- ރާއްޖޭގައި އިސްލާމީ އުޞޫލުން އިންޝުއަރަންސް ކުރެވެން އެބަހުރި:ޑރ. މަޖީދު
- އެޕޮލޯ އާއިއެކު ކުރެވުނު އެގްރިމަންޓް ޢާއްމުކޮށްފި
- ރައްޔިތުން ނުރުހުންފާޅުކުރީ ތިޖޫރީގެ މައްސަލަ ލަސްވެ، ފުލުހުންގެ ތަހުގީގު ލަސްވުމުން- ހާޝިމް
- އެމްޑީޕީ ޖަލްސާއިން ދިޓީވީ ބޭރުކުރި މައްސަލައާއިގުޅިގެން އެމްޖޭއޭ އިން ބަޔާނެއް ނެރެފި
- ހިއުމަން ރައިޓްސް ފޯކަލް ޕޮއިންޓުންނަށް އަމާޒުކޮށްގެން އެޗް.އާރް.ސީ.އެމް އިން ސެމިނަރ އެއް ބާއްވައިފި
- އައި ޖީ އެމް ހޮސްޕިޓަލް ހިންގުން އިންޑިއާގެ އެޕޯލޯ ގުރޫޕާއި ހަވާލުކުރުމުގައި އަޑިނޭނގޭ ކަންތައްތަކެއް ހިމެނިފައިވާ ކަމަށް ދިވެހި ޤައުމީ ޕާޓީން ހާމަ ކޮށްފި.
- އައި.ޓީ.ބީ. ބަރލިން ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
- ޖަރުމަން ވިލާތުގެ ދީނީ ޢިލްމުވެރިންގެ އެހީ ރާއްޖެއަށް ބޭނުން: ރައީސް ނަޝީދު
- އޫރު ރޯގާގެ ވެކްސިން ގިނަ އަތޮޅުތަކުގައި ދޭންފަށައިފި
- އޫރު ރޯގާއަށް ޖަހާ ވެކްސިން ރާއްޖޭގެ އެންމެންނަށް ޖެހޭވަރަށް ޑަބްލިޔޫއެޗްއޯއިން ދޭނެ:ޑރ. މާރގްރެޓް
- އިދިކޮޅު ޕާރޓީތަކުން ރިޔާސީ ބަޔާނަށް ދޭ ޖަވާބު މަޖިލިހަށް އިއްވައިފި
- ރާއްޖޭގައި ހުޅުވެމުންދާ ވިޔަފާރީގެ ފުރުސަތުތަކާއިބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއްގައި ރައީސް ބައިވެރިވެވަޑައިގެންފި
- ރައީސް، ޑޮކްޓަރ ވަރނަރ ހޮޔަރ އާއި ބައްދަލުކުރައްވައިފި
ކުރީގެ ރިޔާސީ ގަނޑުވަރުގައި ކެންޓީނެއް ހަދަން ނިންމައިފި
ޖައުފަރު ރަޝީދު
ކުރީގެ ރިޔާސީ ގަނޑުވަރު އަދި މިހާރު ސުޕްރީމް ކޯޓާއި ސަރުކާރުގެ އެހެނިހެން ބޭނުންތަކަށް ބޭނުން ކުރައްވަމުން އަންނަ އިމާރާތެއް ކަމުގައިވާ ތީމުގޭގައި ކެންޓީނެއް ހެދުމަށް ނިންމަވައިފިއެވެ. ތީމުގޭގައި ކެންޓީނެއް ހެދުމަށްޓަކައި މިހާރު ވަނީ އިއުލާންވެސް ކޮށްފައެވެ.
ތީމުގެއަކީ ކުރީގެ ރައީސް މައުމޫންގެ ދައުރުގައި 1988 ވަނަ އަހަރު ނޮވެމްބަރު 3 ގެ ޙާދިސާއަށް ފަހު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ހަދާފައިވާ ގަނޑުވަރެކެވެ. އެއަށްފަހު މައުމޫން އުޅުއްވަމުން އައީ އެގަނޑުވަރުގައެވެ.
ނަމަވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ދިރިއުޅުއްވުން އެގަނޑުވަރަށް ބަދަލު ކުރައްވާފައި ނުވެއެވެ. ރައީސް ނަޝީދު ރައީސް ކަމުގެ ކެމްޕޭން ދުވަސްވަރު ވިދާޅުވެފައި ވަނީ އެމަނިކުފާނު އެގަނޑުވަރުގައި ނޫޅުއްވާނެ ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދު އުޅުއްވާ ރަސްމީ ގެކޮޅު ކަމުގައި ހެއްދެވީ ރާއްޖޭގައި ވެރިކަން ކުރެއްވި އެންމެގިނަ ބޭފުޅުން އުޅުއްވި ޒަމާންވީ ގެކޮޅު ކަމުގައިވާ މުލީއާގެއެވެ.
އެއަށްފަހު މުލީއާގޭގައި ކުރިން ހިންގަވަމުން އައި ސުޕްރީމް ކޯޓު ތީމުގެއަށް ބަދަލު ކުރައްވައި ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރި ވެފައިވާ ކަމަށް ތުހުމަތު ކުރެއްވޭ ބޭފުޅުންގެ މައްސަލަ ބެއްލެވުމަށް ހައްދަވާފައިވާ ރިޔާސީ ކޮމިޝަނުގެ މަސައްކަތްވެސް ތީމުގޭގެ ބަޔަކަށް ސަރުކާރުން ބަދަލު ކުރެއްވިއެވެ. އަދި ސަރުކާރުން އިންތިޒާމް ކުރައްވާ ބަޔެއް ބައްދަލުވުންތައްވެސް ތީމުގޭގައި ބާއްވާފައި ވެއެވެ.
ތީމުގެއަކީ ރާއްޖޭގައި ކުރިން ރައީސްކަން ކުރެއްވި މައުމޫން އަބްދުލްގަތްޔޫމް ދިރިއުޅުއްވި ގަނޑުވަރުގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް ނާސިރު އަވަހާރަވުމުން އެމަނިކުފާނުގެ ހަށިކޮޅު ސިންގަޕޫރުން ގެނެސް ވަޅުފުޅު ލައްވަން ގެންދަވަންދެން ބޭއްވި ގަނޑުވަރުވެސް މެއެވެ. އެތައްހާސް ބަޔަކު ނާސިރުގެ މޫނުފުޅު ބައްލަވާލެއްވުމަށްޓަކައި ތީމުގެއަށް ޒިޔާރަތް ކޮށްފައިވެއެވެ.
އެންމެ ފަހުގެ ހިޔާލުތައް
- މުހައްމަދު - އަދާލަތު ޕާރޓީގެބޭފުޅުން ކެބިނެޓުން އިސްތިއުފާ ދެއްވުމަށް އަލްހާން ގޮވާލައްވައިފި
- އޭސް - މުވައްޒިފުންނަށް މުސާރަނުދޭކަމަށް މަޙްލޫފް ވިދާޅުވިވާހަކަ އެމްއެންބީސީން ދޮގުކޮށްފި
- ސަޓޯ - އަދާލަތުޕާޓީއާނުލާ އެއްވެސް ޕާޓީއަކަށް ސަރުކާރު ނުހިންގޭނެ: އަދާލަތު
- މައުމޫން - އިޚްތިކާރުކުރުމަކީ ދީނުގައި ހުއްދަކަމެއް ނޫން ނަމަވެސް އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަން ބޭނުމެއްނޫން: އިކޮނޮމިކް މިނިސްޓަރ
- މައުމޫން - ފިރިހެނުންނާއި އެއްސަފުގައި ފައިހަމަކޮށްލެވޭނެ ގާބިލް އަންހެނުން އެބަތިބި- މައުމޫނު
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
ކިޔުން ތެރިންގެ ހިޔާލު