ކުޑަ ދެކުއްޖަކާއެކު ބަދުއަޚްލާގީ އަމަލު ހިންގިކަމުގެ 2 މައްސަލައެއް ފުވައްލަކު ޕޮލިސް ސްޓޭޝަނަށް ހުށަހަޅައިފި

23 ފެބްރުއަރީ، 2008

ފާތިމަތު މަމްދޫހާ

ކުޑަ ކުއްޖަކާއެކު ބަދުއަޚްލާޤީ އަމަލު ހިންގިކަމުގެ 2 މައްސަލައެއް މިދިޔަ ބުދަ ދުވަހު ފުވައް މުލަކު ޕޮލިސް ސްޓޭޝަނަށް ހުށަހެޅިފައިވާ ކަމަށް އެފަރާތުން މައުލޫMާތު ދީފިއެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ސްޓާފް ސާރޖެންޓް ހަސަން ޝިފާޢު މައުލޫMާތު ދެއްވިގޮތުގައި މިދިޔަ ބުދަދުވަހު ހުށަހެޅުނު މި ދެ މައްސަލައަކީ 66 އަހަރުގެ މުދިމަކު 10 އަހަރުގެ ކުއްޖަކާއެކު ބަދުއަޚްލާޤީ އަމަލު ހިންގި މައްސަލައަކާއި، 68 އަހަރުގެ ފިރިހެނަކު 10 އަހަރުގެ ކުޑަކުއްޖަކާއިއެކު ބަދްއަޚްލާޤީ އަމަލު ހިންގި މައްސަލައެކެވެ.

މީގެ ތެރެއިން 68 އަހަރުގެ މީހާގެ މައްސަލަ ހިނގާފައިވަނީ ހުސްވި ޖަނަވަރީ މަހު ކަމަށާއި އޭނާ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށްގެނަސް މިހާރު މައްސަލަ ތަހްޤީޤް ކުރަމުންދާ ކަމުގައި ޝިފާއު ވިދާޅުވިއެވެ. އަދި 66 އަހަރުގެ މުދިމުގެ މައްސަލަވެސް މިހާރުދަނީ ތަހްޤީޤް ކުރެވެމުން ކަމުގައި އެފަރާތުން މައުލޫMާތު ދެއްވިއެވެ.

” އަޅުގަނޑުމެންނަށް މިދިޔަ ބުދަ ދުވަހު ހުށަހެޅިފައިވޭ 2 މައްސަލައެއް. އެއީ 66 އަހަރުގެ މުދިމަކު 10 އަހަރުގެ ކުއްޖަކާއެކު ބަދުއަޚްލާޤީ އަމަލު ހިންގި މައްސަލައަކާއި 68 އަހަރުގެ މީހަކު 10 އަހަރުގެ ކުއްޖަކާއެކު ބަދުއަޚްލާޤީ އަމަލު ހިންގި މައްސަލައެއް. މީގެ ތެރެއިން 68 އަހަރުގެ މީހާ މިހާރުވަނީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގަ.” ޝިފާއު ވިދާޅުވިއެވެ.

މި 2 މައްސަލަވެސް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މިހާރުދަނީ ތަހްޤީޤް ކުރަމުންނެވެ.

ކިޔުން ތެރިންގެ ހިޔާލު

 އަކުރު އެބައިން