- ޝަރުއީ ދާއިރާގެ މަންޒަރު ފުރިހަމަވާނީ ބިލުފާސްވެ ގާނޫނަކަށް ވުމުން- ނަޝީދު
- މިސަރުކާރަކީ ރައްޔިތުންނަށް އަނިޔާވެރި ޚުދުމުޚުތާރުކަން ބޮޑު ސަރުކާރެއް- ރިޔާޒް
- ގއ ވިލިގިލީ ހޮރައިޒަން އަލީ މުސްތަފާ އެމްޑީޕީއާއި ގުޅިއްޖެ.
- އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާ އައު ސަފީރަކަށް މރ. ޖޯން ރެންކިން ކަނޑައަޅުއްވަން ނިންމަވައިފި.
- ދެއަތޮޅެއްގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 2 މީހަކު އަތުލައިގެންފި
- ޝައިޚް ޝަހީމް އަށް ލިބިވަޑައިގެންނެވި ޝަރަފަކީ ރައްޔިތުންނަށް ލިބުނު ޝަރަފެއް: އަދާލަތު
- ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވި ޤުރުޢާން ކިޔެވުމުގެ މުބާރާތަކުން ސްޓާފް ސާޖަންޓް އަސްލަމް ތިންވަނަ ހޯދައިފި
- މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑު، ރައީސް އެކުލަވާލައްވައިފި
- ކޮރަލްވިލް ހައުސިންގ މަޝްރޫޢުގެ މެއިން ކޮންޓްރެކްޓަރާއި، ސަބު ކޮންސްޓްރަކްޝަނާއި އެފަރާތުގެ ބައެއް ސަޕްލަޔަރުންނާ ހަމަނުޖެހުން ހިންގައިފި
- ކުޅުދުއްފުށީގައި ފުލުހުން ހިންގާ ޓްރެފިކް އޮޕްރޭޝަނުގައި ބާރަށް ދުއްވާފަރާތްތަކުގެ އުޅަނދުތައް ޓޯރކޮށް ޖޫރިމަނާކުރަން ފަށައިފި
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އައު ބޯރޑްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
- ރާއްޖޭގެ މީޑީއާ އިސްނަގައިގެން، ޕާކިސްތާނު ރައްޔިތުންނަށް އެހީވުމަށް ހާއްސަ ކެޕްމޭނެއް ލޯންޗުކޮށްފި
- ކޯޕްރަލް އަޙުމަދު ނަސީރުގެ އިސްނެގުމާއި ހިތްވަރު ގަދަކަމަށްޓަކައި މަރުޙަބާ ދަންނަވައިފި
ބުރާސްފަތި ދުވަހުގެ ނިޔަލަށް އިންތިގާލީ ބާބު ނިންމަން އަންގަވައިފި
- ބްރާސްފަތި ދުވަހުގެ ނިޔަލަށް އިންތިގާލީ ބާބު މަޖިލީހަށް ނުފޮނުއްވައިފިނަމަ ބާބުގެ މަސައްކަތް ދެން ނިންމާނީ މަޖިލީހުގެ ޖަލްސާގައި -ގާސިމް
މުޙައްމަދު ޝިފާޒު
އިސްލާހު ކުރަމުންދާ ގާނޫނު އަސާސީއަށް ޢަމަލުކުރަން ފަށާނެ ގޮތްތައް ކަނޑައަޅާ އިންތިގާލީ ބާބު ވަކި މުހުލަތެއްގެ ތެރޭގައި ޑްރާފްޓްކޮށް ނިންމުމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ނިންމަވައިފިއެވެ.
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ދިރާސާކޮށް ޑްރާފްޓްކުރާ ކޮމެޓީގެ މެމްބަރުންނަށް އިއްޔެ ގާސިމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ މާރޗް މަހުގެ 13 ވަނަ ދުވަހު )ބްރާސްފަތި ދުވަހު( ގެ ނިޔަލަށް އިންތިގާލީ ބާބު މަޖިލީހަށް ނުފޮނުއްވައިފިނަމަ އެބާބުގެ މަސައްކަތް ދެން ނިންމާނީ މަޖިލީހުގެ ޖަލްސާގައި ކަމަށެވެ.
ގާސިމް ވިދާޅުވެފައިވަނީ 21 ޖެނުއަރީ 2008 ގައި ބޭއްވި ޚާއްސަ މަޖިލީހުގެ 245 ވަނަ ޖަލްސާގައި އިންތިގާލީ ބާބުގެ އަސާސީ ސިފަތައް ކަނޑައެޅުމަށް ކުރެވުނު ބަހުސް ނިންމާލުމަށްފަހު، މެމްބަރުން ބަހުސްގައި ފާޅު ކުރެއްވި ޚިޔާލުގެ އަލީގައި ދިރާސާކޮށް ޑްރާފްޓްކުރާ ކޮމެޓީން އެކަމާ ބެހޭ ބާބެއް އެކުލަވާލައްވައި ފޮނުވައިދެއްވުމަށް އެދިވަޑައިގެންނެވި ނަމަވެސް، 50 ދުވަސް ފާއިތުވެގެން ދިޔައިރުވެސް ދިރާސާކޮށް ޑްރާފްޓް ކުރާ ކޮމެޓީން އެފަދަ ބާބެއް އެކުލަވާލެއްވުމަށްފަހު މަޖިލީހަށް ފޮނުއްވާފައިނުވާ ކަމަށެވެ.
“އެހެންކަމުން ވޭތުވެދިޔަ ދުވަސްތަކުގައި މަޖިލީހުގެ ޖަލްސާތައްވަނީ ބޭއްވޭގޮތް ނުވެފައެވެ. އެއީ މަޖިލީހުގައި ކުރެވޭނެ އެހެންކަމެއް ނެތުމުގެ ސަބަބުން، މިހާރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށިފައިވުމާއެކު އަދި މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލަށް ބަލާއިރު ޚާއްސަ މަޖިލީހުގެ ޖަލްސާއެއް އެންމެ އަވަހަށްވެސް ބޭއްވެން އޮތީ މިހިނގާ މާރޗް މަހުގެ 13 ނުވަތަ 16 ނުވަތަ 23 ވަނަ ދުވަހުގައެވެ. ދިރާސާކޮށް ޑްރާފްޓްކުރާ ކޮމެޓީން އިންތިގާލީ ކަންތައްތަކާ ބެހޭ ބާބު އެކުލަވާލައްވައި މިއަދާ ހަމައަށްވެސް ފޮނުވާފައިނުވުމާއެކު މާރޗް މަހުގެ 13 ވަނަ ދުވަހު ޖަލްސާއެއް ނުބޭއްވޭނެއެވެ.” ގާސިމްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ 13 ވަނަ ދުވަހު ޖަލްސާ ނުބޭއްވޭނީ މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މެމްބަރުން އިސްލާހު ހުށަހެޅުމަށް އަރުވަންޖެހޭ މުއްދަތު އެރުވުމަށްފަހު ނުރަސްމީ ބައްދަލުވުމަކަށްވެސް ވަގުތު ދޭން ޖެހުމާއެކު، އެހާތަނަށް ޖަލްސާއެއް ބޭއްވޭ ވަރަށް ވަގުތު ލިބިފައިނުވާތީއެވެ. މިހެންވުމާއެކު މާރޗް މަހުގެ 23 ވަނަ ދުވަހު ޚާއްސަ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ގަސްދުކޮށްފައިވާތީ އެންމެ ލަސްވެގެން މިމަހުގެ 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން އިންތިގާލީ ކަންތައްތަކާ ބެހޭ ބާބު މަޖިލީހަށް ފޮނުވައި ދެއްވުމަށް ރައީސް މެމްބަރުންގެ އަރިހުން އެދިވަޑައިގެންފައި ވެއެވެ. އެއީ ޑްރާފްޓް އެތާރީޚުގައި ލިބިގެން މެނުވީ އެޑްރާފްޓްގެ މައްޗަށް ބިނާކޮށް 23 ވަނަ ދުވަހު ޖަލްސާއެއް ނުބޭއްވޭނެތީ ކަމަށް ރައީސް ގާސިމް ވިދާޅުވެފައިވެއެވެ.
“މިދެންނެވި ތާރީޚާ ހަމައަށް އިންތިގާލީ ބާބުގެ ޑްރާފްޓެއް ނުލިބިއްޖެނަމަ، ޑްރާފްޓެއް ނުލިބުނީކަމަށް ބަލާ 23 ވަނަ ދުވަހު ޖަލްސާ ބޭއްވުމަށް އަޅުގަނޑު ހަމަޖައްސައިފީމެވެ. އެއީ އެދުވަހުގެ ޖަލްސާ އެދުވަހުގެ ހެނދުނާއި މެންދުރުފަހާއި، ރޭގަނޑާއެކު ކުރިއަށް ގެންދާން އަޅުގަނޑު ގަސްދުކުރާ ވާހަކަ ދެންނެވީމެވެ. އެޖަލްސާގައި އިންތިގާލީ ކަންތައްތަކާ ބެހޭ ބާބުގައި ހިމެނުމަށް މެމްބަރުން ހުށަހަޅުއްވާ ހުށަހެޅުންތަކަށް ފުރުސަތު ދެއްވުމަށްފަހު، އެހުށަހެޅުންތަކާމެދު ވާހަކަ ދެއްކުމަށް ގަވާއިދުގައިވާ ގޮތުގެ މަތިން ފުރުސަތު އަރުވައި ތާއީދު ލިބިފައިވާ ހުށަހެޅުންތަކުގެ ތެރެއިން ހުށަހެޅުންތަކަށް ވޯޓަށް އަހައި އިންތިގާލީ ބާބުގެ މަސައްކަތް ނިންމަން އަޅުގަނޑު ގަސްދު ކުރާ ވާހަކަ ދެންނެވީމެވެ.” ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ ބްރާސްފަތި ދުވަހު ޑްރާފްޓް ލިބިއްޖެނަމަ 19 ވަނަ ދުވަހު ނުރަސްމީ ބައްދަލުވުން ބާއްވާނެ ކަމަށެވެ.
އެންމެ ފަހުގެ ހިޔާލުތައް
- ދަސްތޫރު - ކެމެރާ ޖަހައިގަތް މައްސަލާގައި މުނިސިޕަލްޓީގެ ރައީސް އާދަމް މަނިކުގެ މައްޗަށް ދިޓީވީން ދައުވާކުރަން ނިންމައިފި
- ދަސްތޫރު - ޖޭއެސްސީގެ ރައީސްކަމަށް އާދަމް މުޙައްމަދު، ނައިބު ރައީސްކަމަށް އަފްރާޝީމް އައްޔަންކޮށްފި
- ދަސްތޫރު - މިސަރުކާރަކީ ރައްޔިތުންނަށް އަނިޔާވެރި ޚުދުމުޚުތާރުކަން ބޮޑު ސަރުކާރެއް- ރިޔާޒް
- ޒެޑޯ - ދައުލަތް ހިންގުމަކަށް އެއްވެސް ހުރަހެއް ނެތް: ރައީސް
- ސީދާ - ސިޔާސީ އެއްވެސް ނުފޫޒަކަށް ޖުޑީޝަރީގެ ދޮރު ހުޅުވައި ނުދެއްވާނެކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެ.
ކޮންޓެކްޓު
Englsih News
ފޮންޓް ޑައުންލޯޑު
ކިޔުން ތެރިންގެ ހިޔާލު