ނައިބް ރައީސްގެ އިސްތިއުފާ ސިޓީވެސް ލިޔެ ސޮއި ކުރުމަށް ރައީސް އެދިފައިވޭ- ގައުމީ ޕާޓީ

06 ޖުލައި، 2010

މުޙައްމަދު ތައުފީޤް

ދައުލަތުގެ ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދެއްވިއިރު ނައިބް ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކުވެސް އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އެދިވަޑައިގެން ނައިބް ރައީސްގެ އިސްތިއުފާގެ ސިޓީ ލިޔުއްވައި ސޮއި ކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވާ ކަމަށް އިތުބާރު ހުރި ފަރާތަކުން ކަށަވަރު ވެފައިވާ ކަމަށް ދިވެހި ގައުމީ ޕާޓީން ބުނެފިއެވެ.

ގައުމީ ޕާޓީން ތުހުމަތު ކޮށްފައިވާ ގޮތުގައި 13 ވަޒީރުން އެއްފަހަރާ އިސްތިއުފާ ދިނުމަކީ ނައިބް ރައީސް އިސްތިއުފާ ދެއްވާތޯ ސަރުކާރުން ރޭވި ރޭވުމެކެވެ.

“މިކަން ހިގާދިޔަގޮތުގެ ޙަޤީގަތް ހޯދާ ފަރާތްތަކުން މަޢުލޫމާތު ދިންގޮތުގައި 13 މިނިސްޓަރުންގެ މިނިސްޓަރުކަން ގުރުބާން ކޮށްލީ އޮޅުވާލުމެއްގެ ތެރޭގައި ނައިބު ރައީސް އިސްތިޢުފާ ދޭނެގޮތެއް ހޯދުމަށް ކުރެވުނު މަސައްކަތެއްގައި ކަމަށްވެއެވެ. މިނިސްޓަރުންގެ އިސްތިޢުފާގެ ސިޓީތައް ކެބިނެޓް ސެކްރެޓަރީ ތައްޔާރު ކުރިއިރު ނައިބު ރައީސްގެ އިސްތިޢުފާގެ ސިޓީވެސް ތައްޔާރު ކުރިކަމަށް ވަރަށް މުޢުތަބަރު ފަރާތަކުން މަޢުލޫމާތު ދީފައިވެއެވެ. އަދި ހުރިހާ މިނިސްޓަރުން އެސިޓީތަކުގައި ސޮއިކުރި ވަގުތު އަލްފާޟިލް މުޙަންމަދު ނަޝީދު ނައިބ ުރައީސް އަރިހުން ސިޓީގައި ސޮއިކުރުމަށް އެދުން ކަމަށްވެސްވެއެވެ. މިހާރު ނަޝީދުގެ ހުރިހާވެސް ބޭނުމަކީ ކޮންމެ ގޮތެއްހަދައިގެންވެސް ނާއިބުރަ އިސްތިޢުފާދޭނެ ގޮތެއް ހެދުންކަމަށްވެދާނެއެވެ. އެހެންނޫނަމަ މަޖިލީހުން ބިލެއް ފާސްކުރިއޭކިޔާފަ ކެބިނެޓް އެއްކޮށް އިސްތިޢުފާ ދިނުމަކަށް މަޖްބޫރެއް ނުކުރުވާނެއެވެ. ގައުމީ ޕާޓީގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވެއެވެ.

ކެބިނެޓުގައި ހިމެނޭ ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދެއްވުމުން ގައުމީ ޕާޓީން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެގޮތުން މިކަމަކީ ރައީސް ނަޝީދުގެ އަމުރަށް ވަޒީރުން ކުރެއްވި ކަމެއް ކަމަށް އެޕާޓީން ވަނީ ތުހުމަތު ކޮށްފައެވެ. އަދި މިކަމަށް ވަރަށް ބޮޑަށް އެޕާޓީން ވަނީ ޖޯކު ޖަހާފައެވެ.

“ރިޔާސީ ނިޒާމެއްގައި ހުރިހާ މިނިސްޓަރުން އެއްފަހަރާ އިސްތިޢުފާ ދިނުމަކީ ވަރަށް ނާދިރުކަމެކެވެ. ނަމަވެސް މިކުޑަކުޑަ ދިވެހި ރާއްޖޭގައި މިކަންވަނީ ދާދިފަހުން ހިނގާފައެވެ. މިސަރުކާރު ވެރިކަމާ ޙަވާލުވިފަހުން މިކަހަލަ މޮޅެތި ރެކޯޑްތައްދަނީ ހަދަމުންނެވެ. ކަނޑުއަޑީގައި ވަޒީރުންގެ މަޖިލީސްވެސް ބޭއްވުމުގެ ފުރަތަމަ ރެކޯޑް ހެދީ މިކުޑަދިވެހި ރާއްޖޭގައެވެ. ކެބިނެޓް އެއްކޮށް އިސްތިޢުފާ ދިނުމަކީވެސް މިކަހަލަ ރެކޯޑެއް ހެދުންކަމަށް ކުރިކަމެއްކަމަށް ބައެއްފަރާތްތަކުން ގަބޫލުކުރެއެވެ.” ގައުމީ ޕާޓީން ބުނެފައިވެއެވެ.

ކިޔުން ތެރިންގެ ހިޔާލު

  1. މުޅި ކެބިނެޓް އެއްފަހަރާ އިސްތިޢްފާ ދިނުމަކީ ހަގީގަތުގައި ވެސް ނުވިސްނާ ކުޅެފައި އޮތް ޑްރާމާ އެކެވެ. އެ ޑްރާމާ އެ އޮތީ ފްލޮޕް ވެފައެވެ. މީގެ ފޮނިބޮއެގެން ނަފާ ނަގާނީ ޑީއާރްޕީ އެވެ. މި ވަރު ރައީސަށާއި ރައީސް ގެ އެޑްވައިޒަރުންނަށް ނުވިސްނުނު ކަމީ ވަރަށް ދެރަ ކަމެކެވެ.

    ރނނރ | ޖުލައި 6، 2010
  2. ހަމަ ހަގީގަތުގައިވެސް އަހަރެމެން ވަރަށް އުފާވޭ ޓޮމް އެންޑް ޖެރީ ކަހަލަ ދޭތި ޖަމީލު އާ ހަސަން ތިޔަ . މީޑިޔާގަ އެއްޗެއް ބުނެލުމުގެ ބަދަލުގަ ޕާޓީގެ ޖަލްސާއެއް ބާއްވާފަ އެއްޗެއް ބުނެލަބަލަ. ކިތަށްމީހުންތޯ އަޑު އަހަންގޮސް ތިބެނީބަލާލަން. ރިކޯޑް ހަދާނެ މިސަރުކާރުން. މިސަރުކާރުގެ އަންޑަވޯޓަރ ކެބިނެޓް ވެސް އެއީ ދުނިޔޭގެ ރެކޯޑެއް. ރާއްޖޭގަ ޑްރަގު މަސްއަލަ ވެސް ރިކޯޑަކާ ހަމައަށް މި އާދެވެނީ. ބުރުމާ ގާސިމު ހައްޔަރުކުރީމަ މާޅޮހު ނަސީރުގެ ވެސް ރާގު ބަދަލްވެއްޖެ. މީވެސް މިލިޔަންގެ މަސްއަލައެއްކަމަށް ސިޔާސީ ބައެއް ދަންނަބޭކަލުން އެބަ ހީކުރޭ.  

    ނައީމު | ޖުލައި 6، 2010
  3. ރާއްޖޭގައި ޢަލްމާނީ ނިޒާމެއް ގާއިމްކުރުމަށް މަސައްކަތްކުރާބޭފުޅަކީ ޑރ.ހަސަންސަޢީދެވެ އެހީތެރިވަނީ ޑރ.ޖަމީލެވެ މިދެބޭފުޅުންގެ ބޭނުމަކީ ދިވެހިރާއްޖޭގައި ތުރުކީގައި އޮންނަފަދަ ޢަލްމާނީ ނިޒާމެއް ޤާއިމްކޮށް ދީނާ ސިޔާސަތު ވަކިކޮށް ލާދީނީ ކަންތައްތަކެއް ފެތުރުމެވެ މިކަން ހަސަން ލިޔުއްވާފައިވާ ފޮތުންވެސް ހާމަކޮށްދެއެވެ. މިކަމަށް ހޭލާތިބުމަށް ދިވެހިދަރިންނަށް ގޮވާލަމެވެ

    ކަޅުކަޅިހި | ޖުލައި 6، 2010
  4. އެމްޑިޕީ ސަރުކާރުން ކުރާކަންތަކެއް ގައުޕާޓީއަކަށް ނޭގޭނެ ، އެހެންވީއިރު އަގަ މަޑުންލައިގެން ތިބެވޭތޯބެލުން މާރަގަޅުވާނެ ، މިހާރުޚަބަރު ލިބޭގޮތުން މިބުނާ ގައުޕާޓީގެ ތިބީ އައްޑޫން ދެތިން ބޯކެހިންނާއި ބޮޑާކަމާއި ކިބުރުވެރިކަމުން
    ފުރިގެން އަނެއމީހާގެ ރަށުން މީނާ ކުޑައިރު ރައްޓެހިވީ ދެތިންމީހުންކަމަށް ، މިރާއްޖޭގެ ވެރިކަމަށް އައުމުގެ އެއްވެސްފުރުސަތެއް އޮތްކަމަކަށް ނުފެނޭ ، މިގައުމުގެ ތިބިބަޔަކު ދުވަހަކުވެސް ބޮޑާކަމުން ފުރިގެންވާ މީހަކަށް ރައީސުލްޖުމުހޫރިއްޔާކަމުގެ މަގާމަށް ދިޔުމުގެ ޖާގައެއްނުދޭނެ ، މިދެމީހުން ބަލާލިޔަސް ބޮޑާކަމާއި ކިބުރުވެރިކަމުން ފުރިގެންދެމީހުންކަން ވަރަށް ސާފުކޮށް އެގޭ، = އޭސް =

    އަބުދުއްސައްތާރު | ޖުލައި 6، 2010
  5. ހަސަން ސައީދު އާ ޖަމީލު އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ދެފުއްކެހެރި ދެމީހުން.. ބޮޑާ ކަމާ ކިބުރުވެރިކަމުގެ ހައްދުފަހަނަ އަޅާފަތިބި ދެމީހުން…

    މިގައުމު | ޖުލައި 6، 2010
  6. ޖަމީލާއި ހަސަން ސައީދަކީވެސް ބަޣާވަތްކޮށް ސަރުކާރުވައްޓާލަން މަސައްކަތްކުރާ ދެމީހުން. ގައުމުގެ ހާލަތައް ނުވިސްނާ ވެރިކަމާއިގެން ބޫތުކެޔަސްތީ ފުކެއްބޮޑުވަރު، ތިބައިމީހުންނައްލިބޭނީ ގައުމުގެވެރިކަމެއްވެސްނޫން، މިހާހިސާބުން 2013 ވަނައަހަރުލިބެން އޮތޗފުރުޞަތުންވެސް ތިވީބާކީ ދެން. ދެންކީއްތޯކުރޢނީ ވަރަށްދެރަ.

    ހަސަން ސާސް | ޖުލައި 6، 2010
  7. ހީވާގޮތުގައި ރައިސް ނަސީދު އެ އުޅުއްވަނީ ރޭވުމަކުން ނައިބްރައީސް ވަކިކޮށް، ހަސަން ސައީދަށް ނައިބްރައިސްކަންދޭން، ދެއް ބޮޑިބަތްޖަމީލަށް ބަންޑާރަނައިބުކަން، ނުވަތަ އުއްތަމަ ފަޑިޔާރުކަންދޭން

    ހަސަން ސާސް | ޖުލައި 6، 2010
  8. ޤައުމީ ޕާޓީގެ އިސްވެރިން މިއަދު ލަދު ގަންނަންޖެހޭނެ ، ކޮބާތޯ ރިޔާސީ އިންތިޙާބުގައި ދެއްކި ސިޓީ ތަކުގެ ވާހަކަ މިއަދު މިފެންނަނީ އެކަމުގަ ފުރިހަމަ ޙަޤިގަތް. ހުދު ހަސަނުވެސް ޖަމީިލުވެސް ބޭނުނަވަނީ ޔާމީނާއި ޤާސިމް ކޮންމެވެސް މަޅިއެއްގއިަި ބައްދަން. އޭރުންތާ 2013ގައި ރައީސް ކަން ލިބޭނީ. އެންމެންނަކީވެސް ދުޝްމަނުން އެކަން ވަރަށް ސާފުކޮށް ފެނިގެން ހިގައްޖެ.

    ހަދިޔާ | ޖުލައި 6، 2010
  9. ގައުމީ ޕާޓީ މިއީ އަޅުގަނޑުމެން ގަބޫލުކުރާ ބައެއްނޫން. އެކަމަކު އެންމެ މޮޅު އެންމެ ކިޔަވައިގެން ތިބޭ ބަޔަކަށް ވެ ގައުމު ހަލާކުކޮށް ސުންނާފަތި ކޮށްލަންވެސް ތިބި ބައެއް މިއީ… ރާއްޖެ މިހާ ނާޒުކުޙާލަތަކަށް ވައްޓާލުމަށް އަޑި އަޑިން ފައިސާގެ ނުފޫޒު ބޭނުންކޮށްގެން ގާސިމު އައްޑަނައަކަށް ނަގައިގެން އުޅޭ ބަޔަކަށް ކޮން ނައިބް ރައީސެއްގެ ވާހަކައެއް ދެއްކޭނީ…. މިސަރުކާރު ހިންގާނީ ސަރުކާރުން ރާވާފައިވާ ޕޮލިސީއާއެކު. އެކަމަކަށް މައުމޫނުގެ ކެބިނެޓްގަ ތިއްބެވި ބައެއްގެ ޚިޔާލެއް ފިކުރެއް ވިސްނުމެއް މިސަރުކާރުގެ ކެބިނެޓްގައި އޮންނާކަށް ނުޖެހޭނެ. ސަރުކާރު ބޭނުމިއްޔާ ނާއިބްރައީސްވެސް އެކަހެރިކޮށްލެއްވޭނެ. މައުމޫނު ހަލާކުކޮށް ނެތިކޮށްލީވެސް މިބައިމީހުން. ވެރިކަމާ އުޅުނަސް ތިޔައީ ބޮޑުވަރެއް. އަމިއްލަ އަށް އަގުވެއްޓެނީ ގައުމީ ޕާޓީ. ބައްލަވާ ކްރޮޕްޝަނުގެ މައްސަލައިގެ ބަންދުކޮށްފައިތިބި ބަޔަކު ސަލާމަތްކުރަން އުޅޭ ވަރު. “އައިނީޑް ސަމް ކޭޝް” މިއީ ޙަޤީގަތަކީ…..

    ވިސާމާ | ޖުލައި 6، 2010
  10. ތިޔައީ މި ގައުމުގައި ފިތުނަ ފަސާދަ އުފައްދަން އުޅޭ ބަޔެއް. ވެރިކަން ލިބިދާނެ ކަމުގެ އުއްމީދުގައި ތެޅިފޮޅެނީ. ދައްކާނެ ނުދައްކާނެ ވާހަކައެއް ނޭގިގެން އުޅެނީ. ރޭ ޓީވީ މޯލްޑިވްސް މެދުވެރިކޮށް އިމާދާއި ޑިއާރުޕީ މީހުން ދެއްކި ވާހަކަ އަޑު އިވިފައި މިހުރީ ތިޔަބައި މީހުންގެ ނުބައި މުނާފިގުކަން ވަރަށް ރަގަޅަށް އެގިއްޖެ.

    ސިދާ | ޖުލައި 6، 2010
  11. ދެން އަންނަ ވެރިކަމެއްގައި ވެރިކަން ކުރާނީ އިރާދަ ކުރެއް ވިއްޔާ ޑރ.ޙަސަން ސައީދު އާއި ޑރ.ޖަމީލުމެން. ދެން ލާލަލާ.

    މޯޑު | ޖުލައި 6، 2010
  12. ވެރިކަމާއިން ބޫތުކައިފާ ތިބި ބަޔަކީ ކޮބައިކަން މިހާރު އެގިއްޖެއެވެ. ބަޔަކު ތެޅިމަރުވެގެން ވެރިކަން ހޯދައިދިނީމާވެސް އެވެރިކަން ނުހިންގިގެން އުޅޭއިރުވެސް ވެރިކަން ދޫކޮއްނުލެވިގެން މިއުލޭނީ ވަރެއްވެފައި ތިބީމާ ނޫން ހެއްޔެވެ. އަމިއްލަ ޙާލާއިގެން އުޅޭގެން ވެރިކަން ނުލިބުނީމާ އެވެރިކަން ހޯދައިދޭން ބަޔަކު މަރުދީގެން ކުރި މަސައްކަތް ހަޖަމްނުކުރެއްވިގެން އެމީހުން ތަޅާބޭރުކުރާނެ ގޮތެއް ނޭގިގެން ކުރިމޮޅުކަންތައް ނިކަން ދެކެބަލާށެވެ. އެބައިމީހުންގެ ބޮލަށް ގޮއްވާލަން ތައްޔާރުކުރި ބޮން މިއޮތީ އަތަށް ގޮވާފައެވެ. މިތިބީ މިހުން ފިހި ރޯފިލާފައެވެ. އެވަރުން ވެސް އަދިވެސް ގެއަށް ވަޑައިނުގެންނެވިގެން ރައީސް އޮފީހުގައި ދުވާލަކު ދެއިރު ނޫސްކޮންފަރެންސް ބާއްވަނީ ވެރިކަމާއިގެން ވަރެއް ހުރީމާތާއެވެ. ދޭން އުޅުނު ލަނޑު ނުދެވުނީމާ އަދިވެސް ދެރަގަބޫލުކުރާކަށް ބޭނުމެއްނުވެއެވެ. އެހެންމީހުން ކުއްވެރިކުރަން މަސައްކަތްކުރަނީއެވެ. މިއީ އަދި މާ ބޮޑުވަރެއްތާއެވެ.

    މާލި | ޖުލައި 6، 2010
  13. ވެރިކަމަށް މީހުންނަށް ފުރުޞަތު ދެއްވާ ފަރާތަކީ ޙަސަން ސާސް ދޮއްތޯއެވެ؟ ތިޔަ ބޭފުޅުންގެ މުޙައްމަދު ނަޝީދަކީ އެތައް ފަހަރެއްގައި އޭރުގެ ސަރުކާރު ވައްޓާލާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވާ ބޭފުޅެކެވެ. އަދި އެފަދަ އެތައް ރޭވުމެއް ރޭވި ބޭފުޅެކެވެ. ޤާނުނީ އިމުގެ ތެރެއިން، ރައީސުލް ޖުމުހޫރިއްޔާގެ އިތުބާރު ނެތްކަމަށް ފާސްކޮށްގެން ސަރުކާރު ވައްޓާލުމަކީ ޑިމޮކްރަސީ ކަމަށް ކުރިން ދެކި ވަޑައިގެންނެވި ބޭފުޅުން މިއަދު ތިޔަހެން ވިދާޅުވާތީ ތިޔަ ބޭފުޅުންގެ އިޚްލާޞްތެރިކަމާ މެދު ސުވާލު އުފެދެއެވެ. ޤައުމީ ޓީވީ ވަކިކޮޅަކަށް ނުޖެހި މިނިވަން ކަމާއެކު ޚަބަރު ފަތުރަން ޖެހޭނެ ކަމަށް ވިދާޅުވި ބޭފުޅުން ދިވެހި ޓީވީ ހިޞާރު ކޮށްގެން އުޅުއްވާ އުޅުއްވުމަކީ ޖޯކެކެވެ.

    މުޙައްމަދު | ޖުލައި 6، 2010
  14. މުނާ ފިގުން ވާނީ މުނާ ފިގުން ނައް ހަސަން ސައީދު/ޖަމީލް އަކީ ހަމަ
    މުނާ ފިގުން

    ބަރަބޯ | ޖުލައި 6، 2010
  15. މީ ކޮން ބައެއްތޯ؟ މަތިން ބައިން ޖެހިގެން ޑީއާރުޕީ އެމްޑީޕީ ކުޅިގަނޑު ތެރެއަށް ވަންނަން މިއުޅެނީ….ހިނިއާދޭ ލަދުވެސް ގަނޭ…އެކަމަކު މިދެމީހުން ގާތު ބުނެބަލަ އެހެން..

    fe-rk | ޖުލައި 6، 2010
  16. ހަސަން ސައިދަކީ ފިއެޗްޑީ ހަދައިގެން ހުރި ކޮހެއް. ސިޔާސީ ގޮތުން މަރުމޯލެއް. މިހާރު ހަސަނުމެން ދައްކާ ވާހަކަ އެއް ގަބޫލެއް ނުކުރާނެ. ވެރިކަމާ ހެދި އުޅުނަށް ތީ ތަންފުކެއް ބޮޑު ވަރުއް . މިގައުމީ ފާޓީން މިވީހާތަނަށް އެއްވެސް ހަމަޖެހޭ ބަޔާނެއް އަދި ސިޔާސީ ގޮތުން އޮައްޓަރެއް ހުރި އެއްވެސް ވާހަކަ އެއް ނުދައްކާ .މިވަރު ބަޔަކު އަބަދުވެސް ގޮވަނީ ކޮސް . ވީމާ މިޕާޓީ އަކީ ” ކޮސް ޕާޓީ” ކަމުގައި ދިވެހި ރައްޔިތުން ދަން ނަވަން. ފިއެޗް ޑީ އަކީ ޕާމަނަންޓްލީ ހެޑް ޑެމޭޖް.

    އާޔަތު | ޖުލައި 6، 2010
  17. ހަސަންމެންދެން އަހަރެމެނެން ރައްޔިތުންނަށް ހެޔޮއެދެން ނޫޅުނަސް ދެން އޯކޭ!!! މިހާރު އެގިފާޅުވެއްޖެ ކަލޭމެންގެ ފެންވަރު.. ނަމަނަމަ 2013 ގެ ވޯޓަށް އާދޭސްކުރަން ނާންނާތި!!!! ހެޔޮނުވާނެ އިތުރުދޮގުތައް ނުފަތުރާ ކޮންމެވެސް ވަޒީފާއަކަށް ވަދެހަމަޖެހިގެން އަމިއްލަ ހާލާވެގެން އުޅެވޭތޯބަލާބަލަ!!! މީހަމައެކަނި އޮތް ދުނިޔެއެއްނޫން!!! އާހިރަތައްޓަކައި ކުރެވިފައިވާ ފާފަތަކަށް ތައުބާވެ ﷲ އަޅުކަންކުރުމުގައި ދެމިހުރުމަށް އަޅުގަނޑު ގޮވާލަން!!!
    /////ކިޔަވައިގެން އޮޅެމުންދާ މީހުންނަށް ހެޔޮއެދޭ – އިއްސެ -/////

    އިއްސެ | ޖުލައި 6، 2010
  18. ހަސަނު ދޭބަލަ މެލޭޝިޔާގެ ރައީސް ކަން ހޯދަން…

    ަްއަނިކް | ޖުލައި 6، 2010
  19. ހަސަނު ބުނިކަމުގަ ވިއަސް ޖަމީލު ބުނިކަމުގަ ވިއަސް ހަގީގަތެއް އޮޅުވައެއް ނުލެވޭނެ. ރައީސް ނަސީދު ބޭނުން ވެލައްވަނީ ވަހީދު އިސްތިއުފާ ދިނުމައްކަން ފާހަގަ ކުރެވޭ ގަޢުމު މިހާލަތުގައި ވަނިކޮއް އިސްތިއުފާ ނުދެއްވާތި

    ހާލުގެ ދުލުން | ޖުލައި 6، 2010
  20. މިގައުމުގައި ފަސާދަ އުފެއްދި، އުފައްދަން އުޅޭ ބަޔަކީވެސް އެމް.ޑީޕީ. މިކަން ރައްޔަތުންނަށް މިހާރު ވަރަށް ރަގަޅަށް އެގޭ އަދި ކަށަވަރުވެސް ވޭ އަދި ސާބިތުވެސްވޭ.

    ސައީދު މުހައްމަދު | ޖުލައި 6، 2010
  21. ހަސަންސަޢީދު ދެންތިއުޅެނީ އައްޑުއަތުޅުން ލިބެން އޮތް ވޯޓްކޮޅުވެސް ނުލިބެން ތިކަހަލަ ޚިޔާނާ ކަރަޕްޝަން މީހުންގެ ވަކީލަކަށްހުރެގެން. އަހަރުމެން މިތިބީ މިހާރުމިކަން ރަގަޅަށްބަލަން .ކޮބައިތޯ ކޮއްކޯފުޅުމެންނޭ ކިޔައިގެން ކިޔުނުއެއްޗެހި މިހާރުއަވަހަކަށޭ ހަނދާން ނެތުނީ. ދެނެއް ތިހަސަންސައީދުއަކަށް ވޯޓެއްނުލިބޭނެ………………އައްޑުއަތޮޅުން

    އާމިނަތު- އައްޑޫ | ޖުލައި 6، 2010
  22. އިސްތިއުފާދިނުމުގެ ވާހަކަ ދައްކަން ޖަމީލްއާއި ޙަސަނު ވަރަށް އެކަށީގެންވާ ބައެއް މިރާއްޖޭގައި ނުތިބޭނެ..ހެއްހެއް..ދިވެހިންނޭ ހޭއަރާތީ..މި ދެމީހުންނަކީ އެއް މަޤާމެއްގައި ދުވަސްކޮޅަކުވެސް ކެތްނުކުރެވޭވަރުގެ އަމިއްލަ ޒާތްކޮޅު ބޮޑު ދެ ސޮހުލުން.އަދި ރާއްޖެ ޗެމްބަރސް އިންވެސް އެދެމީހުންކުރެ އެކަކު އިސްތިއުފާދޭނެ ވަރަށް އަވަހަށް. ރާއްޖެ ޗެމްބާރސް އަކީ މިދެމީހުންގެ އަމިއްލަ ލޯފާރމެއް.. -އިބުރާހީމް

    އިބުރާހީމް ޢަބުދުﷲ | ޖުލައި 6، 2010
  23. ހަސަނަކީ ވަރަށް ރަގަޅު ބޭފުޅެކެވެ. ހަސަނަށް ކޮންފަދަ ޖެއްސުމެއް ކުރަމުން ގެންދިޔައީ އެކަމަކު އެއަކަށް މާބޮޑު ރެސްޕޯންޑެއް ހަސަނެއް ނުދެއެވެ. ނަމަވެސް ކޮންމެ ކަމަކަށް ހައްދެއް އޮންނާނެ. ހައްދުންނެއްޓީމާ ނިކުންނަން ޖެހޭނެ.. ދައުލަތުގެ ހަރުމުދަލަކީ ކެނެރީގެއިން ނިކުމެފައިހުރި އެއްޗެއްނޫން….

    ރަމީޒް | ޖުލައި 6، 2010
  24. ޑޮކްޓަރ ޑީޑީ މެން މައިންބަފައިންނަށް އަނިޔާކޮށް ، ރައްޔިތުންގެ ފަޅުރަށްތައް ތިމާގެ މީހުންނަށްދީ، އެއްވެސް ބިރެއްނެތި އުޅެންފެށުމުން އާޚިރު ނަތީޖާ ނިކަން ވިސްނާލަ ބައްލަވާ! އިންސާނީ ޚިދުމަތެއް ފޯރުކޮށްދެއްވުމަށް ނުކުމެ މީނާ މިއިޚްތިޔާރު ކުރީ ކަރަޕްޝަނާ ފަސާދަ! ހޮސްޕިޓަލްގައި ހުރި އިކްއިޕްމަންޓްސްތައް ނަގަން ކެރުނު މީހަކަށް ދައުލަތުގެ އެހެން މުދަލެއް ނަގަން ފަހަށްޖެހޭނެތަ! ކުއްޓި ނަޝީދަށް މަލާމާތްކުރާއިރު، މީނަގެ ހާލަތު އަމިއްލައަށް ލޯގަނޑުން ބަލާބަލަ! ވަރަށްފަހުންވެސް ބ.އަތޮޅުގެ މުތާފުށުކިޔާރަށެއް އެހެރީ ކައްވާލައިގެން… /ޔޫސޭ/މާލެ

    ޔޫސޭ | ޖުލައި 6، 2010
  25. ނައިބު ރައީސްގެ އިސްތިޢުފާގެ ސިޓީ ޑްރާފްޓް ކޮށްދިނީ ޙަސަނާ ޖަމީލާ. އެހެން ވީމަ އެހާ ރަނގަޅަށް އެ އެނގުނީ. އޭގެ އިތުރަށް މިހާރު މިދެމީހުންނަށް ވަހީވެސް ބާވާ ލައްވަނީ. ޣައިބުގައި ހިނގާ ކަންތައްތައްވެސް ބަރާބަރަށް އެނގެނީ. ދެ ބާޣީންގެ ވަކީލުންނަށްވެގެން ، ލާރިގަނޑު ކާލާފަ ، ޔާމީނާ ޤާސިމަށްވެސް އެންމެފަހުން ދޭނީ ލަނޑު. ތިދެމީހުންގެ ފިނިފެންމާ ދިވެހި ސިޔާސީ އުދަރެހުން އެހެރަގެން ދަނީ ފަނޑުވަމުން. މިލާ މޯޅިވަމުން.

    ދަސްތޫރު | ޖުލައި 6، 2010
  26. ހަސަނާ ކަލެއައް އިގޭތަ އެބުނާ ރޯޒް ؟ ނޭންގޭދޯ އެހެންވީއްޔާމުން 2013ގައި ވެރިކަން ހަނދާންނައްތާލާ! ރޯޒް ނޭންގެންޏާމުން ދެންވެރިކަންކުރާނީ މިހާރުވެސް ވެރިކަން ތިކުރާގޮތައް ހުވަފެނުގާ!

    ރޯޒް | ޖުލައި 7، 2010
  27. އެގޭ އެކައްޗެއް އެބައޮތް އެމް ޑީ ޕީ ފެއިލްވެއްޖެ!

    ރޯޒް | ޖުލައި 16، 2010
  28. ކަލޭމެން ޑރ. ޙަސަން ސަޢީދާއި ޑރ. ޖަމީލު ދެކެ ޙަސަދަވެރިވަނީތަ؟ ނިކަން ބަލަންތިބޭތި، 2013 ގައި މިރާއްޖޭގައި ވެރިކަންކުރާނީ އެދެމީހުން، ކަލޭމެންކަހަލަ ތަންދޮރުނުދަންނަ މީހުން ހަމަ މަގުމައްޗަށް ނުކުމެ ހަޅޭއްލަވަލަވާ ތިބެންޖެހޭނީ، އެދެބޭފުޅުންނަށް ގޮތްހުސްނުވާނެ،ގޮތްހުސްވާނީ ހަމަ ތިޔަކަހަލަ ނުކިޔަވާތިބި . އެދެބޭފުޅުން އަބަދުވެސް ނަސްރުދޭނީ ޙައްޤަށް، ކޮންމެބަޔަކާވެސް ފޭއަށް އެދެބޭފުޅުން ޖެހިވަޑައިގަންނަވަނީ އެބަޔަކު ޢަދުލު އިންސާފުން އެއްކިބާވީމާ، ކޮންމެހެން މުނާފިޤުވެގެނެއްނޫން އިގޭތަ؟ އުއްމަތަށް ޝަހާދަތްކިޔައިފި މީހަކާ ދިމާއަށް މުނާފިޤަށް ގޮވުމަކީ ކިހާވަރެއްގެ ކަމެއްކަން ނޭގެނީތަ؟ އަނެއްކާ މިއީ ވަހީބާވައިލައްވާ ބައެއްތަ؟

    ނުރައްކާ،ހިތަދޫ،އައްޑޫ | ޖުލައި 16، 2010
  29. ނައިބުރައީސްގެ އިއުތިރާފަކީ އެހައިސިއްޔަތުން އުންމީދުތައް މާމަތިވީ ކަމަށް ވިދަޅުވުން އެއީ ވަރަށް މާތްސިފައެއް ސިޔާސީ ތަރުތީބުން މަތީމީހާ މަތިކަމަށް ދެކެންވާނެ. މިބުނާ ސިޔާސީ އިޚްތިޔާރުގެ ހައިރާކީއަކީ ރައްޔިތުން އަރުވާ ދަރަޖައެއް އަމުރުވެރިކަމުގެ ތަރުތީބުން މަތިން ތިރިއަށް މިއަންނަ ހަރުފަތްތަކުގެ ތަރުތީބު ގެއްލުވައިލަނީ އެތަރުތީބުގައި ހިމެނޭ ހަސަނާ ޖަމީލުމެންފަދަ ކުފޫހަމަނުވާ މީހުން މިބުނީ އެމީހުންގެ ތައުލީމީ ދަރަޖައަށް އައިބުބަހެއްނޫން އެކަމަކު ސިޔާސީ އަރަފޯދުންނެތްވާހަކަ އެފަދަ އަރަފޯދުމެއް ހުރިނަމަ ޚިތަންމެވަރަކަށް ޚިޔާލުތަފާތުވިޔަސް ގަބޫލުކުރި އުސޫލުތަައް ބިންތުޅާ ކިލާނުޖެހީސްކަން ގައިމު.

    ައަލީ ސައީދު | ޖުލައި 17، 2010
  30. ނާއިބު ރައީސް! ނަމަނަމަ އިސްތިއުފާ ނުދެއްވައްޗެވެ.

    ދޮންއަބާކިރު/ފުވައްމުލައް | ޖުލައި 20، 2010
  31. ހަސަނާ ޖަމީލާ ދެމީހުންނަކީ ، ކިޔަވައިގެން ، އެކިޔެވި އެއްޗެއް ހަމދާން ނެތިފަ ތިބި ދެ ކޮހުން. ކިޔެވި އެއްޗެއްގެ ބޭނުމެއް ކުރާކަށް ނޭނގުނު ދުވަހަކުވެސް. ވެރިކަމަށް ތިކުރާ އުންމީދުތައް ދޫކޮއްލާ. ތިދެމީހުންނަކަށް ގައިމުވެސް ތިކަމެއް ނުވާނެ. ޤާސިމެއް ، ޔާމީނެއް ތަސްމީނެއް ތިދެމީހުންކުރެ އެކަކަށްވެސް ވެރިކަން ލިބުނަކަ ނުދޭނެ. ތި ދެމީހުންހެން އެއީވެސް ވެރިކަމަށް ބޫތުކައިފަތިބި ބައެއް. ނަނަމަ 2013 ގަ އިންތިޚާބަށް ކުރިމަތި ނުލާތި. ކުރިން ގަތް ލަދަށްވުރެ ބޮޑު ލަދެއްގަ ބެދޭނެ. ރޯޒު މިލާ މޯޅިވެ ފިޔަކޮޅު ވަކިވާނެ އެހާތަނަށް. 3 ހާހުން 3 އަކަށް ތިރިވާނެ. ދެމީހުން ވެސް ވަކިވާ ހިސާބަށް ދާނެ. ޤާސިމާ ޔާމީނާ ދެ ހަތުރުން އެތިބީ މިތުރުންނަށްވެފަ. ހަސަނާ ޖަމީލާ ދެ މިތުރުން ހަތުރުންނަށްވެސް ވާނެ..

    ދަސްތޫރު | ޖުލައި 23، 2010
  32. މިދެން ކާކު ނުދަންނަ ކަމެއް، ހަސަނާ ކޮސް ނިގޮވާ… ފުވައްމުލަކު އަބޫޖަހުލުގެ ދަރިން މިތިބީ އަދި ތިހެން ހައްދައެއް ނުލެވޭނެ. . ވަހީދު ހަސަންމަނިކު އެއީ ދެން ކުރި މަރުތެޅާ. . އެބޭފުޅާ އިސްތިއުފާ ދެއްވުމަކީ ގައުމުގެ އާދޭސް. . ރާއްޖޭގެ ނާއިބް ރައީސަކަށް ވާންވާނީ ޒިޔައްޓެ. . އެއީ އަހަރެމެން އެދޭއެދުން. . ޒިޔައްޓެ މެން ކަހަލަ ގަޓުސް ބަޔަކަށް ގޮޅާގެ ވަސް ކަނޑުވާ ގައުމު ހަމަޔަކަށް އަޅުވާ ލެވޭނީ. .

    އަރީފް .ޏ | ޖުލައި 24، 2010
  33. ނައިބު ރައީސް އިސްތިއުފާ ނުދެއްވުމަށް އަޅުގަނޑު ގޮވާލަން.

    އިއްބެ - ނިލަންދޫ | ޖުލައި 24، 2010
  34. ނައިބުރައީސް އިސްތިއުފާ ދެއްވުމުގެ ކުރިން ރައީސް ނަޝީދު އިސްތިއުފާ ދެއްވުން ކީއްތޯ؟

    އިއްބެ | ޖުލައި 24، 2010
  35. ޙަސަން ޕާޓީން ސަރުކާރު ޒިއްމާދާރު ކުރުމަށްޓަކައި ތިޔަ ކުރައްވާ ބުރަމަސައްކަތަށް ޝުކުރު ޙައްޤު.

    ނަދީމް ކޭ.އެލް | ޖުލައި 24، 2010
  36. ރަންގަޅު ވާނޭ

    hassan sobir | ޖުލައި 26، 2010
  37. މިދެން ކާކު ނުދަންނަ ކަމެއް، ހަސަނާ ކޮސް ނިގޮވާ… ފުވައްމުލަކު އަބޫޖަހުލުގެ ދަރިން މިތިބީ އަދި ތިހެން ހައްދައެއް ނުލެވޭނެ. . . . އެބޭފުޅާ އިސްތިއުފާ ދެއްވުމަކީ ގައުމުގެ އާދޭސް. . ރާއްޖޭގެ ނާއިބް ރައީސަކަށް ވާންވާނީ ޒިޔައްޓެ. . އެއީ އަހަރެމެން އެދޭއެދުން. . ޒިޔައްޓެ މެން ކަހަލަ ބަޔަކަށްވާ ގައުމު ހަމަޔަކަށް އަޅުވާ ލެވޭނީ. .

    hassan sobir | ޖުލައި 26، 2010
  38. ހަސަނަށް ހީވަނީ ދޯ އަދިވެސް ވެރިކަން ލިބޭނެޔޭ. ހަސަނަށް ވެރިކަން. ޖަމީލަށް އަދުލު އިންސާފް ގާއިމް ކުރުމުގެ ބާރު. އިމާދު ސޯލިހަށް ރައްޔިތުންގެ މަޖިލިސް. ވަރަށް މޮޅެއްނު. މިމީހުން ކުރަންއުޅޭ ކަމަކީ މިއީ. ލަދެއްވެސް ނުގަނޭދޯ. ދޭބަލަ މެލޭސިއާގެ ރައީސްކަމަށް ކުރިމަތިލާން. މާ ރަނގަޅުވާނެ. މާގިނައިން ކެވޭނެ. މުނާފިގުކަން ހައްދުފަހަނައަޅީދޯ.

    ފޭކް | ޖުލައި 28، 2010
  39. ނޫނޭ އިމާދު ސޯލިހު ހުންނާނެ ސާބިތު ކަމާއެކު ހަސަނާ ޖަމީލަށް ސަނާ ކިޔަން…ނިކަން މިހެރެ ކިބުރާ ބޮޑާކަމުން ފުރިގެންވާ ހަސަނާ ޖަމީލު ދަރުބާރުގެ ހިފާފަ މިގައުމުގަ ތިބި ހުރިހާ ބިދޭސީން ކައިރީ ތި ވާހަކަތަށް ދައްކާ….ޖަމީލަކީ ހަމަފައްކާ ޖާހިލު މުނާފިގު މީހެއް

    އަހުމަދު | ޖުލައި 31، 2010
  40. ޕާޓީ ކިތަންމެ ކުޑަ ކަމުގައިވިޔަސް ކުރާމަސައްކަތް ވަރައްބޮޑެވެ. ޙަސަނާއި ޖަމީލަށް ޝުކުރުވެރިވަމެވެ.

    ހަމީދު | ޖުލައި 31، 2010
  41. 2013 ވަނަ އަހަރުގެ ވެރިކަން ހަސަނަށް ދީފިން …… އަދި ޖަމީލަށް ނައިބްރައީސްކަންވެސް ދީފިން ….. އެކަމަކުވެސް ދޮގުހަދާ ޢާންމުނަށް އޮޅުވާލުމުގެ ވެރިކަން… ލިބޭނީ …. ހަސަނުކައިރީ ބުނަންތަ ވާހަކައެއް!!! ވެރިކަން ކުރެވޭނީ ރާއްޖޭގެ މީހުންގެ ހާލުއެންގޭ މީހަކަށް… ތިގޮތައް ބޭފުޅުވެފައި މަތިހަށީބެގީޖަހާ ތިމާޔަށްވުރެއް މޮޅުމީހެއް ނެތިގެން، ރީތިމީހެއްނެތިގެން، ރިތިކަން ދައްކަން އުޅުނީމަ ޖެހޭނީ ޖެހިވަޅަށް… މިހާރު ތިހުރި ރަނޑުގޮތް ރަނގަޅުވާނީ ރިސޯޓްތަކުގައި މަސައްކަތް ކުރާ ބޮޑުކައްކާއިންނަށް ….. އަދި ތިދައްކާ ވާހަކަވެސް ގަބުލުކުރަނީ ހަމަ އެމީހުން…. ހަސަނާ ގުޅެނީވެސް އެކަހަލަ ކަންތައް……

    އުނު އޮރިޔާން | އޯގަސްޓް 17، 2010
  42. ޖަމީލު ހަނދުބޮދުވާ ދުވަސްކޮޅު އަބަދުވެސް މޮޔަގޮވާއުޅޭ.

    އަޔޫ | އޭޕްރިލް 7، 2011
  43. ޑޮކްޓަރ ޑިގްރީ އޮތީމަ މީދެން މަތިންފައިބައިގެން އުޅޭދެމީހުން… ސިޔާސީ ގޮތުން ސެކެންޑަރީ ފެންވަރުވެސް ނެތް؟؟؟؟؟

    މަލަން | އޭޕްރިލް 29، 2011
  44. ނަސީދު އަކީ ސަރުކާރު ހިންގަން ނޭންގުނު ވެރިއެއް . އޭނަގެ އެއްމެ ބޮޑު އެއް މަގުސަދަކީ ރާއްޖޭން އިސްލާމް ދީން ފޮހެލުން އޭނަގެ އަރިހުގައި ވަރައް ގިނައިން ބޭރައް ދުރުވާ ބޮޑީ ގާޑަކު ވަނީ ކިޔާދީފައި… އަދި ވަރައް ގިނަ ލާއިންސާނީ ވީޑިއޯ ތައްވެސް ހުރި ކަމައް ވަނީ ބުނެފަ .

    ޗަސްމީން | އޯގަސްޓް 4، 2012

 އަކުރު އެބައިން