- ވަޒީފާ އަދާކުރާ މީހުންނާއި، ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައިޖެހޭ މައްސަލަތައް، ދެފަރާތުންވެސް ވާހަކަ ދައްކައިގެން، މަޝްވަރާކޮށްގެން ޙައްލު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވައިފި
- ތިންވަނަ ބިން 13.60 މިލިއަން ރުފިޔާއަށް ސަން ފްރަންޓަށް މުނިސިޕަލްޓީ އިން ވިއްކާލައިފި
- ހިޔުމަން ރައިޓްސްގެ އެންމެ އިސް ދެ މަޤާމު ދެ އަންހެން ބޭފުޅުންނަށް ދިނުމާމެދު ޑީއާރުޕީގެ މެދުގައި ޚިޔާލުތަފާތުވެއްޖެ.
- ޤައުމީ މަސްލަހަތު ކުރިއަށް ނެރުމަށް އެމްޑީޕީ އިއްތިހާދުން އިދިކޮޅު ޕާރޓީތަކަށް ގޮވާލައިފި.
- މަސްވެރިންގެ ހިޔާ އިމާރާތްކުރަން ގާނޫނީ ގޮތުން ބިންދޫކުރިކަން އެނގޭކަށްނެތް- މަޑުއްވަރީ ކޯޓް
- މަކުނުދޫގައި އިރުއޮސުމުގެ ކުރިން ބަންގި ގޮވުމުގެ ސަބަބުން ރޯދަވީއްލި ބައަކަށް އެރޯދަ އަލުން ހިފުމަށް އަންގައިފި- ކަތީބު
- ޕާކިސްތާން ރިލީފް ފަންޑަށް އެމްއެންޑީއެފްގެ ފަރާތުން 396252.00 ރުފިޔާގެ ފައިސާގެ އެހީއެއް ދީފި
- ދިރާގު އެސްއެމްއެސް މެދުވެރިކޮށް ޕާކް ރިލީފް ފަންޑަށް ފައިސާ ދެއްކޭނެގޮތް ހަމަޖައްސައިފި.
- ގެލެކްސީ އޮފީސްފަޅާލައި ގެން ގެންދިޔަ ތިޖޫރީގައި 5 ލައްކައަށް ވުރެ ގިނަ ފައިސާއާއި 7 ހާހައްވުރެ ގިނަ ޑޮލަރު ހުރި- ޕޮލިސް
- ކުރުނބާއިން 19 މުވައްޒަފަކަށް ބިރުދައްކައި މަޖުބޫރު ކުރުވައިގެން ވަޒީފާއިން ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމަށް ވިސްނަނީ – ޓީމް
- މާދަމާ ވެސް ފިޠުރު ޒަކާތް ބަލައިގަންނާނެ
- 248،300.00 ޞައްޙަ ނޫން ޔޫއެސް ޑޮލަރުތަކެއް ފުލުހުން ހޯދައިފި
- ބާރައަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރަމުންދިޔަ މީހަކު އައިބީސް އޮފީސްފަޅާލައިގެން ހައްޔަރުކޮށްފި
ގާނޫނު އަސާސީއަށް ކިހާއަވަހަކަށް ކޮންކަހަލަ އިސްލާޙްތަކެއް އަންނާނެބާ!
ގިނަ ސިޔާސީ ޕާރޓީތަކެއްގެ މައްޗަށް އެކުލެވިފައިވާ ސިޔާސީ ނިޒާމެއް ރާއްޖޭގައި ގާއިމްވެ ހިގަމުންދާތާ ދޮޅުއަހަރުވެގެންދާއިރު ގާނޫނުއަސާސީ އަށް ކޮންކަހަލައިސްލާޙް ތަކެއް ކިހާވަރަކަށް އަތުވެދާނެބާވައެވެ. އާގާނުނުއަސާސީ އެކުލަވާލިއިރު ގާނޫނުއަސާސީ އިސްލާޙްކުރަން ކުރިން އޮތްގޮތްވަނީ ބަދަލުކުރެވިފައެވެ. މިހާރު ގާނޫނު އަސާސީގެ 261 ވަނަ މާއްދާގައި ގާނޫނުއަސާސީއަށް އިސްލާޙްގެނެވޭނެކަމަށް ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣްލަބިއްއަތުން ފާސްކުރާ ގާނޫނަކުންކަމުގައެވެ.
262 މާއްދާގައި ބުނެފައިވަނީ ގާނޫނުއަސާސީއަށް އިސްލާޙް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާބިލެއް ގާނޫނަކަށްވާނީ ރައީސުލްޖުމްހޫރިއްޔާ އެބިލެއް ތަސްދީގުކުރުމުންނެވެ. ނަމަވެސް ގާނޫނުއަސާސީގެ 2 ވަނަ ބާބުގެ އަސާސީ ޙައްގުތަކާއި މިނިވަންކަން މިބާބުގައި ހިމެނޭ އެއްވެސްމާއްދާއަކާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރާއި، ރިޔާސީދައުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތާއި މިއިންކަމަކަށް އިސްލާޙްގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަންވާނީ އެއިސްލާޙެއް ގެނައުމަށް ރައްޔިތުންރުހޭތޯ ބެލުމަށް އާއްމުވޯޓެއްނަގައި، އެއިސްލާޙް ގެނައުމަށް ވޯޓްދިންމީހުގެ އަޣްލަބިއްޔަތު ލިބިގެންކަމަށަވެ.
އާގާނޫނުއަސާސީ ޢަމަލުކުރަށްފެށުމަށްފަހު، ގާނޫނުއަސާސީގައި ހެދިފައިވާގޮތުން ވަރަށްގިނަކަންތައްތަކެއް ހިންގުމަށް ދަތިވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބަހުސްތަކުގާއި ބައެއް އެހެން ވާހަކަތަކުންވެސްދަނީ އިވެމުންނެވެ. ނަމަވެސް ދައުލަތުގެ ބާރުތައް ވަކިކުރުމުން އަދި ގިނަ މިނިވަން މުއައްސަސާތަކެއް އުފެދުމުން އެފަރާތްތަކުގެ މުސްތަގިއްލުކަން ދަމަހައްޓައި ޑިމޮކްރަސީގެ މަގްޞަދުތައް ޙާސިލުކުރުމަށްޓަކާ ދައުލަތް ހިންގާ ބާރަށް ކުރިން އޮތް ބާރުތަކާއި އިޚްތިޔާރު ތަކެއް ނޯންނާނެއެވެ. ގާނޫނުއަސާސީ އެގޮތަށް އިސްލާޙްކޮށްފައިވަނީ ރައްޔިތުން އެގޮތް ބޭނުންވެގެން ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހުގައެވެ. ނަމަވެސް ދައުލަތް ހިންގުމުގައި ޢަމަލީގޮތުން ދަތިވާހަލަ ބައެއް ކަންތައް ހުރުމަކީ އެކަށީގެންވާކަމަކަށްވާތީ، ދުރުނޫން މުސްތަގްބަލެއްގައި ގާނޫނުއަސާސީ އަށް ބައެއްކަހަލަ އިސްލާޙް އައުމުގެ ފުރުޞަތު އެބައޮތެވެ.
ބައެއް ސިޔާސީ ތަޖްރިބާކާރުން ބުނާގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ޕާރލަމެންޓްރީ ޑިމޮކްރަސީއަކަށް ބަދަލުކުރުމަކީ ގާތްކަމެކެވެ. ވެރިކަމުގެ ނިޒާމް ކަނޑައަޅަންރައްޔިތުންގެ ޢާއްމު ވޯޓެއް ނެގިއިރު ޑީއާރުޕީން ރިޔާސީ ނިޒާމަކަށް އަދި އެމްޑީޕީން ޕާލަމެންޓްރީ ނިޒާމަކަށް ވަރަށް ފޯރިގަދަ ބަހުސްތަކަކާއި ކެމްޕޭންތަކެއް ކޮންގެން ރިޔާސީ ނިޒާމެއް ވަނީކަނޑައަޅާފައެވެ. ނަމަވެސް ޙަގީގަތުގައި ދެޕާރޓީވެސް ބޭނުންވީ ޕާރލަމެންޓްރީ ޑިމޮކްރަސީ އެއް ތަޢާރަފްކުރާށެވެ. ސިޔާސީ ވާދަވެރިކަމާއި، ރައްޔިތުންގެ ޝުޢޫރުތައް ހުރިގޮތުން، ދެޕާރޓީގެމެދުގައި މިމައްސަލާގައި ވާހަކަދެކެވި އެއްބަސްވުމަކަށް ނާދެވުނީކަމަށް ގަބޫލުކުރެވެއެވެ. ޕާރލަމެންޓްރީ ނިޒާމަކަށް އެންމެބޮޑަށް މަސައްކަތްކުރީ އެއްބަޔަކީކުރީގެ ރައީސް މައުމޫންގެ ކޮއްކޯފުޅު ޕީއޭގެ ރައީސް އަދި ދިއްގަރުދާއިރާގެ މެމްބަރު ޢަބްދުﷲޔާމީންއެވެ. ކުރީގެ ރައީސް މައުމޫންވެސް ބޭނުންފުޅުވެގެން އުޅުއްވީ ޕާރލަމެންޓްރީ ނިޒާމަކަށް ރާއްޖޭގެވެރިކަން ބަދަލުކުރައްވަންކަމަށް ބައެއް މަޢްލޫމާތުން ކުރިންސުރެވަނީ ހާމަވެފައެވެ. އެމްޑީޕީއަކީ ޕާލަމެންޓްރީ ނިޒާމަކަށް ވަރަށް ބޮޑަށް ތާއީދުކުރިޕާރޓީއެކެވެ.
އެމްޑީޕީއާއި ޢަބްދުﷲޔާމީންގެ ޕީއޭއިން ކޯޅިޝަނެއް ހަދާވާހަކަ އިވެމުންދާއިރު، ޕާލަމެންޓަރީ ނިޒާމެއް ގެނައުމަށް ގާނޫނުއަސާސީ އިސްލާޙް ކުރުމުގެ އާފެށުމެއް ފެނިގެންދިއުމަކީ އެކަށީގެންވާކަމެކެވެ. ޕާރލަމެންޓްރީ ނިޒާމަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މިހާރު އެންމެ ނުފޫޛުގަދަ ފަރާތްތަކުން ބޭނުންވާކަމަކަށްވަނީނަމަ އެއީ ކިހާއަވަހަކަށްވެދާނެކަމެއްކަމަށް ލަފާކުރަން ނޭގުނުނަމަވެސް އެއީ ނުވުމުމަށްވުރެ ވުންގާތްކަމެކެވެ. ގާނޫނުއަސާސީގައިވާ ބައެއް ކަންތައްތަކާއި މިހާރު ހިގަމުންދާބައެއް އިދާރާތަކަށް ބަލާއިރުވެސް ޕާރލަމެންޓްރީ ގިނަސިފަތަކެއް ފެނެއެވެ.
ރާއްޖޭގެ އިންތިޚާބުގެ ނިޒާމަށް ބަދަލު އައުމަކީވެސް ހަމަވެދާނެކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކުގެ ޢަދަދާއި މެމްބަރުން އިންތިޚާބުވާގޮތްތައްވެސް ބަދަލުވުމުގެ ފުރުޞަތު އެބައޮތެވެ. މިހާރު އޮންނަ ކޮންމެދާއިރާއަކުން އެއްމެމްބަރު ހޮވުމުގެ ބަދަލުގައި ޕްރިފަރެންޝަލް ސިސްޓަމެއް ނުވަތަ ވަކި ޢަދަދަކަށް މެމްބަރުން ކަޑައެޅިފައިވާދާއިރާއަކުން އެއަދަދަކަށް އެންމެގިނައިން ވޯޓްލިބޭ ކެންޑިޑޭޓުން ހޮވޭގޮތެއްވެސް ރައްޔިތުންބޭނުންވާ ގޮތަކަށްވެދާނެއެވެ.
މިއަށްވުރެވެސް ބޮޑަށް ބައެއް މީހުންވާހަކަދައްކަނީ ރާއްޖެ ކަހަލަ ކުޑަ، އަދި މީސްކޮޅުމަދުގައުމެއްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޢަދަދު މާގިނަވާހަކައެވެ. މިހާރު ތިބި 77 މެމްބަރުންގެ ތެރެއަށް ކޮންމެއިދާރީދާއިރާއެއްގެ އާބާދީއަށް އިތުރުވާ 5000 މީހަކަށް މެމްބަރަކު އިތުރުވާނެއެވެ. ގާނޫނުއަސާސީ އެކުލަވާލިއިރު ތަޢާރަފްކުރެވުނު މަފްހޫމުގައި މެމްބަރުންގެ ޢަދަދު އިތުރުވުން ހުއްޓޭ ހިސާބެއްނެތީމާ 2014 ވަނައަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 5 މެމްބަރުން އިތުރުވެ މިހާރުތިބި 77 މެމްބަރުންގެ އަދަދު 82 އިތުރުވާނެކަމަށް ލަފާކުރެވެއެވެ. ބައެއް ސިޔާސީ ތަޖްރިބާކާރުން ދެކޭގޮތުގައި ރާއްޖޭގައި އަލަށް އެކަށައެޅުނުނިޒާމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެޢަދަދު ވަކި ޢަދަދަކަށް ބިނާކުރުމުގެ ބަދަލުގައި އިދާރީދާއިރާތަކުގެ އާބާދީއަށް އިތުރުވާ ކޮންމެ 5000 މީހަކަށް މެމްބަރެއް އިތުރުވާގޮތަށް ކަޑައެޅުނުކަމީ ވަރަށް ދެރަކޮށް ވެފައިއޮތްކަމެކެވެ. ނަމަވެސް މެމްބަރުންގެ ޢަދަދު މަދުކުރުމަކީ އެއްވެސް މެމްބަރަކުވެސް އެއްވެސްދާއިރާއަކުންވެސް އަދި ޕާރޓީތަކުންވެސް ތާއީދުކުރާނެކަމެއްހެއްނެއްހިއެއްނުވެއެވެ ނަމަވެސް ޙަގީގަތަށް އެބުރިދިއުމަށްކޮންމެވެސް ދުވަހަކުން މިކަން ބަދަލުވާނެއެވެ. ބަދަލުކުރަންވެސްޖެހޭނެއެވެ.
4 އަހަރުގެ ބުރަ މަސައްކަތެއްކޮށްގެން ހެދިގާނޫނު އަސާސީ އަކަށް އިސްލާޙްގެނައުމުގެ ވާހަކަދައްކަން އަދި ވަރަށް އަވަހެއެވެ. ނަމަވެސް ޙަގީގަތްތަކެއް އޮތުމުން، އެކަމާމެދު މިހާރުއްސުރެ ވިސްނުމަކީ ނެތްކަމެއްނޫނެއެވެ.
އެންމެ ފަހުގެ ހިޔާލުތައް
- ދަސްތޫރު - ކެމެރާ ޖަހައިގަތް މައްސަލާގައި މުނިސިޕަލްޓީގެ ރައީސް އާދަމް މަނިކުގެ މައްޗަށް ދިޓީވީން ދައުވާކުރަން ނިންމައިފި
- ދަސްތޫރު - ޖޭއެސްސީގެ ރައީސްކަމަށް އާދަމް މުޙައްމަދު، ނައިބު ރައީސްކަމަށް އަފްރާޝީމް އައްޔަންކޮށްފި
- ދަސްތޫރު - މިސަރުކާރަކީ ރައްޔިތުންނަށް އަނިޔާވެރި ޚުދުމުޚުތާރުކަން ބޮޑު ސަރުކާރެއް- ރިޔާޒް
- ޒެޑޯ - ދައުލަތް ހިންގުމަކަށް އެއްވެސް ހުރަހެއް ނެތް: ރައީސް
- ސީދާ - ސިޔާސީ އެއްވެސް ނުފޫޒަކަށް ޖުޑީޝަރީގެ ދޮރު ހުޅުވައި ނުދެއްވާނެކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެ.
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
ކިޔުން ތެރިންގެ ހިޔާލު