ޔަހޫދީންނާއި ގުޅުން ބަދިހިކޮށްފާނެކަމަށް ނުރުހުންފާޅުކުރި މީހުންނަށް އިސްލާމަކަށް އެހީތެރިވުންވެސް ކަމަކުނުދިޔަ: ޑރ. ޝަޙީދު

17 މޭ، 2010

އަބްދުއްލަތީފް

ރާއްޖެއާއި އިޒްރޭލާ ދެމެދުގައި ގުޅުންބަދަހިކޮށްފާނެކަމަށް ކަން ބޮޑުވެ އަޑުއުފުލިމީހުންނަށް އިސްލާމުންނަށް އެހީތެރިވުންވެސް ކަމަކުނުދިޔަކަށް ޑރ. ޝަހީދު ވިދާޅުވެއްޖެއެވެ.

މިއަދުނޫހަށް އިއްޔެ ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޑރ. ޝަހީދު ވިދާޅުވީ ގުއަންޓަނަމޯބޭ ޖަލުގައިތިބި ޤައިދީންގެތެރެއިން ރާއްޖެ ގެނައުމަށް ރަސްމީގޮތެއްގައި އަދި މިހާތަނަށް މަޝްވަރާކުރެވިފައިވަނީ އެންމެ މީހެއްގެ މައްސަލައިގައި ކަމަށާއި އެއީ ވެސްޓް ބޭންކަށް އުފަން ފަލަސްތީނުގެ ރައްޔިތަކު ކަމަށެވެ.

ޑރ. ޝަހީދު ވިދާޅުވީ އޭނާއާއިމެދު އެމެރިކާ ސަރުކާރުން ހޯދި ހޯދުންތަކުން އެނގިފައިވަނީ އޭނާއަކީ އެއްވެސް ޓެރަރިސްޓު ޖަމާއަތަކާވެސް އަދި ސިޔާސީ ޖަމާއަތަކާވެސް އެއްވެސް ގުޅުމެއްނެތް މީހެއް ކަމަށާއި އެބާވަތުގެ ހުނަރެއް އަދި ވިސްނުމެއްވެސް ހުރި މީހަކު ނޫންކަން ކަމަށެވެ. ” އެއްވެސް ބާވަތެއްގެ ކުށެއް ކުރުމުގެ ވިސްނުމެއްވެސް ހުރިމީހަކަށް ނުވާއިރު ކުށެއް ކުރަން ދަންނަ މީހެއްވެސް ނޫން” ކަމަށެވެ.

އޭނާ ހަމައެކަނި ދަންނަ ކަމަކީ އިސްލާމް ދީނަށް ގޮވާލުންކަމަށާއި އޭނާއަކީ ދުނިޔޭގެ ޤައުމުތަކުގައި އިސްލާމް ދީނަށް ގޮވާލަމުންގެންދާ ތަބްލީޣު ޖަމާއަތުގެ މެންބަރެއްކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ އޭނާ ހައްޔަރުކޮށްގެން ގުއަންޓަނަމޯބޭ ޖަލަށް ގެންދެވުނީ ޕާކިސްތާނުގައި އިސްލާމް ދީނަށް ގޮވާލުމުގެ މަސައްކަތުގައި އުޅެނިކޮށްކަމަށެވެ.
” މައުލޫމާތުލިބޭ ގޮތުން އޭނާގެ ގެދޮރު ވެސް ޔަހުދީން ވަނީ ނައްތާލާފައި. އޭނާގެ އާއިލާއިން ދިރިތިބިބަޔަކު ދިރިއުޅެމުންގެންދަނީ ޔަހޫދީންގެ އަނިޔާވެރިކަމުގެ ތެރޭގައި” ކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑރ. ޝަހިދު ވިދާޅުވާ ޓެރަރިޒަމާ ގުޅުންހުރި އެއްވެސް މީހަކު އެމެރިކާއިން ދޫނުކުރާނެކަމަށާއި މިގޮތުން ޔަމަންގެ އެއްވެސް މީހަކު ދޫނުކުރުމަށް އެމެރިކާއިން ނިންމާފައިވާކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ ރާއްޖެ ގެނައުމަށް މަޝްވަރާ ކުރެވެމުންދާމީހާ ރާއްޖެ އަންނަނަމަ އަންނާނީ އޭނާގެ ފުރިހަމަ، އަމިއްލަ އިޚުތިޔާރުގައިކަމަށާއި އޭނާ އާއިބެހޭ ހުރިހާކަންކަންވެސް ސަރުކާރުން ކުރާނީ ޤާނޫނާއި ޤަވާއިދުގެތެރެއިން ކަމަށެވެ. އަދި މިކަމަށް ހިނގާ ހުރިހާ ޚަރަދެއްވެސް އެމެރިކާ ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ އިޒްރޭލާއިއެކު އިޒްރޭލުން ރާއްޖެއަށް ބައެއް ކަންކަމުގައި އެހީތެރިވެދިނުމުގެ އެއްބަސްވުމެއްގައި ރައްޖޭގެ ސަރުކާރުން ސޮއިކުރުމުން އިޒްރޭލާއިއެކު ގުޅުންބަދަހިކުރާކަމުގެ ތުހުމަތުގައި އެކަން ކަމުނުދިޔަ ޑީއާރުޕީއާއި ޤައުމީ ޕާރޓީއަށް މިއަދު ކަމުނުގޮސްގެން އެއުޅެނީ ނިކަމެތި ހާލުގައި ހުރި ފަލަސްޠީނުގެ މުސްލިމް ރައްޔިތަކަށް އެހީވުންކަމަށެވެ. މާދަމާ ކަމުނުދާނީ ކޮންކަމެއްކަމާއިމެދު ސުވާލު އުފެދޭކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.

ކިޔުން ތެރިންގެ ހިޔާލު

  1. އޭނާޔަށް ދިރިއުޅުން އެންމެ އަޢުލާކަންބޮޑީ ފަލަސްތީނުގައިތޯ ނުވަތަ ދިވެހިރާއްޖޭގައިތޯ ނިކަން ޑރ. ޝަހީދު އަމިއްލަ ނަފުސާ ސުވާލުކޮށް ބައްލަވާށެވެ. ދެން އެހީތެރިއަތެއް ފޯރުކޮށްދޭން ވިސްނާއިރު، އެންމެ ޙާލުގައި އުޅޭ މުސްލިމުން ތިބީ ގުއާންޓަނާމޯބޭގައިތޯ އެވެ. ޔަހޫދީންގެ ނޭއްގާނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގައި ނެތިދިޔަ އެތަކެއް ޢާއިލާތަކެއްގެ ޔަތީމް ދަރިންތައް ފަލަސްތީނުގައި އުޅެވޭނެ ގޮތެއްނެތިފައި ބައިވަރެވެ. އެއިން ދަރިޔަކަށް އެހީތެރިކަމެއް ދެއްވަން ނުވިސްނެވީ ކީއްވެތޯއެވެ. ހަމަ ޔަހޫދީންނާއި، އެމެރިކާމީހުންގެ ފަސްބައިގާ ނޫނގުޅި މަނިކުފާނުމެންނަށް އުޅުއްވަން ނޭނގެނީތޯއެވެ. ދެން ހުރިހާ ކަމެއް ފަޅާއަރާ މަނިކުފާނުމެންގެ ޚުދުމުޚުތާރުކަން ޢާންމުވީމާ އަނެއްކާވެސް މޮޅު ސްޓޯރީއެއް ހައްދަވައި، ޑީއާރުޕީ ބޮލަށް ކަނޑުއްވާ ލެއްވުމަކުން، ފައިސާގެ ދަހިވެތިކަމުގައި، ނުވަތަ އެމެރިކާސަރުކާރުން ލިބޭނޭ މަންފާތަކެއްގެ އަވާމެންދުރުގައި މަނިކުފާނުމެން ތިޔަ ހިންގަވާ ޢަމަލު” އަޅުގަނޑުމެންނަށް އޮޅުވާ ނުލެއްވެވޭނެއެވެ.
    މިހާރު އެއްކަލަ ޗައިނީޒުމީހުންގެ ވާހަކަވެސް އޮއްބާލައްވަނީތޯއެވެ.

    އަޙްމަދު މުޖުތަބާ/މެލޭޝިޔާ | މޭ 17، 2010
  2. އިސްލާމުންނަށްއެހީވާތީކަމުނުދިޔައީކީނޫނެވެ. އެއަށްވުރެމާހާލުގައިދިރިއުޅޭ މުސްލިމުންފެނިވަޑައިނުގެން (އެމީހުންނަކީއެމީހުންގެގައުމުންހައްޔަރުކުރިބަޔަކަށްނުވާއިރު) ހަގުރާމައިގެމައިދާނުން ހައްޔަރުކޮށްފަތިބިބަޔަކާހަވާލުވާތީކަމުނުދިޔައީ ! އަވަށްޓެރިގައުމުތަކުގައި ނިކަމެތިހާލުގައުޅޭ މުސްލިމުންފެނިވަޑައިނުގެން (އެމެރިކާއިންބުނީމަމުސްލިމުން) ޖަލުގަތިބިބަޔަކުގެންނަންއުޅޭތީކަމުނުދިޔައީ! މިރާއްޖޭގައުޅޭ ނިކަމެތިރައިއްޔަތުންނަށް ތިފަދައޯގާތެރިކަމެއްނެތި ހަގީގަތްނޭގޭބަޔަކަށް އޯގާތެރިވާތީ ކަމުނުދިޔައީ!

    ރަޝީދު | މޭ 17، 2010
  3. ސަހީދު އެކަމަކު ތީ ދެންތަންކޮޅެއް ބޮޑުވަރު، ތިބުނީ އޭނައަކީ ކުށެއްކުރަން ދަންނަމީހެއްވެސް ނޫނޭ. ތިމީހަކު ކޮންމެހެންވެސްމިފަހަރު ގެންނަންވާނެ. އަދި މިހާތަނަށް އަޅުގަނޑަށްމި އިނގުނީ ދުނިޔޭގައި ކުށެއްކުރަން ނުދަންނަ މީހަކު ހުރިކަން،

    މުހައްމަދު | މޭ 17، 2010
  4. އަނހާ ޝަހީދު! ތިޔަ އެއްވަރުކުރެއްވީ މުޅިން ތަފާތު ދެކަމެއްނޫންތޯ؟ ވެރިޔާގެ ލޯބި ހޯދުމަށާ ވަޒީފާ ޙިމާޔަތްކުރުމަށްނަމަވެސް ތިޔައީ ބޮޑުވަރެއްނޫންތޯ؟ އެއީ މަކަރުވެރި ޔަހޫދީން. މިއީ އަނިޔާވެރިން.

    ޙަފުޞާ/ މާލެ | މޭ 17، 2010
  5. އެއްވެސް ޓެރަރިސްޓް ޖަމާއަތަކާއި ގުޅުމެއް ނެތް އަދި އެއްވެސް ކުށެއް ނެތް މީހެއް ކަމަށް ވަންޏާ ކީއްކުރަންތޯ އޭނާ ގެނެސް ޖަލަށްލާން މަސައްކަތް ތިކުރައްވަނީ؟ މީސްތަކުންނަށް އިސްލާމް ދީނަށް ގޮވާލާ އެފަދަ މާތް މީހަކު ގެނެސް ބަންދުކޮށްފިނަމަ މާތް ރަސްކަލާނގެ ކޯފާ މިގައުމުގެ މައްޗަށް ބާވައިލައްވާނެކަން ކަށަވަރު. އޭނާ ގެނެސް ބަންދު ކުރުމުގެ ބަދަލްގައި އޭނާ މިނިވަންކުރުމަށް މަސައްކަތްކުރުން ކީއްތޯ…

    ސ.މ.ވ | މޭ 17، 2010
  6. ޑޮކްޓަރ ޝަހީދުގެ ވާހަކަ ވެސް މިހާރު އަރަތައަކަށް ބަދަލުވެއްޖެއެވެ. ޔަހޫދީންނާ ގުޅުހންބަދަހި ނުކުރުމަށް ބޭނުންވި ސަބަބާއި އެވިދާލުވާ މުސްލިމް މީހާއަށް އެހީވުމުގެ ވާހަކައިގާ ތަފާތުތަކެއް އެބަހުރި ނޫންތޯއެވެ. މައްސަލައަކީ އޭނާގެ އިސްލާމް ކަމެއް ނޫނެވެ. އޭނާ ހައްޔަރުކޮއްފައިވާ ތަނެވެ. އޭނާއާއި މެދު ކުރެވިފައިވާ ތުހުމަތުތަކެވެ. މިސަރުކާރުން ރާއްޖޭގެ ޖަލުތަކުގައި ތިބި އެތައް ކުއްވެރިންނެއް މާލެތެރެއަށް ދޫކޮއްލީ އެއީ އިސްލާހުވެފައިވާ ބައެއްކަމަށް ބުނެފައެވެ. ހަމައެގޮތަށް އެމެރިކާގެ ޖަލުހުސްކުރަންވީމާ އެތާތިބީ ހައްތަހާވެސް ޞާލިހް މުސްލިމުންނެވެ. އެއްވެސް ކުށެއް ނުކުރާތާނގާ އެމީހުން ކުށެއް ކުރަން ނުވެސް ދަނެއެވެ. ހައިރާންވަނީ ކުށެއްކުރަން ނުދަންނަބަޔަކު ނުވަތަ މީހަކު ދުނިޔޭގައި މިހާރުވެސް އުޅޭތީއެވެ. ވާނީ އެހެންތާއެވެ. އޭނާއަކީ އުފަންވީންސުރެ މިސްކިތުގައުއި އިޢުތިކާފަށް އިންމީހެއްވިއްތާއެވެ. އޭނާ ހައްތަރު ކުރެވުނީ މިސްކިތް ހުސްކުރަންވެގެންނެވެ. މިހާރު ޖަލުހުސްކުރަންވީމާ މުސްލިމުންގެ މިކުޑަ ގައުމަށް އޭނާ ބަދަލުކޮއްލަނީއެވެ. ދެންވެސް އޭނާ އިންނާނީ މިސްކިތުގައި އިޢުތިކާފަށެވެ.

    މާލި | މޭ 17، 2010
  7. އޯއި، ޖަނާޒާ ޝަހީދު ތަދައްކާ ވާހަކަ ތާކުން ތާކި ނިޖެހެއި ނުނީ، ކުރިން ބެނީ ރާއްޖެ ގިނޭއް ހިގަނީ ދިވެއްސަކާއު، އަދި އޭ މާކުރިން ގިނާއްސެއި ހިށި މީހަކާއު، ހުސް މަރަގޯސް ވާހަކަ ތެދެއްކެނީ، ދޮގަހަދާއް ޥޭޑިގެން ތެބެޒާރަވެނީ

    ސީނާ | މޭ 17، 2010
  8. ސިޔާސީ ބޭނުމަށް ކަންކަން ކުރިޔަސް ޑީ އާރ ޕީ ގައި ބުނެލަން ބޭނުންވަނީ ތީ ބޮދުވަރެކޭ. ޤައުމީ ޕާޓީ އަށާއި ޑީ އާރ ޕީއަށް ހެޔޮގޮތެއް އޮތްކަމަކަށް ނުފެނޭ. މިވޭތުވެ ދިޔަ ދިގު 30 އަހަރު ކަނަތައް ކުރިގޮތްދޯ ހަމަ އެންމެ ރަނގަޅީ. ނިކަން ވިސްނާލަބަލަ މުސްލިމަކަށޭ އެހީތެރިވާން އެ އުޅެނީ.

    ސަމީރު | މޭ 17، 2010
  9. ބަލަ އަލީ ވަހީދާ އިރާދަފުޅާ މިންވަރުފުޅުން ކަލެއަށްވެސް އެދުވަސް ފެނިދާނެ. އިންޝާ ﷲ. މުސްލިމުންނަށް އެހީތެރިވާން ވާނޭ.

    ސަމީރު | މޭ 17، 2010
  10. ބަލަ މަޢުޞޫމު މީހެއްކަން އެމެރިކާޔަށް ސާބިތުވާނަމަ ،އޮބާމާ އިޒްރޭލަށް އެކަން އަންގައި ގެދޮރު ދިނުމަށް އެންގީމާ ނިމުނީނު.

    ވަހީދު | މޭ 17، 2010
  11. ސަހިދު އަށްލިބޭ ލާރިކޮޅުފެނިފަ ތިކަން ކުރަން ތިއުޅެނީ! ދީން ހަތިޔާރަކަށް ހަދައިގެން ކޮންމެހެން އަހަރުމެންގެ ސިކުނޑިޔާ ކުޅެން ނޫޅޭ! މާރަނގަޅުވާނެ ބޭރުގައުމުތަކުގައި ތިބި ރާއްޖޭގެ ކުށްވެރިން ގެނައިއްޔާ!

    ހަކީމް | މޭ 17، 2010
  12. ތި ފޮނުވާ މީހަކީ މި ޤައުމުގައި ދީނީ އެއްބައިވަންތަކަން ނަގާލަން އެމެރިކާއިން ފޮނުވާ މީހަކަށްވެސް ވެދާނެ. ސަހީދަށް “އިސްލާމް” އަކީ ދީނެއްކަންވެސް ނޭގުނު. އެދީނަށް ތަބާވާ މީހުންނަށް ކިޔަނީ “މުސްލިމުން”

    މމ | މޭ 17، 2010
  13. މިހާރު ތިބުނަނީ ފަލަސްތީނު މީހެކޭ، ކުރިން ބުނީ ޗައިނާގެ މުސްލިމެކޭ، ޖަނާޒާ ޝަހީދުމެންނަށް ކިޔޭނުކިޔޭ އެއްޗެއް އެބަ އިނގޭތަ؟

    އަލީ | މޭ 17، 2010
  14. މީއީ ވަރަށް ރަގަޅު ކަމެކެވެ. ނަމަވެސް ސަރުކާރުންކޮށްފިނަމަ ހަމަ ކޮންމެ ކަމަކާވެސް ދެކޮޅުހެދުމަކީ ބަައެއްގެ ވަޒީފާއެވެ. އެގޮތުން އެމީހުން އެކަން ކުރަނީއެވެ.

    އަލީ | މޭ 17، 2010
  15. ތިޔަވިދާޅުވާ އެއްޗެއްދިމާލެއްނުވޭ. ރައީސް ނަޝީދު ދައްކާ ވާހަކަޔާ ޑރ ޝަހީދު ދައްވާ ވާހަކަޔާ ހާސްބައި ތަފާތު. ޕްރެސް ސެކްރެޓަރީ ބުނަނީ ތިޔައީ ދޮގެކޭ . އަނެއްދުވަހު ރައީސް ނަޝީދު ވިދާޅުވީ އެއީ ތެދެކޭ. ދެންޤަބޫލުކުރާނީ ކާކުގެ ވާހަކަޔެއް ކަމެއްނޭގުނު

    އަލީ އިމާދު/ހިންނަވްރު | މޭ 17، 2010
  16. ޔަހޫދީންނަކަށް ނޫން އެހީވެދޭން އުޅުނީ. އިޒްރާއީލަށް އެހީވެދޭން މިސަރުކާރުން މަސައްކަތްކުރަނީ. މީދެކަމެއް. ޔަހޫދީއަކަށް އެހީވުމަކީ އިންސާނިއްޔަތުގެ ޢަމަލެއް. އިޒްރާއީލަށް އެހީވުމަކީ އެތަކެއް ފަލަސްތީނު ރައްޔިތުންގެ ޙައްޤައް އުނިކަމެއް އަންނަ ފިޔަވަޅެއް.
    ހަމައެފަދައިން، ގުވަންޓަނަމޯ ޖަލުގައި ތިބި ބަޔަކު އެމީހުންގެ ވަޒަންވެރި ޤައުމަށް ނުފޮނުވާ ރާއްޖެ ގެނައުމަކީ މުސްލިމުންނަށްވެވޭ އެހީއެއްނޫން. އެއީ އެމެރިކާއިން ހިންގާފައިވާ ނުޙައްޤު ޢަމަލެއް ފޮރުވުމަށް ކުރެވޭކަމެއް.

    ޚަލީލު | މޭ 17، 2010
  17. ތިބުނުއްވާކަހަލަ އެއްވެސް ހުނަރަކާއި ވިސްނުމެއް އެމީހާގެ ކިބާގައި ނެތްނަމަ އަދި އެމީހާގެ ނިކަމެތި ޙާލާއިމެދު ތިހާބޮޑަށް ހަމްދަރުދީވެލައްވާނަމަ ފޮރިން މިނިސްޓަރގެ ގެކޮޅުގައި ބަގީޗާ ބަލަހައްޓާ މީހެއްގެގޮތުގައި ގެންގުޅެން އެމީހާ ގެންނަވަން ވީނޫންތޯ؟؟؟ އޭރުން އެ ގެކޮޅަކީ ހަމަގައިމުވެސް އެމީހާއަށް ރަށްކާތެރިކާއި ސަލާމަތްތެރިކަން ލިބޭނޭ ތަނެއްކަމުގައި ވާނޭކަން ޔަޤީން. އަދި އެމީހަކާ އެއްސުފުރާމަތީގައި އިންނަވައިގެން ފަރިއްކުޅުވުމުން ނަފްސާނީގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ތިބޭފުޅާއަށް ވަރަށްބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް އިޙުސާސްކުރެވޭނެނޫންތޯ؟؟ މިއީ އިންސާނިޔަތަށްޓަކައި އަދި އެނިކަމެތި މީހާއާއި އޭނާގެ ޢާއިލާއަށްޓަކައި ވެވޭ ވަރަށްބޮޑު ޤުރުބާނީއަކަށްވާނޭކަން ޔަޤީން..

    ގޮމަކަސްތޫރި | މޭ 17، 2010
  18. ދެން އެހެންވީއިރު އޭނާ ޕާކިސްތާނަށް ނޫނީ އެމެރިކާ ގެންދަންވީނު. .
    ޑރ. ޝަހީދުގެ ގޭގައި މަސައްކަތް ކުރަންތަ ނޫނީ ރައީސް އޮފީހުގެ ދީނީ މުޝީރުކަން ދޭންތަ އޭނާ ތިގެންނަނީ؟

    މޮހޮނު | މޭ 17، 2010
  19. ކީއްކުރަން ފަލަސްތީނުމީހެއް ރާއްޖެގެންނަނީ؟ ފަލަސްތީނަކަންނު ގެންދަންޖެހޭނީ؟ ނުވިސްނުން.

    ކިއުންތެރިއެއް | މޭ 17، 2010
  20. ކޮންމެވެސް ކަމެއް ނުވަނީހެއް އޭނާ އެ އަނިޔާވެރި ޖަލަށް ލައިގެނެއް އެހާ ގިނަދުވަހަކު ނުގެންގުޅޭނެއެއްނުން. ދޮގުހަދާ އޮޅުވާލަން ނޫޅޭ. ގުއަންޓަނާމޯ ޖަލުގެ ވާހަކަތަށް އަޅުގަނޑު އަޑުއަހަނީ ހަމައެކަނި ރައީސް އާއި ސަހީދުގެ ފަރާތަކުން ނޫން. މައުލޫމާތުތަށް ދުނިޔޭގެ އެކި ބާތްވަރު ސައިޓުތަކުގައިވޭ

    މުހައްމަދު | މޭ 17، 2010
  21. ޝަހީދު ވަރަށް ޑީލް ރަންގަޅުވާނެ . އެބައޮތް ތިއެދޭކަމަށްވެސް އެއްބަސްވެވޭނެ ގޮތެއް. ރާއްޖޭގައި މީހުންމެރިކަމަށް ސާބިތުވެފައިވާ މީހުންނާއި ވަޅި ހަރަމުން ދުވާމީހުން އެމެރިކާއަށް ބަދަލުކުރަން އެއްބަސް ވާނަމަ ތިމީހާ ގެނަައުމަށް ދެކޮޅެއް ނަހަދާނަން.

    ައަހަރެން | މޭ 17، 2010
  22. ޚާރިޖީ ވަޒީރު ތިޔަވިދާޅުވާ ވާހަކަ އަށް އަޅުގަނޑު އެއްބަސްވަން. ކީއްވެތޯ މިމައްސަލަ މިހާބޮޑު ނުވަނީސް ތިވާހަކަ ރައީސްގެ ދޫފުޅުން ރޭޑިޔޯ ޚުތުބާގައި މިހެން ވިދާޅު ނުވީ. “ގެންނަން މިއުޅެނީ ފަލަސްތީނުގެ މުސްލިމު އަޚެކޭ”. އަޅުގަނޑު އެދެނީ އެ މުސްލިމު އަޚާއާއިއެކު އޭނާގެ އާޢިލާވެސް މިރާއްޖެ ގެނެސް އޭނައަށް އުފާވެރި ދިރިއުޅުމެއް ހޯއްދަވައިދެއްވަން. ރާއްޖެއަށް ކޮންމެހެން މީހަކު އަރުވާލާ އުސޫލުން އޭނާ ގެންނާނެކަމެއްނެތް (ފާރައަށް މީހުން ބައިތިއްބައިގެން). ހެޔޮފުޅިއްޔާ އޭނާއަށްވެސް އެހެންމީހުންނެކޭ އެއްގޮތަށް އޭނާ ބޭނުންކޮންމެ ޤައުމަކަށް ދިއުމުގެ ފުރުޞަތުވެސް އޮންނަންވާނެ. ފަހަރުގައި ރާއްޖެކަހަލަ ފަތްބޯ މުސްލިމުން އުޅޭގައުމެއްގައި އުޅެން ބޭނުންނުވެގެން ދާން އުޅުނަސް އެފުރުޞަތުވެސް އޮންނަންވާނެ. ޚާރިޖިއްޔާއިން އޭނަގެ ކުށެއްނެތްކަން މުޅިދުނިޔެއަށް ސާބިތުކޮށްދެއްވާ، އެމެރިކާގެ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް ބަޔާނެއް ނެރެ، އޭނާއަށް ބަދަލު ހޯދައިދިނުމަށް ދުނިޔޭގެ ކޯޓަށް މައްސަލަ ހުށަހަޅުއްވަންވާނެ. އޭރުން އިސްލާމީ އުންމަތުން މިސަރުކާރަށް އެވޯޑުތައް ދޭނެކަން ޔަގީން.

    ސްޕިން ޑޮކްޓަރ | މޭ 17، 2010
  23. ަެއެހެންވިއްޔާ އެމެރިކާސަރުކާރުގައިތިބީ ބޯހަމަނުޖެހޭ އިސްލާމުންނަށް އަނިޔާއާއި ގެއްލުން ދޭންއުޅޭބައެއް. ދެންހިތަށްއަރަނީ ތިޔަބުނާޖަލަކަށް އޮޅުމަކުންވެސް އިސްލާމަކުވަދެއްޖިއްޔާ އެހިސާބުން އޭނާހަޔާތުގެ ބާކީއޮތްބައިގައި ކުއްވެރިއެއްގެ ސިއްކަޖެހިނިމުނީ ދެއްތޯ…… އެއީއެއްވެސް ކުށެއްނެތްމީހެއް އެހެންވިއްޔާ އޭނާދޫކޮށް އޭނަގެވަޒަނަށް ފޮނުވަންވީނުން.. ތިޔައަރަތް ނުވިސްނުނު..

    ޮޮބުލެކްރޯސް | މޭ 17، 2010
  24. ޕްރޮވިންސް ހެދުމާ ދެކޮޅުހަދާފަ، ގިޔާސުއްދީން ޕްރައިވަޓައިޒް ކުރުމާ ދެކޮޅުހަދާފަ ދެންކުރަންއޮތްކަމަކީ ތީ. މީގަ އިދިކޮޅަށް ކޮމެންޓްކޮށްފަ މިހުރީ މިކަހަލަ ކަންކަމާ އެންމެ ކުފޫހަމަވާނެ އެންމެ ތަންދޮރުފިލާފަތިބި ފޮރިންމިނިސްޓަރުކަން ކުރަންތިބިމީހުންނާ ރައީސުލްޖުމްހޫރިއްޔާ ކަންކުރަންތިބިމީހުންތާ. މިހާރު ނިކަންވަރު އަރުވާނެ. ތި ކަންނިމިގެންދާނީ ގިޔާސުއްދީން ޕްރައިވަޓައިޒް ކުރީމަ އެކަން އޮބި ހިނދިގެންދިޔަގޮތަށް. އަހަރެމެން ބަލަންތިބޭނަން.

    އަލީ ވަހީދު | މޭ 17، 2010
  25. މިލިޔުމަށް ކޮމެންޓްކޮށްފައިވާ “ހަކީމް” އަށް ރަނގަޅު ވާހަކައެއް ބުނަންތަ! ތިބުނީ ރާއްޖެއިން ބޭރުގަ ތިބި “ކުށްވެރިން” ގެންނަށޭ. ތިބިނުނަނީ “ކުށްވެރިން” ގެ ވާހަކަ. ކުށްވެރިން” ގެނައުމަށްވުރެ ރަނގަޅުވާނެ ކުށެއްނެތް ބަޔަކު ގެނަށްޔާ. ތަންދޮރު ނުދަންނަ *** ލިޔުންތަކަށް ކޮމެންޓް ނުކުރާނީ.

    ދީދީ | މޭ 18، 2010

 އަކުރު އެބައިން