ތުޅާދޫ ދާއިރާގެ މެންބަރު އެމްޑީޕީއަށް ސޮއިކޮށްފި

20 ޖުލައި، 2010

އަލީ ފަހުދު

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ރޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރައްވައިފިއެވެ.

މީގެކުރިން މަޖިލީހުގައި އަމިއްލަ މެންބަރެއްގެގޮތުގައި ހުންނެވި ނާޒިމް އެމްޑީޕީއަށް ސޮއިކުރެއްވުމާ ގުޅިގެން އެޕާޓީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ ވަނީ މަރުހަބާ ދަންނަވާފައެވެ.

އަދި މަރިޔާ ވިދާޅުވީ ތުޅާދޫ އަކީ އެމްޑީޕީއާ ވަރަށް ގާތްގުޅުމެއް އޮންނަ ރަށެއް ކަމަށާއި، އެރަށުގެ ރައްޔިތުންގެ ފިކުރާ އެއްގޮތަށް ނާޒިމް އެނިންމެވި ނިންމެވުމަށް އެމްޑީޕީގެ އެންމެހާ މެންބަރުންގެ ނަމުގައި ވަރަށް ބޮޑަށް މަރުހަބާދަންނަވާކަމަށެވެ.

ނާޒިމް ރަޝާދަކީ މީގެ ކުރިންވެސް އެމްޑީޕީއާއެކު ވަރަށް ގާތުން މަސައްކަތްކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އެހެންނަމަވެސް ދާދިފަހުން އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްތޮފާ ލުތުފީގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓް ނެގުމަށް ހުށަހެޅި ލިޔުމުގައި ނާޒިމް ވަނީ ސޮއިކުރައްވާފައެވެ.

މައުލޫމާތުލިބިފައިވާގޮތުގައި މިހާރު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރާ މެންބަރުންގެ އަދަދު ވަނީ 34 އަރާފައެވެ. އެމްޑީޕީ އަކީ އެއްޕާޓީއެއްގައި އެންމެގިނަ މަޖިލިސް މެންބަރުން ތިބި ޕާޓިއެވެ.

ކިޔުން ތެރިންގެ ހިޔާލު

  1. ބަނދަރު ހަދަން ފަށާފަ ހުއްޓާ ލީމަ އެމްޑީޕީއަށް ސޮއިކުރިއަސް ދެން އެއް ކަމެއްވެސް ނުކޮށް ދޭނެ. ވެރިކަމަށް އަރާ އެހެރީ ތުޅާބެ ތި ބޭފުޅާ އަށް އެވަރު ނޭންގުނީ ތީ ހަމަ އަޖައިބުވެ އަންތަރިސް ވެއްޖެ .މީ މޫސަ ބުނާ ރިޝް ވަތު މަޖިލިސް ތެރޭ އެއްޗެހި ގޮވީމަ ސޮއިކުރީ. މީ މޫސަ ދިން ރިޝްވަތެއްކަމަށް ގަބޫލުކުރެވޭ. ނާޒިމް ރަޝާދަށް ދަންނަވާލަން ތިގޮތަށް މީހެއްގެ ދަށުވެއްޖިއްޔާ އަބަދުވެސް ތިހެން އުޅޭހާ ވާނީ އަވަހަށް މިނިވަންވޭ…….މިނިވަންވޭ

    ގައުމުގެ ދޫ | ޖުލައި 20، 2010
  2. މޮޔައިންވެސް އަދިވެސް އިތުރުވަނީ އިނދަޖެހި ފުނޑުފުޑުވާއިރުވެސް އެގޮތް މާރަނަގަޅުކަމަށް ދެކެނީ އެކޮޅުން ހުށަހެޅި ފައިސާގެ އަދަދު މަތިވާތީތާ. މިއީ އެންމެ ފަހުދައުރު ދެން މިދާއިރާއިން މަޖްލީހަށް ކުރިމަތިލުމަށް ނުވިސްނާތި ލަދުގަންނަން ޖެހިދާނެ “ތުޅާދޫ އިބިލީސް”

    އިބިލީސް | ޖުލައި 20، 2010
  3. ނާޒިމް ވެސް ގަނެލީ ދޯ. އަލްހާނު ގަނެލިހެން…

    ހަސަން | ޖުލައި 20، 2010
  4. އަހަރުމެން ޤަބޫލުކުރާކަމެއް ނޫން މިއީ. އަދި ކަރަޕްޝަންގެ ތުހުމަތުކުރެވޭގޮތައް މިކަންކަން މިކުރަނީ ކޮންބައެއްތޯ؟ މިރަށުގައި އެންމެ ޕްރޮޖެކްޓެއް ނޫން ހިންގަން ރައްޔަތުން ބޭނުންވެފައިވަނީ. އެއް ޕްރޮޖެކްޓައްވުރެ ގިނަ ޕްރޮޖެކްޓްތައް ހިންގަން ބޭނުން. ވީމާ، މިއީ ވަކި ޕްރޮޖެކްޓެއް ނުވަތަ ވަކި ކަމެއް ހަމަޖައްސާދޭން ބުނުމުންކުރުމަކީ ބުއްދިވެރިކަމަކަށް އަދި ރަގަޅުގޮތަކަށް ނުދެކެން. މީގެކުރިން ކަނޑައަޅާފައިހުރި ޕްރޮޖެކްޓްތައް ނުހިގާކަންވެސް މިއޮތީ ފެންނަން. އެހެންވީމާ ކިހިނެއްތޯ ވަޒީރުން ޖަވާބުދާރީކުރާނީ؟

    ބޮޑު ތިލަދުންމަތި | ޖުލައި 20، 2010
  5. ނާޒިމް އެ ނިންމެވި ނިންމެވުމަށް ވަރަށް ބޮޑަށް މަރުހަބާދަންނަވަމެވެ. ނާޒިމް އާއި ނާޒިމްގެ އާއިލާ އަށް މިއަދަށްވުރެ ފެހި މާދަމާ އަކަށް އެދެން.

    ޔެލް | ޖުލައި 20، 2010
  6. މަރުޙަބާ ވިސްނުންތެރިންނަކީ ތިޔައީ ތިމާ ހޮވި ރައްޔިތުންނަށް ވަފާތެރި ވުމަކީ.

    މަލާ | ޖުލައި 20، 2010
  7. މަރުޙަބާ؛ ވިސްނުން ތެރިންނަކީ ތިޔައީ، ތިމާހޮވި ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް ކަންތައްކުރުމަކީ ރައްޔިތުންނަށް ވަފާތެރިވުން.

    މަލާ | ޖުލައި 20، 2010
  8. މަރުހަބާ

    މުހަންމަދު | ޖުލައި 20، 2010
  9. މަރުޙަބާ !! މަރުހަބާ ނާޒިމް ރަޝާދު މަރުހަބާ!!! މިވަގުތު އެންމެ ރަނގަޅު ގޮތަކީ ހިޔާނާތްތެރިންނާއި ދެކޮލަށް އަޑު އުފުލުން!! ތި ޔާމީނާއި، ގާސިމްގެ ކިބައިން ރާއްޖެ ސަލާމަތް ކުރުމަށް ކުރެވެންހުރި އެންނމެހާއި މަސައްކަތް ކޮށްދީ އާދޭސްކުރަން…. މިރާއްޖެ މިކަމުން ސަލާމަތް ކޮށްދީ… އަހަރެންގެ ހިތުތެރޭގައި މިހާރުވެސް ބިރުވެރިކަން ވަރަށް މައްޗަށް އެބަހުރި!!! މިޤަޢުމުގެ ނިކަމެތިންނަށް ދެންވާނެ ގޮތް ނޭގޭ ތީ!!! =

    އުނު އޮރިޔާން | ޖުލައި 20، 2010
  10. ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ އަތްމަތިދަތިވާންވީ ކީއްވެބާ؟؟ އަހަރުމެންގެ މުސާރައަކީ -/4500 ރުފިޔާ އެކަމަކު މިމަދު ފައިސާން އަހަރުމެން މެނޭޖްކުރަން އަދި އަންނައޮތް މަހަށް ބާކިވެސް ކުރަން….. މަޖިލީހު މެންބަރަކަށް ލިބޭ ފައިސާ އަށް ބަލާފައި ކާކު ޤަބުލުކުރާނީ އަތްމަތި ދަތިކަމަށް!!!! އެވަރުންވެސް ނުފުދިގެން އެގޮވަނީ އައި ނީޑް ސަމް ކޭޝް އޯ!! ލަދުވެސް ނުގަނޭ ދޯ ރައްޔިތުންގެ ކުރިމަށްޗަށް އަރަން…. ވާހަކަ ދައްކަން…..

    އުނު އޮރިޔާން | ޖުލައި 20، 2010
  11. ނާޒިމްތިކުރެއެއްވީ ވަރަށްރަގަޅުކަމެއް އެމް.ޑީ.ޕީ.އަކީ މިހާރު ރާއްޖޭގަ އޮތް ހަމައެކަނި ރައްޔިތުންނަށް ފައިދާ ކުރާގޮތަށް މައްކަތް ކުރާ ޕާޓީ

    ާޢައިޝާ | ޖުލައި 20، 2010
  12. ވިސްނޭ ގައުމު ދެކެ ލޯބިވާ މީހަކުވެއްޖެއްޔާ އެމްޑީޕީއަށް އެއްބާރުލުންދެއްވާނެ. އެމްޑީޕީއަކީ ރައްޔިތުންގެ ފިކުރަށް މަސައްކަތް ކުރައްވާބައެއް. ވުމާއެކު މިފަދަ ދަނޑިވަޅެއްގައި ނާޒިމް ރަޝާދަށް ވަަރަށް ބޮޑަށް މަރުހަބާ ދަންނަވަން.

    ނަފީ | ޖުލައި 20، 2010
  13. ގިނަ ފައިސާ ލިބޭމީހާ ކުރާ ކަންތައް -/4500ރ. ލިބޭ މީހާ ނުކުރަނެ. އަދި ކުރަން ހިތަށްވެސް ނާރާނެ. ވީމާ، އުނުއޮރިޔާން ތިހުރީ ރައީސް ނަޝީދުގެ ހޭވެރިކަމުގަ. ތުޅާދޫ ފަޅުކޮނުމަށްޓަކައި ރީކޯ މޫސަ ދިން ރިޝްވަތަކީ ޙަޤީޤަތެއްކަމަށް މިހާރު ޤަބޫލުކުރެވިއްޖެ!

    އީމާން | ޖުލައި 20، 2010
  14. ފަޅުކޮނުމުން ވިކުނީ ދެންލަލަލާ

    ސުހާދު | ޖުލައި 20، 2010
  15. ފުރަތަމަ އެދާއިރާގެ މީހުނައް އޮޅުވާލީ މިނިވަން ކެޑި ޑޭޓުންގެ ފެންވަރު މީދޯ

    ހާލުގެ ދުލުން | ޖުލައި 20، 2010
  16. ބަރާބަރު ނާޒިމްގެ ވިސްނުންރަގަޅު ގޮޅާބޮ ދުކޮށްލިތީ މަރުހަބާކިޔަން.އަދި ޑީ.އާރު.ޕީ ގައި ދެންތިބިމެންބަރުންވެސް މަހުލޫފް،ކަޅުވަހީދު،މުތައްދޔ ށީމު،ޗަސްމީން،ލަޑާ އަލްހާމް،ޖަންގިޔާ،ދްރަގޭ ޔާމިން،ސަކުޖައްސާ ށާހިދު، ބައިތިއްބާފަ އާދޭ އަޅުގަނޑުމެންނާއެކު ގައުމާއިގެން އަމާންބަދރަކަށްދާން……ދެން ހޭނެތޭމިހުންހޭނެތޭނެ……..ހަހަހާ…..

    ބާނި | ޖުލައި 20، 2010
  17. ސާބަސް ނާޒިމް

    ވަތަން | ޖުލައި 20، 2010
  18. ތުޅާދޫ ރައްޔިތުންގެ ހައްގުގައި ތިޔަ ނިންމެވުމަށް ނާޒިމް ރަޝާދަށް މަރުހަބާ ހަގީގަތަކީ ރައްޔިތުންނަށް ހިދްމަތްކޮށްދެވޭނީ ސަރުކާރަށް އެއްބާރުލުންދީގެން އެހެންނޫންނަމަ ކޮބާތޯ މެމްބަރުގެ ބޭނުމަކީ ކޮބާތޯ އިދިކީލިވެގެން އުޅުމުން ތުޅާދޫ ރައްޔިތުންނަށް ދެވޭނެޚިދުމަތަކީ ނާޒިމްގެ ނިންމެވުމުން އެހެންދާއިރާތަކުގެ މެމްބަރުންވެސް ފިލާވަޅުލިބިގެން ރައްޔިތުންނަށް ފައިދާހުރިކަންކަމުގައި ސަރުކާރުގެ ތާއިދާ ސަޕޯޓްހޯދުން މުހިންމުވާނެ ރައްޔިތުންނަށް ރަނގަޅުވާނެކަންކަމުގައިސް ތާއަބަދު ދެކޮޅުވެރިވުން އެއީ ކޮންބޭނުންކަމެއްތޯ މިއަދު ތުޅާދޫ ރައްޔިތުންނަށްޓަކައި ޑީއާރުޕީއަށް ކޮށްދެވޭނެއެއްސް ކަމެއްނޯންނާނެ. މިފަސްއަހަރު ވިސްނަންވީ މިސަރުކާރާއެކު ގާނޫނާއި ގަވާއިދުގެތެރެއިން ކުރިއަށްދާން ދެންއަންނަދައުރެއްގައި ދެންއަންނަ ސަރުކާރަކާއެކު ކުރިއަށްދާން. ދިވެހިންނަށް ރަގަޅުވާނީ އެގޮތް އިދިކީލި ޕާޓީޕޮލިޓިސްގެ އަވާގައިޖެހި ރައްޔިތުން ބޯގޮވާ މާޔޫސްވެ ނާއުންމީދުވާޒާތުން ދާއިރާގެމެމްބަރު މަސައްކަތްކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއްނޫން އޭގެން ރައްޔިތުންވާނެ މޮޅެއް ފަސޭހައެއްް ފައިދާއެއްނޯންނާނެ.

    ހަސަން ސާސް | ޖުލައި 20، 2010
  19. ނާޒިމް ހަމަ ހޭގައި ހުންނަވައިގެން ދެން މިދާއިރާ އަށް ކުރިމަތިލައްވަން ވަޑައިނުގެންނަވާތި؟ ކާޅަށް ކޮށާ ހުސްކޮށްލާނަން! ކާޅުވެސް ނުކައިފިނަމަ އަހަރެމެން ރައްޔިތުން ނިކުމެ ތިފަދަ ރިސްވަތް ކޯރުން ކައި ހުސްކުރާނަން! ތީ އަލްހާނަށް ވުރެ ވެސް ބޮޑަށް އަރާ ހުންނެވި މުނާފިގެއްގެ ގޮތުގައި މިއަދު ތިޔަވަނީ ސާބިތުކޮށްދީފައި! ނަމަނަމަ ވަޑައިނުގެންނަވާތި، ބައި ވޯޓެއްވެސް ނެތް

    ޒިންނި | ޖުލައި 20، 2010
  20. ރީކޯ މޫސަގެ ރިޝްވަތުގެ ޖެހުނީ ދޯ!!!! މުޅިގައުމު ހަލާކުގެ ތެރެއަށް ވައްޓާލާ ބަޔަކާ ތިގުޅުނީ ކިހާވަރަކަށް މިޤައުމުދެކެ ލޯބިވާކަމާމެދު ސުވާލު އުފެދޭ!!!!. މި ނޫނިއްޔާ އަބަދު މަގަމުތީގައި މުޒާހަރާ ކުރާބަޔަކު މި ދުނިޔޭގަވެސް ނޫލޭ!!!. މިޤައުމު އަމާންބަދަރަކަށް ގެންދަނީޔޭ ކިޔާފަ ހިން ޕްރޮޕެގެންޑާ ހުއްޓާލަން ސަރުކާރަށް ގޮވާލަން…

    މަރިޔަމް | ޖުލައި 20، 2010
  21. ނާޒިމުވެސް ބިރުގަތީތާ! ވިޔަފާރި ބަނގުރޫޓުކޮށްލަފާނެތީ! ދެން ސަރުކާރުގެ ހުރިހާއޮފީހަކަށްނަގާ ލިޔެކިޔުމުގެ ސާމާނު ނަގާނީ ނާޒިމުގެ ވިޔަފާރިން ދޮގެއްތޯ؟ އޭރުން

    ރާއިލް | ޖުލައި 20، 2010
  22. ނާޒިމް އަށް ވަރަށް ބޮޑަށް މަރުޙަބާކިޔަން. ތެދު ނިޔަތުގަ ހެޔޮހިތުން އެމް.ޑީ.ޕީ އަށް މަސައްކަތްކޮށްދީ، މި 5 އަހަރު ރައްޔިތުންނަށް ކޮށްދިނުމަށް ސަރުކާރުން އެއްބަސްވެފައިވާ ކަންތައްތައް ކޮށްދިނުމަށް ސަރުކާރަށް އެއްބާރުލުންދީ، ރައްޔިތުންނަށް ވަފާތެރިވުމަށް އިލްތިމާސް ކުރަން. ނާޒިމް ރައްޔިތުންނަށް ވަފާތެރިވެ، މި 5 އަހަރު ރައްޔިތުންނަށް ޚިދުމަތްކުރުންމަތީ ދެމިހުރެއްޖެނަމަ، އަންނަ 5 އަހަރު ވެސް ހޮވަން މަސައްކަތް ކުރާނަން. ޟުކުރިއްޔާ ނާޒިމް

    މަރިޔަމް | ޖުލައި 20، 2010
  23. ނާޒިމަކީ އެއްވެސް ގޮތެއްނެތް މީހެއްކަން ސާބިތުކޮށް ދިނީތީ ޝުކުރުވެރިވަން.

    މޫސަ | ޖުލައި 20، 2010
  24. ތިދެއްކެވީ ނަމޫނާއެއް މިވަގުތަކީ ސަރުކާރަށް އެއްބާރުލައިގެން ކުރިޔަށްދާންވީ ވަގުތު ވަރަށް ވިސްނޭ. މަރުޙަބާ

    ސުހައިލް | ޖުލައި 20، 2010
  25. ތުޅާދޫގެ ރިޝްވަތު ހިފާ މެމްބަރޭ ފުޅާކަމަރުބަނދެގެން ހިނގާ ފާޑެކޭ ގުލާމެއްގެގޮތުގައި ފަށާއިގަތްގޮތޭ ނުލާހިކު ތިބާފާޑުވީ ބުޅާ ޙައްޖުވާހެން ތި އެމްޑީޕީ ވީ ގުޑާވެސް ނުލާންހޭ ތި ފުނޑާލާނެ ދުވަހެއް މިއޮތް ކައިރިވީ ބުރައިގެން ވަޔަށް އަޅި ކަލޭ ދާނެޔޭ

    ނަސޭޙަތް | ޖުލައި 20، 2010
  26. ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ރޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރެއްވިކަމައްޓަކާއި އެބޭފުޅާއަށް މަރުހަބާ ދަންނަވަމެވެ. ނާޒިމް ރަޝާދަކީ މީގެ ކުރިންވެސް އެމްޑީޕީއާއެކު ވަރަށް ގާތުން މަސައްކަތްކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މީމާއި ނާޒިމް ރަޝާދުގެ ދުރުވިސްނުންފުޅަށް މަރުހަބާ ދަންނަވަމެވެ. އަޅުގަނޑު ގޮވާލަން ކޮރަޕްޟަނަށް ސަޕޯޓު ނުކުރާ ޤަޢުމައްޓަކާއި މަޖިލިސް ތެރޭގައި މަސައްކަތްކުރާ ހުރިހާ މެންބަރުންވެސް ނާޒިމް ރަޝާދު އެދެއްކެވި ނަމޫނާ ދައްކަވާއިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރައްވަދޭށެވެ.
    ސުކްރިއްޔާ!

    ދަންޑެހެލު | ޖުލައި 20، 2010
  27. ނާޒިމް ރަޝާދަށް މީގެ ކުރިންވެސް އެމްޑީޕީއަށް ސޮއިނުކޮށްހުރީ އޭނާގެ ހުށަހެޅުމެއް އެމްޑީޕީން ގަބޫލުނުކޮށްގެން. އޭގެ އަދަބެއްގެ ގޮތުން ސަރުކާރުންވަނީ، މުއްދަތެއްނެތްގޮތަށް ތުޅާދޫގެ ތަރައްޤީގެ ޕްރޮޖެކްޓްތަށް ފަސްކޮށްލާފަ، މިހާރު ބިރުދެއްކުމާއި، އަދި ރިޝްވަތުގެ ސިލްސިލާ ބޮޅުތަކުގެތެރެއިން، ނާޒިމްގެ ހުށަހެޅުން އެމްޑިޕީން ޤަބޫލުކުރީކަމަށް ތުޅާދޫގެ ވަރަށް ގިނަރައްޔިތުން އެއްބަސްވޭ. އަދި މިރިޝްވަތުތަކުގެ ސަބަބުން ވަރަށްބޮޑު ހަމަނުޖެހުމެއް ރަށުތެރޭގައި ވަރަށް އަވަހަށް ފެތުރޭނެކަމަށްވެސް ހަބަރުލިބޭ.
    ސަރުކާރުން ކުރާ މިފަދަ ރިޝްވަތުގެ މައްސަލަތަށް ބަލާނީ ކޮން މުއައްސަސާއަކުންބާ؟ ޤައުމު މިއޮތީ ފިތުނަފަސާދައިގެ ޖަސްތުގަނޑަކަށްވެފައި. ވެރިކަން ކުރަނީ، ޤާނޫނުއަސާސީ އެކޮޅުކޮޅުން ޖައްސަވައިގެން. ޤާނޫނުތައް ނުކުންނަނީ، އެމްޑީޕީ ހަރުގެތަކުތެރެއިން. ބަޔަކު ޢާންމުވެގެންވީ ބޮޑު ހުވަޔެއްކޮށް އެހުވަޔާ ޚިލާފުވެއްޖެނަމަ އެބަޔަކަށް ހަލާކުއަންނާކަށް ލަހެއްފަހެއް ނޯންނާނެ.

    އަޙްމަދު މުޖްތަބާ | ޖުލައި 20، 2010
  28. އަލްހާން ގަނެލިހެން ގަނެލީ ދޯ، ރާކޯމޫސަ ވަރަށް ވެރިކަން ކުރާ ހިތްވާނެ، އެކަމަކު ކީއްކުރާނީ ތަނެއް ދޮރެއް އެގެނީ ކީނޫން ވިއްޔާ، ރަލުގެ މައްސަލަ ނިންމައި ގެން ދޯ ތިހުންނަނީ ރާމޫސަ،ލަލަލާ

    މަރީ | ޖުލައި 20، 2010
  29. މަރުހަބާ ނާޒިމް..މިލިއަނަކައް ދެމިލިއަނައް ހަށި ނުވިކާ އަމިއްލަ ނަފްސް ސާފުކަން މަތީ ބެހެޓުމަކީ ބުއްދިވެރިންގެ އަމަލެއް…މިގައުމ ރިސްވަތުކޯރު ހާއިނުންގެ ވަކިދަށުން ސަލާމަތް ކުރައްވާ ފާންދޭވެ.

    ސަފީގު | ޖުލައި 20، 2010
  30. ނާޒިމް ވަރަށްމޮޅުވާނެ ވެރިމީހާގެ ސޮއިކޮށްގެން މީސްމީހުންގެ ވަޒީފާވަކިކުރަން ހުށަހަޅަން. މިއޮތީ އަންނިވަކިކުރަން މަޖްލިހަށް ސިޓީފޮނުވުމުގެ ވަގުތު ޖެހިފައި.

    ޒަވިޔަނި | ޖުލައި 20، 2010
  31. ނާޒިމް އަށް މަރުހަބާ ކިޔަން ތީ ތެދުވެރިކަމާ އެކު ދިވެހި ރަށްޔިތުންނަން ހިދުމަތް ކުރުމައް ހޮވާފަހުރި މެންބަރެއް ތެދުވެރި ވެވޭނީ ތެދުވެރި ބަޔަކާ އެކު މަސައްކަތް ކުރުމަށް އުޅެގެން.. ސުކުރިއްޔާ ނާޒިމް

    އިބްރާހިމް ރަމީޒް | ޖުލައި 20، 2010
  32. މިނިވަން ކެންޑިޑޭޓުންނޭ ކިޔައިގެން މިއުޅޭ މީހުންގެ ފެންވަރު މިހާރު އެނގިއްޖޭދޯ. އަހުރެން ނާޒިމުއަށް ވޯޓްލީ އެއްގޮތަކަށްވެސް ތިހެން ކަންތައް ކުރާނެ ކަމަކަށް ނޫން. އެހެންވިމާ މިހާހިސާބުން ނާޒިމުގެ ސިޔާސީ ހަޔާތް ފުނޑު ފުނޑުވިކަމަށް ނިންމާ. ކުރިއަށް އޮތްތާންގައި މިދާއިރާއަށް ކުރިމަތިލާން ނުވިސްނާތި

    ތުޅާދޫގެ ނާޒިމުއަށް ހެޔޮއެދޭ ދަރިއެއް | ޖުލައި 20، 2010
  33. ރައްޔިތުންނަށް ހެޔޮއެދޭ ތެދުވެރިން އަދިވެސް އަންނާނެ.ސާބަސް ނާޒިމް ރަސާދު.މަރުޙަބާ،މަރުޙަބާ.

    ޢަބުދުއްރައްޒާޤް | ޖުލައި 20، 2010
  34. މަރުޙަބާ ނާޒިމް…..!!!! ތިޔަ ވިސްނެވީ ހަމަ އެންމެ ރަނގަޅަށް……!!!!! މަރުޙަބާ…..!!!!!

    އިއްބެ | ޖުލައި 21، 2010
  35. ތީ ތުޅާދޫ ދާއިރާ އަށް ހިޔާނާތްތެރިވި މުނާފިގެން…. ދައުރު ނިމޭ އިރަށް ސަލާމް…. ދެން ކުރިމަތި ނުލާތި…. ލަދުގަންނަން ޖެހޭނެ….

    އަހްމަދު | ޖުލައި 21، 2010
  36. ޤައުމު މިއޮއްގެން ސުންނާފަތިވަނީ. މިހާރު މިދެކޭ ތަރައްޤީ މިޤައުމަށް ގެނައީ އަންނި އާއި އޭނަގެ ހަމަބުއްދި ފިލާފައި ތިބި އައުވާނުން. ކޮބައިތޯ މިހާތަނަށް މިޤައުމަށް ތިޔަ ބައިމީހުނަށް ކޮށްދެވުނު ކަމެއް؟ ކުޑަމިނުން މައުމޫނު ނޫކުލަލީ ފާރެއްގެ ކުލަ ބާވީމަވެސް ގޮއްރީނދޫ ކުލަކޮޅެއްވެސް ކާތާނުލެވުނު. ޑޮލަރެއް ކީއްކުރަންތޯ ލޯލާރިއެއްވެސް ރައްޔިތުންނަށް ޓަކައި ހޯދައެއްނުދެވޭ. އަމަން އަމާންކަމެއް މިތާކުނެތް. އެކަމަކު ހަމަ ބަރާބަރު.! ކޮރަޕްޝަން ނައްތާލަން އުޅޭއިރު އޭގެ މާނަވެސް މި ބައިމީހުނަކަށް ނޭނގޭ… ނުކުރާނަމޭ ބުނާހާކަމެއްވިއްޔާ ގެންދަނީ ކުރަމުން. މިއީ ހަމަ…. ވެރިކަމެއް.! މި ނާޒިމް މެންވެސް ގިނައިން ކާންވެގެން މިއުޅެނީ… ނެތް އެއްޗެއް.! ހުރިހާ އެއްޗެއް ވިއްކާ ނިންމައިފި.! މޮޔަނުވޭ!

    ފައުލާދު | ޖުލައި 21، 2010
  37. މގައުމުގައި ތިއްބެވި އެންމެހާ ހެޔޮ ވިސްނޭ ބޭފުޅުން މި ގައުމަށްޓަކަ އަދި އިސްލާމް ދީނަށްޓަކައި އަވަހަށް އެމްޑީޕީ އަށް ސޮއި ކުރެއްވުމަށް ނަސޭހަތްތެރިވަން

    ޝާން | ޖުލައި 28، 2010
  38. ޒިންނި އަށް އަޅުގަނޑު ދަންނަވަން އޮތީ ފޮގުމެޝިނެއް ދިނީމަ ތިކަން ނިމޭނޭ ދެން ލަލަލާ.

    މޫސަ | ޖުލައި 28، 2010
  39. ކޮރަޕްސަން މިގައުމުން ނައްތާލަން މަސައްކަތް ކުރާތީ ޑީއާރުޕީ މީހުން ***ދޯ. މިހާރު އެއުޅެނީ ވަގުން ހިފާ ހައްޔަރުކުރާތީ އެކަމާ ދެރަވެގެން. ނާޒިމްގެ ތި ނިންމެވުމަށް ސުކުރު ދަންނަވަން

    ފޭކް | ޖުލައި 28، 2010
  40. ނާޒިމު ކިޔައިފިއްޔާ ފަސްބައި އެހާ ސާފެއް ނުވާނެ ބައެއް ނާޒިމުންގެ. މި ނާޒިމުގެ ފަސްބައި ކިލާވާޏް ފެށީ މަޖީދިއްޔާގެ ވަޒީފާގއި އުޅުނު އިރު. އެއުޅުނުގޮތް އޭރު މަޖީދިއްޔާގެ އޮފީހުގައި އުޅުނު މީހަކަށް ވިއްޔާ އެނގޭޥަރު ވާނެ. މިއަދު މުއްސަންޖަކަށްވެފަ އެހުރީ އެދުވަހު ވަޒީފާގަ އުޅުނުލެއް ” މުރާލި ” ކަމުން. ޖަނގިޔާއެކޭ މި ނާޒިމެކޭ މާބޮޑު ތަފާތެއް ނެތް. ހަމައެކަނި ތަފާތަކީ ޢަދަދު. މިލިއަނާ އި ލައްކަ. ދިވެހި ރުފިޔާ އާ ޑޮލަރު. ބާ އިންޖީނާ ފޮތްބައި. ސްޓެލްކޯ އާއި މަޖީދިއްޔާ. އެޓޮލްސްގެ ދިދަ ބޮނޑިއާއި މަޖީދިއްޔާގެ ބަޖެޓް. ވިދާހާ އެއްޗަކީ ރަނެއް ނޫން. ދިވެހި ރައްޔިތުންނަށް ހެޔޮ ވިސްނުން ދެއްވައި ރަނގަޅާއި ނުބައި ވަކިކޮށް ދެނެގަތުމުގެ ތައުފީޤު ދެއްވާށި. ބޯކާ މީހުންގެ މަކަރާއި ހީލަތުން ރައްކާތެރިކޮށްދެއްވާށި.

    ދަސްތޫރު | އޯގަސްޓް 1، 2010
  41. ތޭންކްސް ނާޒިމް ރަޝާދު، ސަރުކާރާ ގުޅިގެން ކުރިއަށް ދެވޭނީ…

    ބީން | އޯގަސްޓް 3، 2010

 އަކުރު އެބައިން