ރައްޔިތުންގެ ޝުޢޫރު: އިސްމާއީލް ދަންޖެހުން- ފައްޅީގެ ބިންގާ ކޮނުން

18 ޖުލައި، 2010

ޢަބްދުއްލަޠީފް

ދާދިފަހުން އެއަރޕޯރޓު ކޮންޓްރޯލް ޓަވަރުގައި ބޭރަށް ފެންނަގޮތަށް ވާގަނޑެއް އެލުވައިގެން ދަންޖެހުނު އިސްމާޢީލްގެ މަރާއިބެހޭގޮތުން މިހާރު ލިބެމުންދާ ބޭރުގެ ރިޕޯރޓުތަކަށް ބަލާއިރު އެއީ ވަރަށް ކުރިން ސުރެ ރާވައިގެން ރާއްޖޭގައި ފައްޅިއެޅުމަށް ކޮނުނު ބިންގަލެއްކަމާއިމެދު ސުވާލު އުފެދެއެވެ.

އޭނާ ދަނޖެހެން ޖެހުނު ސަބަބުތައް ބައިނަލް އަޤްވާމީ މީޑިއާ ތަކުން ހާމަކުރާއިރު ހާމަކުރަމުންގެންދާ ކަންތައްތަކަށާއި އެކަން ކޮށްފައިވާގޮތާއިމެދު ވިސްނައިލުމުން މިއީ ސަލީބީ ކާލިގަނޑުގެ ތެރެއިން ވަރަށް ބޮޑަށް ޕްލޭނު ކުރެވިގެން ކުރެވިފައިވާ ކަމެއްކަމާއިމެދު ޝައްކު ކުރުމަކަށް އެއްވެސް ޖާގައެއް ނެތެވެ.

“އޭނާ އިސްލާމް ދީނަށް އުޅޭކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް އޭނާގެ އާއިލާއިންވެސް އަދި ގާތް ރަހުމަތްތެރިންވެސް އޭނާ ސަލިބީ ދީނުގައި އުޅުމަށް ހިތްވަރެއް ނުދިނެވެ. ރާއްޖޭގެ ޤާނޫނުން އޭނާ އިސްލާމް ދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި އުޅުން މަނާކުރެއެވެ. އެހެންކަމުން ދެން އެހެން ގޮތެއް ނެތިގެން ދަންޖެހުނީއެވެ.”

ދަންޖެހުނީ ކޮންތަނެއްގައިތޯއެވެ.! ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިން އައިސް ފުރާ ހެދުމަށް އޮތް މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ޢާއްމުކޮށް ފެންނަން ހުންނާނެ ގޮތަށެވެ.

މިމަންޒަރު ފެނިގެން އޭނާ އެތަނުން ނަގައިދިނުން އެދި އިމަރޖެންސީ ނަމްބަރުތަކަށް ގުޅަމުންގެންދިއަ ފަރާތްތަކުގެ ފޯނުކޯލުތަކަށް އިޖާބަ ދިނީ އެކަށީގެންވާ ގިނައިރެއްގައި އޭނާ އެގޮތަށް ބަހައްޓައި އިޝްތިހާރުކުރުމަށްފަހުގައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ އެތަނުން ނެގުމުގެ އަމަލީ މަސައްކަތް ފެށިފައިވަނީ އޭނާ އެތަނުގައި ހުރިތަން ފެނުނުތާ ގަޑިއެއްހާއިރު ފަހުންނެވެ.

ދުނިޔެއަށް ހާމަވި މަންޒަރު:

ރާއްޖޭގައި ސަލީބީން އެބައުޅެއެވެ. އެމީހުންނަށް ސަލީބީ ދީނަށް އުޅެވެން ނެތިގެން އަމިއްލައަށް ދަންޖެހި މަރުވަމުންދަނީއެވެ. އެމީހުން ތިބީ އެވަރަށް ސަލީބީ ދީނުގައި ފައިތިލަ ސާބިތުކޮށްގެންނެވެ. އެމީހުންނަށް އޮތް ހުރަހަކީ ރާއްޖޭގެ ޤާނޫނެވެ. މުސްލިމުން ނޫން ބަޔަކަށް ދިވެހިރައްޔިތުންގެ ގޮތުގައި ރާއްޖޭގައި އުޅުމުގެ ޤާނޫނު ފުރުޞަތު ލިބިފައި ނެތްކަމެވެ.

ރާއްޖޭގައި މިއަދު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާއި މިކަންކަމާއި ގުޅުވާ ވިސްނުންތެރިންވެސް މަދެއް ނޫނެވެ. “ޤާނޫނު އަސާސީގައި މައްސަލަތަކެއް އެބަހުއްޓެވެ. އެ މައްސަލަތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންވީއެވެ. ޤާނޫނު އަސާސީ އަލުން މުރާޖަޢާކުރަންވީއެވެ.” އެއްބަޔަކު މިގޮތަށް ބުނަމުން މިގެންދަނީ ޤާނޫނު އަސާސީ އިން ރާއްޖޭގެ ރައްޔިތުންގެ ދީނަކީ އިސްލާމް ދީން ކަމަށް ބަޔާންކޮށްފައި އޮތް އޮތުން ނައްތާލުމަށް ކަމަށް ޤަބޫލުކުރާ ވިސްނުންތެރިންވެސް މަދެއް ނޫނެވެ.

ސަލީބީ ދީނަށް އެނބުރިގެން މިއުޅޭ ބަޔަކު ކޮންމެ ހަފްތާ ބަންދެއްގައި މާލެއިން އިތުރުގެ ސަރަހައްދެއްގައި ބައްދަލުވުންތައް ބާއްވަމުންގެންދާ ޚަބަރުތައް ލިބެއެވެ. އެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މާލެއިން ބަޔަކު ކޮންމެ ހަފްތާ ބަންދެއްގައި ހަނިމާދޫ އަށް އުދުހޭ ކަމަށާއި ދަންޖެހުނު އިސްމާއީލް އަކީވެސް ޤަވާއިދުން އުދުހޭ މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރާއްޖޭގައި ކުއްލިއަކަށް މި ކަންކަން މިހާ ހާމަނަކަންބޮޑު ގޮތެއްގައި ހިނގަން ފުރުޞަތު ލިބިގެންމިދިއަ ސަބަބު ދިރާސާކުރަންޖެހެއެވެ. އެކަމުގެ ތަފްޞީލު ރިޕޯރޓެއް އެކުލަވާލަން އެބަޖެހެއެވެ. މި ފަނި ދިރެމުން އަންނަ ދިމާއެއްވެސް ބަލައި ފަނިތައް މަރައިލެވޭވަރުގެ އެންޓިބައިޓިކެއް ދެވިގެން ނޫނީ އަޅުގަނޑުމެންނަށް މިކަމުން ސަލާމަތްކަމެއް ނެތްކަމަށް ޤަބޫލުކުރަންޖެހެއެވެ.

ތުހުމަތުގެ އިނގިލި ދިއްކުރަން ތިއްބައި އެ ފަނި ބޮޑުވެ ކެންސަރަށް ބަދަލުވެ ނިމެނީއެވެ. އެއިރުން ދެން އޮންނާނެ ހަމައެކަނި ގޮތަކީ އެގުނަވަން ކަނޑައިލުންކަން އެއީ ދުނިތެއިން އަބަދުވެސް ފެންނަމުންދާ ތަޖުރިބާއެވެ.

ކިޔުން ތެރިންގެ ހިޔާލު

  1. ލަތީފް މިކަމުން ޕްރޮޕެގަންޑާ ފަތުރަން ހަދާނެ ކަމެއް ނެތް. އިސްމާއިލު ދީނެއް ޤަބޫލު ނުކުރަނީ. ސަލީބީ ދީނަށް އުޅުނީ އެއް ނޫން. އޭނާ ދަން ޖެހުނީ ޑިޕްރެޝަން އާއި އަދި މި މުޖުތަމަޢުން އެކަހެރި ވުމުން. އިސްލާމްދީން ދޫކޮށްލުމުން ދިވެހި މުޖުތަމަޢުގައި ހަމަ ކޮންމެ މީހަކުވެސް އެކަހެރިވާނެ. އިސްމާއިލު ކުރީކީ ރަނގަޅު ކަމެއް ނޫން – އެއީ އިސްލާމްދީން ދޫކުރުން ކަމުގައި ވިޔަސް ނޫނީ ދަންޖެހުން ކަމުގައިވިޔަސް. އެކަމަކު އޭނާ މިގޮތަށް އޭނާގެ މަރު ބޭނުން ކޮށްގެން ދޮގުޚަބަރު އަދި ޕްރޮޕެގަންޑާ ފަތުރަން އެދޭނެ ކަމަކަށް ނުބެލެވޭ. އަދި އެއްވެސް ހާލެއްގައި ސަލީބީ ދީނަށް ނިސްބަތް ކުރުމަށް އެދޭނެ ކަމަށް ނުބެލެވޭ. ސަބަބަކީ އޭނާއަކީ ކަލަކު ވޮޑިގެންވާ ކަމަށް ޤަބޫލު ނުކުރާ މީހެއް. އޭތީސްޓެއް. އެކަން ލަތީފަށް ވެސް އިނގޭނެ. އެހެންވީމާ މީ ދެން ކޮން ދޮގުބޮޑިވަރެއް؟

    އަހަރެން | ޖުލައި 18، 2010
  2. ހުސްފޭކު އޭނާގެ ދަންޖެހުން ނިސްބަތްވަނީ ހަމައޭނާއަށް، އެކަމާ ބަހުސްކުރާނެ ޖާގައެއް ދިިވެހިމުސްލިމުންނަކަށް ނެތް

    ސާސް | ޖުލައި 18، 2010
  3. ދިވެހި ދައުލަތުގެ ދީނާއި ހިލާފައް މަކަރުވެރިރޭވުންތަ ރާވާ ބާޢީން ހޯދާ ހިފާ އެމީހުންގެ މައްޗަށް އިސްލާމީ ޝަރީއަތް ޤާއިމުކުރުމަށާއި މިރާއްޖޭގައި ފިތުނަފަސާދަކުރަން އުޅޭ ހުރިހާމީހުން ޤާނޫނުގެ ކުރިމައްޗައް ގެނައުމަށް ގޮވާލަން/

    ބަންކިމޫން | ޖުލައި 18، 2010
  4. މުޙައްމަދު ނަޝީދުގެ އެމްޑީޕީން ކަނޑަނޭޅި މަޖިލީހުގައި ހިންގަމުން މިގެންދާ ޖަރީމާތަކަކީ، މީގެފެށުމެވެ. އެންމެފަހުން، ސަލީބީންނަށް ނަޝީދުގެ ފަރާތްޕުޅުން މިޤައުމުގައި ފައްޅިއަޅައި ފާޅުގައި އެހެންދީންތަކަށް އަޅުކަންކުރުމުގެ ހުއްދަދޭން، ޤާނޫނީ އިމުގެ ތެރެއިން ކުރަންފެށިބުރަ މަސައްކަތް ނާކާމިޔާބުވެ، ސަލީބީން އަބަދުވެސް އެމީހުން ބަލިކަށިވުމުން ޖައްސާ ސިލްސިލާގޭމް ޖައްސަން ފެށީއެވެ. އެއްކަމަކީ، ސިޔާސީ އިދިކޮޅުފަރާތްތަށް ބާރުގެބޭނުންކޮށްގެން ދުއްވާލާ، ގައުމުގެ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމެވެ. އަދި، ގޮތްހުސްވެގެން އާވާރާވާ އަދި ދަންޖެހޭ މިފަދަ ސަލީބީންނަށް ތާޢީދުކުރާ މީހުން އިޝްތިހާރުކުރުމެވެ. ހުރިހާވެސް ބޭނުމަކީ، ބޮޑުވެގެންވާ “ފިކުރީހަނގުރާމައެއް” ގައުމުގައި ކޮށް، ރައްޔިތުންގެ އިޙުސާސްތަށް ބަދަލުކޮށްލުމެވެ. މި މަސައްކަތަކީ އަދަކު އިއްޔެއަކު މިމީހުން ފަށައިގެން އުޅޭ ކަމެއް ނޫނެވެ. މާތްﷲ އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހި ފަސްގަނޑާއި ރައްޔިތުން، މި ޖައްބާރު އަނިޔާވެރި ވެރިންގެ ކިބައިން ސަލާމަތް ކުރައްވާށިއެވެ. އާމީން.

    އަޙްމަދު މުޖްތަބާ | ޖުލައި 18، 2010
  5. ވަރަށް ސަޅި ލިޔުމެއް. ތިލިޔުމުގައި ބުނެދީފައި ތިވަނީ ތެދުކަމާމެދު ވަރަށް ޔަގީން ކުރެވޭ.

    ސަމީއު | ޖުލައި 18، 2010
  6. ރާއްޖޭގައި ފައްޅިއެއް އެޅުމަށް ޖީ.އެމް.އާރު ކުންފުނިން ވަނީ ނިންމާފައިކަމަށް ވަރަށް މުއުތަބަރު ކޮށް ޚަބަރު ލިބޭ… އިސްމާޢީލް ގެ ހަނދާނުގައި އެ ފައްޅި ހެދުމަށް ހަމަޖެހިފައިވަނީ ޓަވަރު ހުރިތަނުގައި… ކްރިސްޓިއަން ފާދިރީއަކު ހަނިމާދޫ އުތުރު ފަރާތު މޫދުގައި އިސްމާޢީލާއި އަދި އިތުރު ދެ ކުއްޖަކު ބެޕްޓައިޒް ކޮށް ވަނީ ނަސާރާ ކޮށްފައި.

    ޒާހިދު | ޖުލައި 18، 2010
  7. ދެންހައްދަވާނެ ގޮތަކީ ރާގެ ހުއްދަހެން ބުނާނީ މަޢުމޫނުގެ ސަރުކާރުން ވަނީ މުޅިމާލޭގައި މީހުންނަށް އަޅުކަން ކުރުމަށް ޖާގަދީފައޭ މިކަން ހުއްަަޓުވުމަށް ހިގާބަލާށެ. ހުކުމިސްކިތް އެހެރަތާ އެމީހުން އަޅުކަންކުނާނެތަނެއްހަދަން އޭރުން މާލޭގެ އެކިކޮޓަރީގައި އެމީހުން އެކުރާ އަޅުކަން ހުއްޓޭނެކަމުގައި ބުނީމާ އެކަމަށް ވެސް ސަޕޯޓް ކުރާނެ .

    ބުރާރާ | ޖުލައި 18، 2010
  8. މިދިވެހި ފަސްގަނޑުގައި މިކަހަލަކިތަންމެ އިސްމާޢީލެއް އުފެދިފައިވޭ މިއީ ހިތާމަހުރިކަމެއް މީގެކުރީގައި މިޤައުމުގައި ވެރިކަންކުރި ދިގު30އަހަރު ވެރިކަން ކުރެއްވި ބޭފުޅާމިކަމުގެ ޒިންމާފުރިހަމައް ހިފަންޖެހޭނެ ސަބަބުތަކެއް ނެތިއެއްނޫން މިދަންނަވަނީ ދިގު30އަހަރު މިޤަޢުމުގައިދީނީ އިލްމުވެރިންނައް ތަފާތު ގިނަގުނަ ގޯނާތަކެއްކުރި ދީނީފަތުވާއެއް ދީފިކަމަށްވާނަމަ އެއިލްމުވެރިއަކީ ޓެރެރިސްޓަކަށްހަދާ ހިފާހައްޔަރުކޮށް ކުޑަގޮޅިއައްލާ ދެއަތް ފަހަތައްލާ ބިޑިއަޅުވާ މައިބަދަބިންދާ ތުނބުޅިގައި ޓޮމާޓޯސޯސްކާތާ ތުނބުޅިބާލުވާ މިފަދަކިތަންމެ އަނިޔާއެއްދީ ޖަލުތަކުގައި މަރާފައިވެސްވޭ މިފަދަބޮޑެތި ޖަރީމާތަކެއް ދިގު30އަހަރުތެރޭގައިކޮއްފައިވޭ މިއަދުމިފެންނަނީ އެކަމުގެ ނަތީޖާ އެދުވަސްވަރުގައި ނަރަކާއިގެވާހަކަ ސްކޫލްދަރިވަރުންގެ ގާތުގައިދެއްކުން މަނާކޮއްފައިވޭ އެބުނާރަން30އަހަރު އިސްލާމްޓީޗަރަކު އެކަށީގެންވާވަރަކަށް އުފެއްދިފައިނުވޭ ސްކޫލުންނިމޭކުދިން ނަމާދުގެނިޔަތްތަކާއި ހިނޭއިގަންނަން ނޭންގޭ އިސްލާމީ ތަޢުލީމަކަށް އަހައްމިއަތުކަމެއްނުދޭ ބުރުގާއެޅުން ކޮންމެހެން ލާޒިމުކަމެއްނޫންކަމަށްއިއުލާންކުރި މައުމޫނުގެ ރަން30އަހަރު

    ދަންޑެހެލު | ޖުލައި 18، 2010
  9. ައޭނާގެ މަރަކީ ރަނގަލު މަރެއްނޫން. އޭނާއަކީ ކަލަކުވޮޑިގެންވާކަން ޤަބޫލުނުކުރާ މީހަކަސް، އޭނާ މަރުވުމަށްފަހު އޭނާއާއި ގުޅޭގޮތުން ވާހަކަނުދައްކާ ތިބުމަކީ އެންމެ ރަނގަޅުގޮތް. އޭނާ އަށް ތެދުމަގު ނުފެނި، މަގުފުރެދުނީއެވެ. މިފަދަ ކަންތައްތަކުން ޢިބްރަތް ޙާޞިލކުރަންވީއެވެ. ދީނެއްގެ ގޮތުގައި އިސްލާމްދީން ޤަބޫލުނުކުރާ މީހުންނަށް އޮތް ކަންތައްތައް އިލާހީ ގާނޫނުން އެނގެން އެބައޮތް. ފުރާނައަކީ ފުރާނަ އެޅުއްވިފަރާތުގެ މިލްކެވކެވެ. އެފަރާތުން ގެންދަވަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ގެންދަވާނެއެވެ. ލަހެއް ފަހެއް ނޯންނާނެ. ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދޭކޭނެެއެވެ. ހަނދާންކުރާށެވެ. އާޙިރަތް ދުވަސް ވެސް އެބައޮތެވެ.

    ހުސޭނު | ޖުލައި 19، 2010
  10. ތީ ވަރަށް ހޭއްވާކަމެއް!!! މި ޙަޤީގަތަކަށް ވަންޏާ ޤައުމުގައި މިފަދަ މިހުން އުޅުމަކީ ޤައުމަށް ހުރިވަރަށްބޮޑު ނުރައްކަލެއް އެކަމުކު ޤައުމުގައި ހިނގާ މިފަދަ ކޮންމެ ކަމަކީ ރައީސް ނަޝީދު ކުރައްވާ ކަމެކޭ ނުބުނެވޭނެ! އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނި ޤައުމު އިސްލާހުކުރަން ކަމުގައެއް ނުބެލެވޭ!!

    އުނު އޮރިޔާން | ޖުލައި 19، 2010
  11. ވަރަށް ހިތާމަ ހުރިކަމެއް. މިކަމުގެ ނާޖާއިޒް ފައިދާ ނުނެގުން އެދެން. އިސްލާމްދީން ނޫން އެހެންދީނުގެ ކަންތައްތައް ރާއްޖޭގައި ޕްރޮމޯޓް ނުކުރުމަށް އަޑުހަރުކޮށް ގޮވާލަން..

    އަލީ | ޖުލައި 19، 2010
  12. ވަރަށް ފައިދާ ހުރި ލިޔުމެކެވެ. މިފަދަ ލިޔުންތައް ޢާންމުންނަށް ގެނެސްދީގެން ރާއްޖެއަށް ކުރިމަތި ވެފައި ވާ އެންމެ ބޮޑު މުޞީބާތް ކަމަށްވާ ނަޞޯރާ މިޝިނަރީގެ އުނދަގުލާ ކެރިގެން ކުރިމަތިލުމަށް ދިވެހި މުސްލިމް ރައްޔިތުން ތައްޔާރު ކުރަން މިވަނީ ޖެހުފައެވެ.

    ރނނރ | ޖުލައި 20، 2010
  13. ޤައުމުގަ ހިނގާ މިފަދަ ކޮންމެ ކަމަކީ ރައީސް ނަޝީދު ހިންގާ ކަންކަމޭ ބުނަންޖެހޭ! ސަބަބަކީ މީގެ ކުރީގަ މިޤައުމުގަ ހިނގާ ކޮންމެ ނުބައި ކަމެއްގެ ޒިއްމާ އަޅުވަނީ މައުމޫނު ބޮލުގަ! އެހެންވެ މިހާރު އެ ޒިއްމާ އަޅުވަންޖެހޭނީ ނަޝީދު ގޮލުގަ! ޝުކުރިއްޔާ!

    އީމާން | ޖުލައި 20، 2010
  14. އަނެއްކާ ޒާހިދުގެ ހާލަކީ ކޮބައިބާ؟ “ކްރިސްޓިއަން ފާދިރީއަކު ހަނިމާދޫ އުތުރު ފަރާތު މޫދުގައި އިސްމާޢީލާއި އަދި އިތުރު ދެ ކުއްޖަކު ބެޕްޓައިޒް ކޮށް ވަނީ ނަސާރާ ކޮށްފައި.” މިހުރިހާކަމެއް އެގިހުރެ ތިމާގެ މަސްއޫލިއްޔަތު ތިމާ އަދާނުކޮށް ހުރިކަމަށްވަންޏާ މި ސުވާލަށް ޖަވާބެއް ދެއްވާ!

    މުހައްމަދު | ޖުލައި 20، 2010
  15. މިވާ ހަކަޔަކީ ގަބޫލު ކުރެވޭ ވާހަކަެ ނޫނ

    ހައްވަ | ޖުލައި 20، 2010
  16. މީގެ ކުރިން މައުމޫން ހިންގާފައިވާ ކަންކަމުގެ ނަތީޖާ މިފެންނަނީ، ވޭތުވެ 30 އަހަރު ދުވަސް ހޭދަކުރީ ދީން ހިމާޔަތް ކުރުމުގެ ނަމުގަ ދީން އޮޔާ ދުއްވާލަން.

    މަރިޔަމް | ޖުލައި 20، 2010
  17. މީގެކުރިން ރާއްޖޭގައި ބޭރުމީހުން އައިސްގޮސްނަހަދަނީބާއެވެ.ރާއްޖެއަށް ބޭރުމީހުން އަންނަން މަނާއިރެއް ދިޔަހެއްޔެވެ. ވީއިއރު މިހާރު ކުއްލިއަކަށް ނަސާރާވާން ފެށީ ކީއްވެގެންބާއެވެ.މި ދިވެހި ދީބު ނުދެކޭފަދަ އިސްލާމީއިލްމު ވެރިން މިފަސްގަޑުގައި މިހާރު ކެޑި ނޭޅި ނަސޭހަތް ދޭން ފެށީމައި ކުރިން ދީން ދޫކޮށްގެން ތިބި މީސްމީހުންނަށް އެމީހުންގެ ހިތަށް ބިރުވެރިކަން ވަދެގެންގޮސް ކެތްވުލުރެވެނީއެވެ. އެއީ މާކުރިން ދީންދޫކޮށްގެންތިބިމީހުންކަން ނޭގެނީހެއްޔެވެ. އެމީސްމީހުންގެ އުމުރަށް ވިސްނާލަބަލާށެވެ.އެއީކީ މައަދުގެ ކުޑަކުދިންނެއްނޫނެވެ. އެއީ އެތައްޒަމާނެއްގެ އިހުމާލވުމުުން ތިމާމެންގެއަމިއްލަ ފައިދާކޮޅަސްޓަކައި އަޅާނުލައި މި ގައުމު ހަލާކުވާން ދޫކޮށްލައިފައި އޮތުމުގެ ނަތީޖާއެވެ. އެހެންނާފަހެ، މިއަދު ނުނީ މިގައުމުގައި ދީނީ ނަސޭހަތެއް ދިނުން ހުއްދަކުރެވިފައި އޮތް އިރެއްއައިހެއޔެވެ. މީގެ ކުރީގައި މިގައުމުގައި ދީނީ ނަސޭހަތް ދިނުން އޮންނަނީ ހަމަ އެކަނި ރަމްލޯންމަހުގައެވެ. ކޮންމެމީހަވާހަކަ ދެއްކުމުގައި ދީނާއި މި ދީބާއި ދޭތެރޭގައި ވިސްނައިލުންމުހިންމެވެ. އެއީ ހަމަ އަހަރުމެންގެ ލާބަޔާއި މަންފާއަށްޓަކައެވެ. އިސްލާމް

    މުހަންމަދު | ޖުލައި 20، 2010
  18. އިސްމާއިލްއަކީ ޓަވަރުގައި މަސައްކަތްކުރާ ކުއްޖެއްވީމަ ހަނިމާދޫ އަށް ބައެއްފަހަރުދާންޖެހޭ ހަމައެގޮތަށް ރާއްޖޭގެ އެހެން އެއަރ ޕޯރޓް ތަކަށްވެސް ދާންޖެހޭ.އެނާއަކީ ކިރިސްޓިއަނެއްނޫންކަން އޭނާގެ އަމިލަ މެއިލަކުން ސާބިތުވޭ.އަދި އޭނާ އެއްވެސް ދީނެއް ގަބޫލުނުކުރާކަންވެސް ސާބިތުވޭ.އަގީދާ ބަލިކަށިވުމަކީ ދަންޖެހުމުގެ ސަބަބެއްކަމަށް.ދީނެއް ގަބޫލުކުރާނަމަ އަގީދާއެއް ހުންނާނެ.މިކަމާ ރާއްޖޭގަ ފައްޅިއެޅުމާއި ގުޅުވުމަކީ ވަރައް ނާތަހުޒީބީ ކަމެއް.ރާއްޖެއަކު ދުވްހަކުވެއްސް ފައްޅިއެއް ނާޅާނެ.އެކަމަކަށް ރާއްޖޭގެ ގާނޫނެއް ތަނެއްނުދޭ.

    އަހުމަދު ގައިސް | ޖުލައި 21، 2010
  19. ރާއްޖޭގައި ދިވެހި ނަސާރާއިން އެކަންޏެއް ނޫން އުޅެނީ އެހެންދީނަށް އުޅޭދިވެހިނާއި، އަދި އެތީސްޓުންވެސް އުޅޭލެއް މަދެއް ނޫން. މި ގޮތައް ޙައްޤު ދީނުން ބޭރުވެ މުރުތައްދުވާ މީހުނަށް އިސްލާމްދީނުގައި އޮންނަ ޙައްދު ގާއިމު ނުކުރެވޭތީ މިހެން މިވަނީ.

    ނަސޭހަތް | ޖުލައި 21، 2010
  20. އާޓިކަލްސްތައް ކިޔުންތެރިންނާއި ލިޔުންތެރިންނޭ. ހަމަ ކަމެއްވާއިރަށް އިސްލާމް ދީނާ އަޅުވާ ނުގޮވާބަލަ! އިސްލާމްދީން އެއީ މާފުރިހަމަކޮށް ވޮޑިގެންވާ ފަރާތުން ބާއްވާލައްވަވާފައިވާ ދީނެއް! އެދީން އެފަރާތުން ހިމާޔަތްކުރައްވާނެ! އަހަރެމެންނަކީ އެފަރާތުގެ އަޅުން! އެފަރާތުން އެންގެވި ގޮތަށް އަޅުކަންކޮށްގެން ތިބެވޭތޯ ބަލަމާ ހިނގާބަލަ! އޭރުން އެފަދަ މައްސަލަތައް ހައްލުވެ، ކިނިބިގަސްދޮށުގޭ މައުމޫނަކަށް ، ކެނެރީގޭ ނަޝީދަށް އެއްޗެތި ކިޔާ އެމީހެއްގެ ފަތްފުށް ބަރުކުރާކަށް ނުޖެހޭނެ! މާތްރަސްކަލާންގެ ހުރިހާ މުސްލިމުންނަށް ހެޔޮގޮތް މެދުވެރި ކުރައްވާށި! އާމީން

    އިއްސޭ | ޖުލައި 21، 2010
  21. ދިވެހި ކްރިސްޓިއަނުން މިހާރު ތިބިކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ރީތިދިވެހިބަހުން އެދީނައް ގޮވާލާއޯޑިއޯތައް ނެޓްގައި އެބަހުއްޓެވެ. އިސްލާމްދީން ދުކޮށް އެހެންދީންތަކަށް ވަންނަ މީހުން ނިސްބަތުން ވަރަށްވެސް މަދެވެ. އެއާޚިލާފަށް އިސްލާމްދީނަށް ވަންނަމީހުން ވަރަށްގިނައެވެ. އިސްލާމްދީން އެހެން ހުރިހާދީނެއްގެ މައްޗަށް ގަދަވާނެކަމަށް ޤުރްއާންގައި ވަނީއަންގަވާފައެވެ. ދިވެހިރާއްޖެ މިހާތަނަށް ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އޮތްކަން އެއީދިވެހިންގެ ނަސީބެވެ. މިނަސީބުގައި ކޮޅުފައިންޖަހަން ބަޔަކު އުޅޭކަންކަށަވަރެވެ. ވީމާ އެކަމާދެކޮޅަށް މަސައްކަތްކުރުމީ ކޮންމެދިވެއްސެއްގެވެސް ވާޖިބެކެވެ. ލަތީފަށް ޝުކުރިއްޔާ

    ދިވެއްސެއް | ޖުލައި 22، 2010
  22. މައުމޫނު ދީން ހިމާޔަތް ކުރިކުރީނުން އިސްލާމް ދީނަށް މީހަކު ވަނަނުދީ ދީނަށް އުޅެން ބޭނުންމީހުނަށްވެސް ދީން ހޯދައިހޯދައި ނުފެނުނެވެ.

    މުހަންމަދު ޝަކީބް | ޖުލައި 22، 2010
  23. ބަޔަކުތިޔަގޮތަށް ދެކެން އިސްމާއީލަކީ އަމިއްލައަށް މަރުވާްން ދަންޖެހުުނު ފުރަތަމަމީހާތަ މިބުީ ނަސާރާދީނަށް ދިވެހިން ވެއްދުމުގެ ހަރަކާތެއް ނުހިގައެކޭނޫން ތިރީސްއަހަރުދުވަހު ބަލިކަށިކުރި އަގީދާގެ ދިވެހި ޒުވާނުން ލާދިނީ ހެއްލުންތަކަށް ގެންދުވީ ރޭވުންތެރިސިޔާސަތަކުން އެދައުރުގެ އެޑިއުކޭށަން މިނިސްޓަރަކު ސޮކޫލްކުދިންނަށް އިރުށާދުދެމުން ބުނިކަމަށްވޭ ދަރިންގާތުވެސް ނަމާދަށް ދާކަށް ނުބުނަމޭ ފެންނަންޏާ ކުރަންވިއޭ މިދަރަޖައަށް ބަލިކަށިވެފައި އޮތި…. މިސަރުކާރު ގެނައުމަށް ށާމިލްވި ދީނި އިލްމުވެރިންގެ މަސައްކަތުން މިހާރު ދިވެހިދަރިންގެ ދީނީރޫހުމިދަނީވަރުގަދަވަމުން ހެޔޮ ވިސްނުމުން ވިސްނާލަބަލަ ފައްޅިއަޅަން އަޑިއަޑިން ރާވާބަޔަކާ ގުޅިގެން މިގައުމުގައިތިބި ދީނީއިލްމުވެރިން އެންމެހިނދުކޮޅަކުވެސްތިބޭނެތަ؟

    ައަލީ ސައީދު | ޖުލައި 22، 2010
  24. މި ފަދަ ރަނގަޅު، މަންފާ ލިބިދޭ، އަދި ހޭލުންތެރިކުރުވަނިވި ލިޔުންތައް ގިނަގިނައިން ގެނެސްދިނުމަށް “މިއަދު” ނޫހުގެ ލިޔުންތެރީންގެ ކިބައިން އެދި އިލްތިމާސް ކުރަމެވެ. ދިވެހި ރާއްޖެއަށް މިއަދު ކުރިމަތި ވެފައި ވާ އެންމެ ބޮޑު ނުރައްކަލަކީ ނަޞޯރާ މިޝިނަރީންގެ އުދަގޫތަކެވެ. ދެވަނަ ނުރައްކަލަކީ ކަނޑުގެ ލޮނުގަނޑު އުސްވެ ރާއްޖެ އަޑިޔަށް ހިގައިދާނެ ކަމުގެ ބިރެވެ. އެކަމަކު އެއަށްވުރެ މާބޮޑު ނުރައްކަލަކީ އަހަރެމެން ވާވައްދައި މަގުފުރައްދަން މި މަސައްކަތް ކުރާ ނަޞޯރާ މިޝިނަރީ މީހުންގެ ކެހިވެރި މަޅީގައި ޖެހި އަހަރެމެންގެ ތެރެއިން އެތައް ބަޔަކު ނަރަކާ ގެ އަލިފާނުގެ އަނދަވަޅަށް ވެއްޓިދާނެ ކަމުގެ ނުރައްކަލެވެ. ވީމާ މި ފަދަ ގިނަ ލިޔުންތަކުން ދިވެހިން ހޭލައްވައި ކުރިމަތިވަމުންދާ ނުރައްކަލާ މެދު ސަމާލުވެ އަމިއްލަ ނަަފްސުގެ ދިފާޢަށް ތައްޔާރު ވުމަށް ގޮވާ ހެޔޮ މަޢްލޫމާތު ފެތުރުމަށް “މިއަދު” ނޫހުގެ ލިޔުންތެރީންނަށް އިލްތިމާސް ކުރަމެވެ.

    ރނނރ | ޖުލައި 23، 2010
  25. ހިތާމަހުރި މިދަނޑިވަޅުގައިވެސް މިތިބަ ގޮތެއް ނެތް ދިވެހީން ހަދަނީ ސިޔާސީކަމަކަށް ، އަޅެ އެއީ އިއްޔެ އިސްލާމްދީން ދޫކުރި ބައެއްތަ؟ ގިނަ މީހުންނަކީ 30 ، 40، 50 އަހަރު މިކަމުގައިވީ މީހުން. ގައިމު ދަރިން ހެޔޮގޮތުގައި ބެލިފައިވީނަމަ ……………..

    އަޙުމަދު | ޖުލައި 24، 2010
  26. މާތްކަލާކޯ! ވެރިކަމަށް މިވަރަކަށް***ތިބި އެހެންބަޔަކު މިއުޑުދަށުގައި އުޅޭ ބާވައެވެ. 30 އަހަރަކީ އެންމެ ދުވަހެއްހެއްޔެވެ؟ އެވަރުން ކަރުހިއްކުން ނުފިލައިގެން އެއުޅޭނީ ވެރިކަމުގައި ކޮންކަހަލަ މަސްތެއް ހުރީމަބާއެވެ؟ ތިމާމެން ވެރިކަން ބޭނުންވިއަސް، އެކަމުގެ އަގަކީ މުޅި ގައުމުގެ މަސްލަޙަތުކަމަށް ހަދަން ނޫޅޭށެވެ. ޤައުމުގައި ތިބި ވިސްނުންކޮށި ސިކުނޑިތަކަށް އެފަނި ވައްދަން ނޫޅޭށެވެ. ތިމާމެން ފިސާރި އިސްލާންދީނަކަށް އުޅުނިންހެއްޔެވެ. ތިމާމެން ފިސާާރި ޢަދުލުވެރިވީމުހެއްޔެވެ.

    މުވާޠިނު | ޖުލައި 24، 2010
  27. އަދި ކިރިޔާ މިފެންނަނީ 30 އަހަރުދުވަހުގެ ވެރިކަމުގައި ރާއްޖޭގެ ރައްޔިތުނަނަށް ދަސްކޮއްދިން ދީން. އެދުވަހު ދީނުގެ ވާހަކަ ދެއްކުމަށް އިލްމުވެރިންނަށް ފުރުސަތު ދިންނަމަ މިއަދު މިހެން ވާކަށް ނުޖެހޭނެ. އަދިވެސް ރަން 30 އަހަރޭ ކިޔާކަށް ލަދެއްވެސް ނުގަނޭދޯ. ގައުމު ހަލާކުކޮށްފަ އެދިޔައީ.

    އެޑަމް | ޖުލައި 24، 2010
  28. ތިލިޔުމުގައިވާ ގޮތަށް އެކަން ނުކޮށްފިނަމަ މިމުޅި މުޖުތަމަޢަށް ކެންސަރު ޖެހޭނެ. މިކަމުގައި ސަރުކާރާއި ދިމާއަށް އިނގިލި ދިމާކުރުމަކުންނެއް މައްސަލަ ހައްލެއް ނުވާނެ. މީހަކު އެކަމެއް ނުކުރަން ހުރިއްޔާ ސަރުކާރުން ގަދަކަމުން އެމީހަކު ލައްވާ އެކަމެއް ނުކުރެވޭނެ. މީހަގެ ނަފްސު އިސްލާހު ކުރެވޭނީ އެމީހަކަށް ސަރުކާރަކަށް ނޫން.

    އިއްބެ | ޖުލައި 24، 2010
  29. އަހުމަދު މުޖްތަބާއަކަށްވެސް ދިވެހިންނަށް އޮޅުވައެއް ނުލެވޭނެ. ރާއްޖޭގައި ފައްޅިއެޅީކީ މުހާއްމަދު ނަސީދުގެ އެމްޑީޕީއަކުންނޫނެވެ. މައުމޫނުގެ ސަރުކާރުން ހުއްދަދީގެން މިތާރިސޯޓެއްގަ ފައްޅިއަޅާ ބުދު ބެހެއްޓިކަން މިދިވެހި އެންމެންނަށް (މުޖްތަބާ ފިޔަވައި) އެގެއެވެ. އެހެންވެ ދޮގުތައްހަދައިގެން މޮޅުވާނެކަމަށް އުޅެގެން ވާނީގެއްލުމެވެ. ރަގަޅަށްވިއްޔާ މުޖްތަބާގެ ޚިޔާލު އެހުރީ ބުދުފައްޅި ރާއްޖޭގަ ހަދާށެވެ. އެކަމު ފަހަތުގައި އެހީތެރިވާނެ މީހަކުވެސް މުޖްތަބާއަކަށް މިރާއްޖެއަކުން ލިބޭނެހެނެއް ހީއެއް ނުވެއެވެ.

    އަހުމަދު | ޖުލައި 24، 2010
  30. ތިކަންތައްތަކާއި ވާހަކަދައްކާއިރު ކުޑަކޮށްނަމަވެސް މިވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ތިޔަ ޕީއޭ އޭކިޔާ ޕާޓީގެ ރައީސުކަމުގައިވާ ޔާމީނުއަކީ ރާއްޖެއަށް އެންމެ ބޮޑަށް ޑުރަގު އެތެރަކޮށް ވިއްކަމުން ނުވަތަ ފުޅާދާއިރާއެއްގައި އެވިޔަފާރި ކުރަމުންގެންދިޔަފަރާތް ކަން ހުރިހާ ދިވެހިންވެސް ދަންނާނެއެވެ. އަދި ކޮބާތޯ ދާދިފަހުން އައްޑޫ އަތަޅު ހިތަދޫން ސާކަލް އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް ބޯފަޅާގެން ކުއްލިގޮތަކަށް އިއާޓެކްސީ ޗާޓަރކޮށްގެން އޭނާ މާލެ ހޮސްޕިޓަލަށް ގެނައުމުގެ ހުރިހާ ޙަރަދެއްވެސް ކުރީ ޔާމީނުކަން ހުރިހާ އައްޑޫގެ ރައްޔަތުން ދަނޭއެވެ. މިގޮތަށް ޔާމީނު މިކަންތައް ކޮށްދިނީ އޭނާއަކީ ޔާމީނުގެ ހުރިހާ ޑްރަގުގެ ވިޔަފާރިތަށް އައްޑޫގައި ހިންގާފަރާތް ކަމުގައިވާތީއެވެ. އަދި އޭނާ މަރުވުމުގެ ކުރިންބުނިކަމަށްވޭ ތިމަންނައަކީ މިދުނިޔޭގައިވެސް ވެރިފަރާތޭ އަދި އެދުނިޔޭގައިވެސް ވެރިފަރާތްކަމަށް ދައުވާކުރިއެވެ. ތިމަންނައަކަށް އެއްވެސް ކަމެއް ނުވާނެއޭ ތިމަންނައަކީ ޔާމީނުގެ ޕާޓޭއެއްކަމަށް ބުނިކަމަށްވެސް ވެއެވެ. ނިކަން ބަލާށޭ އެސޮރު އެހެންބުނިތާ މާގިނަދުވަހެއްނުވެ މަރުވެދިޔައީއެވެ.

    ނަސީ | ޖުލައި 25، 2010
  31. އެއްބަޔަކު އަނެއްބަޔަކު ބޮލުގައި ބަދުނާމު އަޅުވަމުންދާއިރު މީގެ އެތައް އަހަރެއް ކުރިން މައުމޫނާއި އޭނާގެ އައުވާނުންގެ ބޮޅުގައި އިދިކޮޅު ފަރާތްތަކުން އަޅުވަމުންދިޔަ ބަދުނާމްތައް ބާރާ އާރު ލިބުމުންވެސް ސާބިތުކޮށެއް ނުދެވުނު…އެކަން އެގޮތައް އޮށްވާ ވީ ވަޢުދުތައްވެސް ފެއިލްވަނީ.. ވީމާ މިހާރުމިހިގާ ކަންތައްތަކާ، ވީ ވަޢުދުތަކާ އަދި ހެދި ދޮގުތަކާއި މެދު ދިވެހި ރައްޔިތުން ދެވަނަ ވިސްނެވުމަކަށް ދިޔުން މުހިންމުކަމަށްފެނޭ……

    ޖޭ | ޖުލައި 26، 2010
  32. މީހަކު ދަންޖެހުނަސް، ކަޓަރުއަޅާ މީހަކު މަރާލިޔަސް، ކާރެއްގެ ޑިކީން ބަނގުރާފެނުނަސް އެއީ 30އަހަރުގެ ޚުދުމުޚުތާރިއްޔަތުގެ ދަގުއިގަނޑުގެ ސަބަބުން ހިނގި ޢަމަލެއް. ތިޔަބުނާ ސޯސްލައިގެން ތުނބުޅިބޭލުނުއެންމެ މީހަކަށްވެސް އިންޞާފު ހޯދައިދިނުމަށް ތިޔަ ހުޅުވާދެއްވި ރިޔާސީ ކޮމިޝަނަށް މައްސަލަ ހުށަހަޅާލަންވެސް ނުކެރުނު. ފިތުނަ އުފެއްދުމަށް މީހުން ދައްކާ، ތިމާއަށް އޭގެ ޙަޤީޤަތްނޭނގޭ ވާހަކަތަކުގައި ހިފާ ދަމާދިގުކޮށް ފެތުރުމަކީ ކޮންކަހަލަ ކަމެއްތޯ، މައުމޫނުގެ ދައުރު ދީނީތަޢްލީމު އުނގެނުމަށް ފުރުޞަތު ނުލިބި، މިދައުރު ފުރުޞަތުލިބިގެން ކިޔަވައި ދަސްވެނިވިގެން ނުކުންނެވި ބޭފުޅުންގެ ތެރެއިން ބޭފުޅެއްގާތު ނިކަން އައްސަވާލަބައްލަވަ.

    މުޒު | ޖުލައި 30، 2010
  33. ހާދަހާ ހިތާމަވެރިއޭ. ގާނޫނު އަސާސީ އިސްލާހު ކުރަން މިޖެހެނީވެސް މިފަދަ ސަބަބުތަކާ ހުރެތާދޯ. ތިޔަ ޣަޔްރުދީން ފަތުރާ ފަނީ އެހެރީ ފެންނާށެވެ. ހަދާނެގޮތެއް ނިންމާނީ ބަލާމީހުންނެވެ. ރާއްޖޭގަ ނޫނީ ދުނިޔޭގަ ދަންޖެހުނު މީހަކީ ހަމަ އެކަނި އިސްމާލުތަ. ނޫނީ އޭނަ ދަންޖެހުނީ އަމިއްލައަށްކަން ނޫންނަމަ މީހަކު ދަންޖެއްސީ ނޫންކަން ނޫންނަމަ ދީން ބަދަލު ނުކުރެވޭތީ ދަންޖެހުނީކަންވެސް ތިބަޔަކަށް ހާދަ ސާފުކޮށް އެގިއްޖެއޭދޯ. ތިޔަވާހަކަ ތަކަކީ އޭނާގެ އާއިލާ ކިހިނެއް ގަބޫލު ކުރާނެ ވާހަކަ ތަކެއް ބާވައޭ ހިތަށްއަރާ.

    މާދި | އޯގަސްޓް 1، 2010
  34. އެއީ މައުމޫނު ދަސްކޮށްދިން ކަމެއްނޫން، މިވެރިކަމުން ދަސްކޮށްދިން ކަމެއް

    އަމީންޑީ | އޯގަސްޓް 2، 2010
  35. މި ފަދަ ރަނގަޅު، މަންފާ ލިބިދޭ، އަދި ހޭލުންތެރިކުރުވަނިވި ލިޔުންތައް ގިނަގިނައިން ގެނެސްދިނުމަށް “މިއަދު” ނޫހުގެ ލިޔުންތެރީންގެ ކިބައިން އެދި އިލްތިމާސް ކުރަމެވެ. ދިވެހި ރާއްޖެއަށް މިއަދު ކުރިމަތި ވެފައި ވާ އެންމެ ބޮޑު ނުރައްކަލަކީ ނަޞޯރާ މިޝިނަރީންގެ އުދަގޫތަކެވެ. ދެވަނަ ނުރައްކަލަކީ ކަނޑުގެ ލޮނުގަނޑު އުސްވެ ރާއްޖެ އަޑިޔަށް ހިގައިދާނެ ކަމުގެ ބިރެވެ. އެކަމަކު އެއަށްވުރެ މާބޮޑު ނުރައްކަލަކީ އަހަރެމެން ވާވައްދައި މަގުފުރައްދަން މި މަސައްކަތް ކުރާ ނަޞޯރާ މިޝިނަރީ މީހުންގެ ކެހިވެރި މަޅީގައި ޖެހި އަހަރެމެންގެ ތެރެއިން އެތައް ބަޔަކު ނަރަކާ ގެ އަލިފާނުގެ އަނދަވަޅަށް ވެއްޓިދާނެ ކަމުގެ ނުރައްކަލެވެ. ވީމާ މި ފަދަ ގިނަ ލިޔުންތަކުން ދިވެހިން ހޭލައްވައި ކުރިމަތިވަމުންދާ ނުރައްކަލާ މެދު ސަމާލުވެ އަމިއްލަ ނަަފްސުގެ ދިފާޢަށް ތައްޔާރު ވުމަށް ގޮވާ ހެޔޮ މަޢްލޫމާތު ފެތުރުމަށް “މިއަދު” ނޫހުގެ ލިޔުންތެރީންނަށް އިލްތިމާސް ކުރަމެވެ.

    ރނނރ | އޯގަސްޓް 3، 2010
  36. ދެން ހަމަ ކަމެއްވާއިރަށް ވެރިކަމާއި ސިޔާސީ ކުލަވަރު އޭގެތެރެއަށް ނުވައްދާބަލަ. އަރެމެން ރަށު މީހަކުވެސް ދާދި މިދާކަށް ދުވަހު ބުނަނީ އަންނި ވެރިކަމަށްއެރި ފަހުން މިހާރަކު މަހެއް ނުބޭވެޔޭ! އެމެއް ނުލެވެޔޭ! މި ވެރިކަން ނުނިމެނީސް ދެން މަސްވެރިކަމެއް ނާންނާނެޔޭ!
    ކިހާ ދެރަ ކަމެއް ދޯ މީ. މިކަލަ އެއްޗެހި ބުނާއިރު ހަމަ ނޭގެނީބާ އަހަރެމެންނަށް ރިޒުޤު ދެއްވަނީ ކޮންފަރާތަކުން ކަން؟ އަހަރެމެންނަށް ރިޒުޤާއި ރޯދި ދެއްވަނީ ވެރިއަކަށް ހުންނަ މީހާއޭ ހީވަނީބާ؟ ނޫނީ ބަލާޢާތް ތަކާއި މުސީބާތްތަށްވެސް ޖައްސަވަނީ ވެރިންނޭ ހީވަނީބާ؟ ތިމާމެންނަށް ސަރީކު ކުރެވޭއިރުވެސް ނޭގެނީބާ! ދިވެހިންނޭ ނިކަން ހޭއަރާބަލަ! ދޫ ރައްކާތެރިކުރަން ދަސްކޮށްބަލަ. ކޮންމެ މީހަކަށްވެސް ރަނގަޅު މަގާއި ނުބާއިމަގު އިޚްތިޔާރުކުރުމުގެ ބާރު މާތް ﷲ ދެއްވާފައި ވޭ..

    އިދުރީސްބެ | އޯގަސްޓް 4، 2010
  37. ކަލޭމެން އެންމެން ނަސޯރާއިންނޭ މިސަނަރީންނޭ ކިޔާ ހަޅޭއްލަވާއިރު، އެއްވެސް މީހަކު ހަނދާންނެތީތަ ދިވެހިން ގޮސް ބޭރުގެ އެހެން ގައުމުތަކުގައި ދީނުގެ ނަމުގައި މީހުން މަރާ ހަދަން އުޅެ މަރުވެފައިވާކަން؟ ކިތައް ސަލަފީންނާ ހާބީންތަ މިކަހަލަ ޖިހާދުތަކަށް ހިއްވަރުދީ މި ގައުމުގައި އޮތް ‘މެދުމިނުގެ’ ދީން ދޫކޮށްލާ، މިތަން އަފްޣާނިސްތާން، ޕާކިސްތާން ފަދަ ފޭލުވެފައިވާ ތަންތަނަށް ހަދަން އުޅެނީ؟ ބަލަގަ، ކަލޭމެން ތީ ކަނުބަޔެއްތަ؟ މީ ރާއްޖެއަށް ހުރި ބިރުވެރިކަމަކީ. ކަލޭމެންނަށް ކާންލިބެނީ ‘ކާފަރުން’ އަތުން ލިބޭ އެއްޗަކުންނޭ. މީކީ ރަސޫލުޒަމާނެއް ނޫނޭ.

    ޖަބަލުއްތޯރިގް | އޯގަސްޓް 15، 2010
  38. ިތާމަހުރި. ކޮންމެކްމެއް ސިޔާސީ. ލިއުންތެރިން މިހާ ސިޔާސަވީމަ ދެން ކީކޭ ބުނާނީ. ކޮންމެ ގޮތެއްވިއަސް ދީން ދޫކުރަނީ ކަޓަރު އަޅަނީ ޑްރަގް ބޮނީ ފާއިތުވި ތިރީސް އަހަރުގެ ޖީލް. މިކަމުގެ ޒިންމާ ބޮޑު ޙިއްސާއެއް އެ ސަރުކާރިން ނަންގަވަން ޖެހޭނެކަމަށް މަ ދެކެން.

    އާދަމް | އޯގަސްޓް 18، 2010
  39. މިޤައުމުގެ ދީނީ ވަހުދަތު ނަގާލީ މަޢުމޫން… އަދިވެސް ހުރީ ވެރިކަން ލިބޭނެ ވަގުތަކަށް ބަލަބަލަ… ބަލަ މަޢުމޫނާ ވެރިކަމަކީ އަމިއްލަ ބާރުން ލިބޭ ކަމޭއް ނޫނޭ!!!! މަޢުމޫން ހިފާ ހައްޔަރު ކުރުމަށް ގޮވާލަން!!!

    އިބްރާހިމް | އޯގަސްޓް 26، 2010
  40. މައުމޫނުގެ 30 އަހަރުވީ ދިގު ވެރިކަންވީ މިޤައުމުގެ އިސްލާމީވަންތަކަމާއި، އިސްލާމީ ވަޙްދަތަށް ލިބުނު ބޮޑުވެގެންވާ އަނިޔާއެއް އަކަށް. މައުމޫނުވަނީ ކީރިތި ޤުރުއާނުގެ ނައްސުން ސާބިތުވެފައިވާ ހުކުމްތަކަށް ދެކޮޅުހަދާފައެވެ. މައުމޫނު ބުނި ގޮތުގައި އިސްލާމްދީނުގައިވާ ހައްދުތަކަކީ އަޅުގަނޑުމެން ބޭނުންނަމަ ޤާއިމު ކުރެވޭނެ އަދި ބޭނުންނަމަ ޤާއިމުނުކޮށް ދޫކޮށްލެވޭނެ ކަމެއް. އިސްލާމްދީނުގައި އޮތީ މީސްތަކުންނަށް މަޢާފުކުރުން ކަމަށް.
    މައުމޫނު ދީން އެނގިހުރެ އިސްލާމްދީނާއި މެދު މިފަދަ ބުހުތާނު ދޮގު ހަދައިފައިވާކަމަށްޓަކައި އަހުރެން މުޅި ޢުމުރަށް އޭނާއަށް ލަޢުނަތް ދެން. .

    މުޞްލިޙު މުޙައްމަދު އިސްމާޢީލް | އޯގަސްޓް 31، 2010

 އަކުރު އެބައިން