔޭވަރުގެ މީހަކު. މީހަކަށް ދޫކުރާނެ މީހަކު ނެތް. އެއެންމެންގެ ތެރެއިންވެސް މައުމޫނަކީ އަރާހުރި މީހެއް. މިޒަމާނުގެ މި ދިވެހިރާއްޖެ ދުށް އެންމެ އަނިޔާވެރި ޚުދުމުޚުތާރު ވެރިކަމެއް އެންމެ ގިނަދުވަހު ކުރީ ، ދީނީ ޢިލްމުވެރިޔަކަސް ހަމަ މައުމޫނު.