- އިސްލާމީ މަރުކަޒު ވަށައިގެން އޮންނަ ސަރަހައްދުގައި ޢީދު ނަމާދު ކުރާނެ
- ދި.އެފް.އެމްގެ ޕޮއިންޓް ރުޖޫއަކުރުމަށް އެމްޖޭއޭ އިން ގޮވާލައިފި
- ޕާކިސްތާނަށް އެހީވުމަށް މަނަދޫ މިސްކިތުގަބަހައްޓާފަހުރި ފަންޑުފޮށި ފަޅާލައިފި
- ވިޔަފާރި ތަރައްޤީ ކުރެވޭނީ ހުރިހާ ބައިވެރިންގެ މެދުގައި ގުޅުންބަދަހިކުރެވިގެން: މރ. އުޕުލް ޕީރިސް
- ރާއްޖޭގެ މީޑިއާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އައިއެފްޖޭން ގޮވާލައިފި
- ހެލްޕް ޕާކިސްތާން ކެމްޕޭންގައި ޕާކިސްތާންގެ ސަފީރު ބައިވެރިވެވަޑައިގަންނަވާނެ
- ބިޔުޓީ ޕާރލަރގައި ހަށިވިއްކި ތިން އަންހެނަކު ހައްޔަރުކޮށްފި.
- ކުންފުނިތަކާއި އަމިއްލަ ޖަމްޢިއްޔާތަކާއެކު ސްކޫލްތަކުން ގާތް ގުޅުމެއް އުފެއްދެވުމަށް ނައިބު ރައީސް އެދިވަޑައިގެންފި
- ސީނުކަރައިގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް އަޙްމަދު ލަޠީފް ޢައްޔަން ކުރައްވައިފި.
- “ގޭންގް ކުށްތައް މަނާކުރުމުގެ ބިލް” ރައީސް، ތަޞްދީޤު ކުރައްވައިފި
- ސްޓޭޓް މިނިސްޓަރު ކަމަށް ދެ ބޭފުޅަކު ރައީސް، ޢައްޔަން ކުރައްވައިފި
- “ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ބިލް”، ރައިސް، ތަޞްދީޤު ކުރައްވައިފި
- ކޫއްޑޫ އިން ބާއްވާ ނީލަންތަކުގައި ޢާއްމުންނަށް ބައިވެރިވެވޭގޮތަށް ހަމަޖައްސައިފި.
ފަނޑިޔާރުން ދާއިމީކުރުން ވަގުތުން ހުއްޓާލުމަށް އައިޑީޕީން ގޮވާލައިފި
މުޙައްމަދު ތައުފީޤް
ފަނޑިޔާރުން ދާއިމީ ކުރުމަށް ޖޫޑިޝަލް ސަރވިސް ކޮމިޝަން އިން ކުރަމުންގެންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށާއި އެމަސައްކަތްތައް ވަގުތުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޮވާލައި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) އިން ބަޔާނެއް ނެރެފިއެވެ.
އައިޑީޕީ އިން އިއްޔެ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އޮގަސްޓް 7 ވަނަ ދުވަހަށް ހަމަވާ ޤާނޫނުއަސާސީގައި ބަޔާންކުރާ އިންތިޤާލީ މަރުޙަލާ ނިމުމުގެކުރިން ޖުޑީޝަލް ސާވިސް ކޮމިޝަނުން ކުރަންޖެހޭ އެތައްކަމެއްނުކޮށް، ކުއްލިއަކަށް ފަނޑިޔާރުން ދާއިމީކުރުމަށް މިހާރު ކުރަމުންގެންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް އެޕާރޓީ އިން ގޮވާލާ ކަމަސެވެ.
ފަނޑިޔާރުން ދާއިމީކުރުމުގެ މަސައްކަތް ޖުޑީޝަަލް ސާވިސް ކޮމިޝަނުން ކުއްލިއަަކަށް ފަށާފައިވާއިރު، ފަނޑިޔާރުން ދާއިމީކޮށް ހުވާ އެކުރަނީ ކޮން ކޯޓްތަކެއްގައި މަސައްކަތް ކުރަންތޯ އެއީ އުފެދޭ ވަރަށްބޮޑު ސުވާލެއް ކަމަށާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 6 ވަނަ ބާބު ޢަދުލް އިންސާފް ޤާއިމްކުރުމުގެ ބާރު، މިބާބުގެ 141 ވަނަ މާއްދާގެ “ހ” ގައި ބަޔާންކުރާ ޤާނޫނަކުން ކަނޑައަޅައިފައިވާ ދަށުކޯޓްތަކެއް މިއަދާ ހަމައަށްވެސް އުފެދިފައި ނުވާކަމަށް އައިޑީޕީ އިން ބުނެފައިވެއެވެ.
އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 6 ވަނަ ބާބު ޢަދުލް އިންސާފް ޤާއިމްކުރުމުގެ ބާރު، މިބާބުގެ 149 ވަނަ މާއްދާގެ “ހ” ގައި ބަޔާންކުރާ ފަނޑިޔާރުންގެ ފެންވަރު ކަނޑައަޅާފައިވާ ޤާނޫނެއް ހެދިފައިނުވާކަމާއި އަދި ހަމަ ޤާނޫނުއަސާސީގެ 149 ވަނަ މާއްދާގެ “ރ” ގައި ބަޔާންކުރާ ދިވެހިރާއްޖޭގެ ފަނޑިޔާރުންނާބެހޭ ޤާނޫނެއް މިއަދާ ހަމައަށްވެސް ފާސްކޮށްފައި ނުވާކަމަށްވެސް އައިޑީޕީގެ ނޫސްބަޔާނުގައިވެއެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންނާބެހޭ ޤާނޫނެއްނެތި، ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުން ދާއިމީކުރުމަށް ކުރަމުންގެންދާ މަސައްކަތަކީ މިވަގުތު ކުރެވޭނެ މަސައްކަތެއް ނޫންކަމަށާއި، އެހެންކަމުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުން ދާއިމީކުރުމަށް މިހާރު ކުރަންފަށާފައިވާ މަސައްކަތް ވަގުތުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންނަށްވެސް އައިޑީޕީންވަނީ ގޮވާލުމުގެ އިތުރުން މިކަން ކުރިއަށްދާގޮތާއި ދޭތެރޭގައި ރައްޔިތުން ވަރަށްބޮޑަށް ފާރަވެރިވެ ތިބުމަށްވެސް އައިޑީޕީން އިލްތިމާސް ކޮށްފައިވެއެވެ.
ކިޔުން ތެރިންގެ ހިޔާލު
އެންމެ ފަހުގެ ހިޔާލުތައް
- ކޮރުއިބިލީސް - ޑރ. އަލީ ބަކްރަން އަވަހާރަވުން އިނގިރޭސި ވިލާތާއި ޔޫރަޕް ސިއްސުވާލައިފި.
- ކޮރުއިބިލީސް - ޒަކާތް ދިނުމަކީ ފެނުން އަލިފާން ނިވޭފަދައިން ފާފަ ފޮހެވޭކަމެއް: ޝައިޚް ޝަހީމް
- ދެލޯދުރުމި - އަރަބިއްޔާއަށް އެންމެ 30 ޖާގަ ދިނުމަކީ ޤަބޫލުކުރެވޭނެކަމެއް ނޫން: މަދަނީ އިއްތިހާދު
- ނޫރު - އަރަބިއްޔާއަށް އެންމެ 30 ޖާގަ ދިނުމަކީ ޤަބޫލުކުރެވޭނެކަމެއް ނޫން: މަދަނީ އިއްތިހާދު
- ޢަބުދުލްކަރީމް - ޑީއާރުޕީ ތުޅާދޫ ރައީސް އެމްޑީޕީއަށް ބަދަލުކުރަން ފޯމުފުރުމުގައި އިލެކްޝަންސްގެ އިހްމާލު އޮތްކަމަށް ވިދާޅުވާތީ ހިތާމަކުރަން: އިލެކްޝަންސް
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
އައިޑީޕީ އެބަ ރަނގަޅުވޭ
ވެރިކަންކުރަންވީ ފެހިޤާނޫނު އަސާސީއާއިއެއްގޮށް! ޤާނޫނު ހެދުމާއި ޢަދުލް އިންސާފު ޤާއިމްކުރަންވީ ނޫޤާނޫނު އަސާސީއާއެއްގޮށް! ހެދޭނެ ގޮތެއްނެތް! ކުރެވޭނެކަމެއްނެތް! މިޤައުމުގައި ޢަދުލްއިންސާފެއްނެތް! ޤައުމީ ސަލާމަތީ ބާރުން މިމަންޒަރު ބަލަން އޮންނާތީ ހިތާމަކުރަން! މިފަދަ ނިޒާމަކަށްވުރެ އަސްކަރީ ވެރިކަންވެސް މާރަގަނޅުވާނެ!
ޤައުމެއްގެ ޢަދުލް އިންސާފު ޤާއިމުކުރެވޭނީ ފަނޑިޔާރުންގެ އަސާސީ ފެންވަރަކީ އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރަށް ކިޔަވާވިދާޅުިވެފައިވާ ކަމަށް ޤާބިލު ބަޔަކު ތިބެގެން. ކަމެއް އޮންނަގޮތް ހޯދުމަށް ރިފަރަންސް ހަދަން ނޭނގޭ ޤާޒީން ތިބެގެން ރަނގަޅަށް މައްސަލަތައް ނުނިންމޭނެ.
އެހެންވީމާ މިކަމާ ވިސްނާ ތާކުންތާކު ނުޖެހޭ މީހުން ޤާޒީންނަށް ބޭތިއްބުމަކީ ވަރަށް ނުރައްކާތެރިކަމެއް.
ޖިހާދަށް ދަންނަވާލަން އޮތީ ރާއްޖޭގައި މިހާރުކުރަމުން މިދާވެރިކަމާ، ޢަޝްކަރީވެރިކަމަކާ ތަފާތެއް އެބައޮތްހޭ، ޢަޝްކަރީވެރިކަމެއް މާ ރަނގަޅޭ ވިދާޅުވެ މިތަނަށް ތިޔަކޮމެންޓް ކުރަށްވަނީ؟
ދުނިޔޭގައި ވެރިކަންކުރި ހުރިހާ ހުދުމުހުތާރުވެރިންނެއްވެސް މިހާތަނަށް، ކަންތައްކުރައްވަމުން އަންނަ އުސޫލުން، މިޤައުމުގައި މިހާރު ވެރިކަން ކުރަމުން މިއަނަންނީ. ތިމާގެ ހުދުމުހުތާރުވެރިކަމަށް މަގުފަހު ނުވާ ހުރިހާކަމެއް ގޯސްވާނެ. އެންމެ ފުރަތަމަ ކަމަކަށް މިފަދަ އަނިޔާވެރި ވެރިކަމެއް ކުރައްވަން ބޭނުންފުޅުވާ ކޮންމެ ވެރިޔަކުވެސްބޭނުންފުޅުވާނީ، ޢަދުލުއިންސާފާއި، ޤާނޫނުތަކުގެ ބާރުކަންޑުވާލުން، އަދި އެ ދެބާރުގެ އަގުވައްޓާލުން. 2 އަހަރުދުވަސް ވަންދެން މިހާރުގެ ސަރުކާރުން ކުރަމުން އައިމަސައްކަތަކީ އެއީ.
ކޮރަޕްޓްވެގެން ގޮސް ފޯވެފައިވާ ބަޔަކު، ކޮރަޕްޝަން ހުއްޓުވާށޭ ކިޔާފަ އަޑުއުފުލީމަ، ދެން އެފަދަ ބަޔަކަށް ކުރެވޭނީ ކޮންރަނގަޅުކަމެއްތޯ؟