- ރާއްޖޭގައި އިސްލާމީ އުޞޫލުން އިންޝުއަރަންސް ކުރެވެން އެބަހުރި:ޑރ. މަޖީދު
- އެޕޮލޯ އާއިއެކު ކުރެވުނު އެގްރިމަންޓް ޢާއްމުކޮށްފި
- ރައްޔިތުން ނުރުހުންފާޅުކުރީ ތިޖޫރީގެ މައްސަލަ ލަސްވެ، ފުލުހުންގެ ތަހުގީގު ލަސްވުމުން- ހާޝިމް
- އެމްޑީޕީ ޖަލްސާއިން ދިޓީވީ ބޭރުކުރި މައްސަލައާއިގުޅިގެން އެމްޖޭއޭ އިން ބަޔާނެއް ނެރެފި
- ހިއުމަން ރައިޓްސް ފޯކަލް ޕޮއިންޓުންނަށް އަމާޒުކޮށްގެން އެޗް.އާރް.ސީ.އެމް އިން ސެމިނަރ އެއް ބާއްވައިފި
- އައި ޖީ އެމް ހޮސްޕިޓަލް ހިންގުން އިންޑިއާގެ އެޕޯލޯ ގުރޫޕާއި ހަވާލުކުރުމުގައި އަޑިނޭނގޭ ކަންތައްތަކެއް ހިމެނިފައިވާ ކަމަށް ދިވެހި ޤައުމީ ޕާޓީން ހާމަ ކޮށްފި.
- އައި.ޓީ.ބީ. ބަރލިން ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
- ޖަރުމަން ވިލާތުގެ ދީނީ ޢިލްމުވެރިންގެ އެހީ ރާއްޖެއަށް ބޭނުން: ރައީސް ނަޝީދު
- އޫރު ރޯގާގެ ވެކްސިން ގިނަ އަތޮޅުތަކުގައި ދޭންފަށައިފި
- އޫރު ރޯގާއަށް ޖަހާ ވެކްސިން ރާއްޖޭގެ އެންމެންނަށް ޖެހޭވަރަށް ޑަބްލިޔޫއެޗްއޯއިން ދޭނެ:ޑރ. މާރގްރެޓް
- އިދިކޮޅު ޕާރޓީތަކުން ރިޔާސީ ބަޔާނަށް ދޭ ޖަވާބު މަޖިލިހަށް އިއްވައިފި
- ރާއްޖޭގައި ހުޅުވެމުންދާ ވިޔަފާރީގެ ފުރުސަތުތަކާއިބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއްގައި ރައީސް ބައިވެރިވެވަޑައިގެންފި
- ރައީސް، ޑޮކްޓަރ ވަރނަރ ހޮޔަރ އާއި ބައްދަލުކުރައްވައިފި
ބިދޭސީ ތިންމީހަކު ރާއްޖޭގައި ކްރިސްޓިއަން ދީން ފެތުރުމަށް ފާޅުގައި މަސައްކަތް ކުރަމުން ދާކަމަށް ސަލަފުން ބުނެފި
ޖައުފަރު ރަޝީދު
ޔޫރަޕްގެ ގައުމަކަށް އުފަން ތިން ބިދޭސީއަކު ރާއްޖޭގައި ކްރިސްޓިއަން ދީން ފެތުރުމަށް ވަރަށް ފާޅުކަން ބޮޑު ގޮތަކަށް މަސައްކަތް ކުރަމުން މިހާރު އެބަދާކަމުގައި ޖަމްއިއްޔަތުއްސަލަފުން ބުނެފިއެވެ.
ސަލަފްގެ ރަސްމީ ވެބްސައިޓުގައި އެތިން މީހުންގެ ފޮޓޯ އާއި ރާއްޖޭގެ އެކިސަރަހައްދު ތަކުގައި އެތިން މީހުން މަސައްކަތް ކުރަމުން އަންނަނިކޮށް ނަގާފައިވާ ފޮޓޯތައްވެސް ވަނީ ޝާއިއު ކޮށްފައެވެ. އަދި ރާއްޖޭގައި އެމީހުން ދިރިއުޅޭ ކޮޓަރީގައި ހުރި ވަރަށް ބޮޑު ރެކެއްގައި ޖަހާފައިވާ ކްރިސްޓިއަން ދީނާބެހޭ ފޮތްތަކުގެ ފޮޓޯވެސް ސަލަފްގެ ރަސްމީ ވެބްސައިޓުގައި ވަނީ ދައްކާލައެވެ. މީގެއިތުރުން އެމީހުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރު ކުރާ މަންޒަރުވެސް ވަނީ ޝާއިއު ކޮށްފައެވެ.
ސަލަފުން ބުނެފައި ކްރިސްޓިއަން ދީން ރާއްޖޭގައި ފެތުރުމުގައި މިތިންމީހުންގެ ތެރެއިން އިސްކޮށް ހުރި މީހަކީ ދިވެހި ބަހުން ވަރަށް ފަރިތަކޮށް ވާހަކަ ދައްކާ މީހެއް ކަމަށާއި އޭނާއަކީ އިނގިރޭސިވިލާތަށް އުފަން މީހެއް ކަމަށެވެ.
އެޖަމްއިއްޔާއިން ބުނެފައިވާ ގޮތުގައި އެމީހާ އެންމެ ފުރަތަމަ އެމަސައްކަތް ފަށާފައި ވަނީ މާލެ ކައިރީގައި އޮތް ވިލިނގިލީގައެވެ. ދެކުދިންނާއި އަތްބަނކުވެސް ގެންގުޅޭ އެމީހާއަކީ ވަރަށް ބިރުކުޑަ މީހެއް ކަމަށާއި ނަމަވެސް އޭނާއަށް ދިވެހިންގެ ގޮތް ރަނގަޅަށް ނޭނގޭ ކަމުގައިވެސް ސަލަފުން ބުނެފައި ވެއެވެ.
ކްރިސްޓިއަން ދީން ރާއްޖޭގައި ފެތުރުމުގެ މަސައްކަތުގައި އޭނާ މިވަގުތު ގޮސް ހުރީ ތ. އަތޮޅު ކިނބިދޫގައި ކަމަށްވެސް އެޖަމްއިއްޔާއިން ވަނީ ބުނެފައެވެ. އެޖަމްއިއްޔާއިން ވަނީ މިކަމާގުޅޭ ގޮތުން ކިނބިދޫގައި ހުރި އެރަށު މީހެއްގެ އޯޑިޔޯ އިންޓަވިއުއެއްވެސް ސަލަފްގެ ރަސްމީ ވެބްސައިޓުގައި ހިމަނާފައެވެ.
ސަލަފަށް އެރަށު މީހަކު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އެރަށަށް ގޮސްއުޅޭ އެމީހާއަކީ ކޮންކަހަލަ މަސައްކަތެއް ކުރާ މީހެއްކަން އެރަށު މީހުންނަށްވެސް ނޭނގޭ ކަމަށާއި ބަޔެއް މީހުން ކައިރީގައި އޭނާ ބުނާ ގޮތުގައި އޭނާއަކީ ކަރަންފުލުގެ ވިޔަފާރި ކުރާ މީހެކެވެ. އަދި އޭނާއަކީ ލޮނުމެދުގެ ވިޔަފާރި ކުރާ މީހެއް ކަމުގައިވެސް ބަޔެއް މީހުން ކައިރީގައި ބުނެފައިވާ ކަމަށާއި އަދި ބަޔެއް މީހުންގެ ކައިރީގައި އޭނާ ބުނަމުން ދަނީ އޭނާއަކީ ފޮޓޯ ނަގައިގެން އިންޓަރނެޓް މެދުވެރިކޮށް ފޮޓޯ ވިއްކާ މީހެއް ކަމުގައި ކަމަށެވެ.
އޯޑިޔޯ އިންޓަވިއުއެއްގައި އެރަށު މީހަކު ބުނެފައި ވަނީ އިނގިރޭސިވިލާތުގެ އެމީހާ އެރަށުގެ އަންހެން ކުއްޖަކަށް ސީޑީއެއް ދީފައިވާއިރު އެސީޑީގައި ވަނީ ކްރިސްޓިއަން ދީނާބެހޭ ވާހަކަ ކަމަށެވެ. އަދި އިސްލާމްދީން ކަމުނުދާކަމުގެ ވާހަކައެވެ. އަދި ސީޑީއަށް އަޑު އަޅާފައި ވަނީ ދިވެހިން ކަމަށެވެ. އަދި ޤުރުއާނަކީ ބާވައިލެއްވި އެއްޗެއް ނޫން ކަމަށާއި އެއީ އަޑުދަށުން ކިޔަވާފައިވާ އެއްޗެއް ކަމަށާއި ބައިބަލްއަކީ ބާވައިލެއްވި އެއްޗެއް ކަމުގައިވެސް އިނގިރޭސިވިލާތަށް އުފަން އެމީހާ ބުނެފައިވާ ކަމަށްވެސް އެރަށު މީހަކު ބުންޏެވެ. އަދި އެރަށުގެ ގެއެއްގައި އުޅޭ މަންމަން ކުއްޖަކު އެމީހާ ކުރާ ކަންތަކާ ރުޅިއައިސްގެން ތަޅައިގަންނަން ދިޔަކަމަށްވެސް ކިނިބިދޫ މީހާ ބުންޏެވެ. އަދި އެމީހާ އެރަށު މީހުންނަށް ވިސްނައިދޭން އުޅެނީ އިސްލާމް ދީނުގައި ކަންކަމަށް މަޖުބޫރު ކޮށްފައިވާ ކަމަށާއި އެގޮތުން ޒަކާތްދިނުން ފަދަ ކަންކަންވެސް މަޖުބޫރު ކުރުވުމަކީ އިސްލާމް ދީނުގައި ހުރި ދެކޮޅު ނުޖެހޭ ކަންކަން ކަމަށެވެ.
އެންމެ ފަހުގެ ހިޔާލުތައް
- މުހައްމަދު - އަދާލަތު ޕާރޓީގެބޭފުޅުން ކެބިނެޓުން އިސްތިއުފާ ދެއްވުމަށް އަލްހާން ގޮވާލައްވައިފި
- އޭސް - މުވައްޒިފުންނަށް މުސާރަނުދޭކަމަށް މަޙްލޫފް ވިދާޅުވިވާހަކަ އެމްއެންބީސީން ދޮގުކޮށްފި
- ސަޓޯ - އަދާލަތުޕާޓީއާނުލާ އެއްވެސް ޕާޓީއަކަށް ސަރުކާރު ނުހިންގޭނެ: އަދާލަތު
- މައުމޫން - އިޚްތިކާރުކުރުމަކީ ދީނުގައި ހުއްދަކަމެއް ނޫން ނަމަވެސް އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަން ބޭނުމެއްނޫން: އިކޮނޮމިކް މިނިސްޓަރ
- މައުމޫން - ފިރިހެނުންނާއި އެއްސަފުގައި ފައިހަމަކޮށްލެވޭނެ ގާބިލް އަންހެނުން އެބަތިބި- މައުމޫނު
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
ކިޔުން ތެރިންގެ ހިޔާލު